ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ގައުމީ ފުޓްބޯޅަ ޓީމު ގަދަ ކަނޑެއްގައި، ސަލާމަތްކުރޭ!

މާލެ: އޮކްޓޯބަރު 10، 2017: ރާއްޖެ-އޮމާން ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު ޗައިނާ އަތުން 10-1 އިން ރާއްޖެ ބަލިވި މެޗުގެ ހަނދާން ހުންނާނެ ކުޅުންތެރިއަކު އަދި ސަޕޯޓަރަކު މިހާރު މަދުވާނެ އެވެ. އެކަމަކު އޭގެ ފަހުން މިވީ 16 ވަރަކަށް އަހަރު ތެރޭގައި ދިވެހި ފުޓްބޯޅަ ހޯދި ކުރިއެރުން ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. ގަދަފަދަ ކޮރެއާއާ ލަނޑެއް ނުޖެހި އެއްވަރުކުރުމާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން ހިމެނެ އެވެ. އެކަމަކު މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އެ ކާމިޔާބީތަކަށް ދަނީ ފަސްއަޅައި ފޮރުވެމުންނެވެ. ރާއްޖެއާ އެހާ ބޮޑު ފަރަގެއް ނެތް ފަލަސްތީން އަތުން 8-1 އިން ބަލިވުމަކީ ދިވެހިންނަށް ގަބޫލުކުރެވޭނެ ނަތީޖާއެއް ނޫނެވެ.

ކުރިއާ ބަލާއިރު ފަހަކަށް އައިސް ރާއްޖެ ކުޅޭ މެޗުތައް ގިނަ އެވެ. އޭއެފްސީ އާއި ފީފާގެ މުބާރާތްތަކުގެ ކޮލިފައިން އޮނިގަނޑު އޮންނަ ގޮތުން ގިނަ މެޗުތައް ލިބެ އެވެ. އެކި ފެންވަރުގެ އެކި ފަންތީގެ ގައުމުތަކާ ދެކޮޅަށެވެ. އެކަމަކު އޭގެ ފައިދާ އެއް ނުފެނި، މުޅިން ފެންނަނީ ބަލިވަމުން އަންނަ މަންޒަރެވެ. ބައެއް ފަހަރަށް ލަދުވެތި ގޮތަކަށެވެ. ސަޕޯޓަރުންނަކީ ޓީމުން ކޮންމެ ނަތީޖާއެއް ނެރުނަސް ފަހަތުގައި ތިބެން ޖެހޭނެ ބަޔަކަށްވީ ނަމަވެސް، ފަހަކަށް އައިސް ހޯދާ ނަތީޖާތަކާ އެކު މިހާރު ސަޕޯޓަރުން ވެސް ފޫހިވެއްޖެ އެވެ. ކްލަބް ލެވެލް ފުޓްބޯޅައާ ސަޕޯޓަރުން ދުރުވި ނަމަވެސް މިހާތަނަށް ވެސް ގައުމީ ޓީމުގެ މެޗުތަކަށް ދަނޑު ފުރާލަ އެވެ. އެކަމަކު މިހާރު އެ މަންޒަރެއް ވެސް ނުފެނެ އެވެ.

އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ގައުމީ ކޯޗު ޑަރެން ސްޓެވާޓާ ބުނީ ސަޕޯޓަރުންގެ ނަޒަރުން އޭނާ ފުޓްބޯޅަ ބަލާނަމަ ފުޓްބޯޅަ ކޯޗަކަށް ނުވާނެ ކަމަށެވެ.

