ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް ދަ ގޭންގް ފުރަތަމަ ޑިވިޝަނަށް

ޕެނަލްޓީ ޖަހައިގެން 3-1 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުގެ 90 މިނިޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ދަ ގޭންގުން ވަނީ ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ޖޭޖޭ ބަލިވީ އެ ޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.

ޖޭޖޭގެ ޖަޕާން މިޑްފީލްޑަރު މޯރީ އެއިސޫކޭ ފޮނުވާލި ޕެނަލްޓީ ދަނޑިއަށް އަމާޒުވިއިރު، ނެދަލެންޑްސްގެ ފޯވާޑް ލިއަންޑްރޯ ރެސީޑާ އާއި ކެޕްޓަން އަބްދުއްރަޝީދު މާހިރު (އަބޫ) ފޮނުވާލި ދެ ޕެނަލްޓީ ދަ ގޭންގުގެ ކީޕަރު އިޔާން އަބްދުލް އަލީމް ވަނީ މަތަކޮށްފަ އެވެ. ޖޭޖޭ އިން ޕެނަލްޓީ ކާމިޔާބުކުރީ ކުރިން ނިއު އަށް ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އެ ޕެނަލްޓީ ވެސް ގޯލަށް ވަނީ ކީޕަރު އިޔާން އަތުގައި ޖެހިފަ އެވެ.

މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަދި މުބާރާތުގެ މޮޅު ކީޕަރުގެ މަގާމު ހޯދި އިޔާން އަކީ މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ދަ ގޭންގަށް ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. މި މުބާރާތުގައި ދަ ގޭންގުގެ ކާމިޔާބީގައި އޭނާގެ ދައުރު ބޮޑެވެ.

ދަ ގޭންގުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ކުރިން ވިކްޓަރީ އާއި ވީބީ އަދި ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު އިބްރާހިމް އަބްދުﷲ (އިއްބެ) އާއި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަބްދުލް މުހައިމިން އަދި ކުރިން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ފެނުނު އަބްދުﷲ ފައުޒާން އެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޖޭޖޭގެ ކުރިއަށް ކުޅެމުން ދިޔަ އިބްރާހިމް ޝިޔާމް (ކުޑަތޮއްޑޫ) އާއި މުހައްމަދު ލިޔާހު ވެސް ލިބޭ ފުރުސަތުތަކުގައި ދިޔައީ އެޓޭކްކުރަމުންނެވެ.

މެޗުގެ 17 ވަނަ މިނިޓްގައި ޖޭޖޭގެ ކެޕްޓަން އަބޫ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދަ ގޭންގުގެ ކީޕަރު އިޔާން މަތަކޮށްފަ އެވެ.

ދަ ގޭންގުގެ ކީޕަރު އިޔާން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖޭޖޭ އަށް ލީޑުނަގައިދޭން މެޗުގެ 31 ވަނަ މިނިޓްގައި އެ ޓީމުގެ ލިއަންޑްރޯ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ އަތުން ގެއްލުނީ ފޮނުވާލުން ލަސްކޮށްލުމުންނެވެ. އެ ބޯޅަ ގޯލަށް ފޮނުވާލަން އޭނާ އަށް ވަގުތު ލިބުނެވެ.

ފުރަތަމަ ހާފުގެ ފަހު ދިހަ މިނިޓް ތެރޭ ދަ ގޭންގުން ވަނީ ގިނަ އެޓޭކްތަކެއް އުފައްދައި ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ގޮތުން އެ ޓީމަށް ކުޅޭ އަހުމަދު އަޖުވަދު (އަޖޭ) އާއި ޒާހިދު އިބްރާހިމް (ޒާޑު) ފޮނުވާލި ޝޮޓްތައް ޖޭޖޭ އަށް ކުޅޭ ނޭޕާލްގެ ޒުވާން ގައުމީ ޓީމު ކީޕަރު އަރްޕަން ކާކީ ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން ޒާހިދު ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނިޓް ތެރޭ އޭރިއާ ތެރެއިން ޖޭޖޭގެ ބިޗަޑް ފޮނުވާލި ބާރު ބޯޅަ ކީޕަރު އިޔާން ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ހުސްކޮށްހުރެ ލިޔާހު ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެސް މޮޅު ކުޅުމެއް ދެއްކި ކީޕަރު އިޔާން އެވެ.

ދަ ގޭންގުން މެޗުގެ 75 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެެއަށް ހުރަސްވި ބޯޅަ އަޖޭ ފޮނުވާލި ނަމަވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ހަ މިނިޓް ފަހުން ކޯނަރަކުން ދަ ގޭންގުގެ އިބްރާހިމް އަބްދުﷲ (އިއްބެ) ބޮލުން ފޮނުވާލި ބޯލަ ބްލޮކްވީ އެ ޓީމުގެ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.

ބޯވާރޭގެ ތެރޭގައި ޕެނަލްޓީ ޖަހައިގެން ޖޭޖޭ ބަލިވިއިރު، މެޗަށް ފަހު ދަ ގޭންގުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ދަނޑަށް އަރައި ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ދަ ގޭންގުގެ ޒާހިދު އެވެ.

ޗެމްޕިއަންކަން ހޯދައި ދަ ގޭންގަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބުނުއިރު، ދެ ވަނަ ދިޔަ ޖޭޖޭ އަށް ޖެހޭނީ މިހާރު ކުރިޔަށްދާ އެސްޓީއޯ މާލޭ ލީގުގެ ފުލަށްދާ ދެ ޓީމާ އެކު މާލޭ ލީގު ކޮލިފައިންގައި ކުޅޭށެވެ. މިދިޔަ އަހަރުގެ މާލޭ ލީގު ކޮލިފައިން ކެންސަލްވީ އެ ފަަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޒެފްރޯލާއި ރަނަރަޕަށް ދިޔަ ކުޑަހެންވޭރު ޔުނައިޓެޑަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކުޅެވެން ނެތުމުންނެވެ.

