ސީއައިއޭގެ ލޯގޯ: އެތަނުން ވަނީ އިންސްޓަގްރާމް ބޭނުން ކުރަން ފަށާފައި.
28 އެޕްރީލް 2019 - 07:27
މިހާރު އެއްވެސް ކަމެއް ސޯޝަލް މީޑިއާއާ ނުލައި ފުރިހަމައެއް ނުވާނެ އެވެ. ގިނަ ބަޔަކާ ހަމައަށް ފޯރަން އޮތް އެންމެ ކުރު އަދި އެންމެ ފަސޭހަ އެއް މަގަކީ ވެސް އެއީ އެވެ.
ވަރުގަދަ ޖާސޫސީ އިދާރާ، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައީ) ވެސް މިއޮތީ އެންމެ ފަހުން އިންސްޓަގްރާމްގަ އެވެ. އެތަނުގެ އެކައުންޓް އާންމުކުރީ މީގެ ދެ ދުވަހެއް ކުރިންނެވެ.
ސީއައިއޭގެ ފުރަތަމަ ޕޯސްޓް.
ފުރަތަމަ ޕޯސްޓް ކުރި އިންޓެލިޖެންސް އޮފިސަރެއްގެ ވޯކް ސްޓޭޝަނެއްގެ ފޮޓޯއާ އެކު ބުނީ "އައި ސްޕައި ވިތު މައި ލިޓްލް އައި" ކަމަށެވެ. މި ޕޯސްޓް ފިޔަވައި އިތުރު އެއްވެސް ޕޯސްޓެއް ނެތެވެ.
ސީއައިއީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު މިހާރުވެސް އެތައް ހާހަކަށް އަރައިފި އެވެ. އެ އެކައުންޓުން އެއްވެސް ތަނެއް މިހާތަނަށް ފޮލޯކޮށްފައެއް ނެތެވެ.
We can neither confirm nor deny that this is our first tweet.
— CIA (@CIA) June 6, 2014
އެކަމަކު ސީއައިއޭގެ ކަހަލަ ވަރުގަދަ މުއައްސަސާއެއް އިންސްޓަގްރާމަށް އައުމުން ގިނަ ބަޔަކު ޓްވިޓާގައި އެކަން ފާހަގަކޮށްފައިވެ އެވެ.
ސީއައިއޭ އިން ޓްވިޓާ ވެސް ބޭނުން ކުރެ އެވެ. އެއީ 2014 އިން ފެށިގެންނެވެ. އެކަމަކު އޭރު ސީއައިއޭ ޓްވިޓާ އަށް އައި ވާހަކަ ގިނަ ބަޔަކު ދައްކަން ފެށުމުން ޖޫން، 6، 2014 ގައި ކުރި ފުރަތަމަ ޓްވީޓްގައި ބުނީ ޓްވިޓާ ބޭނުން ކުރާކަން ނުވަތަ ނޫންކަން ވެސް ކަށަވަރު ނުކޮށްދޭ ކަމަށެވެ.
ޓްވިޓާ އިން މިހާރު ސީއިއައިއޭ ފޮލޯ ކުރާ މީހުންގެ އަދަދު 2.58 މިލިއަނަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy