ކުޅިވަރު / ނިއުރޭޑިއަންޓް ސ.ކ

ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން ދަމަހައްޓައިފި، އެ ޖާގަ ވެލެންސިއާ އަށް؟

މިއަދުގެ ކޮންގްރެސްގައި ކްލަބްތަކުން ވޯޓްދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެފްއޭއެމުން ސަސްޕެންޑްކުރި ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ދެމެހެއްޓުމަށް މެޖޯރިޓީ ކްލަބްތަކުން މިއަދު ނިންމުމާ އެކު، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބުގެ 40 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ފުރަތަމަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ނިންމި ނިންމުމާ ގުޅިގެން، އެ ކްލަބުގެ ބަދަލުގައި ފުރަތަމަ ޑިވިޝަނަށް އަންނާނެ ކަމަށް ބެލެވެނީ މިދިޔަ އަހަރު ރެލިގޭޓްވި ކްލަބް ވެލެންސިއާ ކަމަށް އެފްއޭއެމްގެ ރައީސް އަދި ވެލެންސިއާގެ ކުރީގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ބައްސާމާއި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެދެން ނިއު ތައްޔާރުވަނިކޮށް، މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު އެ ކްލަބް ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ.

އެގްޒެކެޓިވް ކޮމިޓީއެއް ލިބިދޭ ބާރެއްގެ ދަށުން ސަސްޕެންޑްކުރި ކުރުން ދަމަހައްޓަން ކޮންގްރެސްއަށް ފެނޭތޯ ބަލަން ނެގި ވޯޓުގައި އެކަމާ ދެކޮޅަށް ވޯޓް ދިނީ ވިކްޓްރީ އާއި މަހިބަދޫ ސްޕޯޓްސް ކްލަބުން އެކަންޏެވެ. ސަސްޕެންޝަން ދަމަހައްޓަން ފެންނަ ކަމަށް ވޯޓް ދިނީ މާޒިޔާ، އީގަލްސް، ވެލެންސިއާ، ދަ ގްރާންޑޭ، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ޓީސީ ސްޕޯޓްސް، ބީޖީ ސްޕޯޓްސް، ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު އަދި ކްލަބް ސީލޭންޑެވެ.

ވިކްޓްރީގެ ޗެއާމަން އިބްރާހިމް ނާޝިދު: ނިއުގެ ދިފާއުގައި މަސައްކަތްކުރެއްވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ ކޮންގްރެސްގައި ނިއުގެ ދިފާއުގައި މަސައްކަތްކުރެއްވި ހަމައެކަނި މަންދޫބަކީ ވިކްޓްރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދެވެ. ނިއު ސަސްޕެންޑްކުރުމުން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ މަސައްކަތާ ހަވާލުވި ވިކްޓްރީގެ ޗެއާމަން ވަނީ ނިއުގެ ސަސްޕެންޝަނާ ގުޅޭ ގޮތުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ސުވާލުތަކެއް އަމާޒުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ނިއުގެ އިތުރުން އެހެން ކްލަބްތައް ވެސް އަދި ހުދު ވިކްޓްރީން ވެސް ކުޅުންތެރިންނަށް މުސާރަ ނުދީ އޮއްވާ ހަމައެކަނި ނިއު އަށް އަދަބު ދިނުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ނިއު އިން އެފްއޭއެމާ ދެކޮޅަށް މައްސަލައެއް ހުށަހަޅަން ތައްޔާރުވި ވަގުތު މިގޮތަށް ސަސްޕެންޑްކުރުމުން އެގްޒެކެޓިވް ކޮމިޓީއާ މެދު އިތުބާރު އިތުރަށް ގެއްލޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޖަވާބުގައި ބައްސާމް ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގެ 10 ކުޅުންތެރިޔަކު ނިއުއާ ދެކޮޅަށް މުސާރައިގެ މައްސަލަ ހުށަހަޅާފައި އޮތް ކަމަށާއި އެކަމާ ގުޅިގެން މެނޭޖްމަންޓާ އެކު ބައްދަލުކޮށް އަދި ސިޓީ މެދުވެރިކޮށް އެންގި ނަމަވެސް ޖަވާބެއް ނުދިނުމުން ވަގުތީ ސަސްޕެންޝަނެއް ދިނީ ކަމަށެވެ. އަދި އޭރު އެ ކްލަބުން އެފްއޭއެމާ ދެކޮޅަށް މައްސަލައެއް ހުށަހެޅިކަން އެނގިފައިނުވާ ކަމަށާއި މި ސަސްޕެންޝަނުގެ ފަހަތުގައި ގޯސް ނިޔަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ނިއުގެ ސަސްޕެންޝަން ދަމަހައްޓަން އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ޓީސީގެ ފަރާތުން ކޮންގްރެސްގައި ބައިވެރިވި މެމްބަރު އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އެވެ. އޭނާ ވިދާޅުވީ ނިއު ފަދަ ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު ނަމަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއް ކޮންގްރެސް އިން ދަމަހައްޓައިފި ނަމަ، އެއީ ކުޅުންތެރިންގެ ހައްގުތައް ހިމާޔަތްކުރަން އެހެން ކްލަބްތަކަށް ވެސް ދެވޭ މެސެޖަކަށް ވާނެ ކަމަށެވެ.

