01 ޑިސެމްބަރ 2019 - 07:44
އެތައް އަހަރެއް ކުރިން 2020 އަށް އިންތިޒާރުކުރަމުން ގޮސް އެ ދުވަސް މިހާރު މި އޮތީ ކުޑަތަން ވެފަ އެވެ. އެހެންވެ އާ އަހަރާ އެކު އާ މަންޒިލަކަށް ދަތުރެއް ރާވާ ނަމަ ދާން އެންމެ ރައްކާތެރީ ކޮން ގައުމުތަކެއްތޯ ބަލައިލުން ވެސް މުހިއްމު ކަމަކަށް ވާނެ އެވެ.
ސިއްހީ ހާލަތާއި ދަތުރުފަތުރުކުރަން ރައްކާތެރި ކަމަށް ބަލާ މިންގަނޑުތަކުން ކިރާ އިރު އިންޓަނޭޝަނަލް އެސްއޯސް އިން، އަންނަ އަހަރު ދަތުރުކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ ޑެންމާކާއި ފިންލެންޑާއި ގްރީންލޭންޑާއި އައިސްލޭންޑާއި ނޯވޭ އާއި ސްލޮވޭނިއާ އާއި ލަގްޒެމްބާގްގެ އިތުރުން ސްވިޓްޒަލެންޑެވެ.
އިންޓަނެޝޭނަލް އެސްއޯސް އިން ބުނި ގޮތުގައި މި ގައުމުތަކަކީ ސިއްހީ ބަލިމަޑުކަމެއް ނެތް އަދި ސިޔާސީ ގޮތުންނާއި އެތެރޭގެ އަމާންކަމާއި ސުލްހަމަސަލަސްކަމާއި އެތަނުންތުގެ ހިތްގައިމުކަމުގެ ސަބަބުން ދަތުރުކުރަން އެންމެ ރަނގަޅު ތަންތެނެވެ.
އަންނަ އަހަރު ދަތުރުކުރުން އެންމެ ރައްކާތެރި ނޫން ގައުމުތަޖުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އަފްޣާނިސްތާނާއި ސޯމާލިއާ އާއި ސީރިއާ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރް) އެވެ.
މީގެ އިތުރުން މެކްސިކޯ އާއި ކޮލަމްބިއާ ހިމެނެނީ އަންނަ އަހަރު ދަތުރުކުރަން އެކަށީގެންވާ ތަންތަނުގެ ތެރޭގަ އެވެ. އެ ދެ ގައުމުގެ ރޭޓްކޮށްފައި ވަނީ އެންމެ ރައްކާތެރި އަދި އެންމެ ރައްކާތެރި ނޫން ގިންތި އެއްކޮށްލައިގެންނެވެ.
މީގެ އިތުރުން ލޯ ރިސްކް ގައުމުތަކުގެ ގޮތުގައި އިނގިރޭސިވިލާތާއި އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އަދި ޗައިނާ ލިސްޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
02 December 2019
މުސްލިމު އަފްޣާނިސްތާނު ޕާކިސްތާނު ލިސްޓުގެ އެންމެކުރީގައި ހިމެނޭނެ. އިންޑިއާއަކީ 1828 ތިބުނާހާ ބިރުބޮޑުތަނެއްނޫން. ޕާކިސްތާނު ފުލުހުންވެސް ރޯމާދުވާލު މީހުންފޭރޭ.
1828
01 December 2019
އިންޑިޔާ އަންނަންވާނެ ރިސްކް އެންމެ ބޮޑު ޤައުމަކަށް.
ކިއްލިބާޝާ
01 December 2019
އެބުނާހެން. ކޮންމެ ގަޑިއަކުވެސް ރޭޕުކޮށްލަފާނެ.
ޙުދު މަރު
01 December 2019
ކޮންތާކުން ތިވަރަށް އަހަރެމެން ލާރި ހޯދަނީ.. މިއުޅެނީ ކުލި ދައްކާފަ ކާނެ އެއްޗެއް ނެތިގެން.
ޖާބިރު
01 December 2019
އެކަމަކުވެސް އެންމެ ފަހުން ނުކުތް އައި ފޯން ގަތީމެއްނު ބަޑަށް ކުޅެއް ޖަހައިގެން ހުރެވެސް