ލައިފްސްޓައިލް / ދީން

ކުރިމަގަށް ވިސްނަން އިސްލާމްދީން ސަމާލުކަންދޭ

ޑރ. ސަޢުދުﷲ ޢަލީ

05 ޖޫން 2020 - 14:01

2 comments

މާޒީގައިވެފައި ހުންނަ ކަންކަން ދިރާސާކޮށް އެއިން އިބުރަތް ހާސިލު ކުރުމަށް އިސްލާމް ދީން ބާރުއަޅައެވެ. ކީރިތި ޤުރްއާނުގައި މިކަމަށް އަމުރުވެސް ކުރައްވާފައިވެ އެވެ. އެހެންނަމަވެސް މާޒީއާއި މުސްކުޅި ތަރިކައިގެ އަސީރުންނަށް މުސްލިމުން ވާކަށް އިސްލާމްދީން ބޭނުމެއް ނުވެ އެވެ. އެހެންވެ މާޒީ އާއި ތަރިކައިން އިބުރަތް ލިބިގެން ކުރިއަށް އޮތްތަނަށް ނުވަތަ މުސްތަގުބަލަށް ވިސްނާ ބަޔަކަށް އިސްލާމް ދީން ސމާލުކަން ދެ އެވެ. މިގޮތުން ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަށް ޑރ. ޔޫސުފުލް ޤަރުޟާވީ އަލިއަޅުއްވާލާފައިވެ އެވެ.

ޤުރުއާނުގެ އާޔަތްތަކަށް ބަލާއިރު ވިސްނާ ފިކުރުކުރާ މީހުންނަށް އެއިން މަންފާ ކުރާނެ ކަންކަމުގެ ގޮތުގައި އެތައް ކަމެއް ފާހަގަ ކޮށްފައިވެ އެވެ. މިގޮތުން އިރު ހަނދާއި ތަރިތަކުގެ ދައުރުވުމާއި އެއަށް އަންނަ ބަދަލުތަކާއި ދުނިޔޭގައި ކަންކަން ހިނގާ ގޮތަށް އަންނަ ބަދަލުތަކަށް އިޝާރާތް ކޮށްފައިވެ އެވެ. ދުނިޔޭގައި އަބަދު އެއް ބަޔަކަށް އެއް ގޮތަށް ކަންކަން ނުވާކަމާއި، މިއަދު ކާމިޔާބު ލިބުނު ބަޔަކަށް މާދަމާ ނާކާމިޔާބު ވެދާނެ ކަމާއި، މިއަދު ނިކަމެތި ބަޔަކު މާދަމާ ވަރުގަދަ ބަޔަކަށް ވެދާނެ ކަމަށް އިޝާރާތް ކުރެ އެވެ. އެކިގޮތްގޮތަށް ކަންކަން ބަދަލު ކުރެއްވުމަކީ ކައުނުގައިވާ އިލާހީ ގާނޫނެކެވެ. އުޙުދު ހަނގުރާމައިގެ ދުވަހު މުސްލިމުންނަށް ހާނިއްކަ އާއި ވޭން ލިބުނަސް ބަދުރު ހަނގުރާމައިގެ ދުވަހު ހާނިއްކައާއި ވޭން ލިބުނީ ކާފިރުންނަށްކަން ބަޔާން ކުރައްވަމުން އާލްޢިމްރާން ސޫރަތުގެ 140 ވަނަ އާޔަތުގައި މާތް ﷲ ބަޔާންކުރައްވަނީ އެއީ އެކަލާނގެ ދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލު ކުރައްވާ ބަދަލު ކުރެއްވުން ކަމުގަ އެވެ.

އުޙުދު ހަނގުރާމައިގެ ދުވަހު މުސްލިމުންނަށް ހާނިއްކަ އާއި ވޭން ލިބުނަސް ބަދުރު ހަނގުރާމައިގެ ދުވަހު ހާނިއްކައާއި ވޭން ލިބުނީ ކާފިރުންނަށްކަން ބަޔާން ކުރައްވަމުން އާލްޢިމްރާން ސޫރަތުގެ 140 ވަނަ އާޔަތުގައި މާތް ﷲ ބަޔާންކުރައްވަނީ އެއީ އެކަލާނގެ ދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލު ކުރައްވާ ބަދަލު ކުރެއްވުން ކަމުގަ އެވެ.

މި އިލާހީ ގާނޫނު މިގޮތަށް ދެމިއޮންނަ ހިނދު މުސްތަގުބަލާ މެދު ވިސްނައިގެން ކަންކުރަން އާދަކުރަން ޖެހެ އެވެ. މިއަދު ނާކާމިޔާބު ވުމުން އަބަދު ނާކާމިޔާބުވާނެ ކަމަށް ބަލައި މާޒީގެ އެސަފުހާއިން އަތްދޫނުކޮށް ހުންނާކަށް ނުޖެހެ އެވެ. މާދަމާ އެހެން ގޮތަކަށް ބަދަލުވެދާނެ ކަމަށް ބަލައި ކުރިމަގަށް ރާވަން ޖެހޭނެ އެވެ. އަދި ބަދަލު ގެންނަން މަސައްކަތް ކުރަން ޖެހޭނެ އެވެ. ކާފިރުން، އެމީހުންގެ އެންމެންނަކީ ނަސްރު ލިބިގެންވާ ބައެކޭ ހީކުރާނަމަ އެއީ ކުށް ހީއެއް ކަން ބަޔާން ކުރައްވަމުން ﷲ އަންގަވަނީ އެ ކާފިރުންގެ ޖަމާއަތް ދެރަ ކުރައްވައި ބަލިކޮށްލައްވާނެ ކަމަށެވެ. އަދި އެހައިރުން އެމީހުން ފުރަގަސްދީ ފިލަން ދުވާނެ ކަމަށެވެ. (އަލް ޤަމަރު 45). ތަފުސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި މި އާޔަތުގައި އެ އިޝާރާތް ކުރަނީ ކާފިރުންގެ ލަޝްކަރު ކިތަންމެ ވަރުގަދަ ވެފައި އަދަދު ގިނަވިއަސް ބަދުރުގެ ދުވަހު އެ މީހުން ބަލިވެގެންދާނެ ކަމުގެ ވާހަކަ ކަމަށެވެ.

ފާރިސީންނާއި ރޯމަނުންގެ މެދުގައި އޮތް ދެކޮޅުވެރިކަމާއި ހަނގުރާމައަށް އައްރޫމް ސޫރަތުގައި އިޝާރާތް ކޮށްފައިވެ އެވެ. އޭރު ދުނިޔޭގެ ބޮޑު ދެބާރާ މެދު މައްކާގެ މުޝްރިކުންނާއި މުސްލިމުން މެދުގައި ތާއީދުގެ ފޯރި އޮތެވެ. މުސްލިމުން ތާއީދު ކުރަމުން ދިޔައީ އަހުލުކިތާބީން ކަމަށްވާ ރޯމަނުންނަށެވެ. މުޝްރިކުން ތާއީދު ކުރަމުން ދިޔައީ މަޖޫސީ ފާރިސީންނަށެވެ. ރޯމަނުން ބަލިވެފައި ވުމުގެ ސަބަބުން މުޝްރިކުން އެކަމާ އުފާ ކުރަމުން ދިޔަ އެވެ. އެހެންނަމަވެސް މަދު އަހަރުތަކެއްގެ ތެރޭ ރޯމަނުން ފާރިސީންގެ މައްޗަށް ކާމިޔާބު ހޯދާނެކަން ޤުރުއާނުގައި އެންގެވި އެވެ. އަދި އޭގެ ސަބަބުން މުއުމިނުން އުފާކުރާނެ ވާހަކަ ބަޔާން ކުރެއްވި އެވެ. މިއީ މުސްތަގުބަލުގައި ހިނގާނެ ކަންކަމާ މެދު އުއްމީދީ ނަޒަރަކުން ވިސްނައި ހިތްތަކަށް ހަމަޖެހުން ހޯދަން މަސައްކަތް ކުރުމަށް މުސްލިމުންނަށް ޤުރުއާނުގައި އައި އިޝާރަތެކެވެ.

