ލައިފްސްޓައިލް / ދީން

ހިޖުރައަކީ ނުބައިކަމުގެ މައްޗަށް ހެޔޮކަން ކާމިޔާބު ހޯދި ދަތުރެއް

ޑރ. ސަޢުދުﷲ ޢަލީ

21 އޯގަސްޓް 2020 - 10:59

ހެޔޮކަމާއި ނުބައިކަމުގެ ކޯޅުމަކީ އާދަމުގެ ދަރިން މި ބިންމަތީ އުޅެންފެށީއްސުރެ ފެންނަމުންދާ އަދި ޤިޔާމަތާ ޖެހެންދެން ދެމި އޮންނާނެ ކަމެކެވެ. މި ކޯޅުމުގައި އަނިޔާ އާއި އުރެދުމާއި ފުރައްސާރައާއި އެނޫންވެސް އެންމެހާ ނުބައިކަމުގެ މުއްދަތު ބައެއް ފަހަރު ދިގުވެގެން ހިނގައިދާނެ އެވެ. ނަމަވެސް އާޚިރުގައި ކާމިޔާބު ހޯދަނީ ހެޔޮކަމެވެ. މިގޮތުން އިންސާނީ ތާރީޚުގައި ހެޔޮކަން ނުބައިކަމުގެ މައްޗަށް ގަދަވެގަތް އެތައް ހާދިސާތަކެއް އެބަހުއްޓެވެ. މިގޮތުން މިހާރު އަހަރެމެން އިހުތިފާލު ކުރަމުން މިގެންދާ ހިޖުރައިގެ ދަތުރުގެ ޒިކުރާ އިން ވެސް މިދެންނެވި ކާމިޔާބު ފާހަގަވެގެން ދެއެވެ.

ތާރީޚުގައި އެންމެ ފުރަތަމަ ހިނގި ހެޔޮކަމާއި ނުބައިކަމުގެ ކޯޅުމަކީ އާދަމުގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ ހާބީލް އާއި ޤާބީލް ގެ ކޯޅުމެވެ. އާޚިރުގައި ކާމިޔާބު ލިބުނީ ހެޔޮކަމުގެ ކޮޅަށެވެ. (އަލްމާއިދާ 27–32). ނުބައިކަމަކީ އެއިން ވަގުތީ މަންފާތަކަކާއި ލައްޒަތުތަކެއް ހާސިލުކޮށްދޭ ކަމެކެވެ. ނަމަވެސް އެއަށް ލާޒިމު ނާކާމިޔާބު ވުމުން އޭގެ ފަހުގައި ދެރަވެ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ބައެއް ފަހަރު މި ހިތާމައިން މަންފާ އަކަށް ދާން ފުރުސަތު ލިބުނަސް ގިނަފަހަރަށް މިހެނެއް ނުވެ އެވެ. އެހެން ނޫންނަމަ ޤިޔާމަތް ދުވަހު "ތިމަން ވެއްޔަށް ވީނަމަ ކިހާ ރަނގަޅުވީސް ހޭ" (އައްނަބައު 40) ނުވަތަ އިނގިލީގައި ދަތްއަޅައި "ރަސޫލާ އާ އެކު ތިމަން މަގެއް އިޚްތިޔާރު ކުރެވުނު ނަމައޭ، މިވެނި މީހަކު އެކުވެރިޔަކު ކަމުގައި ނުނެގުނު ނަމައޭ" (އަލްފުރްޤާން 27–29) ފަދަ ބަސްތައް ބުނަން ނުޖެހުނީހެވެ.

ތާރީޚުގައި އެންމެ ފުރަތަމަ ހިނގި ހެޔޮކަމާއި ނުބައިކަމުގެ ކޯޅުމަކީ އާދަމުގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ ހާބީލް އާއި ޤާބީލް ގެ ކޯޅުމެވެ. އާޚިރުގައި ކާމިޔާބު ލިބުނީ ހެޔޮކަމުގެ ކޮޅަށެވެ. (އަލްމާއިދާ 27–32).