"އަހަރެން ގާތުގައި ވަރަށް ކުރިން މީހަކު ބުނި ސަޕޯޓަރުންގެ ވިސްނުމުގައި އަހަރެން ހުރެފިނަމަ އަހަރެން ކޯޗަކަށް ނުވާނެއޭ. އަހަރެން އިންނާނީ އެމީހުންނާ (ސަޕޯޓަރުންނާ) އެކު މެޗު ބަލާށޭ. އަހަންނަށް އެނގޭ އަހަރެެމެން ބަލިވެއްޖެނަމަ ސަޕޯޓަރުން އުފާނުވާނެކަން. އެގޮތަށް ވިސްނައިގެން އަހަރެން ހުރެފިނަމަ ކޯޗަކަށް ނުވެ އަހަރެން ހުންނާނީ ސަޕޯޓަރެއްގެ ގޮތުގައި. އެއީ ހަމައެކަނި ނަތީޖާއަށް ވިސްނަންޏާ،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމާ ސްޓެވާޓް ހަވާލުވިއިރު އޭނާ އަށް ދިން ދެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި ސާފް ޗެމްޕިއަންޝިޕެވެ. އޭޝިއަން ކަޕުގެ ދޮރު ބަންދުވެފައިވާއިރު، މިހާރު ހާލަތު އޮތްގޮތުން ސަރަހައްދީ ޓީމުތަކުން ހޯދަމުން އަންނަ ކުރިއެރުމަށް ބަލާއިރު ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެހާ ބޮޑެއް ނޫނެވެ. އިންޑިއާގެ ފެންވަރު މާބޮޑުތަން ރަނގަޅުވެފައިވާއިރު ނޭޕާލާއި ބަންގްލަދޭޝް އަންނަނީ ފަހަތުން ވިއްދަމުންނެވެ.

އޭޝިއަން ކަޕަށް ކޮލިފައިވާން ލިބުނު ރަނުގެ ފުރުސަތު ގެއްލުން

އޭޝިއަން ކަޕް ކޮލިފައިންގެ ގުރުނެގުން ނިމުމާ އެކު އޮމާނާއި ފަލަސްތީނު އަދި ބޫޓާނާ އެއް ގްރޫޕަކަށް ރާއްޖެ ލައްވާލުމުން ފުޓްބޯޅައިގައި ގިނަ ފަރާތްތަކުންނާއި ގައުމީ ކޯޗު ސްޓެވާޓް ވެސް ބުނީ މިއީ ރާއްޖެ އަށް ނަތީޖާ ނެރެވޭނެ ގްރޫޕެއް ކަމަށެވެ. އެހެން ނަމަވެސް ފަސް މެޗު ކުޅުނުއިރު ރާއްޖެ އަށް ހަމައެކަނި ޕޮއިންޓެއް ލިބުނީ ބޫޓާން އަތުންނެވެ. އަމިއްލަ ދަނޑުގައި އެންމެ ކުޑަ މިނުން އަދި ޕޮއިންޓެއް ވެސް ނުލިބެ އެވެ.

ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފަހުން އައި ދެ ކޯޗުން ވެސް ނުސީދާ ގޮތަކަށް މެޗުތަކުގެ ނަތީޖާ ދަށްވުމުން ކުރި އެއް ޝަކުވާ އަކީ ތައްޔާރީތައް ރަނގަޅު ނުވުމެވެ. އެކުވެރިކަމުގެ މެޗުތަކެއް ކުޅެލަން ނުލިބުމެވެ. އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ގައުމީ ޓީމުން ތައްޔާރުވާން ކުޅުނީ ދެ މެޗެވެ. އެއީ ގަތަރުގެ ޑުހެއިލް އެފްސީ އާއި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު ދެ މެޗެވެ. ވާދަވެރި ފަސް މެޗަށް ދެ ރަހުމަތްތެރިކަމުގެ މެޗު ކުޅުނީ ރާއްޖޭން ބޭރުގަ އެވެ.

