13 އެޕްރީލް 2017 - 00:06
އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީއާ 2-2 އިން އެއްވަރުކޮށް ތާވަލުގެ ދެ ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް އެރިއިރު، ވިކްޓަރީއަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ހަތް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ދެ ވަނައިގައި ޓީސީ އޮތްއިރު އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ތިން ވަނައިގައި އޮތީ މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 3-0 އިން މޮޅުވި ކްލަބް އީގަލްސް އެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ.
ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ދެ މެޗުން އެއްވަރުވެ ވިކްޓަރީ އޮތީ ދެ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ވެލެންސިއާ އޮތީ އެއް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ބޮޑު ހަރަދެއްކޮށް ސީޒަނާ ކުރިމަތިލީ ވިކްޓަރީން ސީޒަން ނުފެށެނީސް ކޯޗު ބަދަލުކުރިއިރު އާ ކޯޗު އަލީ ސުޒޭނާ އެކު މިހާރު ވަނީ މަޑުމަޑުން ހަމަޔަކަށް އެޅެން ފަށައިފަ އެވެ. ކުރީ މެޗުތަކާ ހިލާފަށް ވިކްޓަރީ މިރޭ ފެނުނީ އިތުބާރާ އެކު ކުޅުނު ތަނެވެ. ހާއްސަކޮށް މެދުތެރެއިން ރަނގަޅު ބޯޅަތަކެއް އުފައްދައި ކުރިއަށް ފޯރުކޮށްދިނެވެ.
މިރޭގެ މެޗުގައި ލީޑު ނަގަން ޓީސީ އަށް 26 ވަނަ މިނެޓުގައި ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއިން ވިކްޓަރީގެ މުހައްމަދު ސާގިބް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ، ޓީސީގެ މިސްރު ޑިފެންޑަރު އީސާ އަލް މަގްރަބީ ޖެހުމުން ދިޔައީ ބޭރަށެވެ.
މެޗުގެ ލީޑު ނެގީ 34 ވަނަ މިނެޓުގައި ވިކްޓަރީންނެވެ. އަހުމަދު ނިޔާޒް ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލީ ކެރިޗް އަންދްރޭ އެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޓީސީގެ ނާއިޒް ހަސަން (ދާދު) ފޮނުވާލި ބާރު ޝޮޓް ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް ކޯނަރަކަށް ބޭރުކޮށްލި އެވެ. އެ ކޯނަރުން މުހައްމަދު ސާމިރު ހުރަސްކޮށްލި ބޯޅަ ދާދު ވަނީ ބޮލުން ގޯލް ތެރެއަށް ވައްދާލައިފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ވިކްޓަރީއަށް އަލުން ލީޑު ނަގައިދިނީ ވެސް ކެރިޗެވެ. މުސްތަފާ ސެޑިކް ނަގައިދިން ހުރަސް ކެރިޗް ގޯލަށް ވައްދާލީ އޭރިއާ ތެރެއިން ޖަހަ އެވެ.
ދެ ވަނަ ހާފުގައި ޓީސީގެ ކޯޗު މުހައްމަދު ނިޒާމާއި އޮފިޝަލުން ވަނީ ރެފްރީ އަބްދުﷲ ޝާތިރުގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ވިކްޓަރީގެ ލީޑާ އެކު ޓީސީން އެޓޭކްތައް ވަރުގަދަކުރަން ފެށިއިރު އެ ޓީމުގެ ސްޓެވާޓް އޭރިއާ ތެރެއިން ނުރައްކާތެރި ދެ ބޯޅައެއް ފޮނުވާލި އެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ. ޓީސީއަށް އެންމެ ފަހުން ހަމަނޭވާއެއް ލެވުނީ 84 ވަނަ މިނެޓުގައި އެ ޓީމުގެ އިބްރާހިމް މަހުދީ (އިއްބެ) އަށް ވިކްޓަރީގެ ރިލުވާން ވަހީދު (ރިލޭ) އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިނުމުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ސްޓެވާޓް ޓީސީއަށް އެއްވަރުކޮށްދިނެވެ.
