މާލެ: 6 ސެޕްޓެމްބަރު 2016، އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި މިރޭ ލާއޮސްއާ ދިވެހިރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން، މިމެޗު 4-0 ގެ ނަތީޖާައަކުން ކާމިޔާބުކުރީ ދިވެހިރާއްޖެ--. ފޮޓޯ:ނިޝާން އަލީ/މިހާރު
05 ޖެނުއަރީ 2017 - 10:30
ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަ ކަޕް (ޕޮމިސް ކަޕް) ގައުމީ ޓީމުތަކަށް ހާއްސަކޮށްގެން އަލުން ފަށަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އާ ސީޒަނުގެ ކަލަންޑަރު އިއުލާން ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޕޮމިސް ކަޕް އަލުން ފެށުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި އޮތީ ދެ އަހަރުން އެއް އަހަރު ކަހަލަ ގޮތަކަށް ގައުމީ ޓީމަށް ހާއްސަ ކޮށްގެން ޕޮމިސް ކަޕް ބާއްވަން،" ބައްސާމް ވިދާޅުވި އެވެ. "ސާފް ޗެމްޕިއަންޝިޕް ސްޓައިލަށް ބާއްވާނީ. އެކަމަކު ވިސްނަނީ މި ސަރަހައްދުގެ ޓީމުތަކަށް ނޫން."
ބައްސާމް ވިދާޅުވީ އަންނަ އަހަރު މުބާރާތް ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށާއި މުބާރާތުގެ އިންތިޒާމް ކަންކަން ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"އަންނަ އަހަރުގެ ޖޫން މަހުގައި ބޭއްވޭތޯ މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން މި މުބާރާތުގެ ކަންތައްތައް ކުރިޔަށްގެންދާނީ ބޭރުގެ ކުންފުންޏަކާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ކަަލަންޑަރުގައި ޕޮމިސް ކަޕް ނުހިމެނީ މިއީ ގައުމީ ޓީމަށް ބާރުބޮޑު އަހަރަކަށްވާތީ ކަމަށާއި އަދި ރަނގަޅު ޕްލޭނަކާ އެކު މުބާރާތް ފެށުމުގެ ވިސްނުން އޮތުމުން ކަމަށް ބައްސާމް ވިދާޅުވި އެވެ.
ޕޮމިސް ކަޕަކީ ރާއްޖޭގެ ގަދަ ހަތަރު ޓީމާއި ބޭރުގެ ދެ ކްލަބަކަށް ދައުވަތު ދީގެން 1987 ވަނަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. އެ މުބާރާތުގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ބޮޑު ފައިދާތަކެއް ކުރިއިރު 2003 ވަނަ އަހަރުގެ ފަހުން މުބާރާތް ބާއްވާފައެއް ނުވެ އެވެ. އޭގެ ފަހުން އެފްއޭއެމުން 2015 ވަނަ އަހަރު އެ މުބާރާތް އަލުން ފެށީ ޕީޕަލްސް އިންވިޓޭޝަނަލް ސޮކާ ކަޕުގެ ނަމުގަ އެވެ. އަދި އޭރު ނިންމާފައި އޮތީ ޕޮމިސް ކަޕް ގައުމީ ޓީމުތަކަށް ދައުވަތު ދީގެން ބޭއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
05 January 2017
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގެ ޕްލޭން ހަދަން ރާއްޖޭންބޭރު ކަމުގެ ތަޖުރިބާހުރި ބަޔަކާ ހަވާލު ނުކުރީ ދިވެހިންނަށްވެސް ހެދޭނެޔޭ ކިޔާފަ. މިހާރު މިކިޔަނީ ޕޮމިސްކަޕް ކުރިއަށްގެންދަން ބޭރު ބަޔަކާ ހަވާލުކުރާ ވާހަކަ. ބައްސާމު މެންނަށް 2 ފަހަރު އެކައްޗެކޭ ކިޔަން ހަމަ ނޭންގެނީތަ؟
ހައިދަރު
05 January 2017
ކޮއެފުޅާ އަންނައަހަރު ޖޫންގަ ވޯލްޑްކަޕްވެސް އޮތީ...ވިސްނާލާގެން ތިޔަވަރު ކަމަކާއުޅޭތި