މާލެ: އޮކްޓޯބަރު 10، 2017: ރާއްޖެ-އޮމާން ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮލިފައިންގައި ރާއްޖޭގެ ޓީމަށް ކުޅުންތެރިން ނެގުމުގައި ވެސް މައްސަލަތަކެއް ހުއްޓެވެ. ގައުމީ ކޯޗު ސްޓެވާޓް ދައްކަމުން އައި ވާހަކަތައް ދެކޮޅު ނުޖެހޭކަން ފެނިގެންދިޔަ އެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނަގަނީ އެއިރަކު އެ ކުޅުންތެރިއަކު ދައްކާ ކުޅުމަކަށް ބަލައިގެން ކަމަށް ބުނި ބުނުން ފެނުނީ ދިމާ އިދިކޮޅަށެވެ. މެޗަަކަށް ނާރާ ކުޅުންތެރިން ޓީމުގައި ހިމެނުނުއިރު ގަވައިދުން ޓީމުތަކުގައި ރަނގަޅަށް ކުޅޭ ކުޅުންތެރިން ބާކީވެފައި ހުއްޓެވެ.

މުސްތަބުގަލަށް ބޮޑު ޕްލޭނެއް ހެދިއިރު، މި ވަގުތު ހާލަތު ގޯސް

ސަރަހައްދީ ގޮތުން އެކި ގައުމުތަކާ ރާއްޖެއިން އަޅާކިޔަމުން އަންނައިރު، މި ވަގުތު އިންޑިއާ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ފަރަގު އޮތީ އިންތިހާ އަށް ބޮޑުވެފަ އެވެ. އެހެން ކަމުން އިންޑިއާ އޮތީ މާ ކުރީގައި ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އެހެން ނަމަވެސް ބަންގްލަދޭޝާއި ނޭޕާލް އަދި ބޫޓާން މީގެ އަހަރެއްހާ ދުވަސް ކުރިން ރަނގަޅު ޕްލޭނަކާ އެކު ކުރިއަށް ދަމުން އަންނައިރު، ރާއްޖެ އަށް މި ހޭލެވުނީ ތަންކޮޅެއް ފަހުންނެވެ.

ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި މުހައްމަދު ޝާޒްލީ (ޝާޒް) އަށް ދިގު މުއްދަތުގެ އެއްބަސްވުން ދީގެން ޒުވާން ގައުމީ ޓީމުތައް ތަރައްގީ ކުރުމުގެ ފުރުސަތު ދީފި އެވެ. އަދި "ޓުވާޑްސް ފިއުޗާ" ޕްރޮޖެކްޓްގެ ތެރެެއިން މުޅި ރާއްޖެ އިން އަތްފުނާ އަޅައިގެން ކުޅުންތެރިން ހޯދުމުގެ މަސައްކަތް އެފްއޭއެމުން ފެއްޓުމަކީ އުފާކުރަން ޖެހޭ ކަމެކެވެ. އެހެން ނަމަވެސް މި ވަގުތުގެ ހާލަތަށް ބަލާއިރު އެ ކުޅުންތެރިން ޓޮޕް ލީގުގައި ހުނަރު ސާބިތުކޮށްދުމުން އަންނައިރު ގައުމީ ސީނިއާ ސްކޮޑުން އެކަށީގެންވާ ފުރުސަތު ނުލިބެ އެވެ. އެހެން ކަމުން ޒުވާން ކުޅުންތެރިން އުފެދިގެން އައިސް މަތީ ފަންތީގައި ތިއްބާ ސީނިއާ ޓީމުން ފުރުސަތު ނުލިބުމަކީ ނާއިންސާފު ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ. އޭގެ ސަބަބުން އަރަން ތިބި ކުޅުންތެރިން މާޔޫސްވާނެ އެވެ.

ފުޓްބޯޅައިގެ ޕްލޭން ހެދުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

މިސާލަކަށް ބަލާނަމަ މި އަހަރުގެ މިހާތަނަށް ބެލިޔަސް އެންމެ މޮޅަށް ކުޅުނު ޒުވާން ދެ މިޑްފީލްޑަރުންނަކީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި މާޒިޔާ އަށް ކުޅޭ މުހައްމަދު އިރުފާން (އިރޭ) އެވެ. އިރޭ އަށް ކޮލިފައިންގައި މިހާތަނަށް އެންމެ މިނިޓެއް ވެސް ނުލިބޭއިރު، އިއްބެ ކުޅެން އެރީ އެންމެ ފަހުން ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގަ އެވެ. އަދި ގޯލްކީޕަރުން ނެތް ޝަކުވާ މެދުކެނޑުމެއްނެތި އެކި ފަރާތްތަކުން ކުރަމުން އަންނައިރު މުހައްމަދު ފައިސަލް ނޫން ކީޕަރަކަށް އަދި މިިނިޓެއްގެ ހިސާބު ވެސް ނުލިބެ އެވެ.

ކުރިން ވެސް ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމުތަކަށް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. ސަަރަހައްދީ ލެވެލްގައި ތަފާތު ދައްކަމުން އަންނަނީ ސީނިއާ ޓީމުންނެވެ. އެކަމަކު ފަހަކަށް އައިސް ކުޅުނު މެޗުތަކަށް ބަލާއިރު ފެންނަމުންދާ ހަގީގަތަކީ ސީނިއާ ފުޓްބޯޅަ ޓީމު ވެސް ދަށަށްދާ ކަމެވެ. މިދިޔަ އަންގާރަ ދުވަހުގެރޭ ފަލަސްތީން އަތުން 8-1 އިން ބަލިވުމުން އެނގިގެންދިޔައީ މި ވަގުތުގައި ރާއްޖޭގެ ފުޓްބޯޅަ އޮތީ ކަންބޮޑުވެޔޭ ބުނެގެން ފުއްދާލެވޭ ވަރަށް ވުރެ ގޯސް ހިސާބެއްގައި ކަމެވެ. ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. އެކަމަކު އޭގެ ވަށައިގެން ދެން ހިނގަން ޖެހޭ ކަންކަން ފެންނަނީ ފުރިހަމަ ނުވާ މަންޒަރެވެ.

29 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 40%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހީވާކަހަލަ

21 November 2017

އެފް. އޭ. އެމް ތިމާގެ ޖީބައް ވަންނަވަރެއްނޫން ބަލަންވީކީ ކުޅުން ތެރިން އުފެއްދޭތޯ ބަލަން ވީ ، އެކުދިން ނަށް ކުޅުމަށް މަގު ފަހި ކޮއްދޭންވީ ، ކޮބާ 21 ވަނަ ގަރުނުގެ ތަމްރީން ތައް ، ކުޅުން ތެރިން ޑިސިޕްލިން ރަގަޅު ކުރަންވީ ، ފުޓްބޯޅަ ކުޅެވޭނީ ޑިސިޕްލިން ނެއްވެސް ހުރެގެން ދޯ ؟؟؟އެފް. އޭ. އެމް ގަ މާ ދަންނަ ބޭކަލުން ގިނައީ ކަންނޭގެ !!!! ހެޔޮނުވާނެ ތަންކޮޅެއް މޮޅު ޓެކްނިކަލް ޑައިރެކްޓާ އެއް ގެނެސް ގެން އޭނާގެ ހެޔޮލަފާ ހޯދަ ބަލަ ، ހަމަ ގައިމުވެސް ރާރްޖޭގެ ފުޓްބޯޅައިގެ ހާލަތު ކިޔާދިނީމަ ހަމައަކަށް އަޅުވާނެ، އެފް. އޭ. އެމް އިން ބޯހަރުވެ ގޮތްދޫ ނުކުރާ ހިދަކު %100 ރާއްޖޭގެ ފުޓްބޯޅަ ގެ މުސްތަގް ބަލެއް ނެތް ،،،، ލައްކަ ވާހަކަ މިބުނެވުވީ ....

The name is already taken The name is available. Register?