މެޗު ނިމިނިމި އޮއްވާ ވިކްޓަރީއަށް އަލުން ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެއިން އެ ޓީމުގެ ކެރިޗަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ލަސްކުރުމުގެ ނަތީޖާއަކަށްވީ ޓީސީގެ ޑިފެންޑަރު އޭރިއާ ތެރެއަށް ޖަމާވެ އެ ބޯޅަ ބްލޮކްކުރުމެވެ. ދެ ވަނަ ފަހަރަށް އިސްމާއިލް އީސާ އަށް ލިބުމުން އޭނާ ޖެހި ބޯޅަ ވެސް ބްލޮކްކުރި އެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މެޗަށް ފަހު ވެސް ރެފްރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ މި ލެެވެލްގެ މެޗަކަށް ނުކުންނަން ޖެހުމުން ރެފްރީ މެޗު ފެށިއިރު ވެސް ހުރީ ޕްރެޝަރުގައި ކަމަށް ބެލެވޭ ކަމަށާއި ކްލަބްތަކުން ބޮޑު ހަރަދުކޮށް ނުކުންނައިރު ރެފްރީން ވެސް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
"ކުރީ މެޗެއްގައި ފެނުނު ހަތަރު ރެފްރީން ހަތަރު ކުލައިގެ ޖާޒީގައި މެޗަށް ނުކުތްތަން. މިކަމުން ވެސް އެނގޭ ރެފްރީންގެ ސީރިއަސްކަން ހުރި މިންވަރު. ކްލަބްތަކުން ވަރަށް ބޮޑަށް ތައްޔާރުވެގެން ނުކުންނައިރު ރެފްރީން ވެސް އެބަޖެހޭ އެ ލެވެލަށް ތައްޔާރުވާން،" ނިޒާމްބެ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާނ!
13 April 2017
السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، އެއްވެސް އިންސާނަކައް ނުވަތަ އެއްވެސް ބަޔަކައް ދެރަ ގޮތެއްވުމަކައް ﷲ އިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ބޭނުމެއްނޫން ، ޓީސީ ސ،ކ ބާ ވިކްޓްރީ ސ،ކ އަޅާ ބަލާފަ ޓީސީ ސ،ކ މާބޮޑައްވެސް ބަލި ކަމަށް ބެލޭ މީދޮގެއްނޫން ކަން އިގޭނެ ޓީސީ ސ،ކ ބާ ވިކްޓްރީ ސ،ކ މެޗް ބަލަން ދިޔަ އިންސާނަކައް ވިއްޔާ ( މިދިވެހިރާއްޖެ ބޭނުން ވަނީ މޮޅު ކިހިނެތް ކުޅޭ ކުޅިވަރެއްތޯ ކިހިނެތް ކުރާކަމެއްތޯ ބަލާކއް ނުޖެހޭ ، ނުވެސް ބަލާ ) ( ބަލާ ވަކި ޓީމްތަކެއް ވަކި ކުޅުން ތެރިންތަކެއް އެ،އޭ،އެމް އިން ނިންމާފަ ވާކަމަށް ލަފާކުރެވޭ ) ދެރަބަހެއް ބުނާކައް ބޭނުމެއްނޫން ، މިހާރު ޓީސީ ސ،ކ ތި ކުޅޭކުޅުމުން ތިކުރާ ސަޕޯޓުން ކޯޗް ކިތައްމެ ރަންގަޅަސް ކުޅުންތެރިން ކިތަންމެ މޮޅަސް ކާމިޔާ ބަކާ ހަމަ އައް ދިއުން ވަރަށް ނާދިރު ކަމެއް މީހަމަ %100 ގެރެންޓީ ކަމެކޭ ބުނިކަމުގަ ވިޔަސް ! އިގިދާނެ ، އަޅުގަނޑު އެވެސް އިންސާނަކައް ﷲއިރާދަފުޅުކުރެއްވިއްޔާ ދެރަ ގޮތެއް ވުމަކައް ނޭދެން ، ބަލާތި އަޅުގަނޑު މިބުނި ބަހުގަ ހުރިވަރުވެސް އިގިދާނެތާ ފެނިގެންދާނެ ، إن شاء الله ، أمين ،،،،،!.