މުއްޒައްމިލް ސޫރަތުގެ 20 ވަނަ އާޔަތުން އެނގޭ ގޮތުގައި ދަމުނަމާދު ކުރުމުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާއި ބައެއް އަސްހާބުން ގިނަ ވަގުތުތައް ހޭދަ ކުރެއްވި އެވެ. އެހެންނަމަވެސް ﷲ ގެ މަގުގައި ޖިހާދު ކުރަން ނުކުންނަން ޖެހޭނެ ބަޔަކާއި، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަން ނުކުންނަން ޖެހޭނެ ބަޔަކާއި، ބަލިހާލަތުގައި އުޅޭ ބަޔަކު ތިބެދާނެ ކަމަށްޓަކައި އެ ނަމާދު ކުރައްވާއިރު ލުއިފަސޭހަވި މިންވަރަކަށް ކިޔަވާ ވިދާޅުވާން ﷲ އެންގެވި އެވެ. އެއީ އެބޭކަލުންގެ ވަގުތާއި ހަކަތައިން ބައެއް ސަލާމަތް ކުރުމަށެވެ. މީގެ މައްޗަށް ބިނާކޮށް އާންމުކޮށް ޖަމާއަތުގެ ނަމާދު ދިގު ނުކުރުމަށް އިލްމުވެރިން ވިދާޅުވެ އެވެ.

މުސްތަގުބަލުގައި ކުރިމަތިވެދާނެ ކަންކަމަށް ބަލައިގެން އިސްލާމްދީނުގައި ބައެއް އަޅުކަންތަކަށް ވެސް ލުއިފަސޭހަކަން ދީފައިވެ އެވެ. މުއްޒައްމިލް ސޫރަތުގެ 20 ވަނަ އާޔަތުން އެނގޭ ގޮތުގައި ދަމުނަމާދު ކުރުމުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާއި ބައެއް އަސްހާބުން ގިނަ ވަގުތުތައް ހޭދަ ކުރެއްވި އެވެ. އެހެންނަމަވެސް ﷲ ގެ މަގުގައި ޖިހާދު ކުރަން ނުކުންނަން ޖެހޭނެ ބަޔަކާއި، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަން ނުކުންނަން ޖެހޭނެ ބަޔަކާއި، ބަލިހާލަތުގައި އުޅޭ ބަޔަކު ތިބެދާނެ ކަމަށްޓަކައި އެ ނަމާދު ކުރައްވާއިރު ލުއިފަސޭހަވި މިންވަރަކަށް ކިޔަވާ ވިދާޅުވާން ﷲ އެންގެވި އެވެ. އެއީ އެބޭކަލުންގެ ވަގުތާއި ހަކަތައިން ބައެއް ސަލާމަތް ކުރުމަށެވެ. މީގެ މައްޗަށް ބިނާކޮށް އާންމުކޮށް ޖަމާއަތުގެ ނަމާދު ދިގު ނުކުރުމަށް އިލްމުވެރިން ވިދާޅުވެ އެވެ.

ނަބަވީ ސީރަތަށް ބަލާއިރުވެސް މުސްތަގުބަލަށް ވިސްނަވައިގެން އެކަލޭގެފާނު އެތައް ކަމެއް ކުރައްވާފައިވާކަން ފާހަގަވެ އެވެ. މިގޮތުން ހައްޖު މޫސުމުގައި އަރަބިންގެ އެކި ގަބީލާތަކުގެ މީހުންނަށް އިސްލާމީ ދައުވަތު ހުށަހެޅުއްވި އެވެ. އިސްލާމްދީނަށް ނަސްރު ދިނުމަށްޓަކައި އެ މީހުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި އެވެ. އެކަލޭގެފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި މުސްލިމުންނަކީ މިއަދު އަދި ނިކަމެތި ބައެއް ކަމަށް ވިއަސް ކުރިއަށް ވިސްނައިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ އެވެ. މުސްލިމުންނަށް ޖެހޭނީ އެކަމަށްޓަކައި މަސައްކަތްކޮށް ކެތްތެރިކަމާ އެކު އިންތިޒާރު ކުރާށެވެ. ހަމައެއާއެކު އެކަލޭގެފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި މި ކާމިޔާބު ލިބޭނީ އެކަމަށްޓަކައި ސަބަބުތަކުގައި ހިފައިގެން މަސައްކަތް ކޮށްގެންނެވެ. ވަކީލު ކުރަން ޖެހޭނީ މަސައްކަތް ކުރުމަށް ފަހުގައިކަން އެކަލޭގެފާނު ބަޔާން ކުރައްވަ އެވެ.

