ބެންގަލޫރުގައި ހިނގި ހަމަނުޖެހުންތަކުގައި ރޯވެ އަނދާފައިވާ ބަސްތައް
20 ސެޕްޓެމްބަރ 2016 - 08:37
ބެންގަލޫރުގައި މިދިޔަ ހަފުތާގައި ހިނގި ހަމަނުޖެހުންތަކުގައި 42 ބަހުގައި ހުޅުޖެހީ 22 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. މިއީ ޓެމިލް ނާޑޫ ބަޔަކު އޮޕަރޭޓްކުރާ ފްލީޓެއްގައި ހިމެނޭ ބަސްތަކެކެވެ.
ސެޕްޓެމްބަރު 12 ވަނަ ދުވަހު ބަސްތަކަށް ހަމަލާދީ ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 11 މީހުންގެ ތެރޭގައި ސީ.ބާގްޔާ ކިޔާ މި އަންހެން މީހާ ވެސް ހިމެނެ އެވެ. ވަރުގަދަ މުޒާހަރާ އަށް މި އަންހެންމީހާ ނެރުނީ ބިރިޔާނި ތައްޓަކާއި 100 ރުޕީޒް ދީގެން ކަމަށްވެ އެވެ.
މި އެންމެންނަކީ ބަސް ދުއްވާ މީހުންގެ ގަޔަށް ޕެޓްރޯލް އުކާ ރޯކޮށްލާނެކަމުގެ އިންޒާރު ދިން ބައެކެވެ. ފުލުހުން ބުނަނީ ބަސްތައް ޕާކްކޮށްފައިވާ ތަނުގައި ހުރި ސީސީޓީވީ ފުޓޭޖްތަކުން ފެންނަނީ މި ބަސްތަކުގައި ރޯކޮށްލުމުގައި އެންމެ އިސް ރޯލެއް މި އަންހެންމީހާ އަދާކުރާތަން ކަމަށެވެ.
ބާގްޔާގެ މަންމަ ޔެލައްމާ މީޑިއާތަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅު މުޒާހަރާއަށް ނުކުތީ މުޒާހަރާއަށް ނުކުންނަ މަތިން ބަކަރި ބިރިޔާނި ތައްޓަކާއި 100 ރުޕީޒް ދޭން ރައްޓެހިންތަކެއް ބުނެގެން ކަމަށެވެ.
ބާގްޔާގެގެ ހުންނަނީ ބަސްތައް ޕާކްކުރާ ގަރާޖާ ވަރަށް ކައިރީގައި ކަމަށްވެ އެވެ. އޭނާގެ މަންމަ ބުނި ގޮތުގައި ބާގްޔާ ސެޕްޓެމްބަރު 12 ވަނަ ދުވަހު ގެއަށް އައިއިރު މެންދުރުވެއްޖެ އެވެ.
އައިތަނާ މާގިނައިރެއް ނުވެ ފިރިހެނުންތަކެއް ގޮސް މުޒާހަރާއަށް ދާން އޭނާ ކިބައިން އެދުނެވެ. އަދި މުޒާހަރާ ނިމުމުން ބިރިޔާނި ތައްޓަކާއި 100 ރުޕީޒް ދޭން އެމީހުން ވައުދުވީ ކަމަށް ބާގްޔާގެ މަންމަ ބުނެފައިވެ އެވެ.
ރޯކޮށްލާފައިވާ ބަސްތައް ހުރި ތަނުގައި ބާގްޔާ ނޫން އެހެން އަންހެނުންތަކެއް ވެސް އުޅޭތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް އެ ރަށު ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ބާގްޔާ ނޫން އެހެން އަންހެނަކު އެކަމުގައި އަމަލީ ގޮތުން ބައިވެރިވާކަމެއް ނޭނގެ އެވެ.
ސެޕްޓެމްބަރު 12 ގައި ބެންގަލޫރޫގައ ހިނގި ހަމަނުޖެހުންތަކުގައި 400 ވަރަކަށް މީހުން ހައްޔަރުކުރިއިރު ބާގްޔާ އަކީ އޭގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެންމީހާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
20 September 2016
މުޙައްމަދު އެބުނީ ހަމަ ތެދެއް
މުޙައްމަދު
20 September 2016
މިރާއްޖޭގަ އުޅޭ ރަންރީނދޫކުލައިގެ ފިކުރާއި، ވަރަށް ގުޅޭނެ ތި ބާގްޔާ:
ރަންރީނދޫ
20 September 2016
މިރާއްޖޭގަ އުޅޭ ކިރިޔާ ކަމެއް ވާއިރަށް ރަންރީނދުލޭ ނުކިޔާ ހިތްހަމަ ނުޖެހޭ މީހުން. މަތީގަ ކޮމެންޓްކޮށްފަ އޭނީވެސް އެކަހަލަ މީހެއް!