ކުޅިވަރު / މަހިންދަ ރާޖަޕަކްސަ ޓްރޮފީ

ރިކުއެސްޓެއް: އަޝްފާގު ނުލައި ލަންކާއާ ދެކޮޅަށް ކުޅެފާނަންތަ؟

ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ): ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ސަލާމަށް ހުއްޓި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު ސްރީ ލަންކާގައި ފަށާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ލަންކާގެ މީޑިއާގައި ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވެ އެވެ. އޭނާގެ މޮޅުކަމުގެ ވާހަކަ އާއި އިދިކޮޅު ޓީމަށް ކުރާ ނުރައްކަލުގެ ވާހަކަ އެވެ. މި ވާހަކަތަކުގެ ތެރެއިން ގޮސް، މިރޭ ލަންކާ އާއި ރާއްޖެ ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ރާއްޖޭގެ ކޯޗް ފްރެންޗިސްކޯ މޮރިއޭރޯގެ ފަރާތުން ލަންކާގެ ނޫސްވެރިޔަކު އެދުނީ އަޝްފާގް ނުހިމަނައި ލަންކާއާ ދެކޮޅަށް ކުޅެވިދާނެތޯ އެވެ.

"ސުވާލެއް ނޫން އޮތީ ރިކުއެސްޓެއް،" ސުވާލުކުރަން ދިން ފުރުސަތުގައި ނޫސްވެރިޔާގެ ވާހަކަ ފެށި އެވެ. "އަލީ އަޝްފާގް ވަނީ ލަންކާއާ ދެކޮޅަށް އޭނާ ކުޅުނު ކޮންމެ މެޗެއްގައިހެން ލަނޑު ޖަހާފައި. އޭނާ ނުހިމަނައި މެޗު ކުޅެވޭނެ ގޮތެއް އެބައޮތްތަ؟."

ނޫސްވެރިޔާގެ ވާހަކައިގައި ސަމާސާ ރާގެއް ހުއްޓަސް އެ ވާހަކަ އަކީ ލަންކާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް މުހިންމު ވާހަކައަަކަށް ވެދާނެ އެވެ. ލަންކާގެ ފުޓްބޯޅައިގެ ތާރީހުގައި އެ ގައުމުގެ ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ބޮޑު އަހުވައެއް ދައްކާލި ކުޅުންތެރިޔަކީ އަޝްފާގެވެ. އިންޓަނޭޝަނަލް ފުޓްބޯޅައިގައި އެއް މެޗެއްގައި ދެ ހެޓްރިކް ހެދި ކުޅުންތެރިޔާ އަށް އަޝްފާގްވީ ލަންކާ ކޮޅަށް އޭނާ އެއް މެޗުގައި ޖެހި ހަ ލަނޑުންނެވެ.

އަޝްފާގް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސާފް ޗެމްޕިއަންޝިޕް 2013 ގައި ރާއްޖެއިން، 10-0 އިން ލަންކާ ބަލި ކުރި އެވެ. އެ މެޗުގައި އަޝްފާގް ހަ ލަނޑު ޖެހި އެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ވެސް ލަންކާ ބަލިކުރަން ރާއްޖެ އަށް ލަނޑު ޖަހައިދިނީ އަޝްފާގެވެ. އަޝްފާގް ނެތި ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު މެޗަކީ 2018 ގެ ސާފް ޗެމްޕިއަންޝިޕް ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.

ނޫސްވެރިޔާ ކުރި ކޮމެންޓް މޮރިއޭރޯގެ އިޓަލީގެ އެހީތެރިޔާ އޭނާ އަށް އިޓަލީ ބަހުން ތަރުޖަމާކޮށް ދިނުމުން މޮރިއޭރޯ ފެށީ ހޭށެވެ. ދެން އޭނާ ބުނީ އަޝްފާގް ނުހިމނައި މެޗު ކުޅުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ލަނޑު ޖަހާ ވާހަކަ އަޝްފާގް އަބަދުވެސް ދައްކާ ކަމަށް މޮރިއޭރޯ ބުންޏެވެ.