މީގެ އެންމެ ރީތި އެއް މިސާލަކީ މަދީނާ އަށް ހިޖުރަ ކުރެއްވުމުގައި އެކަލޭގެފާނުގެ ރޭވުންތެރި ކަމެވެ. މިގޮތުން ހިޖުރަކުރައްވަން ރަށެއްގެ ގޮތުގައި މަދީނާ އިޚްތިޔާރު ކުރެއްވެވި އެވެ. އެކަމުގައި ނަސްރުދޭނެ ބައެއްގެ ގޮތުގައި އައުސް އާއި ޚަޒުރަޖު ހަމަޖެއްސެވި އެވެ. ދަތުރުފުޅުގެ ބައިވެރިއެއްގެ ގޮތުގައި އަބޫބަކުރުގެފާނު ނެންގެވި އެވެ. އާރުކާޓީއެއްގެ ގޮތުގައި (މުޝްރިކެއް ކަމުގައި ވީނަމަވެސް) ޢަބްދުﷲ ބުނު އުރައިޤަތު އިޚްތިޔާރު ކުރެއްވެވި އެވެ. ދަތުރު ފައްޓަވާ މަންޒިލެއްގެ ގޮތުގައި މަދީނާއާވީ ކޮޅު ނޫން އެހެން ކޮޅަކުން ޘައުރު ފަރުބަދަ އަށް ވަޑައިގަންނަވަން ނިންމެވި އެވެ. އަދި މިނޫން އެހެން ކަންކަން ވެސް ކުރިއަށް ވިސްނަވައިގެން ރޭއްވެވި އެވެ. އަދި މަދީނާއަށް ހިޖުރަ ކުރެއްވުމާ އެކު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މިސްކިތް ބިނާކުރެއްވެވި އެވެ. މިއީ މުސްލިމުންގެ އެއްބައިވަންތަކަމުގެ ކުރިމަގު ބިނާކުރަން ވަރަށް މުހިންމު ނިންމުމެއް ކަމުގައިވި އެވެ.

