05 އެޕްރީލް 2018 - 20:43
އޭނާ އަލަށް ގައުމީ ޓީމަށް ކުޅުނުއިރު މުހައްމަދު ކަލީމާއި މޫސާމަނިކު (ކުޑަމޫސަ) ފަދަ ކުޅުންތެރިން ތިބުމުން އާދަޔާހިލާފު ހިތްވަރެއް ލިބުނު ކަމަށާއި މިހާރުގެ ޒުވާން ކުޅުންތެރިންނަށް އެ ހިތްވަރު ދިނުމަށް އަލީ އަޝްފާގް (ދަގަނޑޭ) ޓީމުގައި ހުންނަން ޖެހޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އިސްމާއިލް އާސިފް (ކުޑަހީނާ) ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން ގައުމީ ޓީމުގެ ސްކޮޑުން ބޭރުކޮށްފައިވާ ދަގަނޑޭގެ ދިފާއުގައި ވާހަކަދައްކަމުން ހީނާ ބުނީ ރާއްޖޭގައި އަބަދުވެސް ސީނިއާ ކުޅުންތެރިންގެ ކެރިއަރުގެ ފަހުކޮޅު ކުރިމަތިވަނީ ބޭއިންސާފާ ކަމަށާއި އެކަމާ ހިތާމާކުރާ ކަމަށެވެ.
ހީނާ ބުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކުޑަމޫސާއާ މެދު ވެސް ކަންތައްތައްވެފައިވަނީ އެފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު އަނިޔާގެ ސަބަބުން ގައުމީ ޓީމާ ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަން ދިން ދައުވަތުގައި ޓީމާ އެކު އޭނާ ޕްރެކްޓިސްކުރި ނަމަވެސް ފަހު ވަގުތު ފުރުސަތު ނުދިން ކަމަށެވެ. އަދި 1986 ވަނަ އަހަރުން ފެށިގެން ހުދު ކުޑަހީނާ ވެސް ގައުމީ ޓީމަށް ހިދުމަތްކުރަމުން އަންނަނިކޮށް ނުވަދިހައިގެ ފަހު އަހަރުތަކުގައި އޭނާ ވެސް ބޭރުކޮށްލީ ކަަމަށް ބުނެ ހީނާ ވަނީ އެފަދަ ކަންކަމުގެ އަޑީގައި ކުޅުންތެރިންނާއި އެފްއޭއެމްގެ މެނޭޖްމަންޓުގެ ބައެއް މީހުން ތިބި ކަމަށް ތުހުމަތުކޮށްފަ އެވެ.
"އެކަހަލަ ކަންތައްތައް އަބަދުވެސް ގައުމީ ޓީމުގައި ހިނގާފައި ހުރީ. ދަގަނޑޭއާ މެދު ވެސް ކަންތައްތައް އެ ހިނގީ ރަނގަޅަކަށް ނޫން،" ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު މޮޅަށް ކުޅުނު ހީނާ ބުންޏެވެ.
ހީނާ ބުނީ ގައުމީ ޓީމުގެ ކޯޗަކަށް ކިތަންމެ މޮޅު މީހަކު އައި ނަމަވެސް އެ ތަނެއްގެ ސަގާފަތާއި އެތަނެއްގެ މުހިއްމު ކުޅުންތެރިންނަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށާއި އެ ކުޅުންތެރިންނަކީ އެތައް ބަޔެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ބަޔެއް ކަމަށެވެ.
"ފުޓްބޯޅައިގައި ޑިސިޕްލިން މިކިޔަނީ ކޮން ކަމަކަށްތޯ؟ ޑިސިޕްލިން ނެތުމަކީ ޕްރެކްޓިހަށް ނައުމާއި ކޯޗުގެ ޕްލޭނާ އެއްގޮތަށް ދަނޑުމަތީގައި މަސައްކަތް ނުކުރުން. ކުޅުންތެރިންނަކީ ރޮބަޓުންތަކެއް ނޫން. އެހެންވީމާ އަމިއްލަ ދިރިއުޅުގައި ކަންތައްތަކެއް ހުރެދާނެ. އެ ހުރިހާ ކަމެއް ކުޅުންތެރިޔާގެ ޑިސިޕްލިންއާ ނުބެއްސޭނެ. ޕްރެސް ކޮންފަރެންސަކަށް ނުދިއުމަކީ ކުޅުންތެރިޔާގެ ޑިސިޕްލިން ނެތުންތޯ؟،" ވެލެންސިއާ އާއި ވީބީގެ ކުރީގެ ކޯޗު ސުވާލު އުފެއްދި އެވެ.
