ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ދަގަނޑޭގެ މައްސަލާގައި ކޯޗުގެ އެހެން ވާހަކަތަކެއް!

ސާފް ސުޒުކީ ކަޕަށް ނެގި ސްކޮޑުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ނުހިމެނީ އާ ކުޅުންތެރިންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ވާތީ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް މިރޭ ބުނެފި އެވެ.

ސެގާޓް ހަވާލުވެ ކުޅުނު ރަސްމީ ފުރަތަމަ މެޗު ކަމަށްވާ މާޗު މަހު ބޫޓާން އަތުން 7-0 އިން މޮޅުވި މެޗުގެ ސްކޮޑުން ދަގަނޑޭ ބާކީކުރީ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. އެކަމަކު ބެލެވިފައި އޮތީ ސާފުގައި ވާދަކުރާ ސްކޮޑުން އޭނާއަށް ފުރުސަތު ދޭނެ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ދަގަނޑޭގެ ހުނަރުވެރިކަމާ މެދު ސުވާލެއް ނެތް ކަމަށާއި އޭނާ އަށް އިހުތިރާމް ވެސް ކުރާ ކަމަށެވެ. ނަމަވެސް މިއީ އާ ޖީލަކަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް އޭނާ ބުންޏެވެ.

ކޯޗު ބުނި ގޮތުގައި ސްކޮޑުގައި ހިމަނަން 66 ކުޅުންތެރިއެއްގެ ނަން ނޯޓްކުރި އިރު ސްކޮޑް ފައިނަލްކުރީ އަހުލާގާއި، ޓީމު ރޫހާއި، ކުރިއަރާނެ މިންވަރާއި ހުނަރުވެރިކަމަށް ބަލާފަ އެވެ.

އުމުރުން 32 އަހަރުގެ ދަގަނޑޭ ޓީމަށް ނުނެގުމުގައި އެ ނޫން މައްސަލަތަކެއް ނެތް ކަމަށް ކޯޗު ބުނި ނަމަވެސް އިތުރު ސަބަބުތަކެއް އުޅޭ ކަމުގެ އިޝާރާތްތަކެއް ކޯޗު ނުސީދާކޮށް ދިނެވެ. އެގޮތުން އޭނާ ބުނީ ގައުމީ ޓީމަށް ކުޅެން ޖެހޭނީ ފަހުރާއި ޝަރަފްވެރިކަމާ އެކީ ކޮންމެ މެޗެއްގައި ވެސް 100 ޕަސެންޓް ދޭ ކުޅުންތެރިން ކަމަށެވެ. ކުޅޭނެތޯ ޝައްކެއްގެ މަތީގައި ހުންނަ ނުވަތަ ރިޓަޔާކުރުމާ މެދު ދެ ހިޔާލެއްގައި ތިބޭ ކުޅުންތެރިން ބޭނުން ނޫން ކަމަށް އޭނާ ބުންޏެވެ.

ސެގާޓް އެ އިޝާރާތްކުރީ ދަގަނޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނާފައި އޮތް އޮތުމަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ ދަގަނޑޭ ބޫޓާން މެޗަށް ފަހު ރިޓާޔާކުރާނެ ކަމަށް އޭނާގެ ބޭބެ ބުނެފައިވާ ވާހަކަ އާއި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ނުކުޅޭނެ ކަމަށް އޭނާ މާ ކުރިން ބުނެފައިވާ ވާހަކައެއް އަޑުއިވިފައިވާ ކަމަށް ކޯޗުގެ ވާހަކައިގެ ތެރެއިން ބުނުމެވެ.

ކޯޗާ ޖެހުނު މައްސަލަތައް ހައްލުކުރަން ދަގަނޑޭއާ އެކު ބައްދަލުވުންތަކެއް ބޭއްވި ކަމަށް ވާހަކަދެކެވިފައިވެ އެވެ. އެކަމާ ސުވާލުކުރުމުން ސެގާޓް ބުނީ އެފްއޭއެމްގެ ވެރިންގެ ހާޒިރުގައި ބައްދަލުވުމެއް ބޭއްވި ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް މީޑިއާގައި ތަފްސީލްކުރަން ބޭނުންނުވާ ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އަލުން ގައުމީ ޓީމަށް ކުޅޭނެ ވާހަކައެއް ދަގަނޑޭ އެ ބައްދަލުވުމުގައި ނުބުނާ ކަމަށެވެ. ނުކުޅޭނެ ކަމަށް ސީދާ ބުނިތޯ އެހުމުން ޖަވާޒް ވިދާޅުވީ "ދަގަނޑޭ ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް މީޑިއާގައި ބުނެފައިވާ ކަމަށެ"ވެ.

"ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް އޭނާ އެ ނިންމުން ބަދަލުވި ވާހަކަ ބުނެފައެއްނުވޭ،" ޖަވާޒް ވިދާޅުވި އެވެ.

ދަގަނޑޭ މި ސީޒަނުގައި 25 ގޯލް ޖަހާފައިވާއިރު އޭގެ ތެރޭގައި އޭއެފްސީ ކަޕުގައި ޖެހި ހަ ގޯލް ހިމެނެ އެވެ.

ކޯޗު ބުނީ ބައެއް ކުޅުންތެރިން ކްލަބް ލެވެލްގައި ލަނޑު ޖެހިޔަސް ގައުމީ ޓީމުގައި ނުޖަހާ ކަމަށެވެ. އަދި ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމަށް ލަނޑެއް ޖެހީ 2016 ގައި ލާއޮސް ކޮޅަށް ކަމަށް ސެގާޓް ބުންޏެވެ.

އެކަމަކު މިދިޔަ އަހަރާއި މި އަހަރު އަނިޔާގެ ސަބަބުން ދަގަނޑޭއަށް ގައުމީ ޓީމުގެ މެޗުތަކެއް ގެއްލިފައިވެ އެވެ.

ކޯޗު ބުނީ ދަގަނޑޭއާ މެދު ކިތަންމެ ހަމްދަރުދީ ވިޔަސް ޓީމަށް ނެގެން ނެތް ކަމަށެވެ. އަދި މިއީ ގައުމީ ޓީމާ ދުރަށް ޖެހިލަން ދަގަނޑޭއަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ވެސް ބުންޏެވެ. އެވާހަކަށް ބާރު އެޅުމުގެ ގޮތުން މިސާލު ދައްކަމުން އޭނާ ބުނި ގޮތުގައި ސްޕެއިނުގެ އަންދްރޭ އިނިއެސްޓާ އާއި ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިން ވެސް ވަކި ހިސާބަކުން ގައުމީ ޓީމާ ދުރަށް ދެ އެވެ.

ދަގަނޑޭގެ އުމުރުގެ ވާހަކަ ކޯޗު ތަކުރާރުކޮށް ބުނި ނަމަވެސް އޭނާއާ އެއް އުމުރެއްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ ޓީމަށް ނަގައިފަ އެވެ. އެކަމާ ސުވާލުކުރުމުން ކޯޗު ބުނީ ފޯވާޑުންނާ ބަލާއިރު މިޑްފީލްޑަރުންނާއި ޑިފެންޑަރުންނަކީ ތަފާތު ބައެއް ކަމަށެވެ.

"ޑިފެންޑަރުން ތަންކޮޅެއް އުމުރުން ދުވަސް ވިޔަސް މައްސަލައެއް ނެތި ތަޖުރިބާއާ އެކު ކުޅެވޭނެ. ބަކާގެ ވަރަށް ތަޖުރިބާ ހުންނާނެ. އަނެއްކާ އޭނާ އަކީ އިސްކޮޅުން ދިގު ކުޅުންތެރިއެއް. އޭނާ އަށް ސްޓޮޕަރަކަށް ކުޅެވިދާނެ. އެހެން މީހަކު އޭނާ އެ މަގާމަށް ބޭނުންނުކުރިޔަސް އަހަންނަށް އޭނާގެ ބޭނުން ހިފިދާނެ އެތަނަށް،" ކޯޗު ބުންޏެވެ.