މިހާރު އެންމެ ބޮޑަށް ސުވާލު އުފެދިފައިވަނީ ނިއުގެ ބަދަލުގައި ޕްރިމިއާ ލީގުގެ އަށް ވަނަ ޖާގަ ފުރަން އަންނާނެ ޓީމަކާ މެދު އެވެ. ބައްސާމް ވިދާޅުވީ ފުރަތަމަ ޑިވިޝަނަށް އެރެން އޮތް ދެ ކްލަބަކީ މިދިޔަ އަހަރުގެ މާލޭ ލީގުގެ ފުލަށް ގޮސްގެން ރެލިގެޓްވި ވެލެންސިއާގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ އަށް ދިޔަ ޖޭޖޭ ކަމަށާއި އޭގެ ތެރެއިން ޓީމުތައް ރޭންކްކޮށްފިއްޔާ ފުރުސަތު ލިބޭނެ ކަމަށް ބެލެވެނީ ވެލެންސިއާ އަށް ކަމަށެވެ. އެކަމަކު ފައިނަލް ގޮތެއް ނިންމާނީ ޓެކްނިކަލް ޑިޕާޓްމަންޓާ މަޝްވަރާކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ. ވެލެންސިއާ އިން ވެސް ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަތަކެއް އުޅެ އެވެ. ވެލެންސިއާ އިން ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެން އެ މައްސަލަ ފީފާ އިން ބަލައި މުސާރަ ދޭން އެންގުމުން ވެސް ނުދީގެން ޖޫރިމަނާ ވެސް އެރި އެވެ

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އަދި ރާއްޖެ އާއި ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ނިއު މާލީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުނީ އެ ކްލަބާ 2017 ވަނަ އަހަރު މުހައްމަދު ޒިޔާދު ހަވާލުވެ ބޮޑު ބަޖެޓެއް ކަނޑައަޅައި ބޮޑެތި ޕްލޭންތަކެއް ހަދާފައިވަނިކޮށެވެ. ފުރަތަމަ ސީޒަނުގައި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެނެސް ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި މާލޭ ލީގު ކާމިޔާބުކުރި ނަމަވެސް އެހިސާބުން މާލީ މައްސަލަތައް ދިމާވާން ފެށީ އެވެ. އެގޮތުން މުސާރަ ނުލިބިގެން އަލީ އަޝްފާގް (ދަގަނޑޭ) އެ މައްސަލަ އެފްއޭއެމަށް ހުށަހެޅުމުން އޭނާގެ ކޮންޓްރެކްޓް އުވާލި އެވެ. އަދި މުސާރައިގެ މައްސަލަ ޖެހި ބޭރު ކުޅުންތެރިން ފޮނުވާލަން ފަށައި ސީޒަން ނިމުނުއިރު އޮތީ ވަރަށް ހާލުގަ އެވެ.

މިދިޔަ އަހަރު ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ކްލަބަކަށް ވެސް މާލީ މައްސަލަތައް ދިމާވެ އަދި އޭގެ ތެރެއިން ވިކްޓްރީން ދެ މެޗަކަށް ހާޒިރުނުވެ ވެސް ދިޔަ އެވެ. އެހެން އޮއްވާ އެފްއޭއެމުން ހަމައެކަނި ނިއުއާ ދޭތެރޭ ފިޔަވަޅު އެޅީ އެތަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެ ކްލަބުން ތައްޔާރުވި ވަގުތު އެވެ.

