22 ފެބުރުއަރީ 2018 - 13:14
އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަމާޒަކީ 15 މެޑަލް ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭން 2015 ވަނަ އަހަރަށް ކަނޑައެޅީ 10 މެޑަލް ހޯދުމުގެ ޓާގެޓެވެ. އެ ފަހަރު ނުވަ މެޑަލް ހާސިލްކުރި އެވެ.
"އެންމެ ފުރަތަމަ 2011 ވަނަ އަހަރުގެ ގޭމްސް އަށް ފަހު މާލެ ފައިބާ ދިން އިންޓަވިއުގައި ބުނިން 10 މެޑެއްޔޭ ބޭނުންވަނީ 2015 ގައި. އެ ފަހަރު އެންމެން އެކަމަށް ޖޯކުޖެހީ. އެކަމަކު އަޅުގަނޑުމެން އެ ޓާގެޓަށް ގާތްގަނޑަކަށް ވާސިލްވިން،" މަރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2015 ގެ ގޭމްސް އަށް ފަހު، އަންނަ އަހަރަށް ކަނޑައެޅި ޓާގެޓަކީ 15 މެޑަލް ކަމަށާއި އެހިސާބުން ފެށިގެން އެކަމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
މަރޭ ވިދާޅުވީ ކަމެއް ހާސިލްކުރުމުގައި އެންމެ އުނދަގޫ ބަޔަކީ އެކަން ވާނެކަން މީހުންނަށް ގަބޫލުކޮށްދިނުން ކަމަށާއި އެކަން މިހާރު ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން 2011 ވަނަ އަހަރު މި މަސައްކަތް ފެށިއިރު އެސޯސިއޭޝަންތަކާއި އާއްމުންނާއި އެތުލީޓުން ގަބޫލެއް ނުކުރޭ މިއީ ވެދާނެ ކަމެއްކަމަށް. އެކަމަކު 2014 ގައި އަޅުގަނޑުމެންނަށް އެންމެންނަށް ކޮންވިންސްކޮށްދެވިއްޖެ. މިހާރު ޕޭރެންޓުންނާއި ސަރުކާރުން ގަބޫލުކުރޭ މިއީ ކުރެވިދާނެކަމެއްކަން. އެ މަރުހަލާ ފުރިހަމަވެއްޖެ. ދެން އޮތީ ޓާގެޓް ހާސިލްކުރުން،" މަރޭ ވިދާޅުވި އެވެ.
ރިޔޫނިއަން އައިލެންޑްސްގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެ އަށް އެންމެ ކާމިޔާބު ސަރަހައްދީ މުބާރާތެވެ. އެގޮތުން އެ ފަހަރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ގޭމްސްގެ އެންމެ މުހިއްމު އެއް އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުން ރަން މެޑަލް ހާސިލްކޮށްފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިހާޟް
22 February 2018
ކޮންމެ މީހަކުވެސް ބަލަނީ މޮޅު ވާހަކަ އެއް ބުނެ ލެވޭތޯ! ައަޅުގަޑުގެ ދަރިފުޅަކީ ޕްރޮފެސަނަލް އެތްލީޓެއް, ރަގަޅު ޓްރޭނިން އެއް ނުލިބި އަހަރަކަށް ވުރެ ގިނަވީ ދެން ކޮން މޮޅު ވާހަކަ އެއް ދައްކަން. ރަގަޅު ނަތީޖާ އެއްވެސް ލިބޭނީ ރަގަޅު ޓްރޭނިން އެއް ހެދޭނެ މާހައުލެއް ގާއިމް ކޮށްދީގެން
ބަކޯ
22 February 2018
މިހާލަތުގަ އޮވެގެން މިއުޅެނީ ޕްރެކްޓިސް ނުކުރެވިގެން، އެޓްލީޓުން ވެސް ތާށިވެފަ މިތިބީ، މަރޭ ހެޑްލައިން އަޅަން އުޅުނަސް މިފަހަރު ރާއްޖެ ލަދުގަންނަ ވަރުގެ ނަތީޖާއެއް ތިމުބާރާތުން ދިވެހިން ދައްކާނެ ބަލަން ތިބޭ...މީވަރަށް ވާހަކަ
އަހުމަދު ރަދީފް
22 February 2018
ޢަހަރުމެން ގަބޫލްކުރަނީ މިގައުމުގަ މި މަރޭ ދައްކާވާހަކަ އެކަނި. އެއީ ސަބަބުތަކެއް އޮވެގެން. މަރޭ ވީ އާ ވިތް ޔޫ. މޭކް މޯލްޑިވްސް ޕްރައުޑް އެގެއިން. ބެސްޓް އޮފް ލަކް.
ނިސާ
22 February 2018
މަރޭތަ ވާދަކުރަނީ ކާމިޔާބީ ހޯދަން
ތަފްސީލް
22 February 2018
މީގަ މުހިއްމު ނުކުތާއަކީ 15މެޑެލްެހޯދުން ގާތީކޮންކުޅިވަރުތަކަކުން ހާމަކުރުމެވެ. ޢަދި ގޯލްޑް ލިބދާނެ ކުޅިވަރުތަކެއްކަން ބަލަންޖެހެއެވެ.