އަނެއްކޮޅުން އަނިޔާގައި ގިނަ ދުވަސްތަކެއް ހުރެ އެނބުރި އައިސް ފޯމަށް ނޭޅި ހުރި ފޯވާޑް އަސަދުﷲ އަބްދުﷲ ސްކޮޑަށް ނެގިއިރު މި ފަހަރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީސީގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ނެތެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނީ އަސަދުﷲ އަކީ ރާއްޖޭގައި ހުރި ހަމައެކަނި "ހަގީގީ ސެންޓަ ފޯވާޑް" ކަމަށާއި އޭނާގެ ފޯމްގެ މައްސަލަތަކެއް ހުއްޓަސް ރިސްކެއް ނަގަން ބޭނުންވީ ޓީމަށް އެހީވެވިދާނެތީ ކަމަށެވެ.

ހަތަރު ގޯލްކީޕަރުން ނެގިއިރު އޭގެ ތެރޭގައި ޓީސީގައި ރަނގަޅު ކުޅުމެއް ދެއްކި އަދި އޭއެފްސީ ކަޕުގެ ތަޖުރިބާ ވެސް ހުރި ޒުވާން ގޯލްކީޕަރު ނަދީމް އާދަމް (ރިކޫ) ނެތެވެ. އެކަމާ ބެހޭ ގޮތުން ސެގާޓް ބުނީ "ފަހަރުގައި އަހަރެންގެ ސިސްޓަމަށް [އޭނާ] ނުފެތެނީ" ކަމަށެވެ.

މީގެ އިތުރުން ވެސް މި ސީޒަނުގައި މޮޅަށް ކުޅުނު އަދި ކޯޗު އެބުނާ އުމުރަށް ފެތޭ ބައެއް ކުޅުންތެރިން ނުނަގަ އެވެ. އޭގެ ތެރޭގައި އީގަލްސްގެ ހުނަރުވެރި ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އާއި ނިއުގެ އުއްމީދީ ފޯވާޑް އިބްރާހިމް އަތީގް އަދި ތަޖުރިބާކާރު އެކަމަކު ޒުވާން ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ވެސް ހިމެނެ އެވެ. އެ ކުޅުންތެރިންގެ ވާހަކަތައް އަހަން ފެށުމުން ކޯޗު ސީދާ ޖަވާބެއް ނުދެ އެވެ. އޭގެ ބަދަލުގައި ބުނީ ނެތް ކުޅުންތެރިންގެ ވާހަކަ ނުދައްކައި ތިބި ކުޅުންތެރިންގެ ވާހަކަދައްކަން ޖެހޭ ކަމަށެވެ.

ސެގާޓް ބުނި ގޮތުގައި ޓީމު ނެގުމުގައި، ބޫޓާން އަތުން 7-0 އިން މޮޅުވި މެޗު ވަރަށް ބޮޑަށް ބަލާފާނެ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ މެޗަކުން މޮޅުނުވާތާ 288 ދުވަސް ވީ ފަހުން ކަމަށާއި އެ މެޗުގައި ޒުވާން ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއި ނަތީޖާގެ ވާހަކަ އަބަދުވެސް ބޮޑުކޮށްފައި ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

އެ މެޗުގެ ޕޮޒިޓިވް ވާހަކަ ނުދައްކައި އަބަދު ނެގެޓިވް ވާހަކަދައްކާތީ ކޯޗު ވަނީ ނޫސްވެރިންނާ މެދު ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ. އެކަމަކު ބޫޓާނަކީ އަބަދުވެސް ރާއްޖެ އަތުން ބަލިވާ ޓީމެކެވެ. އޭގެ ތެރޭގައި 2003 ގައި ހަ ލަނޑުން ބަލިވި މެޗު ވެސް ހިމެނެ އެވެ.

