08 މެއި 2020 - 09:36
އިނގިރޭސި ލަވަކިޔުންތެރިޔާ އަޑެލް އަކީ ކުރިން ވަރަށް ފަލަކޮށް ހުރި ފަންނާނެކެވެ. އެކަމަކު މިހާރު އޭނާ ފެންނަނީ މުޅިން ތަފާތުކޮށެވެ.
ބަރުދަނުން އެތައް ކިލޯއެއް ލުއިކޮށްފައިވާކަން މިދިޔަ އަންގާރަ ދުވަހު އަޑެލް އަށް 32 އަހަރު ފުރުމުގެ ތަހުނިޔާ ފޮނުވި މީހުންނަށް ޝުކުރު އަދާކުރުމަށާއި ކޮރޯނާވައިރަހާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކުން އެނގެ އެވެ.
އެ ފޮޓޯގައި އޭނާ ފެންނަނީ ކަޅު ކުލައިގެ ކުރު ހެދުމެއްގަ އެވެ. ފެންނަނީ ވަރަށް ލޫޅާފަތިކޮށެވެ. ކުރިއާ މުޅިން ތަފާތު އަޑެލްއެކެވެ.
އަޑެލް ހިކެން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އަދި އޭނާގެ ހަށިގަނޑަށް ގެންނަ ބަދަލު ބައެއްގެ މީހުންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރެޕާ ޑްރޭކް އުފަން ދުވަހުގެ ޕާޓީގެ ތެރެއިން ފެނިގެންނެވެ. އެއާ އެކު އަޑެލް ބައްޓަން ރީތިކުރަން ކުރާ މަސައްކަތުގެ ވާހަކަ އެކި މީޑިއާތަކުގައި ގެނެސްދީފައިވެ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އޭނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އަޑެލް ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑަށް ގެންނަ ބަދަލަކީ ޒާތީ ކަމެކެވެ. އެހެންވެ އެއީ ބަޔަކާ ބެހޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. .
ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައި އިރު، އަޑެލް އާއި ފިރިމީހާ ސައިމަން ކޮނެކީ މިދިޔަ އަހަރު ވަނީ ވަރިވެފަ އެވެ. އެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު 7 އަހަރުގެ އެންޖެލޯ އެޑްކިންސެވެ.
އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި ޒުވާން ފަންނާނުންގެ ތެރޭގައި ހިމެނޭ އަޑެލް އަކީ މިހާތަނަށް 15 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ފަންނާނެކެވެ. އޭނާ ހޯދި އެވޯޑްތަކުގެ އަދަދު 140 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި އޮސްކާ އާއި ގޯލްޑެން ގްލޯބް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
08 May 2020
ހިންމަތާއެކު ހިތްވަރުލާ މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެ އެމަންޖެ ހާދަ ތަފާތޭ...
ޜީ މްޔާފިޒް
08 May 2020
ޢަޑެލް ދަނީ ބޮޑު ބައްޔަކަށް ފަރުވާ ހޯދަ މުން. ބަލީގެ ސަބަބުން މީހާ އަނަރޫފަ ވެފަ.