މީގެ އެންމެ ރީތި އެއް މިސާލަކީ މަދީނާ އަށް ހިޖުރަ ކުރެއްވުމުގައި އެކަލޭގެފާނުގެ ރޭވުންތެރި ކަމެވެ. މިގޮތުން ހިޖުރަކުރައްވަން ރަށެއްގެ ގޮތުގައި މަދީނާ އިޚްތިޔާރު ކުރެއްވެވި އެވެ. އެކަމުގައި ނަސްރުދޭނެ ބައެއްގެ ގޮތުގައި އައުސް އާއި ޚަޒުރަޖު ހަމަޖެއްސެވި އެވެ. ދަތުރުފުޅުގެ ބައިވެރިއެއްގެ ގޮތުގައި އަބޫބަކުރުގެފާނު ނެންގެވި އެވެ. އާރުކާޓީއެއްގެ ގޮތުގައި (މުޝްރިކެއް ކަމުގައި ވީނަމަވެސް) ޢަބްދުﷲ ބުނު އުރައިޤަތު އިޚްތިޔާރު ކުރެއްވެވި އެވެ. ދަތުރު ފައްޓަވާ މަންޒިލެއްގެ ގޮތުގައި މަދީނާއާވީ ކޮޅު ނޫން އެހެން ކޮޅަކުން ޘައުރު ފަރުބަދަ އަށް ވަޑައިގަންނަވަން ނިންމެވި އެވެ. އަދި މިނޫން އެހެން ކަންކަން ވެސް ކުރިއަށް ވިސްނަވައިގެން ރޭއްވެވި އެވެ. އަދި މަދީނާއަށް ހިޖުރަ ކުރެއްވުމާ އެކު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މިސްކިތް ބިނާކުރެއްވެވި އެވެ. މިއީ މުސްލިމުންގެ އެއްބައިވަންތަކަމުގެ ކުރިމަގު ބިނާކުރަން ވަރަށް މުހިންމު ނިންމުމެއް ކަމުގައިވި އެވެ. އަދި މަދީނާގައި ޔަހޫދީންގެ ބާރު އޮންނަ ބަނީޤައިނުޤާޢު ބާޒާރުގެ ބަދަލުގައި މުސްލިމުންނަށް ޚާއްސަ ބާޒާރެއް ހެއްދެވި އެވެ. މަދީނާގެ ޔަހޫދީންނާ އެކު ވަރުގަދަ މުއާހަދާއެއް ހެއްދެވި އެވެ. މަދީނާގެ ވަށައިގެން ސަލާމަތީ ކަންކަން ބެލެހެއްޓެވުމަށް ހަނގުރާމަވެރިން ފޮނުއްވެވި އެވެ. ދިފާޢީ ލަޝްކަރުތަކަށް ތަމްރީނުތައް ދެއްވެވި އެވެ. މިގޮތުން އަދުއްވުންގެ ހިތްތަކަށް ބިރުވެރިކަން އިހުސާސް ކުރުވި އެވެ. މިކަންކަމުގެ އިތުރުން ހިޖުރައިގެ ފަހުން މަދީނާގައި ތިބި މުސްލިމުން ބޯހިމެނުއްވައި އޭގެ ތަފާސް ހިސާބުތައް ކުރިމަގުގެ ކަންކަން ރޭއްވެވުމުގައި އެކަލޭގެފާނު ބޭނުންފުޅު ކުރެއްވި އެވެ.

އާދެ، މި އިޝާރާތް ކުރެވުނު ކަންކަމުން އެކަނިވެސް ކީރިތި ޤުރުއާނާއި ސުންނަތުގައި ކުރިމަގަށް ސަމާލުކަންދީފައިވާ ކަން ހާމަވެ އެވެ. ވީމާ މުސްލިމުން ވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކުރިއަށް އޮތްތަނަށް އަބަދުވެސް ވިސްނަން ޖެހޭނެ އެވެ. މާޒީއާ މެދު ދެރަވެ ހިތާމަކޮށް މާޔޫސް ވެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި މާޒީން ޖެހޭނީ އިބުރަތް ހޯދާށެވެ. އަދި އޭގެ އަލީގައި މިއަދުގެ މައްސަލަތަކާއި މުސްތަގުބަލުގެ މައްސަލަތަކަށް ހައްލު ހޯދަން ވިސްނައި ސަމާލުކަން ދޭން ޖެހޭނެ އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅޮއި77

05 June 2020

ދިވެހިންގެ އެންމެ މައްސަލައަކީ ކަންކަމާނުވިސްނުން. ވިސްނުމާ ކެއްތެރިވުމާ މިކަންތަތަ މިޒާޖުގަވެސް ނުހުންނަނީ. މުސްސަންދިވެސް ވާންވީ ވަގުތުން. ޢުޅެންވީ އަބަދު މަޖަލުގަ.

The name is already taken The name is available. Register?

ޢަހޫ

05 June 2020

ރަގަޅުވާހައެއް އަދި އަތުގަ އެއްމެރުފިޔާއެއްއޮތަސް ހަރަދު ކޮއްލަންބޭނުންވާނެ. ގެންގުޅެންޖެހޭނީ ލިބޭއެއްޗަކާއިނުބައްދަލުއަގުބޮޑުފޯނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454