ވެލެރީ ސްޕިރިޑިނޯވްގެ ބޯ އެހެން މީހެއްގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓް ކުރުމަށް ސައިންސްވެރިންގެ ޓީމަކުން މިހާރު ދަނީ ތައްޔާރުވަމުން
22 ސެޕްޓެމްބަރ 2016 - 06:22
އިންސާނެއްގެ ބޯ ކަނދުރާއިން ވަކިކޮށްލުމަށް ފަހު އެހެން މީހެއްގެ ހަށިގަނޑުގައި ހަރުކުރުމަކީ ހަގީގަތަކަށް ވުރެ ސައިންސް ފިކްޝަން ނުވަތަ ބިރުވެރި ފިލްމެއްގެ މަންޒަރަކާ މާ ވައްތަރެވެ. ނަމަވެސް ހަމަ ހަގީގަތުގައި ވެސް ސައިންސްވެރިންތަކެއް މިހާރު މިފަދަ ޓްރާންސްޕްލާންޓެއް ހެދުމަށް ދަނީ ތައްޔާރުވަމުންނެވެ. އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި މިކަން ކުރުމަށް ސައިންސްވެރިން ވަނީ ނިންމާފަ އެވެ.
ފުރަތަމަ ފަހަރަށް އިންސާނެއްގެ ބޮލެއް ޓްރާންސްޕްލާންޓްކުރަން އުޅޭކަން އިޓަލީގެ ނިއުރޯސައިންޓިސްޓް ޑރ. ސާޖިއޯ ކަނަވޭރޯ ފުރަތަމަ ފަހަރަށް އިއުލާންކުރީ މިދިޔަ އަހަރު އެވެ. އޭނާ ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރު އޭނާ މިކަން ކުރަން ދަނީ ތައްޔާރުވަމުންނެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން ޑރ. ސާޖިއޯ ވަނީ އޭނާއާ އެކު ޗައިނާގެ ސާޖަންއެއް ކަމަށްވާ ޑރ. ޒިއައޮޕިން ރެން މި މަސައްކަތުގެ ބައިވެރިޔަކަށް ހަދައިފަ އެވެ. މިހާރު މި ދެ ސައިންސްވެރިންގެ މަސައްކަތަށް ވޮލަންޓިއާ ކުރާނެ ބަލިމީހެއް ވެސް ވަނީ ލިބިފަ އެވެ. އެއީ ރަޝިއާ މީހެއް ކަމަށްވާ ވެލަރީ ސްޕިރިޑޮނޯވް އެވެ.
ސްޕިރިޑޮނޯވް އަކީ ވާޑްނިގް ހޮފްމަން ޑިޒީޒް ކިޔާ ޖެނެޓިކް ބައްޔެއް ޖެހިފައިވާ މީހެކެވެ. ވަރަށް މަދުން ނޫނީ އިންސާނުންނަށް ނުޖެހޭ އަދި ވަރަށް ގިނަ ފަހަރަށް ފުރާނައަށް ގެއްލުންހުރި މި ބައްޔަކީ ޖެނެޓިކް ޑިސްއޯޑާއެކެވެ. މި ބަލި ޖެހުމުން ސިކުނޑި އާއި ސްޕައިނަލް ކޯޑުގައި ހުންނަ ހަށިގަނޑު ހަރަކާތްކުރަން ބޭނުންވާ މުހިއްމު މަސްތައް ހަލާކުވެ ނާރު ސެލްތައް މަރުވެ އެވެ.
ސްޕިރިޑޮނޯވް އަކީ ވެސް މި ބަލީގެ ސަބަބުން ފުރޮޅުލީގޮނޑީގައި އިންނަން ޖެހިފައިވާ މީހެކެވެ. އޭނާގެ އަނގުންތަކުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ މުޅިން ހުއްޓިފަ އެވެ. އަދި އަމިއްލައަށް ކެއުމާއި ޓައިޕްކުރުން އަދި ޖޯއިސްޓިކެއްގެ އެހީގައި، ފުރޮޅުލީ ގޮނޑި ކޮންޓްރޯލްކުރުން ފިޔަވައި އެއްވެސް ކަމެއް އޭނާއަކަށް އަމިއްލައަކަށް ނުކުރެވެ އެވެ.
"ދި އެޓްލާންޓިކް" މަޖައްލާގެ ސެޕްޓެމްބަރު މަހުގެ އަދަދުގައި ސްޕިރިޑޮނޯވް އާއި ޓްރާންސްޕްލާންޓް އެކްސްޕެރިމެންޓްކުރަން މަސައްކަތްކުރާ ދެ ސައިންސްވެރިންގެ މައުލޫމާތު އެކުލެވޭ ޕްރޮފައިލެއް ޝާއިއުކޮށްފައިވެ އެވެ. ގިނަ ބައެއްގެ ފާޑުކިޔުންތައް މިކަމަށް އަމާޒުވެފައި ވިޔަސް މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
އެ މަޖައްލާއަށް ސްޕިރިޑޮނޯވް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ ބޯ ޓްރާންސްޕްލާންޓް ހެދުން ފިޔަވައި އޭނާގެ ބައްޔަށް އިތުރު ފަރުވާއެއް ލިބެން ނެތް ކަމަށެވެ. ބޮލުގައި ބަލިޖެހިފައި ހުރި ބައިތައް ނަގައި ބޯ ޓްރާންސްޕްލާންޓްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެ އެވެ.