ދަގަނޑޭ (ކ) ބަންގްލަދޭޝާ ދެކޮޅަށް ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެކޮޅު ބެލުމެއް ނެތި ގައުމީ ކޯޗަށް ހުރިހާ ބާރެއް ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ހީނާ ދެކޭއިރު ގައުމީ ޓީމަށް އެތައް ހިދުމަތެއްކޮށްދީފައިވާ ކުޅުންތެރިން ވަކި ގޮތަކަށް ލޭބަލްކުރުމަށް ކުރާ މަސައްކަތް ބަލައިނުގަނެވޭނެ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން ގައުމީ ޓީމުން މިދިޔަ ތިން އަހަރެއްހާ ދުވަހު ފުރުސަތު ނުދީ ހުރި މުހައްމަދު އާރިފް (ބަކާ) އަށް ބޫޓާން މެޗުގައި ކުއްލިއަކަށް ފުރުސަތު ދިންއިރު މި ހުރިހާ ދުވަހު އެ ފުރުސަތު ނުދިނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.
"ބަކާ އެއްބައި ފަހަރު އެއްވެސް މީހަކަށް ނުވޭ. މި ތިން އަހަރު އޭނާ އަށް އެއްވެސް ފުރުސަތެއް ނުދޭ. އެހެން ހުރެފައި ކުއްލިއަކަށް ބޫޓާން މެޗުގައި އޭނާ އެރުވީ. ކުރިން ނުކުޅޭހާ ވަކި މޮޅަކަށް އޭނާ މިހާރަކު ވެސް ލީގަކު ނުކުޅޭ. އެހެންވީމާ މި ހުރިހާ ދުވަހު އޭނާ ބާކީކޮށްފައި ހުރި ސަބަބާ މެދު ސުވާލު އުފެދޭ. އަބަދުވެސް މި ފެންނަނީ ކޮންމެވެސް ސީނިއާ ކުޅުންތެރިންތަކެއް އެއް ފަރާތްކޮށްފައި ތިބޭ މަންޒަރު،" ހީނާ ބުންޏެވެ.
ބޫޓާން މެޗުގައި ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ވަނީ ފުރުސަތު ދީފަ އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ހީނާގެ ކޯޗުކަމުގެ ދަށުން ކްލަބް ލެވެލްގައި ކުޅެފައިވާ ކުޅުންތެރިންނެވެ. ހީނާ ބުނީ އެ ކުޅުންތެރިންނަށް ފުރުސަތު ދިނުން މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ. އަދި އެފްއޭއެމަށް ދޭތެރެއަކުން އަންނަނީ ރޯޅިއެއް ކަމަށާއި އޭގެ ބަދަލުގައި ޒުވާން ކުޅުންތެރިން ކުރިއަރުވަން އެ ކުރާ މަސައްކަތެއްގައި ދެމި ތިބެން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
މިސާލަކަށް ބަލަމާ މުޖޭ (މުޖުތާޒް މުހައްމަދު). އޭނާ އަކީ ވެލެންސިއާގެ ޔޫތު ޓީމުން ފެށިގެން ފަހުން ސީނިއާ ޓީމާއި އީގަލްސްގައި ކުޅުނުއިރު ވެސް އެންމެގެ ލޯ އަމާޒުވި ކުޅުންތެރިޔެއް. ދޭތެރެއަކުން ގައުމީ ޓީމުގެ ސްކޮޑުގައި ގެންއުޅޭ. ކީއްވެތޯ ބޫޓާން ފަދަ މެޗުތަކުން އެ ކުޅުންތެރިންނަށް ފުރުސަތު ނުދީ އޮތީ. ހޮކޭގެ ރިޕްލޭސްމަންޓަކީ މިއީކަން އެނގޭ. އެކަމަކު އެ ފުރުސަތެއް އޭރު ނުދިން،" ހީނާ ބުންޏެވެ. "މިހާރު އެ ކުޅުންތެރިން އެތިބީ ފަސްޓް ޑިވިޝަނުގައި ހަތަރު ފަސް އަހަރު ކުޅެފައި. އޭރު އެ ކުޅުންތެރިންނަށް ފުރުސަތު ދެމުން އައި ނަމަ މިއަދު ތިބޭނީ ޕީކުގައި."
1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ރާއްޖޭން ހޯދި މެޗުގެ ފުރަތަމަ އެގާރަ: ހީނާ 12 ނަމްބަރު ޖާޒީގައި.
