އެއާ އިންޑިއާގެ ކްރޫންތަކެއް ބޯޓް ތެރޭގައި: އިރުޝާދުތަކަށް ފަހު މިހާރު "ޖެއި ހިންދު" ކިޔަން ޖެހޭ.
06 މާޗް 2019 - 07:19
އިންޑިއާގެ ސިނަމާތަކުގައި ކޮންމެ ޝޯއެއް ފެށުމުގެ ކުރިން ގައުމީ ލަވަ ޖަހާ އިރު، އެއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ކޮއްޅަށް ތެދުވާން ޖެހެ އެވެ. މިފަހަރު އެކަހަލަ އެހެން ކަމެއް ކުރަން ސަރުކާރުން އެންގީ، ގައުމީ އެއާލައިން، އެއާ އިންޑިއާގެ ފަޅުވެރިންނަށެވެ.
ދަތުރުގެ މަތީގައި ޕެސެންޖަރުންނަށް ދޭ ކޮންމެ އިރުޝާދަކަށް ފަހު، "ޖެއި ހިންދު" (އިންޑިއާ އަށް ދިގު އުމުރެއް) ކިޔަން މިހާރު ވަނީ އަންގައިފަ އެވެ.
Now with this new move, I’m sure Air India will soon become profitable. Jai Hind! pic.twitter.com/5Am6UyiQPe
— Harsh Goenka (@hvgoenka) March 4, 2019
އެއާ އިންޑިއާގެ ޑިރެކްޓަރު-އޮޕަރޭޝަންސް ކެޕްޓަން އަމީތާބް ސިންގް ކްރޫންނަށް ފޮނުވި އެންގުމެއްގައި ބުނީ "ދަތުރުމަތީގައި ދޭ ކޮންމެ އިރުޝާދަކަށް ފަހު ޖެއި ހިންދު، ފުން އިހުސާސްތަކާ އެކު ކިޔަން ވާނެ" ކަމަށެވެ.
“Air India regret the delay in the departure of your flight” ...(slight pause) ... “Jai Hind”?
— shiven surendranath (@shivens) March 4, 2019
މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އެއާ އިންޑިއާއަށް ޖޯކް ވެސް ޖަހައިފަ އެވެ. އެގޮތުން އެކި މީހުން މި ނިންމުމަށް އެކި ކަހަލަ ކޮމެންޓް ކޮށްފައިވެ އެވެ.
Ladies and gentlemen, we are passing through turbulent weather, please fasten your seatbelts belts, Jai Hind!
— Dhruv Rathee (@dhruv_rathee) March 5, 2019
Please do not use the toilets now, Jai Hind!
Cabin crew to landing stations, Jai Hind!
We apologize for the delay in departure, Jai Hind!https://t.co/uC25ccGk6r
އެކަކު ބުނީ "ޖެއި ހިންދު" ކިޔަން ފެށުމުން އެއާ އިންޑިއާ އަށް ދެން ފައިދާވާން ފަށައިފާނެ ކަމަށެވެ. އެހެން މީހަކު ބުނި ގޮތުގައި "ޖެއި ހިންދު" އަށް އެންމެ ބާރަށް އިޖާބަދޭ ޕެސިންޖަރަކަށް އިނާމު ވެސް ދޭން ޖެހޭނެ އެވެ.
ބޭކާރު ކަންކަން ކުރެން ނޫޅެ، އެއާލައިންގެ ފެންވަރު ރަނގަޅުކޮށް، ދޭ ހިދުމަތް ވެސް މަތިކުރަން އުޅުން މާ ރަނގަޅު ވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
Ladies and gentlemen please put on your seatbelts. *pause* JAI HIND!
— PKR | প্রশান্ত | پرشانتو (@prasanto) March 4, 2019
Ladies and gentlemen we are now at 40,000 feet, and the temperature outside is -40. *pause* JAI HIND!! https://t.co/MhZytMVEtu
ކަޝްމީރުގައި އިންޑިއާ ސިފައިންނާ ދެކޮޅަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނާއި އިންޑިއާއާ ދެމެދު ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ. މި ދަނޑިވަޅުގައި އިންޑިއާގެ ބަތަލާ އަދި ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ޕްރިޔަންކާ ޗޯޕްޅާ ފާޅުކުރި ހިޔާލަކަށް ޕާކިސްތާނުން ވަނީ ހިތްހަމަނުޖެހިފަ އެވެ.
"ޖެއިން ހިންދު #އާމްޑްފޯސެސް" ޖަހައިގެން ޕްރިޔަންކާ ކުރި ޓްވީޓަކާ ގުޅިގެން ޕާކިސްތާނުން މިހާރު އަންނަނީ އޭނާ އެ މަގާމުން ވަކިކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިފޫ
08 March 2019
ހަހަ ފްލައިޓް ތެރޭން ފެނުނު މީދާގެ އުނދަގުލަށް މާފަށް އެދެން.. ޖޭ ހިންދު!
ސަގާފީ
06 March 2019
ސިޔާސީ ލޮަލަކުން ނުބަލަ ވިސްނާލަބަލަ. އިންޑިޔާ މީހުންނަކީ ގައުމީވަންތަ ބައެއް .ހިނދޫއަކަށް ވިޔަސ މުސްލިމަކަށް ވިޔަސް ހުރިހާ އެންމެންނަކީ ގައުމުދެކެ ލޯބިވާ، ސަގާފަތާ އާދަކާދައަށް ބައެއް. އެމީހުން އެ ސަގާފަތާ ބަހާއި ގައުމީވަންތަކަން ދިރުވަ އާލާކުރަން މަސައްކަތްކުރޭ. އަހަރެމެން ދިވެހިންވެސް އަހަރެމެންގެ ކަންކަން ބޮއްސުންލާފަ ނުބާއްވާ ދިވެހިވަންތަކަން ދިރުވަން މަސައްކަތް ކުރަންވީ.
ހަސަން ނުވަވަނަ
06 March 2019
ދުވަސްކޮޅަކުން މައިސަރުކާރުން އަންގައިގެން މިތާވެސް ތި އިމްޕްލިމެންޓް ކުރާނެ. ގޭ ހިންދް
ކުދުރޭޑިއޯ
06 March 2019
މީވަރެއްގެ ބައެއް ބުނަން. ސިނަމާއަށް ފިލްމެއް ބަލަންވަނަސް ފިލްމު ފެށުމުގެ ކުރިން ގައުމީ ސަލާން ލަވައަށް ތެދުވަންޖެހޭ. އަނެއްކާ މިހާރު މިކަންތައްގަނޑު!
އާސްތާނާ
06 March 2019
ނުކިޔާނަން، އިރާދަކުރެއްވީޔާ.