ނިއުގެ ކުޅުންތެރިން މިދިޔަ ސީޒަނުގައި މެޗެއްގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީގެ މެމްބަރުންނާ ހަވާލާދީ ނިއު އިން ބުނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެ ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ނިއު ވުރެން މުސާރައިގެ މައްސަލަ ގިނަ ދުވަސްވީ ކްލަބްތައް ހުރިކަމަށެވެ. އެހެންވެ އެ ކްލަބުން ވެސް ގަބޫލުކުރީ މިއީ ޒާތީ ފިޔަވަޅެއް ކަމަށެވެ.

އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވެސް ވަނީ އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ޒަމާންވީ ކްލަބްތައް ނިކަމެތި ހާލުގައި މިއަދު އޮއްވާ އަދި މުސާރަ ނުދެވި އޮތީ ނިއު އަށް އެކަނި ނޫން ކަމަށްވާތީ ވަކިކަމަކާ ގުޅުވައި އެ ކްލަބް ސަސްޕެންޑްކުރެވުނު ކުރުން ގަބޫލުނުކުރާ ކަމަށާއި އެ ސަސްޕެންޝަން އުވާލަން އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނިއު އަށް ފުރުސަތު ގެއްލުނުއިރު އެ ޓީމުގެ މުހިއްމު ކުޅުންތެރިންގެ ތެރެއިން މުހައްމަދު އުމެއިރާއި އަކްރަމް އަބްދުލްގަނީ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް އަދި ރިހާމް އަބްދުލްގަނީ (ބޮބީ) ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. މިވަގުތު ހުރި ހަމައެކަނި ސީނިއާ ކުޅުންތެރިޔަކީ އަލީ ފާސިރު (ސެންޓޭ) އެވެ.

ނިއު އިން ދާދި ފަހުން ބުނީ ސަސްޕެންޝަން އުވާލައިފި ނަމަ މުބާރާތްތަކުގައި ވާދަކުރަން ކްލަބް އޮންނާނީ ތައްޔާރުގައި ކަމަށާއި އެކަމަކު ތަށްޓަށް ވާދަކުރެވޭ ވަރުގެ ވަރުގަދަ ޓީމެއް ނެރެވެން ނޯންނާނެ ކަމަށެވެ. އޭގެ ސަބަބަކީ ކްލަބުގެ ދަރަނިތައް ހަލާސްކުރަން އިސްކަން ދޭން ނިންމާފައި އޮތުމެވެ.

އަންނަ އަހަރުގެ ކޮންގްރެސްގެ ކުރިން ނިއުގެ ސަސްޕެންޝަން ދެން އުވާލެވޭނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ކްލަބްތަކުގެ ތާއީދު ލިބިއްޖެ ނަމަ އެވެ.

64 ކޮމެންޓް, 135 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 11%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިންގް

27 March 2019

ޑޭވް ކަލޭ ހީނުކުރައްޗޭ ބަޔަކާ ގުޅިގެން ނާޗަރަންގީ ކުޅުނީމަ ބަލަން ހުންނާނެ ކަމަށް.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

27 March 2019

މި ބައްސާމު މީ މިރާއްޖޭގެ ފުޓްބޯޅައިގެ ހަލާކު. މަ މި އެބަ އިންތިޒާރު ކުރަން މިކަލޭގެ ސަައިޒުވާނެ ދުވަހަކަށް.

The name is already taken The name is available. Register?

މޯޑް ވަން

26 March 2019

އެފްއޭއެމް ސިޔާސީ ވިޔަސް ތި ބޮޑުވަރު... ތި ބައްސާމަށް ޑިކްޓޭޓަރު ކިޔުން ވެގެންދާނީ ދުނިޔޭގެ ޑިކްޓޭޓަރުންނަށްވެސް ހުތުރަކަށް... އެއަށްވުރެވެސް ދަށު ދަރަޖައަށް ތި ވެއްޓި ގަތީ... ވިސްނާ ފިކުރުކުރޭ... ތިއީ ތާ އަބަދަށް ފުރޭނެ މަޤާމެއް ކަމަށް ހީނުކުރޭ...މައްސަލައަކީ މިފަދަ ގަމާރުންގެ މަޅީގަ ކްލަބްތަށްވެސް ޖެހޭތީ.. ކީއްކުރާނީ ހުރިހާވެސް އެއްޗަކީ ފައިސާ އާއި ބާރު...