ވެލެންސިއާ އަށް ގިނަ އަހަރުތަކެއް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ހީނާ ބުނީ އެ ކުޅުންތެރިންނާ އެކު ސީނިއާ ކުޅުންތެރިން ގެންއުޅުމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށާއި އޭގެ ސަބަބުން ސްކޮޑް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ދަގަނޑޭ މެން ފަދަ ރާއްޖޭގައި މިހާތަނަށް އުފެދިފައިނުވާ ފެންވަރުގެ ކުޅުންތެރިން ފަހު ވަގުތާ ހަމަޔަށް ބޭނުން ހިފަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"މިކިޔަނީ ވަރަށް މޮޅަށް ކުޅެފައި ތިބި ކުޅުންތެރިންގެ ވާހަކަ. އެ ކުޅުންތެރިން އަދި ގައުމީ ޓީމުން ބޭރުކުރަން ޖެހޭ ވަރެއް ނުވޭ. އެ އުމުރަކަށް ނުދޭ. އެހާ ކުޅުން ދަށެއް ނުވޭ. އަނެއްކާ ޒުވާން ކުޅުންތެރިންނަށް އެކްޕީރިއަންސް ކުޅުންތެރިންގެ އެހީ ބޭނުންވޭ. ސްޕެއިނުގައި އިނިއެސްޓާ މެން ވެސް އަދިވެސް އެ ގެންއުޅެނީ. މިކިޔަނީ ބޯޅައިގެ ބޮޑެތި ގައުމުތަކުގެ ވާހަކަ،" ވެލެންސިއާ، އޯކިޑް، ނިއު ރޭޑިއަންޓް އަދި އައިއެފްސީ އަށް ކުޅެފައިވާ ހީނާ ބުންޏެވެ.
އޭނާ ސިފަކުރި ގޮތުގައި ފުޓްބޯޅައިގައި މާބޮޑަށް ހަރަކާތްތެރިނުވާ ބަޔަކަށް މަގާމްތަކެއް ލިބުމުން އޭގެ ނުރަނގަޅު އަސަރުކުރާނެ އެވެ. އެގޮތުން ފުޓްބޯޅައިން އެކުރެވޭ ތަޖުރިބާތައް ކުރެވިފައި ނެތް ބަޔެއްގެ ކިބައިގައި ފުޓްބޯޅައިގެ އިހުސާސްތަކެއް ނުހުންނާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"އަޅުގަނޑު 1986 ވަނަ އަހަރު ގައުމީ ޓީމަށް ދިޔައިރު މުހައްމަދު ކަލީމާއި ކުޑަމޫސަ މެން މިއީ ސީނިއާ ކުޅުންތެރިން. އެ ކުޅުންތެރިން ބޯޅަ ކުޅޭތަން އަޅުގަނޑަށް ފެނިފައި ހުރީ. އެހެން ހުރެފައި އެ ކުޅުންތެރިންނާ އެކު ޕްރެކްޓިސްކޮށްލައި މެޗުތައް ކުޅެލަން ލިބުނީ އެރީ އާދަޔާހިލާފު ހިތްވަރެއް. މިހާރުގެ ކުޅުންތެރިންނަށް އެ ހިތްވަރު ލިބޭނީ ދަގަނޑޭ މެން ތިބެގެން. ދަގަނޑޭ ކުޅޭ މަންޒަރު ނުފެންނަ ކުޅުންތެރިޔަކު ނުހުންނާނެ. ދަގަނޑޭ އެ ދެއްކި މޮޅު ކުޅުން ފެނިފައި ތިބޭނީ. އެހެންކަމުން ދަގަނޑޭ މެން ޓީމުގައި ތިބެއްޖެ ނަމަ އަލަށް އަރާ ކުޅުންތެރިން ވަރަށް ބޮޑަށް މޯޓިވޭޓްވާނެ،" ހީނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުރަނތި
07 April 2018
ކުޑަހީނާޔަށް އަދި ތިވިސްނެނީ ރަނގަޅަކަށް ނޫން. ދިވެހިންގެ ތެރޭގައި ހުރިހާ ދާއިރާއެއްގަވެސް ކަންހުރިގޮތްތީ. ފައިސާބޮނޑިޔެއް ފަހަތުގަ ނެތިއްޔާ ލުނބޫހުތްކިބަޔެއްހެން ފެލާލާފައި ތޮށިގަނޑު އެއްލައިލާނީ.
