އޯޓްސް އިން ތައްޔާރުކޮށްފައިވާ ކެއުމެއް.
03 މެއި 2019 - 08:36
ލޭގެ ޕްރެޝަރު މަތިވާ ނަމަ ކެއުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވަހުގެ ފުރަތަމަ ނާސްތާ، އޯޓްސް އެކުލެވޭ ކެއުމަކުމް ފަށައިފި ނަމަ ލޭ މައްޗަށް ދިއުމުން ރައްކާތެރިކޮށް ދޭނެ އެވެ.
އެގޮތުން ކޮންމެ ދުވަހެއްގެ ކެއުމުގެ ވެސް އޯޓްސް ހިމެނުމަކީ ކުރެވިދާނެ ކަމެކެވެ. ދެން ސުވާލަކީ އޯޓްސް ބޭނުންކުރާނީ ކިހިނެއް ހެއްޔެވެ؟ އޯޓްސް އަކީ ބައެއް މީހުންނަށް އެހާ ކަމުދާ އެއްޗަކަށް ނުވެ އެވެ. އެކަމަކު މިއީ ކާ ހިތްވާ ކަހަލަ ގޮތަކަށް ތައްޔާރުކޮށްގެން ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިސާލަކަށް ހަކުރު ނާޅައި، އޯޓްސްގެ ތެރެއަށް އެކި ކަހަލަ މޭވާގެ ބާވަތްތައް ވެސް އަޅާލައިގެން މީރު އެއްޗެއް ތައްޔާރުކޮށްލެވި ދާނެ އެވެ.
މުހިއްމު ކަމަކީ ކޮންމެވެސް ސިފައެއްގެ ދުވަހުގެ ސުފުރާގައި އޯޓްސް ހިމަނައިލުމެވެ.
އޯޓްސް އަކީ ސިއްހީ ފައިދާތައް ގިނަ އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތައް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން 100 ގްރާމުގެ އޯޓްގައި 10 ގްރާމްގެ ފައިބަރު، 352 މިލިގްރާމްގެ ކެލްސިއަމް އަދި 359 ގްރާމްގެ ޕޮޓޭސިއަމް އެކުލެވެ އެވެ. ކެލްސިއަމާއި ޕޮޓޭސިއަމަކީ ވަކިން ހާއްސަކޮށް ލޭގެ ޕްރެޝަރު ދަށްކޮށްދޭން ބާރު އަޅާ ދެ މާއްދާ އެވެ.
އޯޓްސް: މިއީ ފައިދާތައް ގިނަ އެއްޗެއް.
އެހެންވެ އޯޓް ބޭނުން ކުރުމުން ނުރަނގަޅު ކޮލެސްޓްރޯލުން ރައްކާތެރިކޮށްދީ، ރަނގަޅު ކޮލެސްޓްރޯލް ލެވެލް ބަރާބަރުކޮށް ދޭނެ އެވެ.
ދުޅަހެޔޮ ޑައިޓަކަށް ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދޭ އިރު ވެސް، އޭގެ ތެރޭގައި އޯޓަކީ ވަރަށް އާންމު ބާވަތެކެވެ. އެއިން ވެސް އެނގެނީގެ ފައިދާތައް ގިނަކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy