05 ސެޕްޓެމްބަރ 2019 - 08:52
އިންޑިއާގެ އަންހެން ވަރަށް ގިނަ ލަވަކިޔުންތެރިންނަކީ ލަތާ މަންގޭޝްކަރާއި އޭނާގެ ކޮއްކޮ އާޝޯ ބޯސްލޭ ލަވަކިޔާ ގޮތަށް ލަވަކިޔޭތޯ މަސައްކަތްކުރާ ފަންނާނުންނެވެ. އިންޑިއާގައި ކުއްލިއަކަށް މަޝްހޫރުވެފައިވާ ރާނޫ މޮންޑާލަކީ ވެސް ލަތާގެ އަޑުދަށުން ކުރިއަށް ދާން އުޅޭ މީހެއް ކަމަށް މިހާރު ބެލިދާނެ އެވެ.
އޭނާގެ ލަވަކިޔުމުގެ ހުނަރު ގިނަ ބަޔަކަށް ފާހަގަކުރެވުނީ ވެސް ލަތާގެ ވަރަށް އަސަރުގަދަ ލަވައެއް ހަމަ އެ އިހުސާސްތަކާ އެކު ކިޔައިގެންނެވެ. އެ ލަވައަކީ "އެކް ޕިޔާރު ކަ ނަގްމާ ހޭ" އެވެ. އެ ލަވަ އަޑު އަހާފައި ގިނަ ބަޔަކު ވަނީ ރާނޫ، 60، އަކީ ލަތާ އަށް ދޫނުކުރާ ވަރުގެ ލަވަކިޔުންތެރިއަކަށް ވެދާނެ ކަމަށް ބުނެފަ އެވެ. އަދި އެކަމަށް ބޭނުންވަނީ އޭނާގެ ހުނަރު ކުރިއަރުވާނެ ފުރުސަތާއި ލަވަކިޔާނެ ފުރުސަތުތަކެވެ.
ރާނޫ މިހާރު އަންނަނީ ފުލުފުލުގައި ލަވަތައް ރެކޯޑްކުރަމުންނެވެ. އަދި ކުރީގެ ބައެއް ލަވަތައް އޭނާގެ އަޑުން ކިޔައިގެން އެތައް ބަޔަކު އުފާކޮށް ދެމުން އަންނަ އިރު، ލަތާ މިއޮތީ ރާނޫ އަށް ނަސޭހަތެއް ދީފަ އެވެ.
ރާނޫގެ "އެކް ޕިޔާރު ކެ ނަގްމާ ހޭ".
އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ ގިނަ ލަވަ ރެކޯޑްކުރި ލަތާ ބުނިގޮތުގައި ވަކި މީހަކު ލަވަކިޔާ ގޮތެއް ލަވަކިޔުމަކީ ހުނަރެއް ނޫނެވެ. އެހެންވެ ރާނޫ އަށް ލަތާ ދޭ ނަސޭހަތަކީ އަމިއްލަ ގޮތުގައި ލަވަކިޔާ ފަންނާނަކަށްވާށޭ އެވެ.
"މިސާލަކަށް އަހަރެން ކޮޕީކޮށްގެން ލަވަކިޔުމަކީ ފަހަރުގައި ފައިދާވާ ކަމަކަށް ވެސް ވެދާނެ. އަދި އެކަމާ އަހަރެން އުފާ ވެސް ކުރަން. އެކަމަކު އެއީ މާ ގިނަ ދުވަހަކަށް ދެމިއޮންނާނެ ކަމަކަށް ނުވާނެ. ދިގު މުއްދަތަކަށް ތިމާގެ ހުނަރު ދަމަހައްޓަން ބޭނުމިއްޔާ ކޮންމެ ލަވަކިޔުންތެރިއަކީ ވެސް އެ މީހެއްގެ އަމިއްލަ ސްޓައިލެއް ގެންގުޅެން ޖެހޭނެ މީހެއް،" މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ލަތާ ބުންޏެވެ.
އެހެން ފަންނާނުން ކޮޕީކުރުމުގެ ބަދަލުގައި އަމިއްލަ އިމޭޖެއް ބިނާކުރެވޭނީ ކޮންމެ ފަންނާނަކު ވެސް އެ މީހެއްގެ އަމިއްލަ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ބުންޏެވެ. އެހެންވެ ލަތާ އާއި މުހައްމަދު ރަފީ އާއި އާޝާ އާއި ކިޝޯރް ކުމާރު ފަދަ މީސްމީހުންގެ ހިޔަނީގައި ކުރިއަށް ދާން އަޒުމްކަނޑަނޭޅުން މުހިއްމު ކަމަށް ލަތާ ބުންޏެވެ.
"އަހަންނަށް ހަމަ ވަރަށް ޔަގީން އަހަރެން ލަވަކިޔާ ގޮތަށް އާޝާ ލަވަކިޔަން އުޅުނު ނަމަ އޭނަ އަށް މިހާރު އާދެވިފައި ހުރި ހިސާބާ ގާތަކަށް ވެސް ނާދެވޭނެ. އަހަރެމެން ދެ މީހުންނަކީ ދެބޭން ކަމަށް ވިޔަސް، ވަރަށް ތަފާތު ސްޓައިލްގެ ދެ ލަވަކިޔުންތެރިން މިއީ،" ލަތާ، 89، ބުންޏެވެ. "އެކަން ފާހަގަކުރެވޭނެ އަހަރެން ކިޔާފައި ހުރި ލަވަތަކާއި އާޝާ ކިޔާފައި ހުރި ލަވަތައް އަޑުއެހީމަ."