މުހަންމަދު ސަޕޯޓަރެއް
07 April 2018
ދަގޭ އަކީ މޮޅު ހުނަރު ހުރި ކުޅުންތެރިޔެއް، ޓީމުގަ ކެޕްޓަން އެއީ އާދާއިގެ މަސްއޫލިއްޔަތެއްނޫ، ޓީމާއި ބެހޭ މައުލޫމާތު ޕަބްލިކަށް ދިނުމަކީ ކޯޗްއާ ކެޕްޓަނުގެ މަސްއޫލިއްޔަތެށްކަންނޭގޭތަ؟އެހެންތާވާނީ މިމީހުން އުޅުނުއިރު މާލެތެރެއިން ރައްޓެހިންކޮޅެއް އެއްކޮލައިގެން ގައުމީޓީމޭކިޔައިގެން އުޅުނީ ، ބޭރު ފުޓްބޯޅަ ބަލަންބޭނުން ކޮޕީކުރަން ބޭނުން، އެކަމަކު އުޅެންޖެހެނީ ހަމަޔެއްއުސޫލެއްނެތި، ކަލޭމެން ޕްރޮފެޝްވާންއުޅެނީ މިއޮންނަ 4 ޓީމް ތެރޭ ކުޅެފަ ގޮސް ފުޓްސެލް ކުޅެލަން، ޕްރޮފެޝްނަލް ކޮށް މެންޓަލީ ފިޓްނުވައޭ ބުނާއެއްޗަކީ އެއީ ސިކުޑިއަށް ބައްޔެއްޖެހިފަހުރިވާހަކައެނޫން.
އައިޖޭ
07 April 2018
މައްސަލަ އަކީ އެފްއޭއއެމް ޕޮލިޓިސައިޒްވެފައި ފުޓްބޯޅައިގައި ނުހިމެނޭ ބަޔަކު އެތަން މެނޭޖް ކުރުން ،،، ދެން މި އޮންނަނީ ކޯޗަށް ހުރިހަ އިޙުތޮޔަރެއް،، ހީނަގެ ވަހަކ އަށް ފުރިހަމަ އަށް ތާއިދު...
ދޫނި
06 April 2018
ޢަސްފާގު މިވަރުވެގެން ދާއިރުވެސް އެއްޗެްނުބުނޭ
އައްސަދު
07 April 2018
ކިހާ ޑިސިޕްލިން
ޏަމް
08 April 2018
ކީކޭތޯ ބުނާނީ އަތަށްގޮވައިފި މިއޮތީ! ދެންވެސް ސައިޒުވޭ!
ރިނީ
06 April 2018
ރާއްޖޭގައި އޮންނަނީ ފެންކަށްކާ ބޮލީގެ އިއްޒަތް. އިންސާނެއްވިއްޔާ ފަހަރުގަ ނުރަނގަޅު އާދަތަކެއްވެސް ހުރެދާނެ. ތިޔަބުނާ ފުރިހަމަ އަޚުލާގެއްގެ އިންސާނަކާ މަގޭ މިސާޅީސް ފަސް އަހަރުތެރޭ ދިމާނުވޭ. ދެން އެމީހަކީ ބޮޑުވެގެންވާ ކުށްތަކަށް އަރައިނުގަނެ އުޅޭމީހެއްނަަމަ އިހުތިރާމު ހައްގު މީހެއް. ކީއްކުރާނީ... ކޮންމެވެސް ސަބަބަކާ ހުރެ ދިވެހިންގެ އިހުސާންތެރިކަމާ އަނެކާޔަށް ހަމްދަރްދީ ވުމުގެބައި ވަރަށްކުޑަ.
ޏާނަ
06 April 2018
ބަލަ ފުޑުސެލް ކުޅެންދިޔައީ ޓީމުން ބޭރުކުރި ފަހުނޮ ރިޒުގުގަ ޢަތެއް ނޭޅޭނެ އަދި ނިއު އިން ހުއްދަ ދިނީމަ ކުޅުނީ ކޯޗެއް އެނގިގެން ތިއުޅެނީ ތީ ދެން ބޮދުވަރު ޖޭވިޔަސް އައްލާހު ވޮދިގެން ވާ ކަން އިނގޭތަ
ބަޔަކުމީހުން
06 April 2018
ހާދަ ވަރަކަށް އަޟްފާގު ޑިފެންޑު ކުރަން ބަޔަކު މަސައްކަތް މިކުރަނީ!!!! ކަލޭމެން ކެރިއަރުގެ ފަހުކޮޅު އުޅޭގޮތުގެ ވާހަކަ ދައްކަމާހިނގާބަލަ، ކަލޭމެންނަކީ ތިބުނާހާ ވަރުގެ ބައެއްނޫން، ހަޖަމްކުރަން ދަސްކުރޭ! އެއްވެސް އުޅުމެއް އަޙްލާގެއް ތިބި ބައެއްނޫން، ތިމާވަރުގެ މީހަކު ނެތްކަމަށް ހީކޮށްގެން ތިދައްކާ ވާހަކަ ގަބޫލް ކުރާނީ ތި ގުރޫއްޕް ގަޑުގެ މީހުން! އަޟްފާގައް ސެލިއުޓު ކުރަން އެކަމަކު ގައުމައް ފަހު. ދެންވެސް މީހާ ރަނގަޅުވޭ އެހެންނޫނީ ކަންމަތީ ގުރޫއްޕް ގަޑައްވާހެން ވާނީ. މި ގައުމު ދާނީ ކުރިއަށް އަދި އަޟްފާގު ނެތިއްޔާ އެހެން ކުޅުންތެރިން ތިބޭނެ އަދި އެތަން ފޫބައްދާނެ.
