04 ޖޫން 2020 - 08:54
ފޭސްބުކަށް މިހާރު 16 އަހަރެވެ. އެ ހިސާބުން ފެށިގެން އެ ބޭނުންކުރާ މީހުންނަށް ލައްކަ އެއްޗެހި ޕޯސްޓްކުރެވިފައި ހުންނާނެ އެވެ. އެފަދަ ޕޯސްޓްތައް، ހާއްސަކޮށް ފޮޓޯތައް މާ ފަހުން ފެނި ބައެއް ފަހަރު ލަދު ގަންނަން ވެސް ޖެހެ އެވެ.
އެހެންވެ ކުރީގެ ޕޯސްޓްތަކުގެ ތެރެއިން އެހެން މީހުންނަށް އަލުން ފެންނަން ބޭނުންނުވާ އެއްޗެހި ފޮރުވޭނެ ފީޗާއެއް މިހާރު ފޭސްބުކަށް އަންނަނީ އެވެ. އެއީ "މެނޭޖް އެކްޓިވިޓީ" އެވެ. މީގެ ސަބަބުން ކުރީގެ ޕޯސްޓްތަކާ ހެދި ލަދުވެތިވެވޭ ނަމަ އެ އެއްޗެހި ޑިލީޓްކޮށްލުމުގެ ބަދަލުގައި އެހެން މީހުންނަށް ނުފެންނާނެ ގޮތް ވަރަށް ފަސޭހަ އިން ހަދައިލެވޭނެ އެވެ. އެއީ ސްޓޭޓަސްއަކަށް ވިޔަސް ފޮޓޯއަކަށް ވިޔަސްވެހެވެ.
"މެނޭޖް އެކްޓިވިޓީ" އާ އެކު ފޭސްބުކުން ވަނީ އިތުރު އެހެން ކަމެއް ވެސް ފަހިކޮށް ދީފަ އެވެ. އެއީ އެކި މީސްމީހުންނާއި ތާރީހުތަކަށް ވެސް ބިނާކޮށް ޕޯސްޓްތައް ފިލްޓަކޮށް ދިނުމެވެ.
މި ފީޗާތައް އައިއޯއެސް އާއި އެންޑްރޮއިޑްގެ އަހުލުވެރިންނަށް ވެސް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜިމްޝާ
04 June 2020
މި ޙާރުވެސް ތިކަން ވޭ