ލައިފްސްޓައިލް / ވެކްސިން

ކޮވިޝީލްޑްގެ ފަހަތުގައި ހުރި އާދާރް ޕޫނާވާލާ

ސިއްހީ ދާއިރާގެ ހިދުމަތްތެރިންގެ ވާހަކަ އެންމެ ބޮޑަށް ދެކެވޭނީ މިހާރު މި ލައިގަނެގެން އުޅޭ ކަހަލަ ބަލިމަޑުކަމަކާ ގުޅިގެންނެވެ. މިދިޔަ އަހަރު ކޮވިޑް ބަލީގެ ވާހަކަ ދެކެވެމުން ފެށުމާ އެކު އިންޑިއާގައި އެ މީހެއްގެ ވާހަކަ އެންމެ ބޮޑަށް ދެކެވޭ އެކަކީ އާދާރު ޕޫނަވާލާ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު މިހާރު އޮތް މިންވަރާއި މުޅި ދުނިޔެ އަށް ވެސް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް ކުރެވޭ މަސައްކަތްތަކަށް ބަލާ އިރު އެ މަސައްކަތް ގުޅެނީ އާދާރްއާ އެވެ. އޭނާ އަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގެ ސީއީއޯ އެވެ. އެތަނަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އިންސްޓިޓިއުޓެވެ.

ގިނަ ގައުމުކުގައި މިހާރު ޖަހަމުން އަންނަ ކޮވިޑް ވެކްސިންގެ ތެރޭގައި ހިމެނޭ އޮކްސްފޯޑް-އެސްޓްރަޒެނިކާގެ ކޮވިޑް ކޮވިޝީލްޑަކީ ސީރަމް އިންސްޓިޓިއުން އުފައްދާ އެއްޗެކެވެ. ކޮވިޑާ އެކު ސީރިއަމްގެ މަސައްކަތްތައް އެރައް ގުނަ އިތުރުވެ، ދިމާވެފައިވާ ގޮންޖެހުންތައް ވެސް ބޮޑެވެ. އޭގެ ތެރޭގައި ވެކްސިންގެ ސަޕްލައި ވެއްޓިޔަ ނުދީ ހިފަހެއްޓުމާއި ހެޔޮ އަގެއްގައި ވެކްސިން ފޯރުކޮށް ދިނުމާއި މަސައްކަތަށް ގެންނަން ޖެހުނު ހަލުވި މިނާ އެކު ސީރިއަމް އިންސްޓިޓިއުޓަށް ދިމާވެފައިވާ ގޮންޖެހުން ބޮޑެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މުވައްޒަފުންތަކެއް މަރުވެފައިވެ އެވެ. އަނެއްކޮޅުން ވެކްސިންގެ އަގާއި ސަޕްލައިއާ ގުޅިގެން އާދާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކު އޭނާ އަށް ވެސް ނުރައްކާ އެބައޮތެވެ. މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އާދާރަށް އެކި ކަހަލަ އިންޒާރުތައް ވެސް ދެމުންދާތީ އޭނާ އަށް ސެކިއުރިޓީދޭން ވެސް ވަނީ ނިންމައިފަ އެވެ.

އުމުރުން 40 އަހަރުގެ އާދާރާކީ އިންޑިއާގެ ޕޫނޭގެ ބިޝޮޕްސް ސްކޫލާއި އިނގިރޭސިވިލާތުގެ އެސްޓީ އެޑްމަންޑްސް، ކެންޓަބަރީގެ އިތުރުން ވެސްޓްމިންސްޓާ ޔުނިވަސިޓީން ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. އޭނާ ސީރިމް އިންސްޓިއުޓްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2011 ގަ އެވެ. ކުރިން އެތަނުގެ އިސްވެރިއަކަށް ހުންނެވީ އާދާރްގެ ބައްޕަ ސައިރަސް ޕޫނަވާލާ އެވެ. އޭނާ އަކީ ޕޫނަވާލާ ގްރޫޕްގެ ޗެއާމަނެވެ.

ސައިރަސްގެ މިލްކިއްޔާތު 11.5 ބިލިއަން ޑޮލަރަށް އަރަ އެވެ. ދެހާސް ބާރަ ވަނަ އަހަރު ސީރިއަމް އިންސްޓޓިއުޓުން ނެދަލެންޑްސްގެ ވެކްސިން އުފައްދާ ސަރުކާރުގެ ކުންފުނި ބިލްތޮވެން ބައޮލޮޖިކަލްސް ގަތުގައި އެންމެ އިސް ރޯލެއް އަދާކުރެއްވީ އާދާރެވެ. އޭނާ އަކީ ދުނިޔޭގެ ވެކްސިން އެލައިންސް ގަވީގެ ބޯޑް މެމްބަރެއް ވެސް މެ އެވެ.

އާދާރު އަކީ ސައިރަސްގެ ހަމައެކަނި ދަރިފުޅެވެ. ދެ ދަރިން ތިބި އާދާރު އާއި ނަތާޝާ ޕޫނަވާލާ ކައިވެނިކުރެއްވީ 2006 ގަ އެވެ. އޭނާ އަކީ މިހާރު ސީރަމް އިންސްޓިޓިއުޓްގެ އެކްޒެކެޓިވް ޑިރެކްޓަރެކެވެ.

ވެކްސިން އުދައްފާ އެންމެ ބޮޑު ކުންފުނީގެ ވެރިޔާގެ ހައިސިއްޔަތުން އާދާރުގެ ބޮލުގައި އެޅިފައިވާ ޒިންމާތައް ވަރަށް ބޮޑެވެ. އޭނާ ގެންދަވަނީ އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރެވޭތޯ ބަލަމުންނެވެ. އެއާ އެކު ވެސް އޭނާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ޕްރެޝަރުތައް ބޮޑެވެ.

ދާދި ފަހުން އެންޑީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އާދާރް ވިދާޅުވީ ކޮވިޝީލްޑްގެ އިތުރުން ވެސް ކޮވިޑްގެ އިތުރު ވެކްސިންތަކަށް ސީރިއަމް އިންސްޓިޓިއުޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މި އަހަރުގެ ތެރޭގައި އެކަން ވެސް ކާމިޔާބުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454