ނުބައިކަމުގެ މައްޗަށް ހެޔޮކަން ކާމިޔާބު ހޯދި ފާހަގަ ކޮށްލެވޭ ހާދިސާތަކުން އެއް ހާދިސާ އަކީ ކީރިތި މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މަދީނާއަށް ކުރެއްވެވި ހިޖުރަ އެވެ. އެއީ އަނިޔާ އާއި ފާޙިޝް ޢަމަލުތަކާއި އުރެދުންތަކާ ދެކޮޅަށް ކުރެވުނު ހިޖުރައެކެވެ. މާތް އަގުތަކާއި ރިވެތި އަޚްލާޤާއި މަތިވެރި ނަމޫނާތައް އުފަންކުރުވައި ދެމެހެއްޓި ހިޖުރައެކެވެ. ކާފިރުންގެ ކަލިމަ ދަށްކޮށްލައި ﷲ ގެ ކަލިމަފުޅު މަތިވެރި ކުރެވުނު ހިޖުރައެކެވެ.

ކީރިތި ނަބިއްޔާގެ ދަޢުވަތު ފާޅުގައި ފައްޓަވަން ފެށި ހިސާބުން އެކަލޭގެފާނަށާއި އަޞްޙާބުންނަށް އަނިޔާއާއި ދުއްތުރާތައް ކުރިމަތިވި އެވެ. ﷲ ގެ ޙަޟްރަތުން ބާވާލެއްވުނު ފުރިހަމަ ރިސާލަތު އެއީ ކާފިރުންނަށް ކަމުދިޔަ އެއްޗެއް ކަމުގައެއް ނުވި އެވެ. އެހެންވެ އެކަލޭގެފާނަކީ ސިހުރުވެރިއެއް ކަމަށާއި ދޮގުވެރިއެއް ކަމަށް ތުހުމަތު ކުރި އެވެ. (ޞާދު 4). ޖެއްސުން ކުރުމާއި މަލާމާތް ކުރުމާއި އަނިޔާ ކުރުމާއި ޙިޞާރު ކުރުން ފަދަ ނުބައި ކަންކަން އެބައިމީހުން ކުރަމުން ގެންދިޔަ އެވެ. އިސްލާމީ ދަޢުވަތު ހުއްޓުވާލުމަށް ކުރަމުން ގެންދިޔަ ތަފާތު ކަންކަމުގެ ކުރިމަތީ ކީރިތި ރަސޫލާ އާއި އަޞްޙާބުން ކުޑަވެސް ދުލެއް ނުދެއްވައެވެ. އެހެންވެ ދެން މަސައްކަތް ކުރީ ދުނިޔަވީ ބޭނުންތަކާއި ލައްޒަތުތަކަށް ހިތް ޖައްސުވައިގެން އެމީހުންނަށް ކާމިޔާބެއް ލިބޭތޯ އެވެ.

މިގޮތުން ޢުތުބަތު ބުނު ރަބީޢަތު ކީރިތި ރަސޫލާގެ އަރިހަށް ފޮނުވުނެވެ. ޖަމާއަތް ބައިބައިކޮށް މީސްތަކުންގެ އުންމީދުތައް ފަނޑުކޮށްލައި ކާބަފައިންގެ ގޮތްތައް އައިބު ކުރުވާ ކަމުގެ ތުހުމަތު ކީރިތި ރަސޫލާ އަށް ކުރި އެވެ. އަދި ރަސޫލާގެ ދައުވަތުގެ ބޭނުމަކީ މުދާވެރިކަން ކަމުގައިވާނަމަ މުދާ އެއްކޮށްދިނުމަށާއި ޝަރަފާއި މަތިވެރިކަން ކަމަށް ވާނަމަ ސާހިބުކަން ދިނުމަށާއި ވެރިކަން ކަމުގައިވާނަމަ ވެރިކަންވެސް ދިނުމަށާއި ނަފުސާނީ ކަމެއް ކަމުގައިވާނަމަ ފަރުވާދޭނެ މީހަކު ގެނެސްގެން ފަރުވާ ދިނުމަށް ހުށަހެޅި އެވެ.