ހަސނަް ހުުުުުުސެއިން

17 November 2017

އެފް. އޭ. އެމް އާއި ހުރިހާ ކުޅިވަރު އެޝޯސިއޭޝަންތައް ޝަވީދުގެ ކިބައިން ސަލާމަތް ކުރެވިގެން ނޫނީ ސަލާމަތެއް ނެތް، ވީބީ ސްޕޯރޓްސް ނުހިންގުނު މީހަކަށް ކޮން އެފް. އޭ. އެމް އެއް ހިންގޭނީ، ތިޝަވީދު ގެ ބަސް ވިކޭހާ ދުވަހަކު އެފް. އޭ. އެމް އަކަށް ކުރިއެރުމެއް ނުލިބޭނެކަން އެދަނީ ސާބިތުވަވުން.

The name is already taken The name is available. Register?

ހާމަ333

17 November 2017

ހެޔޮނުވާނެ ތި ގައުމީޓީމު ކެޔޮޅު ހަސަންބެއާ ހަވާލުކުރިއަސް ތިއަށްވުރެ ރަނގަޅުވާނެ...މިހާރު ހުރި ކޯޗު ހީވެ މޮޅުވާހަކަ ދައްކައިގެން ޗުއްޓީ ހަދަން އައިސްހުރި މީހެއްހެން...ޒުވާން ހުނަރުވެރިންނަށް ގައުމިޓީމަކުން ފުރުސަތެއްނެތް...ކުޅުނު ހުރިހާ މެޗަކުންހެންވީ ބަލި...މިހާރު ބޫޓާނާ ކުޅުނަސް ވަނީ ބަލި....އަދިވެސް އަކުރަމަކާ އަޑުބަރޭއަކާ ދެންވެސް ހުރި ދުވަަސްވީ ސްލޯކުޅުންތެރިއަކު ހުރިއްޔާ ބަލާފަ ކުޅެން އަރުވާ...ދުނިޔޭގެ ރެކޯޑު ނަތީޖާއަކުން ބަލިވެގެން އަންނާނެ...ލަދުހުރި

The name is already taken The name is available. Register?

ޢޭޢެމް

17 November 2017

ޥަރަޢްދެރަ!!!!! އެހެންނުންތޯ ދިވެހިގައުމު ދަތުރުކުރަމުންދާ މިސްރާބަކައް ގައުމުގެ ރަޢްޔިތުންނައްވެސް ދަތުރުކުރެވޭނީ !! އަދުލުއިންސާފު ގެއްލިގެން ދިއުމައްވުރެ ދެރަކަމެއް އެބައޮތްތޯ؟؟

The name is already taken The name is available. Register?

ނާސު

17 November 2017

ދިވެހިންގެ ކެއުން ބުއިން ހުންނަ ގޮތަކުން ތިކަމެއް ބަދަލެއް ނުވާނެ. މި ހިޔުމިޑިޓީގެ ކުޅޭ ނަމަ އަވަހަށް ރިކަވަކަރ ވާން ވެސް އެނގެންޖެހޭނެ.

The name is already taken The name is available. Register?

މަންމޯހަން

17 November 2017

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އެންމެ ވަރުގަދަކަމަށް ފެނުނީ 2006 އިން 2010 އަކަށް...މިމުއްދަތުގައި ޓީމުގެ ފަހަތް ވވވ ވަރުގަަދަ....ޖަމީލާއި ސޮބާގެ ފާރެއްފަދަ ޑިފެންސް...ބުފޯން ފަަދަ ކީޕަރު އިމްރާން....މަކަލޭލީ ފަަދަ ބަކާ...ސީއާރް7 ފަދަ އޮއްޕޮ...މެސީ ފަދަ ދަނގަޑޭ....ބޮޑު ރޮނާ ފަަދަ ޓޮމް...އިންޑިޔާގެ ބައިޗަން ބުޓިޔާވެސް ޗެތުރީވެސް ޖެހުނީ މިޓީމު ކައިރީ ވެލިކާން...މިއީ ރާއްޖޭގެ ގޯލްޑަން ޖެނަރޭޝަން....ކުރިއަށް އޮތް 10 އަހަރުވެސް ހިޔެއްނުވޭ މިވަރުގެ ޓީމެއް އެކުލަވާލެވޭނެހެނެއް

The name is already taken The name is available. Register?