ބޯ ޓްރާންސްޕްލާންޓް ހަދަން ބޭނުންވާ ރަޝިޔާގެ ވެލެރީ ސްޕިރިޑިނޯވް
ކަނަވޭރޯ އާއި ރެންގެ މި ޕްލޭނާ ދެކޮޅަށް މަޝްހޫރު ވަރަށް ގިނަ ސައިންސްވެރިންތަކެއް ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އެމީހުން ބުނަނީ މިއަށް ކިޔަނީ "ޖަންކް ސައިންސް" ކަމަށެވެ. އަދި މިކަމުން އެހެން މީހުންނަށް އެއްވެސް އަސްލެއް ނެތް އުންމީދުތަކެއް ނޫނީ ނުލިބޭނެ ކަމަށް ވެސް މިކަމާ ދެކޮޅަށް ވާހަކަ ދައްކާ ސައިންސްވެރިން ބުނެ އެވެ.
މިގޮތަށް ފާޑުކިޔާ އެކަކު ބުނި ގޮތުގައި މިގޮތަށް ޓްރާންސްޕްލާންޓް ހަދަނިކޮށް ބަލި މީހާ މަރުވެއްޖެ ނަމަ މިކަން ކުރާ ސައިންސްވެރިންނާ ދެކޮޅަށް މަރުގެ ދައުވާ ކުރެވެން ވާނެ އެވެ. މި އޮޕަރޭޝަންކުރުމުގެ ތެރޭގައި ބަލިވީމާ މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ކަނަވޭރޯ ވަނީ ހެޑް ޓްރާންސްޕްލާންޓް ކުރުން ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް ހާމަކޮށްފަ އެވެ. އަދި މިގޮތަށް މީދާ ބޭނުންކޮށްގެން ހެދި ކާމިޔާބު އެކްސްޕެރިމެންޓްތަކަކާ ގުޅޭ ކަރުދާސްތައް މިހާރު ސާޖިކަލް ނިއުރޮލޮޖީ އިންޓަނޭޝަނަލް ޖާނަލް ގައި ވެސް ޝާއިއު ކޮށްފައިވެ އެވެ.
މި ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ކަނަވޭރޯ އާއި އޭނާގެ ޑޮކްޓަރުންގެ ޓީމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގުޅޭ ޑޯނަރެއް ނުވަތަ ބޯ ހަދިޔާކުރާނެ ހަށިގަނޑެއް ހޯދުމެވެ. މިކަމަށް ބޭނުންވަނީ ސިކުނޑި މަރުވެފައިވާ ޒުވާން ފިރިހެނެއްގެ ހަށިގަނޑެވެ. މިފަދަ މީހެއްގެ އާއިލާއިން އޭނާގެ ހަށިގަނޑު ދޭން އެއްބަސްވެއްޖެ ނަމަ އޮޕަރޭޝަން ކޮށްގެން ބޮލާއި ހަށިގަނޑު ވަކިކޮށްލުމުގެ މަސައްކަތް މި ޑޮކްޓަރުން ކުރާނެ އެވެ.
ހަމަ އެވަގުތު ސްޕިރިޑިނޯވް ވެސް ގެނެސް އެހެން ސާޖިކަލް ޓީމަކުން އޭނާ ވެސް އޮޕަރޭޝަނަށް ތައްޔާރުކުރުމުގެ މަސައްކަތް ފަށާނެ އެވެ. އެގޮތުން ސްޕިރިޑިނޯވްގެ ހަށިގަނޑު 50 ޑިގްރީ ފެރަންހައިޓަށް ފިނިކޮށްލަން ޖެހެ އެވެ. މީގެ ސަބަބުން ސިކުނޑީގެ ޓީޝޫތައް މަރުވުމުން އެއް ގަޑިއިރަށް ލަސްކުރެވޭނެ އެވެ. މާނައަކީ މި އޮޕަރޭޝަންކުރާ ޑޮކްޓަރުން އަތްމަތި ވަރަށް އަވަސްކުރަން ޖެހުމެވެ. އެއަށްފަހު ޓްރާންސްޕޭރަންޓް ޑައިމަންޑް ތިލައަކުން ސްޕިރިޑިނޯވް އާއި އަނެއް މީހާގެ ބޯ ހަށިގަނޑާ ވަކިކޮށްލާނެ އެވެ. އަދި ހަމަ އެއްވަގުތެއްގައި ދެ މީހުންގެ ސްޕައިނަލް ކޯޑު ވެސް ހަށިގަނޑާ ވަކިކޮށްލާނެ އެވެ.
