ރަޔަން އާއި ބްލޭކް.
18 މާޗް 2020 - 07:20
ކޮވިޑް-19އާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، ހޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަޔަން ރެނޮލްޑްސް އާއި އަންހެނުން ބްލޭކް ލައިވްލީ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެެ.
ފައިސާގެ އެހީ ދީފައި ވަނީ ފީޑިން އެމެރިކާއި ފުޑް ކެނެޑާގެ ޖަމާއަތަކަށެވެ. ރަޔަން އާއި ބްލޭކްގެ ޕޯސްޓްގައި ވަނީ މި ދަނޑިވަޅަކީ ސިއްހަތަށް ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހޭ ދަނޑިވަޅެއްކަން ފާހަގަކޮށް، އެހީ ބޭނުންވާ މީހުންނަށް އެހީވުމަށް ވެސް ގޮވާލައިފަ އެވެ.
ކޮވިޑް-19 އަށް އެމެރިކާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 80 އަށް ވުރެ މަތިވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 5،000 އާ ގާތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
18 March 2020
ކޮބާ ކަލޭމެނަށް ފެނޭތަ މިގައުމުގައި މިފަދަ އެއްވެސް މީހަކު ހަމަނެތީތަ؟ މިއަދު މިގައުމުމުގައި ހުސް ފަގީރުންދޯ މިތިބީ ، މަހުޖަނުން ، ވެރިކަން ބަދަލްކުރަން މިލިޔަނުން މިލިޔަނުން ބެހި ބޭފުޅުން ކޮބައިބާ އަޑެއްލައްވާލަބަލަ.....
އިޙްސާސް
19 March 2020
ސިއްރުންކުރާ ސޮދަގާތް އަދި އެހީ ގެ ފައިދާ މާބޮޑުވާނެ. އެހީއެއް ވެދީފަ މީޑިއާގަ އެވާހަކަ ޝެއަރކުރާކަށް ނުޖެހެ.
ރަބަރު
18 March 2020
އަހަރުމެންގެ މަހުޖަނުން ކޮބާ؟
އިންޓެލިޖެންސް
18 March 2020
މުވައްޒަފުން ވަޒީފާއިން ކެޑުމުގަ
ނަގިއްޔާ
18 March 2020
އަހަރުމެންގެ ބައެއް މަހުޖަނުންނަކީ ފިލަންތޮރަޕިސްޓުންނެއްނުން. އެމީހުންނަށް މަންފާއެއް ނުލިބޭނެކަމަށް ހީވާ ކަންކަމުގަ ލޯލާރިއެއްވެސް ދޫކޮށެއްނުލާނެ. ގައުމުގަ އުޅޭކަމަކަށްވެސް ނެހެދޭނެ. ބަލާލަ ލިވަޕޫލްއަށް ކުޅޭ ސައިދޯ މާނެ، އޭނަ އޭނަގެ ގައުމުގަ ނިކަމެތިންނަށް މިދުވަސްވަރު އެހީވާން ކުރާކަންތަ. އެފަދަ މޮޑެސްޓް މީހުންނަށް އަހަރުމެންގެ ހިފެހެއްޓުމެއްނެތް ޝުކުރު، ކޮންމެ ގައުމެއްގެ މީހަކަށްވިޔަސް!