ކުޅިވަރު

ކުޅިވަރަށް ހާއްސަކޮށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

މިހާރު އެވޯޑްސް ތައާރަފްކުރުމުގެ ހަފުލާ ކުރިއަށް ދަނީ

ކުޅިވަރު ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީން އަދި އެހެނިހެން ހިދުމަތްތެރިންގެ އަގު ފުޅާ ދާއިރާއެއްގައި ވަޒަންކުރުމުގެ ގޮތުން "މިހާރު" ނޫހުން "މިހާރު އެވޯޑްސް" ގެ ނަމުގައި އެވޯޑެއް މިރޭ ތައާރަފްކޮށްފި އެވެ.

މި އެވޯޑްސް އިފްތިތާހުކުރީ ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ހާއްސަ ހަފުލާއެއްގަ އެވެ.

މި އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

ކުޅިވަރުގެ ބޮޑު އެވޯޑެއް މީގެ ކުރިން އޮތް ނަމަވެސް އެ އެވޯޑް މެދުކެނޑުމުން ކުޅިވަރު އާއިލާ އޮތީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެކަމަކު "މިހާރު އެވޯޑްސް"އާ އެކު، ކުޅުންތެރިންގެ މަސައްކަތުގެ އަގުވަޒަންކުރާނެ ކަމުގެ އުއްމީދާއި އުފާވެރިކަމުގެ ހިނިތުންވުން އަނެއްކާ ވެސް ފާޅުވާނެ އެވެ.

"މިހާރު" ގެ އޮފިޝަލަކު ބުނީ މިއީ ދިވެހި ކުޅިވަރަށް ޚިދުމަތްކޮށްދިނުމުގެ އާ މަސައްކަތެއް ކަމަށެވެ. އަދި މިދިޔަ 20 އަހަރު، ކުޅިވަރުގެ ޚާއްސަ އެވޯޑް ހަފުލާ އިންތިޒާމްކުރި، އަދި ތަޖުރިބާގެ އަލީގައި އަބަދުވެސް ކަންކަން ތަރައްގީކުރަމުން އައި ޓީމު މި ނުކުންނަނީ އާ ރޫހެއްގައި ކަމަށް ވެސް ބުންޏެވެ.

"މިހާރު އެވޯޑްސް" ގެ ޓްރޮފީ

"މި ފެށުމާ އެކު ދިވެހި ކުޅިވަރުގެ ކޮންމެ އަހަރެއް ވެސް ނިމޭނީ އުފާވެރި ރެއަކުން. ރީތި ކުލަތަކުގެ ތެރޭގައި، ދިއްކޮށްލާ، ފުރިހަމަ އެވޯޑްތަކަކުން. އާ ތަރިންތަކެއް އުފެދި، އާ އެތައް ބައެއްގެ ނަންތަކަކުން. ޚިދުމަތްތެރިންގެ މާޒީގެ ތެރެއިން ލިބޭ ފިލާވަޅުތަކަކުން،" މިހާރުން ބުންޏެވެ.

މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އެހެންކަމުން މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދޭ ކުޅިވަރު އެވޯޑަށް ވާނެ އެވެ.

"މިހާރުގެ މި ފެށުން، މިދިއަ އަހަރު ފެނުނު އުނިކަން ހަނދާނުން ފޮހެލަދޭނެ. ކުޅިވަރުގެ އެވޯޑެއް ނެތުމުން ދިވެހި ކުޅިވަރު ހުނަރުވެރިން ތިބި މާޔޫސްކަން ފިލުވާލަދޭނެ. މި ފެށުމާ އެކު "މިހާރު"ން ދެން މާޒީގެ ތެރެއަށް ދޫކޮށްލާނީ ތާރީޚާ ގުޅިގެން ދާނެ އާ ސަފުހާތަކެއް."

ފުޓްބޯޅަ، "ރަން ބޫޓު"

ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް "މިހާރުގެ ރަން ބޫޓު" ލިބޭނެ.