The name is already taken The name is available. Register?

ދިވެހި ފުޓްބޯޅަ

26 March 2019

ވިކްޓްރީ އާއި މަހިބަދޫގެ ނަން ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ރަން އަކުރުން ލިއެވިއްޖެ.

The name is already taken The name is available. Register?

ޟާނު

26 March 2019

ގޭންގްތަކަށް ސަޕޯޓްކުރާނެ ބައެއް ނެތް

The name is already taken The name is available. Register?

އަންްނި

26 March 2019

ކުޅުންތެރިންނަށް މުސާރަނުދިނުމަކީ ފޮނިކަނޑާފަ އެވާހަކަ ދައްކަންޖެހޭވަރުގެ މޮޅުކަމެއް ނޫން. ހުރިހާ ކްލަބްތަކަށް ލާރި ދިންއިރު ކީއްވެބާ މުސާރަ ނުދެވުނީ؟ ނާޤާބިލު ކަމުން. ޑޮކްޓަރޭ ކިޔަސް ސިކުނޑީގައި ތެތްކަމެއް ނެތީމާ ދެއްކޭނީ ތިޔަ ކަހަލަ ވާހަކަ.

The name is already taken The name is available. Register?

މަހަށްދަގަ.

26 March 2019

ޝުކުރިއްޔާ ޑރ ނާޝް.. ނިއު ނެތުމުން ދެން އަޅުގަނޑުގެ ދުޢާއަކީ ވިކްޓަރީއަށް ކާމިޔާބު ލިބުން.. ކުރީގަ އެންމެ ވާދަވެރި އަދި ބަލިވާން ބޭނުންވާ ކުލަބު.. ވިކްޓަރީއަށް ވަރަށް ފިއްތާނެ ދުއްތުރާލާ ޖެއްސުންވެސް ކުރާނެ ހިތްވަރު ކުރާތި އާޚިރުގަ ކާމިޔާބު ލިބޭނެ... ތިޔަ ޓީސީއަކާ އަނެއްސީއެއް ކިހާވަރަކުން ދާނެބާ..

The name is already taken The name is available. Register?

ބަސް

26 March 2019

ދިވެހި ފުޓްބޯޅަ ބަލަން ދިއުން ނިމުނީ

The name is already taken The name is available. Register?

ބުލޫ

26 March 2019

މަހިތަށް އަރާ ނިއުއާއި ނުލާ މިގައުމުގަ ފުޓްބޯޅަ ކުޅެވިދާނެބާއޭ. 60 އަހަރު ފަހަތުން އެނެއްކާ ފުޓްބޯޅަ ފަށާ. ތަނެއް ދޮރެއް ނުދަށްނަ ރައީސްއަކު އެފްއޭއެމަށް ލައިގެން ބަޔަކު ރޯނާވަނި..

The name is already taken The name is available. Register?

ޓިމޮޓީ ހަސަން

26 March 2019

މީ ހަމަގަސްތުގައި ރާވައިގެން ހިންގާ ޖަރީމާއެއް މިކަމުގެ ސަބަބުން ކުޅިވަރު ދާނީ ދަަަށަށް ދަނޑަށް ވަންނަ މީހުންވާނީ މަދު ނިއު އަށްްުވުރެން މުސާރާގެ މައްސަލަ ބޮޑު ކުލަބުތަށް އެބަހުރި ހަމަ އެެކަނި ނިއު އަށް ސަސްޕެންޝަން ؟؟؟؟؟ ކުުލަބުތަކުން ނިއު އާއި ދެކޮޅަށް އެވޯޓް ދިނީ ކުޅުންތެރިންގެ މުސާރަކަންތަކަށްވުރެން ބޮޑަށް ޒާތީ ވެގެންް ޓީސީ އަކީ އެކަމުގައިއަރާ ހުރި ބައެއް! ދިވެހި ފުޓްބޯޅަ އަށް ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454