ލައިފްސްޓައިލް / މާބަނޑުވުން

ބަލިވެއިންނަން ތައްޔާރުވާއިރު މިކަންކަމާ ދުރުވެލާ

ބަލިވެއިންނަން ތައްޔާރުވާ މީހަކު އެކަމަށް ނަފްސާނީ ގޮތުން ތައްޔާރުވުމާ އެކު އެ މީހެއްގެ ހަށިގަނޑު ވެސް އެކަމަށް ތައްޔާރުކުރަން ޖެހެ އެވެ. ތިރީގައި މި ހިމަނާލަނީ ބަލިވެއިންނަން ތައްޔާރުވާ މީހަކު ނުކުރަންވީ ކަންކަމެވެ.

މާބޮޑަށް ބަރުދަން ލުއިކޮށްލަން ނުވަތަ ބަރުކުރަން މަސައްކަތް ކުރުން

މާބޮޑަށް ލުއިކޮށްލަން ނުވަތަ މާބޮޑަށް ބަރުކުރަން އުޅެފި ނަމަ، މާބަނޑުވުމަށް އެޅޭ ހުރަހަކަށް ވެސް ވެދާނެ އެވެ. އަދި މައްސަރުކަންތައް ގަވާއިދުން ނުޖެހޭ ގޮތް ވެސް މެދުވެރިވެދާނެ އެވެ. މަހަކު އެއްފަހަރު މައްސަރުކަންތައް ނުޖެހޭ ނަމަ އޯވަރީން ބިހެއް ނުއުފައްދާނެ އެވެ. މިއީ މާބަނޑުވުމަށް ހުރަހެކެވެ.

ބައެއް ފަހަރު ބަރުދަނަށް އަންނަ ބަދަލާ ގުޅިގެން ހޯމޯންތަކުގެ ބެލެންސް ގެއްލި ދަރިމައިނުވާ ގޮތް ވެ އެވެ. އަދި މީހާ މާ ބަރުވެއްޖެ ނަމަ ކުއްޖާ ބައިގެންދިއުމާއި މާބަނޑުއިރު ލޭމައްޗަށް ދިއުން އަދި ބަނޑުގައި އޮންނަ ދަރިފުޅުގެ އުފެދުމުގައި އުނިކަންތައްތައް ހުންނަގޮތް މެދުވެރިވެ އެވެ.

ކަން މިހެން ހުރުމާއެކު، މާބަނޑުވުމަށް ތައްޔާރުވާއިރު ވެސް އަދި މާބަނޑުއިރު ވެސް މަސައްކަތް ކުރަންވީ ސިއްހީ ގޮތުން ދުޅަހެޔޮ މިންގަނޑެއްގައި ބަރުދަން ބެހެއްޓުމަށެވެ. ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ބަލިވެއިންނަން ތައްޔާރުވާ އަންހެނެއްގެ (ބީއެމްއައި) ހުންނަންވާނީ 18.5 އާއި 27 އާއި ދެމެދުގަ އެވެ.

މާގަދަ އަށް ކަސްރަތުކުރުން

މާ ގަދަ އަށް ކަސްރަތު ކުރާ ނަމަ ހޯމޯންތައް އިމްބެލެންސްވެ އޯވަރީން ބިސްއުފެއްދުމަށް ހުރަހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ބާރަށް ދުވުމާއި، އެރޮބިކްސް، ފެތުން އަދި ބައިސްކަލް ދުއްވުމަކީ މީހާ ރަނގަޅު ސިއްހަތެއްގައި ހުރި ނަމަވެސް ބަލިވެއިނުމަށް އުދަނގޫތަކެއް ކުރިމަތިވެދާނެ ކަންކަމެވެ. އެކަމަކު މީހާ މާބޮޑަށް ފަލަ ނަމަ ހަށިގަނޑު ކޮންމެވެސް ވަރަކަށް ލުއިކޮށްލުމުން ބަލިވެއިންނަން ފަސޭހަ ވެދާނެ އެވެ.

ދަރިއަކު ހޯދަން މަސައްކަތްކުރުން ލަސްކުރުން

އުމުރު މައްޗަށް ދިޔަ ވަރަކަށް ބަލިވެ އިނުމުގެ ފުރުސަތު ދާނީ ހަނިވަމުންނެވެ. އުމުރުން 20 އަހަރުގައި އޮތް ވަރަށް ވުރެ 30 އަހަރުގައި އެފުރުސަތު ހަނިވާނެ އެވެ. އެހެންވެ އުމުރާ ބެހޭގޮތުން ޑޮކްޓަރާ ވާހަކަދައްކައިގެން އެކަމަށް އޮތް ފުރުސަތުތަކަކީ ކޮބައިތޯ ބަލައި އޮޅުންފިލުވާށެވެ. ފިރިހެނުންގެ ކިބައިގައި ވެސް 50 އަށްވުރެ މަތި ވުމުން ދަރިމައިކޮށްދިނުމުގެ ގާބިލްކަން ކުޑަވެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން

ބަލިވެއިންނަން މަސައްކަތްކުރާ ދުވަސްވަރު ވެސް ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ބައިގެންދިއުމުގެ ފުރުސަތު އޮވެ އެވެ. ދުވާލަކު 10 ސިގިރެޓަށްވުރެ ގިނައިން ބޯ ނަމަ ބަލިވެ އިނުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދެ އެވެ. އަދި މިކަމުގެ ސަބަބުން އޯވަރީ ހަލާކުވެ، އުފައްދާ ބިހުގެ މިންވަރު ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިހެންވުމުން އަނެއްކާ ވެސް ބަލިވެ އިންނަން އުދަނގޫވެ އެވެ.