ޖަވާބުގައި ކީރިތި ރަސޫލާ ޤުރްއާނުގެ ފުއްޞިލަތު ސޫރަތް ފެށިގެން ކިޔަވާ ވިދާޅުވީ އެވެ. އެ އާޔަތްތަކުގައި ބަޔާން ކުރެވިފައިވަނީ ކީރިތި ޤުރްއާނަކީ ރަޙުމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ޙަޟްރަތުން ބާވާލެއްވި ފޮތެއް ކަމާއި އެއީ އޭގެ އާޔަތްތައް ތަފްސީލުކޮށްދެއްވާފައިވާ ޢަރަބި ބަހުންވާ ޤުރްއާން ކަމާއި އެއީ އުފާވެރިކަމުގެ ޚަބަރުދޭ އަދި ބިރުވެރިކަމުގެ އިންޒާރުދޭ ފޮތެއްކަމާއި އެކަމަކު ގިނަ މީހުން އެ ފޮތަށް ފުރަގަސްދީ އެނބުރިގަނެ އަޑުނާހާ ކަމެވެ. އަދި އެއުރެންގެ ހިތްތައް ޤުރްއާނަށް ބަންދުވެގެންވާ ކަމަށާއި ކަންފަތްތަކުގައި އެއަށް ބީރުކަމެއްވާ ކަމަށާއި އެއުރެންނާ އެކަލޭގެފާނާ ދެމެދު ފަރުދާއެއްވާ ކަމަށް އެއުރެން އަމިއްލައަށް ބުނާ ކަމަށެވެ. އޭގެފަހުގައި ﷲ ކީރިތި ނަބިއްޔާއަށް އަންގަވަނީ މުހިންމު ކަންތައްތަކެއް އެއުރެންނަށް ވިދާޅުވެދެއްވުމަށެވެ. އެއީ އެކަލޭގެފާނަކީ ހަމަ އެއުރެންފަދަ އާދަމުގެ ދަރިއެއް ކަމެވެ.

އެ އާޔަތްތަކުގައި ބަޔާން ކުރެވިފައިވަނީ ކީރިތި ޤުރްއާނަކީ ރަޙުމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ޙަޟްރަތުން ބާވާލެއްވި ފޮތެއް ކަމާއި އެއީ އޭގެ އާޔަތްތައް ތަފްސީލުކޮށްދެއްވާފައިވާ ޢަރަބި ބަހުންވާ ޤުރްއާން ކަމާއި އެއީ އުފާވެރިކަމުގެ ޚަބަރުދޭ އަދި ބިރުވެރިކަމުގެ އިންޒާރުދޭ ފޮތެއްކަމާއި އެކަމަކު ގިނަ މީހުން އެ ފޮތަށް ފުރަގަސްދީ އެނބުރިގަނެ އަޑުނާހާ ކަމެވެ. އަދި އެއުރެންގެ ހިތްތައް ޤުރްއާނަށް ބަންދުވެގެންވާ ކަމަށާއި ކަންފަތްތަކުގައި އެއަށް ބީރުކަމެއްވާ ކަމަށާއި އެއުރެންނާ އެކަލޭގެފާނާ ދެމެދު ފަރުދާއެއްވާ ކަމަށް އެއުރެން އަމިއްލައަށް ބުނާ ކަމަށެވެ.

އެކަލޭގެފާނަށް ވަހީ އިއްވިގެންވާ ގޮތުގައި އެބައިމީހުންގެ އިލާހަކީ ހަމަ އެއް އިލާހެއް ކަމެވެ. ވީމާ އެކަލާނގެ އަށް ސީދާވުމަށެވެ. އަދި ފާފަ ފުއްސެވުން އެދި އެކަލާނގެ އަށް ދެންނެވުމަށެވެ. އަދި ޝަރީކު ކުރާ، ޒަކާތްނުދޭ، އާޚިރަތް ދުވަހަށް ކާފިރުވާ މީހުންނަށް ހަލާކު ހުރި ކަމަށެވެ. އެކަމަކު އީމާންވެ ހެޔޮ ޢަމަލު ކުޅަ މީހުންނަށް ކެނޑިގެން ނުދާނޭ ދަރުމަ ހުރި ކަމަށެވެ. އެއަށްފަހު ދެންވެސް ހުރި އާޔަތްތައް ކިޔަވާ ވިދާޅުވަމުން ގޮސް 37 ވަނަ އާޔަތް ކިޔަވާ ވިދާޅުވެ ތިލާވަތުގެ ސަޖިދަ ޖެއްސެވި އެވެ. ސަޖިދައިން ތެދުވެ ވަޑައިގެން ވިދާޅުވި ބަސްފުޅުން ހާމަވެގެން ދިޔައީ ޢުތުބާއަށް އަށް އޮތް ޖަވާބަކީ މި އާޔަތްތައް ކަމެވެ.

ޤުރައިޝުންނަށް މި ޚަބަރު ލިބުމުން ޤުރައިޝުންގެ ބޮޑުން އެއްވެ ނަބިއްޔާއާ ބައްދަލުކުރި އެވެ. އަދި ހަމަ ޢުތުބާ ކުރިން ވާހަކަ ދެއްކި މޭރުމުން މި މީހުންވެސް ވާހަކަ ދައްކައި މުދަލާއި ޝަރަފާއި ވެރިކަން ދޭން ހުށަހެޅި އެވެ. އެހެންނަމަވެސް ކީރިތި ރަސޫލާގެ ރައްދުފުޅަކީ އެކަލޭގެފާނު ވަޑައިގަތީ އެމީހުން އެބުނާ ކަންކަމަށް އެދިވަޑައިގެން ނޫން ކަމެވެ. އެހެންނަމަވެސް ﷲ ފޮނުއްވި ރަސޫލެއްގެ ގޮތުގައި ކަމެވެ. އެކަލާނގެ ބާވާލެއްވި ފޮތަކައިގެން އުފާވެރި ޚަބަރު ދެއްވާ އަދި އިންޒާރު ދެއްވާ ބޭކަލެއްގެ ގޮތުގައި ކަމެވެ. އެހެންވެ އެކަލޭގެފާނު ﷲ ގެ ރިސާލަތު ފޯރުކޮށްދެއްވައި ނަސޭހަތް ދެއްވީ ކަމަށެވެ. މިކަން ގަބޫލުކޮށްފިނަމަ އެއީ ދުނިޔެއާއި އާޚިރަތުގައި ނަސީބު ކަމެވެ. ގަބޫލު ނުކޮށްފިނަމަ ﷲ ގެ ޙަޟްރަތުން މިކަމުގައި ފައިސަލާ ކުރައްވަންދެން އެކަލޭގެފާނު ކެތް ކުރައްވާނެ ކަމަށެވެ.

މިހިސާބުން ވެސް އެއުރެންނަށް ކާމިޔާބެއް ނުލިބުމުން ދެން ބޮޑުބޭބޭފުޅު އަބޫ ޠާލިބު ފޮނުވައި ޤުރައިޝުންގެ ފަރާތުން އެދިވަޑައިގަތީ ހަމަ އިސްލާމީ ދަޢުވަތު ހުއްޓަވައިދެއްވުމަށެވެ. ނަމަވެސް ރަސޫލާ ޖަވާބު ދެއްވެވީ މިކަންތައް ދޫކޮށްލަން އެދިގެން އެމީހުން އެކަލޭގެފާނުގެ ކަނާތްޕުޅުގައި އިރު ގެނެސް ބަހައްޓައި ވައަތްޕުޅުގައި ހަނދު ގެނެސް ބެހެއްޓި ކަމުގައި ވިޔަސް ހުއްޓާނުލައްވާނެ ކަމަށެވެ. އޮތީ ރިސާލަތު ފާޅުވެ ފެތުރެންދެން ނުވަތަ އެކަލޭގެފާނު ހަލާކުވެވަޑައިގެން ދަންދެން އެގޮތުގެ މަތީ ދެމިހުންނެވުން ކަމެވެ.

