ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ލީގު އުސޫލުން ޔޫތު މުބާރާތް މި މަހު ފަހުކޮޅު ފަށަނީ

މިދިޔަ އަހަރުގެ ޔޫތު ފުޓްބޯޅަ މުބާރާތުގައި އީގަލްސް އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގެ ފޯމެޓް ލީގު އުސޫލަށް ބަދަލުކޮށް މި މަހު ފަހުކޮޅު ފަށަން ނިންމައިފި އެވެ.

އެފްއޭއެމުން ބުނީ މި ފަހަރު މުބާރާތް ލީގު އުސޫލުން ބާއްވަން ނިންމީ ފަސް ޓީމު ބައިވެރިވެފައިވާތީ ކަމަށެވެ. މުބާރާތުގައި ބައިވެރިވީ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ކްލަބް އީގަލްސްގެ އިތުރުން މާޒިޔާ، ގްރީން ސްޓްރީޓް، ޔުނައިޓަޑް ވިކްޓަރީ، އަދި ގދ. ތިނަދޫ އެވެ.

އެފްއޭއެމުން ބުނި ގޮތުގައި މި މަހު 25 ގައި ފަށަން ކަނޑައަޅާފައި ވިޔަސް އެ ތާރީހު ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ.

މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓީމުގެ އިތުރުން މާލޭ ލީގުގައި ކުޅުނު ޓީމުތަކަށް ހުޅުވާލައިފަ އެވެ. ނަމަވެސް ގިނަ ޓީމުތަކުން މުބާރާތުގައި ބައިވެރިނުވީ ސީޒަންގެ ފަހު ކޮޅު ކަމަށް ވެފައި ޓީމުތަކުން އަންނަ އަހަރަށް ތައްޔާރުވާން ޖެހޭތީ އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ޓީސީ މި ފަހަރު ބައިވެރިނުވީ އަންނަ މަހު އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރަށް ތައްޔާރުވާން ޖެހޭތީ އޭގެ ކުރިން ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުންނެވެ.

މި މުބާރާތުގެ ތަށި މިލްކު ކުރުމުގެ ވިސްނުމުގައި އީގަލްސް އިން ވަނީ މިހާރު ކުރިއަށްދާ އެފްއޭ ކަޕްގައި އެ ޓީމުގެ ޔޫތު ޓީމު ބައިވެރިކޮށްފަ އެވެ. އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުކަމުގައި ކުޅުނު އީގަލްސް ޓީމު ކުއާޓާ ފައިނަލުގައި ބަލިވީ މި ވަގުތު އެންމެ ރަނގަޅު ފޯމުގައި އޮތް ނިއު ރޭޑިއަންޓް އަތުންނެވެ.

އެފްއޭއެމުން 2011 ގައި ފެށި މުބާރާތް މެދުކެނޑުނީ 2014 ގއި ބޭއްވުމަށް ފަހު އެވެ. މުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް ހޯދީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި އީގަލްސް އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އީގަލްސް އިން ދެ ވަނަ ފަހަރަށް ހޯދީ ފައިނަލުގައި ޓީސީ ބަލިކުރުމަށް ފަހު އެވެ.

ޔޫތު ޗެމްޕިއަންޝިޕަކީ ފުރަތަމަ ޑިވިޝަނަށް ޒުވާން ކުޅުންތެރިން ތައާރަފްކުރަން ރަނގަޅު މުބާރާތެކެވެ. މި މުބާރާތުގެ ތެރެއިން އައި ބައެއް ކުޅުންތެރިން މިހާރު އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ. އޭގެ ތެރޭގައި އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އާއި އަންސަރު އިބްރާހިމް (އަންކޮ) އަދި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި އަމްދާން އަލީ (އެންޑީ) ހިމެނެ އެވެ. މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ރިޒުވާން (ރިޒޭ) އާއި ވެލެންސިއާ އިން ތައާރަފްވި މިހާރު މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އަދި ޓީސީގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަކީ ވެސް ޔޫތު ޗެމްޕިއަންޝިޕުން ނުކުތް ކުޅުންތެރިންނެވެ.

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮންޓީ

05 December 2017

ނިއުގަ ނެތޭ ޒުވާން ކުޅުންތެރިންނެއް. ނިއުގަ ތިބީ 30 މަތީގެ މީހުން. އޮއްޕޮ، އިމްރާން އަދި ހޮކޭ އާއި ދަގަނޑޭމެން ދެން ކުޅެންވީ ރޯދަ މަހު އޮންނަ ވެޓަރަންސް މުބާރާތް. ޒިޔާދު ފެއިލްވެއްޖެ

ޢަދީލް ބުނި ޖަލީލު

05 December 2017

ދެން ބުނޭ ބައްސާމު ކަމެއް ނުކުރެޔޭ

ނާއިބް

05 December 2017

އަންސަރު ވެސް ތައާރަފްވީ ވެލެންސިއާއިން

ޓޮމީ

05 December 2017

ގައުމީ ޓީމަށް މުއްކި ނަގާބާ ؟ ރާއްޖޭގެ މިހާރު ހުރި އެންމެ ހުނަރުވެރި ޒުވާން އެކަކު ހަމްޕު ވެސް އެއީ ޔޫތު ޗެމްޕިއަންޝިޕުން ވިދާލި ގައުމީ ޓީމަށްވެސް މުހިއްމު ކުޅުންތެރިއް

އބދއސލމ

05 December 2017

އަސްލު ނިއު އާ ޓީސީއިން ވެސް ޓީމް ނެރެންޖެހޭނެ.. ފުރަތަމަ ޑިވިޝަންގެ ޓީމްތަކުން ޔޫތް ޓީމް ނެރުން މަޖުބޫރުކުރަންވީ

އބދއސލމ

05 December 2017

އަސްލުވެސް. ކުންފުނިތަކުން މިލިއަނުން ފައިސާ ނަގާފަ މުބާރާތަށް ޓީމް ނުނެރޭ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454