އެންމެ ފަހުން ބޫޓާނާ އެކު ކުޅުނު މެޗުގައި ހަތަރު ލަނޑު ޖެހި ނާއިޒް ހަސަން (ދާދު) ގެ ވާހަކަ ކޯޗު ފަހުރުވެރިކަމާ އެކު ދައްކާ އިރު އޭގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުގެ ސްކޮޑުން ވެސް އޭނާ އަށް ފުރުސަތެއް ނުދެ އެވެ.

29 ކޮމެންޓް, 99 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 7%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

31 July 2018

ރާއްޖޭގެ އެންމެ މޮޅު ދެލުޅުންތެރިންގެ ގޮތުގާ އުފެދުނީ ކުޑަ މޫސަޔާ ދަގަނޑޭ ކުޑަ މޫސަޔަކީ ހުރިހާ ދުވަސްވަރެއްގާވެސް އެންމެ އހަށް ފުޓް ބޯޅަިގާ ދެވުނު އިރުވެސް ރަނގަޅު ޑިސިޕްލިން މޫސަ ގެންގުޅުއްވި މޫސަގެ ކުޅިވަރގެ ކަރިއަރު ނިންމާލި އިރުވެސް އެންމެންގެ ލޯބި ލިބެމުންދިޔަ އެންމެންވެސް މޫސަ އަށް ބޭނުންވި . މިއަދުގެ އެންމެމޮޅުކުޅުންތެރިޔާ އަސްފާގު ބާކީވެގެން ދިއުމުގާ އޮތީ ތިމާގެ ކޮން ކުށަކުންތޯ އަމިއްލަ ނަފްސާ ސިވާލުކޮށް އޭގެ ޖަވާބު އަމިއްލަޔަށް ހޯދާ ކުޅިވަރަށް ލޯބި ކުރައްވާ ފަރާތްތަކާ ހިއްސާ ކޮށްދެއްވާނެ ކަމަށްދެކެން.

The name is already taken The name is available. Register?

ލިރާރު

30 July 2018

ދަގަނޑޭ އަކީ މިހާރު ދުނިޔޭގެވެސް އެންމެ މޮޅު ކުޅުންތެރިޔާ... ކޯޗް ޖެހޭނީ ދަގަނޑޭނުލާ މަހަށް ދާން. އިގިއްޖެ. މީނާ މިހާރުން މިހާރު ބޭރުކުރޭ.. މަހޫނު ވެދާނެ. ކެކެނީ

The name is already taken The name is available. Register?

ވިސްނާ

30 July 2018

މި މުބާރާތުގަ މަ ސަޕޯރޓް ކުރާނީ އިންޑިއާ އަށް. ވަރަށް ސަލާމް.

The name is already taken The name is available. Register?

ނަން

30 July 2018

ތީ ހަމަ ޒާތީ ކަމެއް

The name is already taken The name is available. Register?

ޚޯށޚޯށޤ

30 July 2018

މިއީ ބޯހަމަޖެހޭ މީހުން ދައްކާ ކަހަލަ ވަހަކައެއް ނޫން. ކޮސް ހުސް..........ވަރަށް ބޮޑަށް ބެލެވޭ ކޮންމެވެސް ފަރާތެއްގެ ނުފޫޒޫ އޮތް ކަމަށް!

The name is already taken The name is available. Register?

ޒަރީރު

30 July 2018

މަށެއް ނުދެކެން އެހެން ގައުމުތަކުގެ ސީނިއަ ކުޅުންތެރިޔާ ހާއްސޮށް ކައްޕިތާނު މިގޮތަށް ބޮޑާ ދަށްކާތަނެއް. ދަގަނޑޭ ކިތަންމެހާވެސް މޮޅު. އެކަމަކު މީހަކުވިއްޔާ ގޮތެއް ހުންނަންވާނެ

The name is already taken The name is available. Register?