މިހިސާބުން ވެސް އެއުރެންނަށް ކާމިޔާބެއް ނުލިބުމުން ދެން ބޮޑުބޭބޭފުޅު އަބޫ ޠާލިބު ފޮނުވައި ޤުރައިޝުންގެ ފަރާތުން އެދިވަޑައިގަތީ ހަމަ އިސްލާމީ ދަޢުވަތު ހުއްޓަވައިދެއްވުމަށެވެ. ނަމަވެސް ރަސޫލާ ޖަވާބު ދެއްވެވީ މިކަންތައް ދޫކޮށްލަން އެދިގެން އެމީހުން އެކަލޭގެފާނުގެ ކަނާތްޕުޅުގައި އިރު ގެނެސް ބަހައްޓައި ވައަތްޕުޅުގައި ހަނދު ގެނެސް ބެހެއްޓި ކަމުގައި ވިޔަސް ހުއްޓާނުލައްވާނެ ކަމަށެވެ. އޮތީ ރިސާލަތު ފާޅުވެ ފެތުރެންދެން ނުވަތަ އެކަލޭގެފާނު ހަލާކުވެވަޑައިގެން ދަންދެން އެގޮތުގެ މަތީ ދެމިހުންނެވުން ކަމެވެ.

މިހިސާބުން ޤުރައިޝުންގެ އަނިޔާތައް ނުވަތަ ނުބައިކަން ވަކިން ބޮޑުވެގެން ދިޔަ އެވެ. އެހެންނަމަވެސް ނުބައިކަން ކިތަންމެ ބޮޑުވިޔަސް އަދި މިކަން ކިތަންމެ ދިގު މުއްދަތަކަށް ދިޔަސް މިކަމަށް އަލިވިލޭނެ ދުވަހެއް އަންނާނެކަން ޔަގީނެވެ. ކައުނުގައިވާ އިލާހީ ޤާނޫނަކީ އެއީ އެވެ. (އާލްޢިމްރާން 140). މިގޮތުން މުޝްރިކުންގެ އަނިޔާވެރިކަމާއި ދުއްތުރާތައް ބޮޑުވެ ދީން ފެތުރުމަށް އޮތް މަގުތައް ބަންދުވާން ކައިރިވުމުން މި ނުބައިކަމުން މިންޖުވެ ހެޔޮ ކަމުގެ މަގަށް އާދެވޭނެ ގޮތެއް ކަމުގައި ވެގެން ދިޔައީ ހިޖުރަ އެވެ. އެހެންނަމަވެސް މިހާ ހިސާބުންވެސް މުޝްރިކުންގެ ނުބައިކަން ހުއްޓާ ނުލައި މަކަރުވެރި ރޭވުންތައް ރާވައި ހިންގަން ފެށި އެވެ. ނަމަވެސް ރަސޫލާ އާއި އަޞްޙާބުންގެ ވަރުގަދަ އަޒުމާއި ފިދާވުމާ އެކު މުޝްރިކުންގެ ނުބައި ރޭވުންތައް ﷲ ނާކާމިޔާބު ކުރެއްވެވި އެވެ. މިކަމުގައި ޢަލީގެފާނާއި އަބޫބަކުރުގެފާނާއި އަބޫބަކުރުގެފާނުގެ ޢާއިލާގެ ބޭފުޅުން މުހިންމު ރޯލެއް އަދާކުރެއްވެވި އެވެ. އީމާންކަމުގެ ނަތީޖާއެއްގެ ގޮތުން ﷲ ގެ ނަޞްރު ލިބުނެވެ.

މަދީނާގައި ތިބި މުސްލިމުން ތިބީ މުހާޖިރުންނަށް ނަޞްރު ދޭން އިންތިޒާރުގަ އެވެ. އަލިކަމާއި ނޫރުގެ ހަނދު ފާޅުވުމުގެ އުންމީދުގަ އެވެ. މި އުންމީދާއި އިންތިޒާރަށް ފަހު ކީރިތި ނަބިއްޔާ އާއި އަޞްޙާބުންނަށް އަންޞާރުން މަރުހަބާ ކީ އުފަލާ އެކު އެވެ. މާތްނަބިއްޔާގެ އަތްޕުޅުގައި ބީހިލައި މުޞާފަޙާ ކޮށްލުމުގެ ޝަރަފު ހޯދުމަށް ތައްޔާރުގަ އެވެ. އުފާވެރިކަން ފާޅު ކުރުމަށްޓަކައި "ޘަނިއްޔާތުލް ވަދާޢުން ހަނދު ފާޅުވެއްޖެ" ކަމުގެ ނަޝީދީ ލަވަ ތަކުރާރު ކުރުމުގަ އެވެ.