ޖޭޖޭގެ ބިޗަޑް (ވ) ދަ ގޭންުގުގެ އަޖޭ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުން ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް އައި ތިން ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އަދި ގްރީން ސްޓްރީޓްސް އިން ވަނީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށްފަ އެވެ. އޭގެ ތެރެއިން ޓީސީ ފުރަތަމަ ޑިވިޝަނަށް އައީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން ބުރު ކާމިޔާބު ކޮށްގެންނެވެ.

ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު، އެ ޓީމުގެ އެސިސްޓަންޓްގެ ކޯޗަކީ ކުރީގެ ކުޅުންތެރިޔާ ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ. ދަ ގޭންގު ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވީ ފަރިއްޓެގެ ކޯޗުކަމުގަ އެވެ.

މެޗަށް ފަހު ފަރިއްޓެ ބުނީ މިއީ ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ފުރިހަމަ ކާމިޔާބެއް ކަމަށެވެ.

"މިއީ ދަ ގޭންގުގެ ތިން ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި. ހަގީގަތުގައި މި ކާމިޔާބީގެ ޝުކުރު ހައްގުވަނީ ކުޅުންތެރިންނާއި މެނޭޖްމަންޓަށް. ދެން އަޅުގަނޑު އެފްއޭއެމް އާއި ރައީސް ބައްސާމަށް ވެސް ޝުކުރު އަދާކުރަން ދެ ވަނަ ޑިިވިޝަނުގެ ޗެމްޕިއަނުންނަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ދޭތީ. އެހެން ނޫނީ ފުރަތަމަ ޑިވިޝަންގެ ޖާގައެއް ހޯދުން މި ވަނީ ހަނގުރާމަ އަކަށް. މި ބަދަލާ އެކު ދެ ވަނަ ޑިވިޝަންގެ ފެންވަރު ރަނގަޅުވެ ފޯރިގަދަވާނެ." ފަަރިއްޓެ ބުންޏެވެ.

އޭނާ ބުނީ މިއީ ކޯޗިން ކެރިއަރުގައި ވެސް ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަަށެވެ.

"ގްރީން އާއި ނިއު ރޭޑިއަންޓުގެ އެސިސްޓަންޓަކަށް ހުރެފައި އަޅުގަނޑު މި ފަހަރު މި ނުކުތީ ދަ ގޭންގާ އެކު ޓެސްޓަކަށް. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް މިދިޔައީ." ފަރިއްޓެ ބުންޏެވެ.

7 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕަޕަންޑިލިއޮސް

10 May 2018

މިއީ ދަނގޭގެ ގުރޫޕެއްތަ؟

The name is already taken The name is available. Register?

މޯޑް

09 May 2018

ގޭންގް ގެ ދިގުގޮތަކަށް ޖަހާފަ އޮތް ނަމެއް ދެން އެއީ

The name is already taken The name is available. Register?

ޝޯން

08 May 2018

ރާއްޖޭގެ ގައުމީ ޓީމަށް އިމްރާނުގެ ފަހުން އައި ކުޑަ އިމްރާނު އަދި ފައިސަލް އަށްވެސް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭ. އިމްރާނު ނެތްތަން ފޫބައްދަން މިހާރުން މިހާރަށްވެސް ވަރަށް މުހިންމު. ގައުމީ ކޯޗު ވަނީ ހުރިހާ މުބާރާތެއް އަތް ފުނާއަޅައިގެންވެސް މޮޅެތި ކުޅުންތެރިން ހޯދާނެ ވާހަކަ ބުނެފަ. މިހަބަރު ކިޔާލުމުން ހަމަ ގައިމުވެސް ފައިނަލް މެޗެއްގަ ކީޕަރު އިއާން މިދެއްކި ޕާފޯމަންސް ވަރަށް އައުޓް ސްޓޭންޑިންގް ކަން އެބަ އިނގޭ. ގައުމީ ކޯޗު އަދި މެނޭޖުމަންޓުން މި ކީޕަރު ފާހަގަކޮށް ޓީމް ސެލެކްޝަންގަ މިކީޕަރުގެ އަޖުމަ ބަލާލުން ރަނގަޅު ކަމަށް ބެލެވޭ.

The name is already taken The name is available. Register?

އަދުހަމް

08 May 2018

ދަ ގޭންގް؟ މިކަހަލަ ނަން ވެސް ހަމަ ފާސް ވަނީ ދެއްތޮ؟

The name is already taken The name is available. Register?

އިބްރާ

08 May 2018

ދަގޭންގް އެއީ އެ ކުލަބުގެ އަޞްލު ނަމެއް ނޫން. އެއީ ނަމުގެ ކުރު ގޮތް.

The name is already taken The name is available. Register?

ކަޓޭ

09 May 2018

ކްލަބް ގެ ނަމަކީ "ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯރޓްސް ކްލަބް" ކުރުކޮށް "ދަ ގޭންގް" Da Grande Amigos New Generation Sports Club Da G.A.N.G އޯކޭ...؟؟؟

The name is already taken The name is available. Register?

ތަރަބެ

09 May 2018

ތި ނަމެކޭ. ބްރޯކަން ހާޓް އެކޭ ހިތް ހަލާކޭ އެއްގޮތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454