ސިފާގް
06 April 2018
ގައުމަ ކީ ފުޓްބޯޅަ ޓީމައް އިއްޔެ މެންދުރު ހަވާލުވި ކޯޗޫ ތަ ނޫނީ އެފްއޭއެމް ގަ އެއުޅޭ ބައިގަޑު ތަ. ކޮސްނުގޮވާ.
ރިނީ
06 April 2018
ހަމަޔަގީންތާ ދުނިޔެއޮތްހާ ހިނދަކު ކުރިޔަށް ދާނެކަން. ދެން އެކަމަކު ތިޔަބުނާނީ 'ބަޔަކުމީހުން' ގެވެސް ބޭނުމެއްނެތޭ ދުވަހު ހަމަ އެއްވެސް އިހުތިރާމެއްނެތި ހަނދާން ނައްތާލާށޭތަ. އެއީ ތިމާގެ ދަރިން، އާއިލާ އަދި ރައްޓެހިން ކަމުގައިވިޔަސް. މަގޭ ދުޢާޔަކީ ކަލެޔަށްވެސް އެކަހަަލަ ދުވަހެއް ނުދެއްކެވުން.
ކުދޭ
06 April 2018
ކެރިއަރުގެ ފަހުކޮޅަށް ދިޔައީމަ ކުޅުންތެރިންވެސް ކަންތައް ކުރަނީ ރަގަޅަކަށް ނޫން. މޫނަށް ކަނދުރާ އަށް ނުބަލާ ޓީމު ނަގާ ކޯޗަކު ވިއްޔާ ދަގަނޑޭ އާ މައްސަލަ ޖެހޭ ސަބަބުވެސް އެބަ ބަލަން ޖެހޭ. ހާބަޓު އާވެސް ވަރަށް ބޮޑަށް ޖެހުނު ކަން ހަނދާންކޮށްލަން. ގަބޫލުކުރަން ދަގަނޑޭ ވަރު ކުޅުންތެރިއެއް ނުއުފެދޭ މިރާއްޖެއަކު
ހާމަ333
06 April 2018
ހީނާ ތިހާމޮޅުނަމަ ހުންނާނީ ގައުމީ ކޯޗުކަމުގަދޯ....ސޯ ޕްލީސް ބޭކާރު އަނގަނުތަޅާ ތިބުން ރަނގަޅުވާނީ ހީނާވެސް ސުޒޭނުވެސް ދެންހުރި މީހަކުވެސް...ނަގާނެ ބަޔަކާ އަޅާނެ ފިޔަވަޅެއް އެނގޭނީ ކޯޗަކަށް ހުރި މީހަކަށް...ގައުމީ ކޯޗަށް ޑިސިޕްލިންގ ކިޔާދޭން ހީނާމެން ލަދުގަންނަންޖެހޭ....އެފެންވަރު ހުރިނަމަ ފުރަތަނަ ރަނގަޅު...އެއްފެންވަރެއްގެ މީހުނާ އަޅައިގެން އުޅެބަލަ...މިސާލަކަށް ސުޒޭނުއާ....
ހާމަ333
06 April 2018
ބަލަ ތިބުނާ ދަގޭއަކާ ދެންވެސް ބަޔަކު ތިބި މުސްކުޅި ކުޅުންތެރިން ތިއްބާ ބޫޓާން ފަހަތުން އަރާ ރާއްޖެކޮޅަށް ލަނޑުގޯންޏެއް ޖެހީ....މަހީކުރީ އެންމެފަހުން މިއޮތްދެން ދަނީކަމަށް....އަބަދަކު މެރަޑޯނާވެސް ޕެލޭވެސް ނެތް ގައުމީޓީމަކު....