ޕްރިންސް ހެރީ.
06 އޮކްޓޯބަރ 2019 - 06:48
އިނގިރޭސިވިލާތުގެ ތިން ނޫހަކަށް ޕްރިންސް ހެރީ ދައުވާކުރައްވައިފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި ޕްރިންސެސް ޑަޔާނާގެ ހަގު ދަރިކަލުން ދައުވާކުރެއްވީ ދަ ސަން އާއި ޑެއިލީ މިރާގެ އިތުރުން 2011 ގައި ހުއްޓާލާފައިވާ ނިއުސް އޮފް ދަ ވޯލްޑްގެ ވެރިންނަށެވެ.
އެ ތިން ނޫހަށް ދައުވާކުރެއްވީ ވޮއިސްމެއިލް މެސެޖްތަކެއް މައްސަލާގައި ކަމަށް ޝާހީ އާއިލާ އިން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ނަމަވެސް އޭގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ ޕްރިންސް ހެރީ ތިން ނޫހަށް ދައުވާކުރައްވަނީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު ފެންމަތިވި ވޮއިސްމެއިލް މެސެޖްތަކެއް ހެކްކޮށް އަޑު އެހި މައްސަލައެއްގަ އެވެ.
ތިން ނޫހަކަށް ޕްރިންސް ހެރީ ދައުވާކުރައްވާފައި މި ވަނީ އަނބިކަނބަލުން މޭގަންގެ ބައްޕަ ތޯމަސް މާކަލް މޭގަން އަށް ފޮނުވި ސިޓީއެއް މެއިލް އޮން ސަންޑޭ އިން މިދިޔަ އަހަރު ލީކްކުރި މައްސަލާފައި އެ ނޫހަށް މިދިޔަ ހަފުތާގައި ދައުވާކޮށްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy