10 ނޮވެމްބަރ 2019 - 13:36
އިންޑިއާގެ ކަލްކަތާގެ ރޭލު ސްޓޭޝަނެއްގައި ލަވަކިޔަނިކޮށް، އާންމުކުރި ވީޑިއޯކުން މަޝްހޫރުވެ، ދިރިއުޅުން ބަދަލުވި ރާނޫ މޮންޑާލް އަށް ފެންވަރު އޮޅިފައިވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް މީހުން ވާހަކަ ދައްކަން ފަށައިފި އެވެ.
މިހާތަނަށް ގިނަ ބަޔަކު އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ދެއްކީ ހުނަރުވެރި ލަވަކިޔުންތެރިއެއް ގޮތުގަ އެވެ. ގެއްލިފައި އޮތް ޖަވާހިރެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
ފިލްމުތަކަށް ލަވަކިޔަން ފުރުސަތުތައް ލިބުމުގެ އިތުރުން ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދާނެ އެތައް ފުރުސަތެއް ފަހިވެ، ރާނޫ ބޮޑު "ސްޓާރަކަށް" ވުކަމީ ވަރަށް ގިނަ ބަޔަކު އުފާ ވެސް ވި ކަމެކެވެ. އެކަމަކު ލިބުނު މަޝްހޫރުކަމާއި ދިރިއުޅުމަށް އައި ކުއްލި ބަދަލާ އެކު އޭނާ މިހާރު ވެފައި ވަނީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މީހަކަށެވެ.
Some people are won't able to handle success.#RanuMondal pic.twitter.com/0sg1bxhFzf
— abhay chauhan (@TheAbhayy) November 6, 2019
ސޯޝަލް މީޑިއާގައި ގިނަ މީހުން މިހާރު ރާނޫގެ ވާހަކަ ދައްކަނީ "ފެންވަރު އޮޅިފައިވާ ބޮޑާ މީހެއް" ގެ ގޮތުގަ އެވެ.
#RanuMondal misbehaves with a fan😱...
— Sakshi Agrawal (@Sakshi16Agrawal) November 5, 2019
Tere Mein Kis Baat Ka Attitude Hai Behen 🤔 pic.twitter.com/YMioZIVCIw
ފިހާރައެއްގެ ތެރޭގައި އަންހެނަކު އޭނާއާ ސެލްފީއެއް ނަގަން އެދުމުން ރާނޫ ވަނީ އެކަމާ ނުރުހުން ފާޅުކޮށް، ބޮޑާކަން ދައްކައިފަ އެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގައި ފެންނަނީ ސެލްފީއެއް ނަގަން ބޭނުންވާ ކަމަށް އެދުނު މީހާއާ ހަރުކަށިކޮށް ރާނޫ މުހާބަތުކުރާ ތަނެވެ. އަދި ގަޔަތް އަތްނުލުމަށާއި ދުރަށްދާށޭ ބުނާ އަޑު ވެސް އިވެ އެވެ.
Attitude queen... #RanuMondal
— Chauhan Nilrajsinh (@NilrajsinhChau1) November 5, 2019
"ގަޔަށް އަތްނުލާ. އަހަންނަކީ ސެލެބްރިޓީއެއް،" ވީޑިއޯގައި ރާނޫ ބުނާ އަޑު އިވެ އެވެ.
તમારો ઈગો તમારું જીવન બરબાદ કરવા માટે પૂરતો છે..!
— Prakash Thakor 🇮🇳 (@prakshthakor90) November 6, 2019
One video made her a sensation , other takes her down again ! That’s the power of social media ! #RanuMondal #himeshreshammiya @mangeshkarlata @arrahman @AatifAslamFC
މި ވީޑިއޯ އާންމުވުމާ އެކު ވަރަށް ގިނަ މީހުން ޓްވިޓާގައި ރާނޫ އަށް އެއްޗެހި ކިޔާފައިވެ އެވެ. އަދި މިއީ ފެންވަރު އޮޅުނަސް ބޮޑުވަރު ކަމަަށް ބައެއް މީހުން ބުނެފައިވެ އެވެ.
After seeing the arrogance of this 2 month old celebrity, the respect for the likes of Rahul Dravid is increased by 2 more levels for staying grounded through his entire career and even today !!#RanuMondal
— अजित जैन🇮🇳 (@ajitj1) November 5, 2019
ބައެއް މީހުން ބުނިގޮތުގައި ރާނޫ ސެލެބްރިޓީއަކަށްވީ އާންމުންގެ ހިއްސާއާ އެކު ކަން ހަނދާން ނެތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި އެހާ އަވަހަށް މީހާގެ އަސްލު ފެންވަރު އޮޅުމުން ވަރަށް ދެރަ ކަމަށް ބުންޏެވެ.
ބައެއް މީހުން ފާހަގަކުރި ގޮތުގައި ރާނޫ އަށް ފިލްމުތަކަށް ލަވަ ކިޔައިދޭން ފުރުސަތު ފަހިކޮށް ދިން ހިމޭޝް ރޭޝަމިއާ ވެސް ރާނޫގެ މި ބޮޑާކަމާ ދޭތެރޭ މިހާރު ކަންބޮޑުވާނެ އެވެ. އަންނަ ޖެނުއަރީ މަހުގެ 3 ގައި ރިލީޒްކުރާ ހިމޭޝްގެ "ހެޕީ، ހާޑީ އެންޑް ހީރް" އަށް ރާނޫ ވަނީ ތިން ލަވަ ރެކޯޑްކޮށްފަ އެވެ.
އޭނާގެ ލަވަކިޔުމުގެ ހުނަރު ފެނިގެން ދިޔައީ ނިކަމެތި ހާލުގައި ރޭލު ސްޓޭޝަމުގައި އިނދޭ ނީ "އެކް ޕިޔާރު ކަ ނަގްމާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުކެހި
12 November 2019
ސޯލިހުގެ ކާޓޫނެއް ހުއްދަނެތި ކުރެހި މީހާއައްވީ ކިހިނެއް
ޖަމް
12 November 2019
"ގަޔަށް އަތްނުލާ. އަހަންނަކީ ސެލެބްރިޓީއެއް،" އޭ ބުނާ އަޑު އަޙްމަދު އަދުޝަންއަށް އަޑުއިވުނީ ކިހިނެއް، ވީޑިއޯގެ ކޮން ހިސާބަކުންތަ؟؟؟
ފޮސްކަލޯ
12 November 2019
އަހަރެންވެސް ވަރަށް ރުޅި އާދޭ ނުދަންނަ މީހުން އައިސް ގައިގަ އަތްލީމާ! ކޮންމެ މީހަކުވެސް ރުޅި އަންނާނެ! އެއީ މައްސަލައެއް ނޫން
ރަށުމީހާ
12 November 2019
ތިހެން ވެދާނެ މިއަދު ހަންދާންނެއް ނެއް ކުރީއުޅުނުހާލް
ޙަންފު
11 November 2019
ޢަހަރެމެންނައް ކޮންވާ ބެހޭކަމެއް.
މުރާސިލް
11 November 2019
މިޤައުމުގައިވެސް މިހާރު ވެރިކަން ކުރަނީ ތިކަހަލަ ރާނީ މޮންޑެލް އެކެވެ.
ޢަހްމަދު007
11 November 2019
ރާނޫ އަށް ތިވީ ކުއްޅަވައްފަލު ރަނިކަމަނާއަށް ވީހެން..ރާނޫ މީހާރު ހަދާން ނުހުންނާނެ ރެއިލް ސްޓޭޝަނުގަ ހުރެގެން ލަވަ ކިޔައިގެން ލިބުނު އެއްޗަކުން ކައިބޮއި އުޅުނު ހަދާނެއް..
ޖޮއްބެ
11 November 2019
ނޫން ހަމަ ފެންވަރު އޮޅުނީ މާބޮޑަށްވެސް.
ޙާދަ
10 November 2019
ޢެއް ވެސް މީހެއްގެ ނުރުހުމުގަ ގަޔަކުއަތެއް ނުލޭނެ ...ބޮޑ.. ސެލެބްރިޓީން ނާއެކީ ކޮންމެ ކޮންމެ ވަގުތަކު ފޮޓޮއެއް ނުނުގޭނެ.. އެމީހުނަށް ވެސް އުދަގުވާނެ ....
ހަސަން...
10 November 2019
ޢެއީ ފޮނިވީކީ ނޫނެވެ. އެއީ ފަހަތުން އައިސް ގަޔަށް އައްލީމަ ބޭއިޚުތިޔާރުގައި ރުޅި އަންނަ މީހުން ތިބެނީއެވެ.
ރުޅި އަންނާކަށް ނުޖެހޭ
11 November 2019
ރުޅި އަންނާކަށް ނުޖެހޭ. ޢޭނާ ގަޔަށް ބޮލަށް އެރީކީ ނޫން. މަޑުމަޑުން ކޮއްޓާލީ. އޭނަ ގައިގަ އިނގިލި ޖެއްސީކީ ފިރިހެނެއްވެސް ނޫން.. ކަލޭ ވެސް ތީ އެ ބްރޭންޑް ބޮޑާ މީހެއް ދޯ
ކޮކާ
12 November 2019
ގައިގަ އަތްނުލާވެސް ވާހަކަ ދެއްކޭނެ. އޭނާ ކުރިން ފަޤީރުވުމަކީ އޭނާގެ ހުއްދަނެތި އެހެން މީހުން އޭނާގެ ގައިގާ އަތްލަން ޖެހޭ ސަބަބެއް ނޫން.