ހިޔާލު
13 April 2017
މަާ އެނގި ގަނެގެން ނޫޅެބަލަ.
އާދޯ !
13 April 2017
السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، އެއްވެސް އިންސާނަކައް ނުވަތަ އެއްވެސް ބަޔަކައް ދެރަ ގޮތެއްވުމަކައް ﷲ އިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ބޭނުމެއްނޫން ، ޓީސީ ސ،ކ ބާ ވިކްޓްރީ ސ،ކ އަޅާ ބަލާފަ ޓީސީ ސ،ކ މާބޮޑައްވެސް ބަލި ކަމަށް ބެލޭ މީދޮގެއްނޫން ކަން އިގޭނެ ޓީސީ ސ،ކ ބާ ވިކްޓްރީ ސ،ކ މެޗް ބަލަން ދިޔަ އިންސާނަކައް ވިއްޔާ ( މިދިވެހިރާއްޖެ ބޭނުން ވަނީ މޮޅު ކިހިނެތް ކުޅޭ ކުޅިވަރެއްތޯ ކިހިނެތް ކުރާކަމެއްތޯ ބަލާކއް ނުޖެހޭ ، ނުވެސް ބަލާ ) ( ބަލާ ވަކި ޓީމްތަކެއް ވަކި ކުޅުން ތެރިންތަކެއް އެ،އޭ،އެމް އިން ނިންމާފަ ވާކަމަށް ލަފާކުރެވޭ ) ދެރަބަހެއް ބުނާނޫ އެއް ނޫން މިހާރު ޓީސީ ސ،ކ ތި ކުޅޭކުޅުމުން ތިކުރާ ސަޕޯޓުން ކޯޗް ކިތައްމެ ރަންގަޅަސް ކުޅުންތެރިން ކިތަންމެ މޮޅަސް ކާމިޔާ ބަކާ ހަމަ އައް ދިއުން ވަރަށް ނާދިރު ކަމެއް މީހަމަ %100 ގެރެންޓީ ކަމެކޭ ބުނިކަމުގަ ވިޔަސް އިގިދާނެ ، އަޅުގަނޑު އެވެސް އިންސާނަކައް ﷲއިރާދަފުޅުކުރެއްވިއްޔާ ދެރަ ގޮތެއް ވުމަކައް ނޭދެން ، ބަލާތި އަޅުގަނޑު މިބުނި ބަހުގަ ހުރިވަރުވެސް އިގިދާނެތާ ފެނިގެންދާނެ ، إن شاء الله ، أمين ،،،،،!.
އިއްބެ
13 April 2017
މަރުޙަބާ ނިޒާމްބެ! ކުރިޔަށް ހުރި މެޗްތަކުންވެސް ތިޔަފަދައަށް ހިތްވަރުކުރައްވާ މޮޅުވެވޭނެ! އިންޝާﷲ! ވިކްޓްރީ ކުޅުންތެރިންގެ ޑިސިޕްލިން ފެންވަރު ވަރަށް ދަށް! އެހެންވެ އެޓީމަށް މޮޅު ނުވެވުނީ! މޮޅަށް ކުޅުނު ނަމަވެސް ކުޅުންތެރިންގެ އަޚްލާޤީ ފެންވަރު ވަރަށް ބޮޑަށް ފާހަނގަވި!
މުލޭ
13 April 2017
ވިކްޓަރީ ދެއްކި ކުޅުމަށް އައްސަރި ބަހާ ސާބަސް .ޓީސީން އުޅެނީ ކަމެއް ވާއިރަށް ކަންތައް މާ ބޮޑު ކޮށްލާގެން. ރެފްރީ ވެސް ކަނޑަ.
ސޮލާ
13 April 2017
ރެފްރީންގެ ފެންވަރު ވަރަށް ވަރަށް ދަށް. ކޮބާ ދަނޑަށް ވައްދަށް ބުނި ސަފޯޓަރުން. ޖަހަން ބުނި ގޮނޑި.