ފުޓްބޯލް ފޭން

17 November 2017

ދިވެހި ޓީމް އެންމެ ފަހުން ކުޅުނު މެޗު ބެލި ބަޔަކަށް ވިއްޔާ އިނގޭނެ އެމެޗުގަ ދިވެހި ޓީމުގެ މެދުތެރެޔާ ކުރީގެ ކުޅުން ރަނގަޅުކަން, އަދި ބޯޅަފައިގަ ނުޖެހިގެން ނުކުޅެވިގެން ނޫޅޭކަން. ހަމައެކަނި ޑިފެންސް, އަދި ޑިފެންސަށް ވުރެވެސް ބޮޑަށް ކީޕަރު, ވަރަށް ސަކަރާތް. އެހެން ނޫންނަމަ ވަރަށް ރަނގަޅުވާނެ.

The name is already taken The name is available. Register?

މޯޑްވަން

17 November 2017

ފުޓްބޯޅައިގަ މޮޅުވުމާއި ދައްވުން މިއީ އަބަދުވެސް އޮންނާނެ ކަމެއް.އެއްވެސް ޓީމެއް އެއް ފެންވަރަކު އަބަދަކު ނުހުންނާނެ. ކުޅުންތެރިން އެއްމެޗުގަ ކުޅޭ ފެންވަރުގަ ދެވަނަ މެޗަކު ނުކުޅެވިދާނެ. އެއްމެޗްގަ ލަނޑު ޖަހާ ވަރަށް ދެވަނަ މެޗްގަ ލަނޑުވެސް ނުޖެހިދާނެ. މިއީ ދެންމެ ވިހާ ކުޑަކުއްޖާއަށްވެސް އެނގޭ ކަންތައްތައް. އެހެން ނޫނީ ދަނގަޑޭވެސް 2008 ވަނަ އަހަރު ކުޅުން ފެންވަރުގަ އަދިވެސް ކުޅޭނެތާ. އިޓަލީ މިއަންނަ އަހަރު އޮތް ވާރލްޑް ކަޕަށްވެސް ކޮލިފައިވީސްތާ.އެހެންވެ ދިވެހިން އެބަޖެހޭ ދިވެހި ފުޓްބޯޅައިގެ ފެންވަރު މިހާރު ހުރީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފެންވަރުގަ ނޫންކަން ޤަބޫލްކުރަން. ދިވެހިންނަށް ފެންވަރު އޮޅޭތީ މައްސަލައަކީ. ކީޕަރުންގެ ވާހަކަ ދައްކާއިރު އެހެން ކުޅުންތެރިންގެ ހާލުވެސް ރާއްޖޭގަ އޮތީ އެވަރުގަ. މިފަހަރުވެސް އަތޮޅުތަކުން ޓީމްތަށް އައި. ނަމަވެސް މުބާރާތުގައި އެޓީމްތަކުންވެސް ފެންނަނީ ފުރަތަމަ ޑިވިޜަނުން ބާކީވި ޓީމްތަކުގެ ކުޅުންތެރިން. ކީއްކުރާނީ.

The name is already taken The name is available. Register?

އާރީ

17 November 2017

ބަންސާމް މި މަގާމަށް ކުފޫ ހަމަނުވާކަން މި ހާމަ ވެގެން ދިޔައީ. ދިވެހި ރަށްއިތުންނަށް ހެޔޮއެދެންޏާ ބަންސާމް އިސްތިއުފާދީ

The name is already taken The name is available. Register?

ހޯރަ

17 November 2017

އަދިވެސް އެފްއޭއެމް ހައުސްގަ މެޑަމްގަ އެއް އޮފީސް ހުޅުވޭތޯބަލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454