04 ޖުލައި 2019 - 07:39
ސޯޝަލް ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންނަށް މިހާރު ކިތަންމެ އިހުތިޔާރެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެންމެ ނަގާކިޔާ އެއްޗިއްސަކީ ފޭސްބުކާއި ޓްވިޓާ އާއި ސްނެޕްޗެޓެވެ. އެކަމަކު މި ފްލެޓްފޯމްތަކުގެ ސަބަބުން ދިރިއުޅުމުގެ ހަގީގީ މައިދާނުން އެކަހެރިވުން ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި މިކަމުގެ ސަބަބުން ދިމާވާ އެކި ކަހަލަ ސިއްހީ މައްސަލަތައް ވެސް ގިނަ އެވެ. ހާއްސަކޮށް ނަފުސާނީ މައްސަލަތަކެވެ.
ނަމަވެސް މި ޒަމާނުގެ ސޯޝަލް އެޕްތައް އިހުތިޔާ ކުރާ އިރު، ބޭނުންކުރާނީ ކޯއްޗެއްތޯ ވިސްނައިލުން ބުއްދިވެރި އެވެ. އެގޮތުން އާ ދިރާސާއެއްގައި ބުނި ގޮތުގައި ވަޓްސްއެޕަކީ އެހެން އެޕްތަކަށް މާ ރަނގަޅު އެޕެކެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް ހިއުމަން-ކޮމްޕިއުޓާ ސްޓަޑީޒް ޖާނަލްގައި ޝާއިއުކޮށްފައިވާ އިންގްލެންޑުގެ އެޖްހިލް ޔުނިވަސިޓީގެ ދިރާސާގައި ބުނީ އެހެން އެޕްތަކާ ހިލާފަށް ވަޓްސްއެޕަކީ އާއިލާ އާއި ގާތް ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމަށް މާ ބޮޑަށް ވެސް މުހިއްމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށެވެ. އަދި އެ އެޕްގެ ޒަރީއާ އިން އިޖުތިމާއީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްދޭ ކަމަށް ބުންޏެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ވަޓްސްއެޕް ބޭނުންކުރާ މީހުންނަކީ އަމިއްލަ ނަފުސަށް އިތުބާރު ބޮޑު، އެކަނިވެރިކަން އިހުސާސް ކުރެވޭލެއް އެހެން އެޕްތައް ބޭނުން ކުރާ މީހުންނަށް ވުރެ ކުޑަ ބައެކެވެ.
"ފާހަގަ ކުރުން މުހިއްމު އެއް ޕޮއިންޓަކީ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުމަކީ ވެސްއެހާ ގޯސް ކަމެއް ނޫންކަން. އެކަމަކު މުހިއްމު ކަމަކީ ބޭނުންކުރާ އެޕަކީ ތިމާ އަށް ކިހާ ވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދޭ އެއްޗެއްތޯ ވަޒަން ކުރުން،" އެޖް ހިލް ޔުނިވަސިޓީގެ ސީނިއާ ލެކްޗަރާ ޑރ. ލިންކާ ކަޔޭ ވިދާޅުވި އެވެ.
މީހަކު ވަޓްސްއެޕް ބޭނުން ކުރަނީ.
އޭނާ ވިދާޅުވި ގޮތުގައި ބޭނުންކުރަން މިހާރު އެންމެ ރަނގަޅު އެޕަކީ ވަަޓްސްއެޕެވެ.
"އޭގެ ސަބަބުން އާއިލާ އާއި ރައްޓެހިންގެ މެދުގައި ހަދާފައި ހުންނަ ވަޓްސްއެޕް ގްރޫޕްތަކުން މާ ކޮލިޓީ ވަގުތު ގިނަ ބަޔަކާ އެކު ހިއްސާކޮށްލެވޭ،" ލިންޑާ ވިދާޅުވި އެވެ.
ދިރާސާގައި ބުނީ އެހެން އެޕްތައް ބޭނުން ކުރާ މީހުންނަށް ކުރިމަތިވާ އިންސިކިއުރިޓި އާއި ޖެލަސި އާއި އަދި މި ނޫން ވެސް ނެގަޓިވް އިމޯޝަންތަކުގެ މައްސަލަތައް ބޮޑު ކަމަށެވެ. އެކަމަކު ވަޓްސްއެޕްގެ ސާދާކަމުގެ ސަބަބުން އެ ބޭނުން ކުރާ މީހުން ނަފުސާނީ މައްސަލަތަކުން ސަލާމަތްކޮށް، އިޖުތިމާއީ ގޮތުން އެ މީހަކާއި އެ މީހުންނާ އޮންނަ ގުޅުން އިތުރުކޮށްދޭ ކަމަށް ބުންޏެވެ.
މީގެ 10 އަހަރު ކުރިން ވުޖޫދަށް އައި ވަޓްސްއެޕަކީ އިންސްޓަގްރާމް ވެސް މިހާރު ކޮންޓްރޯލް ކުރާ ފޭސްބުކްގެ ބައެކެވެ. ވަޓްސްއެޕް ބޭނުން ކުރާ މީހުންގެ އަދަދު މިހާރު 1.5 ބިލިއަނަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމިނގިލީ ޒާހިރު
04 July 2019
ޚަބަރު ކިޔާ ނިމުނު އިރުވެސް ވަޓްސްއެޕް ރަނގަޅުވިގޮތެއް ނޭގުނު.....
ލޮލްްަ
04 July 2019
ވަޓްސް އެޕް އަކީ ސެކިއުރިޓީ ބައިވަރު މައްސަލަ ދިމާވާ އަދި ދިމާވެފަ ހުރި އެއްޗެއް. ވައިބަރ ގަ ނީންދޭ އަންލިމިޓެޑް ސްޓޯރޭޖް އެއްވެސް އެކަމަކު ޓެލެގްރާމް ގަ އޮވޭ! އަދި އެއްވެސް އިރަކު ޓެލެގްރާމް ގަ ސެކިއުރިޓީ މައްސަލައެއް ނުޖެހޭ! މީގެ 12 ގަޑިއިރު ކުރިން ވަޓްސްއެޕް އާ އިންސްޓަ އާ ފޭސްބުކް އޮތީ ފޮޓޯއާ ވީޑިޔޯ ޑިސްޕްލޭ ނުކުރެވޭ ވަރަށް ޑައުންވެފަ! އެހެންވީމަ މި އާޓިކަލް މިވަގުތު އައީމަ ވަރަށް ޖޯކު ހަގީގަތުގައި! ޓެލެގްރާމްހާ ސަޅި ނެޓްވޯކެއް ނުހޯދޭނެ!
އަޝްރަފް
04 July 2019
ތިޔަ ދިރާސާ ހެދި ބަޔަކަށް ވައިބަރ އެއީ ކޯންޗެއްކަން ނޭނގެނީ ކަމަށް ވާނީ.