ޒުވާން އަންހެނަކު މަރުވީ މި ހޮސްޕިޓަލުގައި ހެދި އާދައިގެ ޕްރޮސީޖާއެއްގައި.
21 އޮކްޓޯބަރ 2019 - 06:33
އެމެރިކާގެ ނިއު ޔޯކްގެ ޒުވާން އަންހެނަކު ފައިގެ ފަލަމަސްގަނޑުން ސިސްޓެއް ނަގަން ހެދި އާދައިގެ ޕްރޮސީޖާއެއްގައި މަރުވުމުން އާއިލާ އިން ދައުވާކޮށްފި އެވެ.
އުމުރުން 27 އަހަރުގެ މަންމައެއް ކަމަށްވާ ރޯޒްމެރީ އެބްރޫ، މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ މަރުވީ ލިންކަން ހޮސްޕިޓަލްގައި، ސިސްޓް ނަގަން އުޅެނިކޮށް ކާޑިއެކް އެރެސްޓެއް ޖެހިގެން ކަމަށް އާއިލާގެ ވަކީލު ސެންފޯޑް ރުބެންސްޓެއިން އޭބީސީ ނިއުސް އަށް ވިދާޅުވި އެވެ.
އާއިލާ އާއި ވަކީލު ވެސް ފާހަގަކުރި ގޮތުގައި ސިސްޓް ނަގަން ހެދީ ވަރަށް އާދައިގެ ޕްރޮސީޖާއެކެވެ. ނަމަވެސް ކާޑިއެކް އެރެސްޓް ޖެހުނީ އޮޕަރޭޝަން ޓޭބަލް މަތީގައި އޮއްވައި ކަމަށް ބެލެވޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެބްރޫ މަރުވި ކަމަށް ޑޮކްޓަރުން ނިންމެވީ، ޕްރޮސީޖާ ހެދި ދުވަހު ނޫން އަނެއް ދުވަހު އެވެ.
އެބްރޫ މަރުވި އިރު އޭނާގެ ދެ އަހަރުގެ ފިރިހެން ކުއްޖަކާއި ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ހުރެ އެވެ.
ހޮސްޕިޓަލުގެ އިހުމާލުން އެބްރޫ މަރުވީ ކަމަށް ބުނެ އުފުލި ދައުވާގައި، ގެއްލުމުގެ ބަދަލަށް 50 މިލިއަން ޑޮލަރު ނަގައިދޭން އެދިފައިވެ އެވެ.
"އެކަނި ދެ ދަރިން ބަލަމުން އައި މަޔަކަށް މިއީ ވަރަށް ހިތާމަވެރި ނިމުމެއް. މިއީ ދިމާވެގެން ވާނެ ކަންކަމެއް ނޫން. އޭނާ ދިޔައީ ވައަތު ފައިގެ ފަލަމަސްގަނޑުން ސިސްޓެއް ނަގަން ވަރަށް އާދައިގެ ފަރުވާއެއް ހޯދަން،" ވަކީލް ރުބެންސްޓެއިން ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އެބްރޫ އަކީ ފައިގައި ސިސްޓެއް އިނުން ފިޔަވައި ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނެތް މީހެއް ކަމަށެވެ. އޭނާ ވިދާޅުވީ އެބްރޫ މަރުވީ މާ ވަރުގަދަ އަށް ހޭ ނެއްތުމުން ނުވަތަ ހޭނެއްތުމުގެ ޕްރޮސީޖާ ނުބައިކޮށް ކުރިއަށް ގެންދިއުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މި މަރާ ގުޅޭ ގޮތުން މައުލޫމާތު ދޭން އާއިލާ އިން ހުކުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެބްރޫގެ މަންމަ ބުނީ "އެ މީހުން އަހަރެންގެ ދަރިފުޅު މަރާލީ" ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން އާއލާ އަށް ތައުޒިޔާ ކިޔާ ކަމަށާއި އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޕޭޝަންޓުންގެ ސިއްހަތަށް ކަމަށެވެ. މަރުގެ ސަބަބާ ބެހޭ ގޮތުން އެއްޗެއް ހާމަކޮށް ނެތް ބަޔާނުގައި ބުނީ ހޮސްޕިޓަލުން ޕޭޝަންޓުންގެ ޒާތީ މައުލޫމާތު ހާމަ ނުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީޕަހުމީ
22 October 2019
މީކުޑަ އެމެރިކާ އެހެންވީމަ ބޮޑު އެމެރިކާގެ ވާހަކަ ދައްކަނީ
Thil PH
22 October 2019
އެއީ މިތަނަށް ބޮމެއް އަޅާފާނެތީތަ ކޮމެންޓް ނުކުރަނި؟
ސުޕް
21 October 2019
ކޮމެންޓެއް ކުރާނެ މީހަކުނެތް. އެމެރިކާވީމަ. ރާއްޖެ ނުވަތަ އިންޑިއާގަ ހިނގިކަމެއްނަމަ ކޮމެންޓްތައް އޮހޭނެ.
ފުރަޢިބާދ
22 October 2019
ބޭސިކަލީ ވީ ޑޯންޓް ކެއަރ