އޭނާ ބުނިގޮތުގައި ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަންހެނުން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ސުނީދީ ޗޯހަން އާއި ޝްރެޔާ ގޯޝަލް ވެސް އެހުންތެރިންނާއި ބެލުންތެރިން ބަލައިގަތީ އެ މީހުންގެ އަމިއްލަ ފާޑުވެރިކަމުގައި ހުނަރު ދައްކައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
XLGAMER10 shamih
12 September 2019
ލަތާ ބުނެފަ އޭނީ ހަމަ ވަރައް ރަނގަޅުވާހަރަނގަޅުވާހަކައެއް ، ކޮންމެ މީހަކުބެސް އެމީހެއްގެ އަމިއްލަ ގޮތް ގެންގުޅެގެން ކުރި އަރާނީ .
ފިއާޒު
09 September 2019
މިލަވައިގެ މިއުޒަކަށް ދިވެހި ލަވައެއްވެސް އޮވޭ ކަންނޭނގެ! ކޮން ލަވައެއްބާ!
K H A DE E J A TH
06 September 2019
ލަތާ އަށް ފައިދާ..
ޖާނޫ
06 September 2019
ލަތާ މިހެން މިބުނީ އަލަކަށް ނޫން. ވާނުވާގައި އުޅެ މީހުންނަށް މަބޮޑަށް އެގެނީ
މައިމޫނާ
06 September 2019
ލަތާ ކަލޭ މާ ފޮނިވެގެން ނޫޅޭތި
ކޮއްކޮމް
06 September 2019
ފަގީރު މީހަކު ލަވައެއް ކިޔާލާއިރަށް ހާދަވަރެކޭ މިވީ. އެހެން މީހަކު ނަމަ އުފާކުރީސް އެކަމާ.
މުބީނު މަރނީ
06 September 2019
ތިމާ މީހާ ގެ ކޮއްކޮ އާޝާ އާއިވާހަކަ ދައްކަން ފެށީވެސް އިހަކަށް ދުވަހު. މިހާރު އުމުރުން 89 އަހަރު ލަތާ އަށް. މުޅި އުމުރު ހޭދަކޮށްލީ އަގައިން ނުބުނެ. މުހައްމަދު ރަފީއު ގޮވައިގެން ކޯޓަށް ވެސް ދިޔަ ކިތަންމެ ފަހަރަކު. ކާމިޔާބެއް ނުވި. މުހައްމަދު ރަފީއު އަށްވުރެ މަޝްހޫރުވާން ވެގެން އަބަދު އުޅޭނީ. އެކަމަކު އެކަމެއްވެސް ނުވި. މިހާރު އެގަނޑު ރާނޫ އާއި އެގަންނަން ފެށީ. މިހާރު އެ އަރައިގަތީ އަމިއްލަ މިނިވަންކަމަށް ޖެލަސް ވެގެން. ފާޑެއްގެ މީހެއް ލަތާ އަކީ !
މުބީނާ
06 September 2019
ކަލޯ ލަތާ އަކީ ގޭދޮށު މަންޖެ އެއްތަ ؟ހާދަހައި ގާތުގައޭ ތިޔަ އުޅެނީ. ދިވެހިން ހާދަވަރެކޭ މިވަނީ އިންޑިޔާ ފިލްމުތަކައިގެން.
މުބީނު މާރނީ
07 September 2019
ދޫންޏާ ލަތާ އަކީ މަގޭ ގޭދޮށުކުއްޖަކަށް ވެގެނެއް ނޫޅެއް. މުބީނާ ތިޔަ އޮތީ ޕޮއިންޓް އޮޅުވާލާފައި. ޕޮއިންޓް އަކީ ދިރިއުޅުމުގެ ތަޖުރިބާ. ޕޮއިންޓަކީ ބައެއް އިންސާނުން އޭނާ ޖެލަސް ވެއްޖެނަމަ ތިމާމީހާގެ ކޮއްކޮ އެއް ބޭބެ އެއް ނުބަލައޭ. ގާތް މީހުން ގޮވައިގެން ކޯޓަށް ވެސް ގޮސް އުޅެޔޭ. ލަތާ އަކީ ވެސް އޭގެ މީހެކޭ. މިހެން އުޅުމަކީ ރަނގަޅު ކަމެއް ނޫނޭ !
ރާނޫ
05 September 2019
ދިވެހި މީހާ އަށް ވެސް މަގޭ އަޑު ރީތި ދޯ
ޗޮއްޕަޅޭ
05 September 2019
އޭއި ލަތާ އާއި ނުބެހޭތި
ބަދޫރާ
05 September 2019
ލަތާއަށް ތިއޮތީ ތިމާއަށް ތިމާ ފެނި ބޮޑާވެފަ. ފުކެއް ބޮޑުވަރުތީ އެހެން މީހަކަށް ކާމިޔާބީއެއްވީތީ މޭ ކަރަނީ ދޯ.