މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ޓޮމް (މ) މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ޖުލައި 2016 - 16:15
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދަރަނި 15 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެއްޖެ އެވެ.
އެ އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ އަރަނި ބަޖެޓެއްގައި އެފްއޭއެމް ދުވަހަކު ވެސް ހިންގާފައިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ސާޕްލަސް ބަޖެޓެއްގައި އެފްއޭއެމް ހިންގި ޒަމާނެއް ދިޔަހެނެއް ހިޔެއް ނުވޭ. އަލީ އާޒިމްގެ ދައުރުގައި ދަރަނި ކުޑަވަމުން ގޮސް ފަހުން އަނެއްކާ އިތުރުވަމުން އައީ. މިހާރު 15 މިލިއަން ރުފިޔާ އަށް ވުރެ މަތީގައި ދަރަނި އުޅެނީ،" ޓޮމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގެ ކުރީ ދެ ދައުރުގެ އޮޑިޓް ރިޕޯޓް އޮތީ ކުރިން ނިންމާފައި ކަމަށާއި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގެ އޮޑިޓް ރިޕޯޓް ވެސް ނިންމައި ކޮންގްރެސް އިން ފާސްކުރާނެ ކަމަށެވެ.
"މައްސަލަތައް ވެސް ފާހަގަކުރެވުނު (އޮޑިޓް ރިޕޯޓުން). މައިގަނޑުކޮށް ހިމެނެނީ ގަސްދުގައި ކޮށްފައި ހުރި ކަންކަމަށް ވުރެ ސިސްޓަމް ފެއިލި ވެގެން ދިމާވި މައްސަލަ ހައްލުނުވެ ވެފައި ހުރި ކަންކަން،" ޓޮމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
15 July 2016
ގައިމު ޝަވީދު ބުނި ކޮންމެ އާސީޒަނެއް ފެށޭއިރު ކޮންމެ ޓީމަކަށް އެއް މިލިއަން ރުފިއާ ދެނީ ގަތަރުގެ ވަރަށް ބޮޑު އެހީތެރި ކަމަކާއެކުއޭ، ސުވާލަކީ އޭގެ ބަދަލުގައި ގަތަރުން ދިނީ ކަދުރުބާވައޭ؟ ތިބުނަނީ 15 މިލިއަން ޚަރުވިއޭތަ ޗެންޕިއަށް ޓީމަށް ދޭންޖެހޭ ފައިސާގެ އިނާމު ނުދޭއިރުވެސް..؟؟
މުހަންމަދު ނާއިސް
15 July 2016
ޓޮމްއަކަވެސް ތިކަމެއް ނުވާނެ ތީވެސް ސިޔާސީ މީހެއް ގިނައިން އުޅޭނީ ސިޔާސީ ކަންކަމުގާ ފުޓްބޯޅަ ކުރިއަރުވަން ވަގުތެއްނުވާނެ ރާއްޖޭގެ ފުޓްބޯޅަ ހަލާކު މިވަނީ އެފްއޭއެމް އަށް ތިސިޔާސީ މީހުންގަނޑުވަދެގެން
އެމް.އެމް.ޖީ އިބޫ
15 July 2016
ތިޔަތަނުން މަށަށް ދޭންވާ ލާރިކޮޅުވެސް ހާދަ ޒަމާނެއްވެއްޖެޔޭ...
ބޯޅަބެ
14 July 2016
ޓޮމް ތިކަން ރަނގަޅުކޮށްދީ. ތިކަން އާންމުކޮށް ބުނުންވެސް ތީ ކުރިއެރުމެއް. މިހާރު އެނގޭ މިތިބެވޭ ހިސާބު. އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ ފުޓްބޯޅަ އަށް އަލި މަގެއް ފެންނާނެ.
ޟަރޫ
14 July 2016
ޒިންމާ ނެގޭނެތީކީ ނޫންތަ ރާއްޖެތެރެ ޓިމްތަށް އެއްފަރާތް ކޮށްފަ ތިމަގާމަށް ތިއައީ...
ވާނުވާ
14 July 2016
މޮޔަވީތަ؟ ކަންކަން ރަގަޅުކުރަން ޒިންމާ އުފުލޭނެތީދޯ އެވާހަކަވެސް އެބުނީ، އެހެން ނޫންނަމަ ދަރަނި ބޮޑުވީމަ އިސްތިޢުފާ ދީފީމޭދޯ ބުނާނީ، ޚަބަރުކިޔާބަލަ ރަގަޅަށް، ރާއްޖެތެރެއެއް ނޯންނާނެ، އަތޮޅުތެރެ އޮންނާނީ