މި ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ރ. ކަނަވޭރޯ އާއި އޭނާގެ ޑޮކްޓަރުންގެ ޓީމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގުޅޭ ޑޯނަރެއް ނުވަތަ ބޯ ހަދިޔާކުރާނެ ހަށިގަނޑެއް ހޯދުމެވެ. މިކަމަށް ބޭނުންވަނީ ސިކުނޑި މަރުވެފައިވާ ޒުވާން ފިރިހެނެއްގެ ހަށިގަނޑެވެ.
އެއަށްފަހު ސްޕިރިޑިނޯވްގެ ބޯ އަނެއް މީހާގެ ހަށިގަނޑަށް ގެންދިއުމުގެ މަސައްކަތް ކުރެވޭނެ އެވެ. މިކަން ކުރާނީ މިކަމަށް ޚާއްސަކޮށް ތައްޔާރުކުރާ ކެރޭނަކުންނެވެ. އެ ކެރޭނުން ހަށިގަނޑުގައި ބޯ ބައިންދާ ހިސާބަށް ސްޕްރިޑިނޯވްގެ ބޯ ގެންގޮސް އެ އިންނަންވީ ތަނުގައި ބައިންދާނެ އެވެ. އެއަށްފަހު ޑޯނާގެ ހަށިގަނޑުގެ މަސްތަކާއި ލޭ ސަޕްލައިކޮށްދޭ ނާރުތައް ސްޕިރިޑިނޯވްގެ ބޮލާ ގުޅާލެވޭނެ އެވެ. ނަމަވެސް އޭނާ ތިނެއް ނުވަތަ ހަތަރު ހަފުތާ ވަންދެން ބާއްވަން ޖެހޭނީ ކޯމާގަ އެވެ.
ކަނަވޭރޯ ވިދާޅުވަނީ މި ޓްރާންސްޕްލާންޓަށް 80 ސާޖަނުން ބޭނުންވާނެ ކަމަށެވެ. އަދި މިކަންކުރުމުގެ ހުއްދަ ލިބިއްޖެނަމަ މިކަމަށް 10 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަވާނެ އެވެ. މި އޮޕަރޭޝަން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން 90 ޕަސެންޓަށް ވުރެ ވެސް ބޮޑު ކަމަށް ޑރ. ކަނަވޭރޯ ވިދާޅުވި އެވެ. ނަމަވެސް ސައިންސްވެރިންގެ ކޮމިއުނިޓީގެ ގިނަ ބަޔަކު މި ވާހަކައާ ވަރަށް ބޮޑަށް ދެބަސްވެ އެވެ. ބައެއް ސައިންސްވެރިން ބުނަނީ މިއީ އިންސާނިއްޔަތުކަމުގެ ގޮތުން ބެލިޔަސް އަދި ސައިންސްގެ ރޮނގުން ބެއްޔަސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބަ
22 September 2016
ފުރަތަމަ ތަޖުރިބާ ކޮށްލަން ފެން ނަނީ ޖަނަވާރެއް.
ސައުދާގަރު
22 September 2016
އެހެންވެއްޖިއްޔާ ފުރާނަ ވަނީ ކަރުންމަތީގަތޯ ނުވަތަ ތިރީގަތޯ ދެނެގަނެވިދާނެތާ އަދި އެއަށްފަހު ފުރާނަނެތް މީހާ ފުރާނަ ދާތާ ގަޑިއެއްގެ އިރުން ބޯބަދަލުކޮށްގެން އަނބުރާ ގެނެވިދާނެތާ.
މީ
22 September 2016
ފުރާނަ އާއި ބެހޭގޮތުން މާ ގިނަ ސުވާލު ނުކުރުމަށް އަންގަވާފަ ވަނީ.
އަމާން
22 September 2016
މޮޅަށް ދެނެވޮޑިގެންވަނީ ﷲ.
ކްރިޓިކަލް
22 September 2016
މިއީ ކުރެވިދާނެ ކަމެއް... ސިނކުޑި ނަގައިގެން ނުކުރެވޭތީވެ ކުރިން ނުކުރެވިފަ އޮތީ.. އެކަމަކު މިހާރު އެބުރި ކޮއްލަނީ ކަރުން...
ދޮންދީނި
22 September 2016
ޢައި ފްރޯޒް ފޯރ އަ މޮމެންޓް.....
ދިވެއްސެއް
22 September 2016
ހައު ޑުޔޫ މެނޭޖް ޓު ރައިޓު ދެން...؟ މޮމެންޓް އޮފް ސައިލެންސް ފޮރ ދޮންދީނި