ކޮމޮރޯސް ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދަން ރާއްޖޭގެ ދާދު (ވ) މަސައްކަތްކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް
20 ޖުލައި 2019 - 23:31
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ކޮމޮރޯސް އަތުން 3-0 އިން ބަލިވެ ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލިއްޖެ އެވެ.
ފުރަތަމަ މެޗުން ރިޔޫނިއަން އަތުން 4-0 އިން ބަލިވެފައިވާތީ ބެލެވުނީ ކޯޗު ޕީޓާ ސެގާޓް މިއަދު ޓީމު ނެރޭނީ މޮޅުވާން މަޖުބޫރުކަމަށް ބަލައިގެންނެވެ. އެކަމަކު އޭނާ މެޗު ފެށީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. ފުރަތަމަ ހާފުގައި ކޮމޮރޯސް އިން ތިން ލަނޑު ޖެހި ނަމަވެސް ދެ ވަނަ ހާފުގައި އެ ކުޅުންތެރިން އެރުވުމާ އެކު ރާއްޖޭގެ ކުޅުން ރަނގަޅުވި އެވެ.
ކޯޗު މިއަދުގެ މެޗަށް ފަހު ވެސް ތަކުރާރުކުރީ ކުރިން މެޗަށް ފަހު ވެސް ދެއްކި ވާހަކަތަކެކެވެ. ސީޒަނަށް ފަހު ހަ މަސް ދުވަހުގެ ބޮޑު ބްރޭކެއް އައިސް އަލުން ސީޒަން ފެށިތާ ކައިރީގައި މާބޮޑު ތައްޔާރީތަކެއް ނުވެވޭނެ ވާހަކަ އެވެ. އަދި މުބާރާތަށް އައިއިރު ވެސް ޓީމަށް މާބޮޑު ކާމިޔާބެއް ނުހޯދޭނެކަން އެނގޭ ކަމަށް ވެސް ކޯޗު ބުންޏެވެ.
ދެން އޭނާ ބުނީ، މިއަދު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ފައިދާ ފަހުން އަހަރެމެންނަށް ފެންނާނެ ކަމަށެވެ. ކުރިއަށް އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭގެ ފައިދާ ލިބޭނެ ކަމަށް އޭނާ ޔަގީންކުރެ އެވެ. ސެގާޓް މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ޒުވާން ކުޅުންތެރިން ގެންދަމުން ބުނީ، އޭގެ ފައިދާ ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށެވެ. މި ގޭމްސްއަކީ އެ ފައިދާ ފެންނާނެ މުބާރާތެއް ކަމަށް ބެލެވުނު ނަމަވެސް، މި މުބާރާތަށް އޭގެ ބައެއް ކުޅުންތެރިން ނުވެސް ގެނެ އެވެ.
ރާއްޖެ އޮތީ ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގްރޫޕް ބީ ގެ ފުލުގަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ މިއަދު މެޔޯޓް އަތުން 1-0 އިން މޮޅުވި ރިޔޫނިއަން އެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުން ރާއްޖެ އަތުން 4-0 އިން މޮޅުވެފަ އެވެ. ކޮމޮރޯސް އާއި މެޔޯޓަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ޖެހި ގޯލުން ކުރި ހޯދައި ދެ ވަނައިގައި އޮތީ ކޮމޮރޯސް އެވެ. މެޔޯޓް އޮތީ ހަތަރު ވަނައިގަ އެވެ.
ރާއްޖެ އަށް ސެމީ ފައިނަލުން ފުރުސަތު ލިބެން އޮތީ ފަހު މެޗުން ހޯމަ ދުވަހު މެޔޯޓް އަތުން ރާއްޖެ މޮޅުވެ އަދި ރިޔޫނިއަން އަތުން ކޮމޮރޯސް ބަލިވެއްޖެ ނަމަ އެވެ. އެ ހާލަތުގައި ވެސް ރާއްޖެ މޮޅުވާން ޖެހޭނީ މެޔޯޓް އަދި ކޮމޮރޯސްގެ މައްޗަށް ފައިދާ ލަނޑުން ކުރި ހޯދޭ ވަރުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކޮމޮރޯސް އާއި މެޔޯޓް އަތުގައި ފައިދާ އެއް ގޯލް އޮތްއިރު ރާއްޖެ އޮތީ ގެއްލުން ހަތް ގޯލުގަ އެވެ.