"އަލީ އަޝްފާގް އަހަރެން ކައިރީ ތަކުރާރުކޮށް ބުނާނެ؛ ހާސް ނުވާށޭ އަހަރެން ލަނޑު ޖަހާނަމޭ. އަހަރެން ލަނޑު ޖަހާނަމޭ. އަހަރެން ލަނޑު ޖަހާނަމޭ. އެކަމަކު އަހަރެމެން ޓީމުގައި ލަނޑު ޖަހާ ކުޅުންތެރިޔަކަށް ހުރީ އޭނާ އެކަންޏެއް ނޫން. ލަނޑު ޖަހާ މޮޅެތި ކުޅުންތެރިން އެބަތިބި. އަލީ އަޝްފާގް ލެވަލްގެ ކުޅުންތެރިއަކު އެއް މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ އާދައިގެ ކަމެއް. އޭނާ ލަނޑު ޖަހައިގެން ވެސް މޮޅު ވާނީ ޓީމު."

އަޝްފާގް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މޮރިއޭރޯ ބުނީ އަޝްފާގާއި ސީނިއާ އެހެން ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިން ތަރައްގީކުރުމަށް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. ރާއްޖޭގެ ޓީމާ އެކު މޮރިއޭރޯ މަސައްކަތް ކުރާތާ ވީ ދެހަފުތާ އެވެ. އޭނާ ބުނީ މުބާރާތަށް ކުރިމަތިލީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:30 ގަ އެވެ. ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅޭ މެޗު ބަލަން ދަނޑަށް ވަނުމަށް ޓިކެޓް ގަތުމުގެ އިންތިޒާމު ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީ ސޯސަންވިލާގައި މިއަދު ވެސް ވަނީ ލަންކާގެ ފުޓްބޯޅަ ފެޑްރޭޝަނުން ހަމަޖައްސައިފަ އެވެ. ކުރިން 5000 ރުޕީސް އަށް ވިއްކި ޓިކެޓް ރާއްޖޭގެ ސަރުކާރުން އެދުމުން މިހާރު ވަނީ 3000 ރުޕީސް އަށް ހެޔޮކޮށްފަ އެވެ.

މާލޭގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗު ބެލޭނެ އިންތިޒާމް މިރޭ އަލިމަސް ކާނިވަލުގައި ހަމަޖައްސާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

13 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 11%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްފާނު

08 November 2021

އަޝްފާގަކީ މި ރާއްޖޭ ދުއް އެންމެ މޮޅު ކުޅުންތެރިޔާ. އެހެންނަމަވެސް މިހާރަކު އަޝްފާގަކަށް ކުރިން އެ ކުޅޭ ކުޅުން ނުކުޅެވޭނެދޯ އުމުރުން ދުވަސްވީމަ. މީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. އަޝްފާގަށް ޑިޕެންޑްވެގެން ޓީމު ބައްޓަންކުރާކަށް ނުޖެހޭނެ މިހާރަކު

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

08 November 2021

ދަގޭ ނުލާ 11 ހަމައެއްނުވާނެ. 12 ވަނަ ކުޅުންތެރިޔާވެސް އުންމީދުކުރޭ ދަނޑުމަތިން އޭނާ ފެންނަން.

The name is already taken The name is available. Register?

މެސީ ބައްޕަ

08 November 2021

އިނގިރޭސިވިލާތާއި ރާއްޖެ މީ ކުޅުންތެރިން ޕްރޮމޯޓްކުރަން ވަރަށް މޮޅުބައެއް.. ކުޅުންތެރިންގެ ގައިގައިނެތް ފެންވަރުލިޔެ ކުޅުންތެރިޔާއަށް ކުޅުންތެރިޔާވެސް އޮޅުވާލަނީ.. މިހާރުވެސް އިނގިރޭސި މީޑިޔާއަކުން ނުކިޔާނެ ކޭންއަށް ގޯލެއްނުޖެހޭތާ 13 މެޗް ދިޔަވާހަކައެއް.. ރާއްޖޭގައިވެސް ހަމަ އެހެން.. މެސީ އާއި ރޮނާލްޑޯއަށްވުރެ ރާއްޖެކުޅުންތެރިން މޮޅު... ދެން ތިބޭނީ މޮޅެތި ކޯޗުން.. ޓީމެއް ދީފިއްޔާ ޙަލާކުކޮއްލާނެ...

The name is already taken The name is available. Register?

