15 ޖޫން 2020 - 07:38
ވީޑިއޯ ކޮންފަރެންސިން އަށް ގިނަ ބަޔަކު މިހާރު ބޭނުންކުރާ އެޕެއް ކަމަށްވާ މައިކްރޮސޮފްޓް ޓީމްސް އަށް އަމިއްލަ އަށް ފޮޓޯ ލައިގެން ނުވަތަ ޓީމްސްގައި ހިމެނޭ ބެކްގްރައުންޑް އިފެކްޓްތަކުން ކަސްޓަމައިޒްކުރެވޭ ގޮތް ހަދައިފި އެވެ.
މީި ފީޗާ އާންމުކޮށް ލިބެން ފަށާނީ މާދަމާ އެވެ. "ޓީމްސް" ގެ ވީޑިއޯ ކޯލަށް ގެނައި މި ބަދަލާ އެކު، އެ މީހެއްގެ ބެކްގްރައުންޑުން އެހެން މީހުންނަށް ފެންނަން ބޭނުން ނުވާ މަންޒަރު އެ މީހަކު އިހުތިޔާރުކުރާ މަންޒަރަކާ އެކު ކަސްޓަމައިޒްކޮށް ފޮރުވައިލެވޭނެ އެވެ. އެކަމަކު މި ފީޗާ ހާއްސައީ ޝެޑިއުލްކޮށްގެން ބާއްވާ މީޓިންތަކަށެވެ.
މައިކްރޮސޮފްޓުން ބުނި ގޮތުގައި އާ ފީޗާގެ އެންމެ މުހިއްމު ބޭނުމަކީ ވީޑިއޯ ކޯލެއްގައި އުޅޭ އިރު، އެހެން މީހުންނަށް ތިމާގެ އަސްލު ބެކްގްރައުންޑްގެ މަންޒަރުތައް ނުފެންނަ ގޮތް ހެދުމެވެ.
މިދިޔަ އަހަރު ވަނީ ޓީމްސްގައި ބެކްގްރައުންޑް ފުސްކޮށްލެވޭ ގޮތް ވެސް ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިމްސް 2
16 June 2020
ޖީ އައި އެސް ޓީޗަރުން ތިކަމުގަ ވަރަށް ފަރިތަވާނެ. ޢެޕްރިލް މަހުން ފެށިގެން ޓީޗަރުން ތިގޮތަށ ބެކް ބަދަލުކޮށްފައި ހުރޭ.
ޓީމްސް 2
16 June 2020
މިހާރުވެސް ައޅުގަނޑު ބެކް ބަދަލުކޮށްގެން ކުލާސް ނަގަނީ
ޓީމްސް
15 June 2020
އަހަރެން އެޕްރީލް މަހު ޓީމްސް އިން އޮންލައިން ކްލާސްތައް ނެގިއިރު ވެސް ތިހެން ހެދޭ.