އަލީ11

30 July 2018

އަހުލާގު ދަށްވީމަ ނުނެގެނީ. ލީޑާޝިޕެއް ނެތީމަ.

The name is already taken The name is available. Register?

ޙަސަން ހަސަން

30 July 2018

ވަރަށް ޒިއްމާދާރުކާން ކުޑަ ނިއްމުމެއް. ގައުމީޓީމު ނަގަންވާނީ އެވަގުތަކުތިބި އެއްމެ މޮޅުކުޅުންތެރިން ހިމަނައިގެ. މުސްތަޤުބަލަށޭ ކިޔާފަ ގައުމުގަހުރި އެއްމެ މޮޅު ކުޅުންތެރިޔާ ފިޓުކޮއްހުޓާ ނުލާ ދިޔުމަކީ ވަރަށް ޒާތީ ނިންމުމެއް. ތިކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ޓީމު ބަލިވުމަށް އެދޭނެ ކިތައްމެ ބަޔަކު މިގައުމުގަ ތިބޭނެ. ދަނގަނޑޭގެ ކިބައިގާ އަޚުލާގީ މައްސަލަތޔަކެއް އުޅޭނަމަ އެކަން އިސްލާހު ކުރުމަށް ފުރުޞަތު ދޭންޖެހޭނެ. މާދުރުގާ ހުރިމީހަކު އައިސް ހަމަ ދިމާވި ކުޑަކުޑަ ކަމަކުން ރާއްޖޭގަ ހުރި އެއްމެ މޮޅު ކުޅުންތެރިޔާގެ މުސްތަޤުބަލް ހަލާކުކޮއްލާން ފުރުޞަތު ދީގެންނުވާނެ. ދަގަނޑޭނުލާ ދިޔުމަށްވުރެ ތި ކޯޗު އިސްތިޢުފާ ދީފަ ގައުމަށް ދިޔުން މާ ބުއްދިވެރި.

The name is already taken The name is available. Register?

ބާބާ

30 July 2018

ކޮންމެ ކަމެއްގައިވެސް ފިތުނަ. ޓީމު ނަގާނެގޮތާއި، ޓީމު ކުޅެންވާ ގޮތް ނިންމާނީ ކޯޗު. މަށަށް ހީވަނީ ރާއްޖެއަށް ބޭނުންވަނީ ސީނިއާރ ކުޅުންތެރިންނާއި، ރާއްޖޭގެ ބައެއް ނުފޫޒުގަދަ ކޯޗުންގެ ދަށުނުވާނެ ފަދަ ހަރުދަނާ ކޯޗެއް. މިހާރު ހުރި ކޯޗަކީ އެފަދަ ކޯޗެއް. ބަރާބަރުކޯޗް ޤައުމަށް ވުރެ ދަގަނޑޭއެއް މުހިއްމެއް ނުވާނެ. ގޮތް ދޫނުކޮށް ހުންނަންޏާ ޖެހޭނީ އެގޮތުގަ ހުންނަން، މިހާރުގެ ކޯޗަކީ ކުޅުންތެރިން ބުނާ އެއްޗަކަށް ހެއްލޭނެ މީހެއް ނޫން އެއަށް ވުރެ ގަޓުވާނެ....އިންޝާﷲ ތައްޓަށް އަމާޒު

The name is already taken The name is available. Register?

ސުޒޭން

30 July 2018

ރަނގަޅަށް ތި ހަދަނީ. އެއްވެސް އަހްލާގެއް ހުރި ކުޅުންތެރިއެއް ނޫން ތީކީ. އަމިއްލައަށް ގަބޫލް ކުރަންޖެހޭނެ އެވަރަށް ކޯޗާ ޖައްސާލީމަ ނުނަގާނެކަން. ދެން ބާކީ ކުރީމަ އަދިވެސް ފިތުނަ އުފައްދަން ތިއުޅެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454