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

މި ބައިގައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ދެ ވަނަ އަދި އެންމެ މޮޅު ތިން ވަނަ ކުޅުންތެރިޔާ ހޮވާނެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ

މި އެވޯޑް ލިބޭނީ މުޅި ސީޒަންގައި އެންމެ މޮޅަށް ކުޅުނު 21 އަހަރުން ދަށުގެ ކުޅުންތެރިޔާ އަށް.

ވޮލީބޯލް، ފިރިހެން

މިބައިން އެވޯޑް ލިބޭނީ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ، އެންމެ މޮޅު ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާއަށް. އޭގެ އިތުރުން އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ހިމެނޭ.

ވޮލީބޯލް، އަންހެން

މި އެވޯޑްސްތައް ލިބޭނީ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން ދެވަނަ އަދި ތިން ވަނަ ކުޅުންތެރިޔާއަށް. މި ބައިން ވެސް އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ.

އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެވޯޑްސް

މިބައިގެ އެވޯޑްސްތައް ދޭނީ އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އެއްކޮށްލައިގެން. މި އެވޯޑްތައް ލިބޭނީ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ކުޅުންތެރިޔާ، އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަށް. އަންހެން ބައިގައި ވެސް ހޮވާނީ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅުންތެރިޔާ، އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ.

ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް

މި އެވޯޑް ލިބޭނީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ދިވެހި ހުނަރުވެރިންނަށް.

މުހައްމަދު ޒާހިރު ނަސީރުގެ އެވޯޑް

މިއީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ޚިދުމަތްކޮށްދޭ ފަރާތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް. އެވޯޑް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފްގައި.

އަހަރުގެ އެންމެ މޮޅު ކޯޗު

މި އެވޯޑަށް އެންމެ މޮޅު ކޯޗު ހޮވާނީ ފުޓްބޯޅަ އާއި ވޮލީބޯޅައިގެ އިތުރުން އެހެން ބައެއް ކުޅިވަރުތައް އެއްކޮށްލައިގެން. މިއީ ވެސް ހުރިހާ ކުޅިވަރެއް އެއްކޮށްލައިގެން ދޭ އެވޯޑެއް

އަހަރުގެ އެންމެ މޮޅު ރެފްރީ

މިއީ ވެސް ހުރިހާ ކުޅިވަރެއް އެއްކޮށްލައިގެން، ރެފްރީންގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑެއް

6 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 3%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުޓްބޯޅަ

04 May 2017

ކުޅިވަރު އާއިލާ އަށް ވަރަށް އުފާވެރި ހަބަރެއް

The name is already taken The name is available. Register?

އިބްރާހިމް ތައުފީޤް

04 May 2017

އަޅުގަނޑަށް ހީވަނީ މިއަށް ފުޓްބޯޅަ އެވޯޑް ކީމަ މާފުރިހަމަ ވާނެހެން. ކޯޗުން ކިހިނެއްތޯ ހުރިހާ ކުޅިވަރެއް އެއްކޮށްގެން ހޮވާނީ ތަފާތު ފުޓްބޯޅަ މުބާރާތް އޮވޭ މުޅި އަހަރު ދެން އެހެން ކުޅިވަރުތައްކުގެ މުބާރާތް އޮންނަނީ އަހަރުކު އެއްމެ މުބާރާތެއް އެވެސް 1 ހަފްތާއެއްގެ ތެރޭގައި ނިމޭނެ ދެން ނޮވޭ . އެހެން ވީމަ މުޅިންވެސް ހޮވޭނީ ފުޓްބޯޅަ ކޯޗުން ،ރެފްރީން،

The name is already taken The name is available. Register?

