13 ސެޕްޓެމްބަރ 2019 - 08:15
އެ ޔުނިވަސިޓީއެއްގައި ތައުލީމު ހާސިލުކުރަން ލިބުމަކީ ބޮޑު ޝަރަފެއްގެ ގޮތުގައި ބެލެވިފައި އޮންނަ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް، ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ މަގުބޫލު ޔުނިވަސިޓީގެ މަގާމު މި އަހަރު ވެސް ދިފާއުކޮށްފި އެވެ.
ފަހުރުވެރި ދިގު ތާރީހެއް އޮތް އޮކްސްފޯޑް ޔުނިވަސިޓީ ވުޖޫދަށް އައި ކަމަށް ރެކޯޑްކުރެވިފައި ވަނީ 1096 ގަ އެވެ. އަދި މިއީ މި ވަގުތު ދުނިޔޭގައި ދެވަނަ އަށް އެންމެ ދުވަސްވީ ޔުނިވަސިޓީ ވެސް މެ އެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަސިޓީއަކީ އިޓަލީގެ ބޮލޯނީ ޔުނިވަސިޓީ އެވެ.
ޓައިމްސް ހަޔާ އެޑިއުކޭޝަން ވޯލްޑް ޔުނިވަސިޓީ ރޭންކިން އިން އެކުލަވައިލި ދުނިޔޭގެ އެންމެ މަގުބޫލު 10 ޔުނިވަސިޓީ އަށް ބަލާ އިރު އޮކްސްފޯޑްގެ ފަހަތުން ލިސްޓްގައި ދެން ހިމެނެނީ އެމެރިކާގެ ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އިނގިރޭސިވިލާތުގެ ކެމްބަރިޖް، އެމެރިކާގެ ސްޓޭންފޯޑް ޔުނިވަސިޓީ، އެމެރިކާގެ މެސެޝޫޓެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމެރިކާގެ ޕްރިންސްޓަން ޔުނިވަސިޓީ، އެމެރިކާފެ ހާވަޑް ޔުނިވަސިޓީ، އެމެރިކާގެ ޔޭލް ޔުނިވަސިޓީ، އެމެރިކާގެ ޝިކާގޯ ޔުނިވަސިޓީގެ އިތުރުން އިނގިރޭސިވިލާތުގެ އިންޕީއަރިއަލް ކޮލެޖް އޮފް ލަންޑަނެވެ.
We've published our World University Rankings 2020, which are led by @UniofOxford for the fourth consecutive year. Explore the full table: https://t.co/7t3kAMIjwC #THEunirankings pic.twitter.com/ZH3U0YLCNG
— World Uni Rankings (@THEworldunirank) September 11, 2019
އެންމެ ވަރުގަދަ ޔުނިވަސީޓީގެ ގަދަ 10 ގައި މުޅިން ވެސް ހިމެނެނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޔުނިވަސިޓީތަކެވެ. އަދި މިގެ ތެރޭގައި އެމެރިކާގެ 7 ޔުނިވަސިޓީ ހިމެނެ އެވެ. ހަމައާ އެކު އެންމެ ވަރުގަދަ ޔުނިވަސިޓީގެ ގަދަ 200 އަށް ބެލުމުން 60 ޔުނިވަސިޓީއަކުން ޖާގަ ހޯދަ އެވެ.
"We are absolutely delighted to have retained our position at the top of the @timeshighered world university rankings."
— Oxford University (@UniofOxford) September 12, 2019
Thank you to our students, researchers, and teaching and support staff, who have made this possible for the fourth year in a row! 🎉https://t.co/EHUnBmM0HG
ނަމަވެސް ޓައިމްސް ހަޔާ އެޑިއުކޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ޔުނިވަސިޓީތަކުގެ ވަރުގަދަކަމާއި މަގުބޫލުކަން ދަނީ ކުޑަވަމުންނެވެ. އަދި ޔޫރަޕަށް ބަލާ އިރު، މި ދާއިރާ އިން އިނގިރޭސިވިލާތަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީ ޖަރުމަން ކަމަށް ބުންޏެވެ. އެގޮތުން އެ ގައުމުގެ ޔުނިވަސިޓީތައް ވަރުގަދަވެ، މަގުބޫލުކަން ބޮޑުވަމުން އަންނަ ކަމަށް ބުންޏެވެ.
ޓައިމް ހަޔާ އެޑިއުކޭޝަނުން ބުނީ އޭޝިއާ ސަރަހައްދަށް ބަލާ އިރު، ޗައިނާ އާއި ޖަޕާނުގެ ޔުނިވަސިޓީތަކުން ވެސް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. މީގެ އިތުރުން އީރާން ފާހަގަކުރެވިފައި މި އަހަރުގެ ލިސްޓުން ބޮޑުތަނުން ކުރިއަށް ޖެހިލި ޔުނިވަސިޓީތައް ހުރި ގައުމެއްގެ ގޮތުގަ އެވެ.
މި އަހަރުގެ ލިސްޓްގައި 92 ގައުމެއްގެ 1،300 ޔުނިވަސިޓީ އެކި ގިންތީގައި ހިމެނެ އެވެ.
އެންމެ ވަރުގަދަ ޔުނިވަސިޓީ ކަނޑައަޅަނީ ކިޔަވައި ދިނުމުގެ ފެންވަރާއި ކިޔަވާ ދަރިވަރުންގެ ނިސްބަތާއި އެތަނަކުން ކުރާ ދިރާސާތަކުގެ ހައިބަތާއި ދިރާސާތައް ކުރެވޭ މިންވަރާއި ލިބޭ އާމްދަނީ އާއި ޔުނިވަސިޓީ ހިންގުމުގައި ބައިނަލްއަގްވާމީ ގޮތުން ބިނާކުރާ ގުޅުންތަކުގެ މައްޗަށް ބިނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy