01 ފެބުރުއަރީ 2020 - 10:16
ޗައިނާ އިން އުފަންވެ، މިހާރު ދުނިޔެ އަށް ބޮޑު ބިރަކަށްވެފައިވާ ކޮރޯނާވައިރަސްއާ ދެކޮޅަށް މަސައްކަތްކުރަން، އެ ގައުމުގެ އެންމެ ބޮޑު މަހުޖަނު ޖެކް މާ 14 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
މަޝްހޫރު އަލީބާބާގެ ކުރީގެ ވެރިޔާގެ ފައުންޑޭޝަނުން ހަދިޔާކުރި 14.4 މިލިއަން ޑޮލަރުގެ ތެރެއިން 5.8 މިލިއަން ޑޮލަރު ހަދިޔާކުރީ ސަރުކާރުގެ ރިސާޗް ދެ އޮގަނައިޒޭނަކަށެވެ. ބާކީ ބައި ހަދިޔާކުރީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމާއި ބަލިޖެހޭ މީހުންނަށް ފަރުވާކުރާށެވެ.
ޖެކް މާ، 55، ގެ ފަރާތުން ކޮރޯނާވައިރަސްއާ ދެކޮޅަށް ބޮޑު އެހީއެއް ދީފައި ވަނީ މި ވަނީ އެ ބަލި އެންމެ ބޮޑު ފެތުރެމުންދާ ވޫހާން އާއި ހުބޭއީ ޕްރޮވިންސްގެ ކަމާ ބެހޭ ފަރާތްތަކަށް އަލީބާބާ އިން މެޑިކަލް ސާމާނުތަކެއް ދޭން 144 މިލިއަން ޑޮލަރުގެ ފަންޑެއް ވެސް ހަމަޖައްސައިފައި ވަނިކޮށެވެ. އަދި އަލީބާބާ އިން އަންނަނީ ކޮރޯނާވައިރަސް އަށް ވެކްސިނެއް ތައްޔާރުކުރަން ކުރާ މަސައްކަތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ވެސް ފޯރުކޮށް ދެމުންނެވެ.
މީގެ 21 އަހަރު ކުރިން ޖެކް މާ 1999 ގައި ވުޖޫދަށް ގެނައި، އަލީބާބާ ވިޔަފާރީގެ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ކުންފުނިތަކުގެ ތެރެއިން ޖާގަ ހޯދާފައިވާ އިރު މިދިޔަ އަހަރު އޭނާ ވަނީ ކުންފުނިން އިސްތިއުފާ ދެއްވައިފަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގެ 20 ވަނަ އަށް އޮތް ޖެކް މާގެ މިލްކިއްޔާތު މިހާރު 44.3 ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާދިރު
02 February 2020
އިސްލާމީ ބިލިޔަނަރުންވެސް ދީލަތި ބޮޑަތި އެހީތައްވޭ އެކަމަކު އެމީހުނީ މުޅިދުނިޔެއައް ގޮވާބައެނުން ދީނުގަ އެކަންވަނީ މަނާކޮއްފައި އެއީ ދީފަ ކަލަގޮވުން މުސްލިމު މަހުޖަނުން ހޭދަކުރަނީ އާހުރަތުގެ ސަވާބާ ދަރުމައައް އެދީ ﷲގެ ރުހުމާ ލޯތްބައްއެދި އެހެން މަހުޖަނުން ބޭނުންވާނީ ދުނިޔެވީ ލޯތްބާ މައްސޫކަން މީ މުސްލިމުމަހުޖަނާ ގައިރު މުސްލިމުންގެ ތަފާތަކީ މިކަން މުސްލިމުން ދަންނަންވާނެއެވެ.
ލޮލްޮލް
11 February 2020
ތިޔަ ކޮމެންޓް ލިޔުމާއި އެއްވެސް ވަރަކަށް ގުޅިފައި ނެތްކަން ފާހަގަ ކޮއްލަން
އިބުނިހަޖަރު
01 February 2020
ޖެކް މާ، ބިލްގޭޓްސް ، ވޮރެން ބަފޭޓް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުން އެހާ ދީލަތީ އެމީހުންނަކީ މުސްލިމުންނަށް ނުވާތީ . ވަރަށް މަދު މުސްލިމް ބިލިއަނަރުންނަށް ތިކަހަލަ ޚައިރާތެއް ކޮށްލަންކެރޭނީ . މުސްލިމު ބިލިއަނަރުން ފައިސާ ޚަރަދު ކުރާނީ ރީތި އަންހެނުންނާއި އަގުބޮޑެތި ގެޔާއި އެނޫންވެސް ލަގްޒަޜީ ސާމާނު ގަތުމާއި މަޖާކުރުމަށް .
އޭނަ
01 February 2020
ޖެކްމާ މެންކަހަލަ މަހުޖަނުން ބޭނުންވަނީ. މިފަދަ ހާލަތްތަކުގައި ބޮޑާނުވެ އެހީވާ މީހުންނަކީ ހަގީގީ ހީރޯއިން. މި ޤައުމުގެ މަހުޖަނުން ފިލާވަޅު ލިބިގަންނަންޖެހޭ މިފަދަ މީހުން ކައިރިން.
ނިރު
01 February 2020
މިޤައުމުގަ ކިރިޔާއެއްޗެއް ލިބޭމީހާވެސް ބަލަނީ ސިޔާސީ ކަންކަމަށް ޙަރަދުކޮއްގެން އިތުރަށް ބައްކުރެވޭތޯ