ރަޝިޔައިން ފަތުރުވެރިން ޖައްވަށް ގެންދަނީ - ޖައްވުގައި ހިނގާ ގޮތަށް ވަނީ ހަމަޖެހިފައި
27 ޖޫން 2020 - 20:56
މިއީ ފިނި ހަނގުރާމައެއް ނޫނެވެ. ޖައްވީ ޓޫރިޒަމެވެ. ޖައްވަށް ޓޫރިސްޓުން ފޮނުވުމަކީ ރަޝިއާ އަށް އާ ކަމެއް ވެސް ނޫނެވެ. ރަޝިއާ އިން މީގެ ކުރިން ވެސް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ޓޫރިސްޓުން ފޮނުވި އެވެ. ނަމަވެސް، 2010 ގައި ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. އެއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި މީހުން މާ ގިނަވާތީ އެވެ.
ރަޝިއާ އިން ޖައްވީ ދަތުރުތައް އަލުން ފަށާއިރު، ދުނިޔެ މި އޮތީ ފުށުންޖެހިފަ އެވެ. ފިނި ހަނގުރާމަ ނޫން ކަމަށް ބުނި ނަމަވެސް، އިހުސާސަކީ ދާދި އެކައްޗެކެވެ. އެމެރިކާ އެއްކޮޅުގައި ރަޝިއާ އަނެއް ކޮޅުގައި އޮވެ ކުރެވޭ ވާދަވެރިކަމެވެ. ޖައްވީ ޓޫރިޒަމުން މާލީ ތަނަވަސްކަން ހޯދުމުގައި އެއް ބަޔަކަށް ވުރެ ކުރި ހޯދުމެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ޓޫރިސްޓުން ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައް ކުރި އަށް ދާ ކަމަށް، ރަޝިޔާގެ ސްޕޭސް އޭޖެންސީ، "ރޮސްކޮސްމޮސް" އިން ބުނެ އެވެ. މި ދަތުރުގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދެ ޓޫރިސްޓުން ފޮނުވަން އަންނަނީ ތައްޔާރުވަމުންނެވެ. ދަތުރު އޮންނާނީ ރޮސްކޮސްމޮސް އިން ބުނި ގޮތުގައި 2023 ގަ އެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ޓޫރިސްޓުން އުފުލަން ހަމަޖައްސާފައި ވަނީ ސޮޔުޒް ރޮކެޓްގަ އެވެ. މި ދަތުރުގައި ޓޫރިސްޓުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން ބޭރުގައި، ޖައްވު ތެރޭގައި ހިނގާލަން ފުރުސަތު ދޭނެ ކަމަށް ވެސް، ރޮސްކޮސްމޮސް އިން ބުނެ އެވެ. މިއީ އަދި އެއްވެސް ބަޔަކު ކުރި ކަމެއް ނޫނެވެ. ސަބަބަކީ، ޖައްވުގައި ހިނގުމަށް މީހުން ތަމްރީންކުރަން ނަގާ ވަގުތާއި އަދި ޚަރަދު ބޮޑުކަމުންނެވެ.
ރަޝިޔާގެ މި ޚަބަރާ އެކު ނާސާގައި އާ ރޫހުގެ އޮއިވަރެއް ހިނގައިގަންނާނެ އެވެ. ޖައްވުގައި ހޮޓާއަޅައި ކޮފީބުރުތަކަށް މީހުން އުފުލާ ވާހަކަ އަނެއްކާ ވެސް ފެށޭނެ އެވެ. ޖައްވުގައި ޓޫރިޒަމް ފުޅާކުރަން އާ ޕްލޭންތައް އެކުލަވާލައި ކަރުދާހަށް ގެނެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަބު
28 June 2020
އެންދެރި ހަނދަށް ނުދެވެއޭ ބުނިއިރު އެއްވެސް ހެއްކެއް ދައްކާފައިނެތް. ހަމަކަށަވަރުން ހަނދާ އިރާ ތަރިތަކުގެ ވާހަކަ ޤުރުއާނުގައި ވަރަށް ގިނައިން އައިސްފައިވޭ. އެއްވެސް އާޔަތަކުން ނުދެވޭނެކަން ކަށަވަރުނުވޭ. ޖައްވަކީ އުޑާބިމާ ދެމެދު އޮންނަ ހުސްތަން. ރަޝިއާއިން ތައްޔާރުވަނީ ބިމުގެ ފަށަލައިން ބޭރަށް އެހުސްކަމުގެ ތެރެއަށް ގެންދަން. ހަނދަށް އެއްފަހަރަށްވުރެ ގިނަފަހަރު ދިޔަކަމަށްބުނޭ. ހުއްޓާލީ ޚަރަދު ބޮޑުވުމުންކަމަށްވޭ. އެވެސްމިވެސް ރަނގަޅުވެދާނެ.
އެންދެރި
27 June 2020
ހަނދަން ދިޔަކަށް ބުނާތާ 50 އަހަރު ވެއްޖެ އެވެ. މި 50 އަހަރު ތެރޭ ޓެކްނޮލޮޖީ ވ ކުރިއަރައިފި އެވެ. ހަނދަކަށް ވެސް އެހެން ތާކަށްވެސް ނުދެވެ އެވެ. ދުނިޔެ ވަށާ އެނ ބުރެނީ އެވެ.
ނަޖުމުއްދީން
27 June 2020
ރަޝިޔާ ހަބޭސް.