މަދީނާގައި ތިބި މުސްލިމުން ތިބީ މުހާޖިރުންނަށް ނަޞްރު ދޭން އިންތިޒާރުގަ އެވެ. އަލިކަމާއި ނޫރުގެ ހަނދު ފާޅުވުމުގެ އުންމީދުގަ އެވެ. މި އުންމީދާއި އިންތިޒާރަށް ފަހު ކީރިތި ނަބިއްޔާ އާއި އަޞްޙާބުންނަށް އަންޞާރުން މަރުހަބާ ކީ އުފަލާ އެކު އެވެ. މާތްނަބިއްޔާގެ އަތްޕުޅުގައި ބީހިލައި މުޞާފަޙާ ކޮށްލުމުގެ ޝަރަފު ހޯދުމަށް ތައްޔާރުގަ އެވެ. އުފާވެރިކަން ފާޅު ކުރުމަށްޓަކައި "ޘަނިއްޔާތުލް ވަދާޢުން ހަނދު ފާޅުވެއްޖެ" ކަމުގެ ނަޝީދީ ލަވަ ތަކުރާރު ކުރުމުގަ އެވެ.

އެހެންކަމުން މިއީ ނުބައިކަމުގެ މައްޗަށް ހެޔޮކަން ކާމިޔާބު ހޯދުމުގެ މުހިންމު ދަތުރެކެވެ. ދަތުރު ފެށުނީ މި ހިސާބުންނެވެ. މައްކާގެ މުޝްރިކުންގެ ނުބައިކަމުން މިންޖުވާން އެމީހުންނާ ދުރަށް އާދެވުމުންނެވެ. އަދި ހަނގުރާމަ ފަރްޟު ކުރެވުމުން މި ނުބައިކަމަށް ރައްދު ދޭން ފުރުސަތު ލިބިގެން ދިއުމުންނެވެ. މިގޮތުގައި އަށެއްކަ އަހަރުގެ ބުރަ ޖިހާދު ވޭތުވެ ދިއުމަށް ފަހު ކާމިޔާބުގެ ދަތުރު މުޅިން ނިމިގެން ދިޔައީ މައްކާ ފަތަޙަވީ ހިސާބުންނެވެ. މުޝްރިކުންގެ ނުބައިކަން އެހިސާބުން މުޅިން ހުއްޓިގެން ދިޔަ އެވެ. ވީމާ ހިޖުރައިގެ ދަތުރު ވެގެން މިދިޔައީ ނުބައިކަމުގެ މައްޗަށް ހެޔޮކަން ކާމިޔާބު ހޯދި ވަރަށް މުހިންމު ތާރީޚީ ހާދިސާ އަކަށެވެ. ނަމަވެސް މީގެ މާނަ އަކީ ދުނިޔެ އިން ނުވަތަ އިސްލާމީ އުންމަތުން ނުބައިކަން މުޅިން ފޮހެވިގެން ދިއުމެއް ނޫނެވެ. ނުބައިކަމުގެ މައްޗަށް ކިތަންމެ ފަހަރަކު ކާމިޔާބު ހޯދިޔަސް އަނެއްކާ އަލުން އެހެން ސިފައެއްގައި އެކަން ފާޅުވާނެ އެވެ. ނަމަވެސް އެއާ އިދިކޮޅަށް މަސައްކަތް ކުރަމުން ދާހާ ހިނދަކު އަބަދުވެސް އާޚިރުގައި ކާމިޔާބު ހޯދާނީ ހެޔޮކަމެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 10%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454