ފިރިހެނުން ވެސް ސިގިރޭޓް ބޯ ނަމަ ދަރިފަނީގެ މިންވަރު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި މާބަނޑުއިރު ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ދަރިމައިވުމުގެ ނިޒާމުގެ ގުނަންތައް އުފެދުމުގައި ބަދަލުތައް މެދުވެރިވެ އެ ކުއްޖަކު ބޮޑުވެގެން ދަރިން ހޯދަން އުދަނގޫވާ ގޮތް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ.

މާގިނައިން ވިޓަމިން ކެއުން

މާބަނޑުވުމަށް ތައްޔާރުވާއިރު ފޯލިކް އެސިޑް ކެއުމުން، ކުއްޖާ އުފެދުމުގައި އަތުވެދާނެ އުނިކަންކަމުން ދުރުކޮށްދެ އެވެ. އެކަމަކު މާގިނައިން ތަފާތު ވައްތަރުގެ ވިޓަމިންތައް ނުކާށެވެ. މިސާލަކަށް، މާގިނައިން ވިޓަމިން އޭ ކާ ނަމަ ދަރިފުޅު އުފެދި ބޮޑުވުމުގައި މައްސަލަ ދިމާވެ އެވެ.

އެނާޖީ ޑްރިންކާއި އެސްޕްރެސޯ ބުއިން

ބަލިވެ އިންނަން ތައްޔާރުވާއިރު އެނާޖީ ބުއިންތަކާއި ކޮފީ އަދި ހާއްސަކޮށް އެސްޕްރެސޯއާ ދުރުވެލާށެވެ.

ދެމަފިރިކަމުގެ ގުޅުން ހިންގުން މަދުކުރުން

ބަލިވެ އިންނަން އުޅޭއިރު މިއީ ވަގުތު ހޯދައިގެން ވެސް، ވީހާވެސް ގިނައިން ކުރަންޖެހޭ ކަމެކެވެ. އޭރުން ބަލިވެ އިނުމުގެ ފުރުސަތު އެތައް ގުނައެއް އިތުރު ވާނެ އެވެ.

ބޭސް ކެއުން

ދާއިމީ ބަލިތަކަށް ކާ ބޭސް ނުވަތަ ދިގު މުއްދަތަކަށް ކާ ބޭސް ފިޔަވައި އެހެން ބޭސްތައް ހުއްޓާލާށެވެ. އެކަމަކު ހުއްޓާލައިފި ނަމަ ތިމާގެ ސިއްހަތަށް ގެއްލުންވާނެ ފަދަ ބޭސް ހުރެއްޖެ ނަމަ ޑޮކްޓަރަކާ ވާހަކަ ދައްކައިގެން ނޫނީ ކުރިއަށް ނުގެންދާށެވެ.

ވެކްސިން ޖެހުން

ރުބެއްލާ ހެޕައިޓިސް ބީ އަދި ޗިކެންޕޮކްސް އަށް ޖަހާ ވެކްސިންތަކަކީ ބަލިވެއިނދެ ޖަހައިފި ނަމަ ދަރިފުޅުގެ އުފެދުމަށް އެއިން އަސަރު ފޯރާނެ ވެކްސިންތަކެވެ. ވެކްސިން ޖަހާ ނަމަ ބަލިވެ އިނުމުގެ މަދުވެގެން މަހެއްވަރު ކުރިން ވެކްސިން ޖަހާށެވެ. -- މައުލޫމާތު: ވެބްއެމްޑީ

3 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 4%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާސަންދަ

27 April 2019

އާސަންދަ އެއްވެސް ނުދޭ އިންފާރޓިލިޓީ ޓްރީޓްމެންޓް އަށް.މިއީވެސް އަގުބޮޑު ފަރުވާއެއް.ކޮންމެ މީހަކީ އެހާވަރުގެ ތަނަވަސް ކަމެއް ލިބިފަ ހުރި މީހުންނެއް ނޫން.

The name is already taken The name is available. Register?

ޞިއްޙަތު އެމްވީ

25 April 2019

ލިޔުން އިތުރަށް ފުރިހަމަ ކޮށްލަން އޮއްޓަރު ހުރި މަސްދަރުތަކުން މަޢުލޫމާތު ނެގުން މުހިއްމު. މި މަޢުލޫމާތުތަކަކީ މުޖުތަމައުއަށް ބޭނުންހިފޭ އެއްޗަކަށްވާނީ އޭރުން. މިއީ ވ.ދިރާސާ ކުރެވިފައިވާ މަޢުލޫއެއްވީމަ، ދިރާސާތަކަށް ބިނާކޮށް ލިޔުނުނަމަ މާ ބޮޑު އެއްޗެއް އެނގިގެންދާނެ. މިސާލަކަށް މާބަނޑުވުމަށް ދުރާލާ ތައްޔާރުވާ ބަޔަކަށް މައިކްރޯނިއުޓްރިއެންޓްސް އަދި މެކްރޯނިއުޓްރިއެންޓްސް ބޭނުންވާ މިންވަރާ އޭގެ ފައިދާތައް.

The name is already taken The name is available. Register?

ޢެހީއެއްދީބަލަ

26 April 2019

ޜާއްޖޭގައި ދަރިން ނުލިބޭ ބަޔަކީ އެއްވެސް ބައެއް ނޫން އެބައިމީހުންނަށް އެހީއެއްވެސް ނުލިބޭނެ. ޢެހާ ފުރައްސާރައާއި ހިތްދަތިކަމުގައި އުޅންޖެހޭ ބައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454