ޒައިދު

04 May 2017

ތިޔަ އެވޯޑު ނައިޓްގެ ފުޓްބޯޅަ ބައިން ގަދަ5 ގަ ހިމެނޭނެކަމަށް އަޅުގަނޑަށް ބެލެވެނީ 1. ސެންޓޭ، 2. އަސަދުއްﷲ، 3. އުމޭރު، 4. މުލަކޭ އަދި މީގެ އިތުރުން 5. އަލީ އަޝްފާޤް މިއެވެ. މީ އަޅުގަނޑުގެ ހިޔާލެވެ.

The name is already taken The name is available. Register?

ޝަހާމު ވިދާދު

04 May 2017

ތިއީ ހަމަ އެއްކަލަ "ހަވީރު" ނޫހުން ފެށައި ހިންގަމުންގެންދިޔަ އެވޯޑެއްނޫންތޯ! ހަމަ އެކަނި ބަދަލުވީ ނަން. ލޯގޯވެސް ދާދި އެއްގޮތެއް. އެއްމޫނު ތަކެއް. އެއް ސްޓައިލެއް. ދެން ނުބުންޏަސް އިނގޭ ތިއީ، ހަމަ ކުރީގެ "ހަވީރު" ޓީމުކަން. އެމީހުން ކުރިހާ ކަމެއް ކުރިހާ ގޮތަކަށް ކުރަން ބޭނުންވާނޭކަން ވެސް...!

The name is already taken The name is available. Register?

ޤާދިރު

03 May 2017

ކުޅިވަރަށް ހާއްސަކޮށް "މިހާރު އެވޯޑްސް" ތައާރަފްކުރިކަމަށްޓަކައި މިހާރުގެ މެނޭޖުމެންޓަށް މަރުހަބާ ކިޔަން.

The name is already taken The name is available. Register?

ހޯޕް

03 May 2017

ކުޅިވަރަށް ހާއްސަކޮށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި އެވެ. އެއީ ރަނގަޅު ކަމެކެވެ. އެކަމަކު މިހާރު ނޫހުން އަބަދުވެސް އުޅޭނީ ކުޅިވަރު އަދި އެންޓަރޓެއިންޓްމެންޓް އިންޑަސްޓްރީ މިދެ ދާއިރާ އިން އެވޯރޑް އާއި އެއްޗެހި ނުދެވިގެން. އެކަމަކު މިރާއްޖެ ހިފަހައްޓަނީ ޕްރައިވެޓް ސެކްޓަރ ގައި ތިބި ބަޔަކު ކުރާ ބުރަ މަސައްކަތުން ނެރޭ ފައިސާއިން ދައްކާ ޖީއެސްޓީ އާއި ކަސްޓަމްސް ޑިއުޓީ އާއި އަދި އެހެނިހެން ފައިސާ އިން ނެވެ. މިހާރު ނޫހުން މިރާއްޖޭގެ މަސައްކަތް ތެރި ކަމުގެ ދާއިރާ ކެޓެގަރައިޒް ކުރުމަށް ފަހު ރާއްޖޭގެ މަސައްކަތް ތެރި ކަމުގެ ދާއިރާ ގައި މަސައްކަތް ކުރާ މީހުން ނޫސް ތައް މެދުވެރިކޮށް ޕަބްލިސިޓީ ހޯދާ ދީ އަދި އެފަދަ ފަރާތް ތަކަށް އެވޯރޑް ދޭނަމަ ރާއްޖޭން ބޭރުގެ ފަރާތް ތަކަށް ސަރުކާރުން ދޭ ކޮންޓްރެކްޓްސް ތަކާއި އަދި ރިސޯރޓްސް ތަކުން ދޭ ކޮންޓްރެކްޓްސް ތައް އިތުރު ވެގެން ނުދާނެއެވެ. މިހެން ވެއްޖެނަމަ މިހާރު ނޫހަށް ވެސް އޭގެއިން ކުރާނެ ފައިދާ އަކީ ކުންފުނި ތަކުން ސްޕޮންސަރޝިޕްސް ދިނުމެވެ. މިފަދަ ކަންކަން ފެނިގެން ދާނެ ކަމަށް މަމެން މިއުއްމީދު ކުރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454