ޟފހ5

08 November 2021

އަޝްފާޤަކީ މިހާރު މުސްކުޅި ކުޅުންތެރިއެއް. ސްޕީޑެއް ވެސް ނެތް. އެންމެ ފަހު މުބާރާތުން ކެޓުމުގައި ވެސް އޭނާ ބަދަލު ނުކޮށް ދަނޑުމަތީ ބެހެއްޓުމުގެ ހިތި ފެނުނު. މިހާރު ދެން އާ ޖީލަށް ފުރުސަތު ދޭންވީ!

The name is already taken The name is available. Register?

އައްޔަ ޔަގެެ

08 November 2021

މުސްކުޅިނުވާނެ މީހަކު ނުހުންނާނެ ކުރިކަމެއްކުރީ އަސްފާގު އެމުބާރާތުގަވެސް އެއްޗެހި ނުކިޔާ ރެސްޕެކްޓް ކުރޭ.

The name is already taken The name is available. Register?

ޢަރުތަ

08 November 2021

އާޖީލެއް ސަލާމަތުން އޮވެގެންތާ، އާޖީލު އުޅެނީ އެހެން ކުޅިގަނޑެއް ނުކުޅެވިގެން ވިއްޔަ.........

The name is already taken The name is available. Register?

ޕަންޕަން

08 November 2021

ދަގަނޑޭ މޮޅު އެހެނަސް މިހާރު އޭނައައްވުރެން މޮޅު އެހެން މީހުން އެބަތިބި

The name is already taken The name is available. Register?

މެޗްތައް ބަލާފަ ކޮމެންޓްކުރޭ

08 November 2021

ނަން ބުނެލަބަލަ. އަދިވެސް ނެތް އެފެންވަރުގެކުޅުން ތެރިއެއް.

The name is already taken The name is available. Register?

ޒިމްޒިމް

08 November 2021

ރާއްޖެއަކު އަދި ނެތް.. ހިތާމަ އަކީ ދެވަނަ ދަގަނޑޭތަކެއް އުފެއްދިފައި ނެތުން...

The name is already taken The name is available. Register?

އަައްޔަޔަގީން

08 November 2021

އަސްފާގު އެކަނިތހަ ކުޅުނީ އަޅެ ޖޭވިޔަސް ބޮދުވަރު

The name is already taken The name is available. Register?

ހަރުމަނިޔާ

08 November 2021

ހޫނ އެއްކަލަ މޮޅެތި ނޫސްވެރިން ކަރާ ފަޅަން ފެށީ. އަނގައިން މި މީހުން ރާއްޖެ ކުޅުންތެރިން އެއްވަރު ކުރާނެ މެސީމެން ޑިނިއޯމެންނާ.

The name is already taken The name is available. Register?

ޝަހޫ

08 November 2021

ކަލޯ ދިވެހި ކޮންމެ ކުޅުންތެރިޔަކީ އަހަރަމެންގެ ޑީނިއޯ. ހާއްސަކޮށް އަލީ އަޝްފާގް އަކީ.. ކަލޭ ޓީވީ އިން ޔޫރޮޕް މެޗު ބަލަން ހުރޭ

The name is already taken The name is available. Register?

ޝޯމޭން

08 November 2021

ބަލަ އެވެސް އިންސާނުންނެއްނު. އަން ރެކޮގްނައިޒްޑް ޓެލެންޓަކީ ވަރަށް ކޮމަން އެއްޗެއް. މަޝްހޫރު ވިޔަކަސް އޭގެމާނަޔަކީ އެމީހަކީ ދުނިޔޭގަހުރި އެންމެ މޮޅުމީހާއެކޭ ނޫން. ދިވެހިންގެ ތެރޭގަވެސް މޮޅުމީހަކުއުޅެދާނެ. މެލޭޝިއާގެ ޕީޑީއާރް އެމްގަ އަޝްފާގު ހުރި އިރެއްގަ ޓޮޓެންހަމްއާ އެއްކޮށް ކުޅެ 2-1 ބަލިވީ. ލަދުވެތި ނަތީޖާއެއްނޫން ދޯ ކޭން އަދި އަޝްފާގު ގެ ކުރިމަތިލުމަކަށް. އިނގޭތޯ މިފަހުން ސަލާހު ތިބުނާ ޑީނިއޯ އަށް މިފަހުން ހަދާލި ގޮތް؟ 5-0. ލަދުންބޯހަލާކެއްނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454