ރާއްޖޭން މީގެ 40 އަހަރު ކުރިން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ކުޅުނު ފުރަތަމަ މެޗުގައި ކޮމޮރޯސްއާ ބައްދަލުކޮށް ބަލިވީ 2-1 އިންނެވެ. އެ މެޗުގައި މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) ޖެހި ލަނޑަކީ ގައުމީ ޓީމުގެ ފުރަތަމަ ގޯލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށު އޮޑި
22 July 2019
ޤައުމުދެކެ ލޯބިވާ ކޯޗެއް ހުންނަން ޖެހޭ،މިކޯޗްގެ ޤައުމުދެކެ އަންނަނީރުޅި އަޝްފާޤު ކަހަލަ މޮޅު ކުޅުންތެރިންގެ އެހީ ހޯދަންޖެހޭ
ނަސީ
21 July 2019
ގުރުއަތު ލައިގެން ނަގާނަމޯ ސެގާޓު އަންގަނީ. މި ނޫން ގޮތަށް މޮޅުވާކަން ނޭންގޭދޯ ރާއްޖޭގެ ފުޓުބޯޅަ ޓީމަށް. ލަދު ގަނޭ ސަހާދެއް. މިފަހަރު ދެން ބުނާނީ ކީކޭ ބާ.
އަލީ ރާޖާ
21 July 2019
ޒުވާން ޓީމް އައްޑޫ މުބާރާތުގަ އިދިކޮޅު ޓީމަށް ވިއްސަކަށް ގޯލްޖެހި ވީޑިއޯއެއްވެސް އެބައުޅޭ ސޯޝަލް މީޑިއާގަ. މިއަދު ވެރިކަމުގަ އޮތް ގްރޫޕްގެ ކިބައިން ހިތްވަރު ލިބެގެން އުޅެނީ އެސޮރުމެންވެސް.
ޑަންޑުހިލު
21 July 2019
ގުރުލައިގެން ތަށި ހޯދާ މުބާރާތަކަށް ފޮނުވަބަލަ
މުހައްމަދު..
21 July 2019
އެތައް ދިވެހިރައްޔިތަކު ފުރާނަ ސަލާމަތް ނުވެގެން ފަރުވާ ނުލިބި ފައިސާ ފޮއްޗަކަށް ސަލާންޖަހާ އާދޭސް ކުރަމުންދާއިރު މިކަހަލަ ބޭކާރު ފައިސާ ހޭދަ ކުރަން ހެޔޮވާނެތޯއެވެ؟
އެހެންތޯ
21 July 2019
އެމީހުންނަށް ފައިސާދެވެންދެން ގައުމު ބަންދު ކުރަންވީތޯ؟
ގޮރުނުދޯރު
21 July 2019
ކުޅުންތެރިންނައް ހިތްވަރު ދެވިއްޖެ.ރައަިސް އާ ފލޭޑީއާ މިނިސްޓަރުންގެ ޓީމަކާ އެކިފެންވަރުގު އޮފިޝަލުންނާ ގޮސްގެން..ވަރައްބޮޑު ހަރަދެއްވެސް ދާނެ..ދެން ވަޑައިގަންނަވާ...
ސަސި
21 July 2019
ތިބުނާ ކޯޗުގެ މޮޅުކަމާއި ދިވެހިންނަށް ކުރާ އިޙްތިރާމް އޮތީ ފެނިފަ. ދެން ލަސްނުކޮން މީނަ ވަކިކުރަމާ ހިނގާ
ގަޓް ބްރޯ
21 July 2019
ދިވެހިރަައްޖެއަށް ލިބިފަ މިހިރީ ފައްކާ ކޯޗެއް. ފުޓުބޯޅައަކީ ކޯންޗެއް ކަންވެސް ނޭނގޭ މޮޅު ކޯޗެއް ހޯދުމުގަ އެފްއޭއެމްގެ ވެރިން ވަރަށް ކާމިޔާބު. މިކޯޗު ހިތުލަފަޔަށް ކުޅުންތެރިން ނަގައިގެން ކުޅޭކަން މިހާރު އެތައްފަހަރަކު ހާމަވެއްޖެ. އެކަމަކު ފޮނިކެނޑުމާ ކަމުން ރެކުމުގަ މިވަރުގެ މޮޅު ކޯޗެއް ދެން ނުލިބޭނެ. ބައްސާމަށް ހަމަ ސާބަސް!
އޭނާ
21 July 2019
ރާއްޖެ އަދި އުންމީދު ކަޑާލަން ގާތެއްވެސްނުވޭ. ފަހު މެޗުން ރާއްޖެ މޮޅުވެވޭތޯ ބަލަންވީ. ޕޮއިންޓްގެ ގޮތުންނާ ފާއިދާ ގޯލުގެ ގޮތުން އެއްވަރުވެ ގުރުލާ ހިސާބަށް ދެވެތޯ. ގުރުލުމަކީ މިކޯޗުގެ އެންމެ ވަރުގަދަ ހަތިޔާރު.
މީނަ
21 July 2019
ދޯ
ނޮޓް ގުޑް އިނަފް
21 July 2019
ބާސްކެޓް ޓިމް ވީ ބަލި. ބީޗް ވޮލީން 1 ބަލި 1 މޮޅު. ބެޑްމިންޓަން ފިރިހެން 2 ބަލި، އަންހެން 1 މޮޅު، 1 ބަލި. ޓީޓީން ފިރިހެނ1 ޓީމް ހުސް ބަލި (ކަޓައިފި). އަންހެން 3 މޮޅު 2 ބަލި (ސެމީއަށް 1 ގެ ގޮތުގައި). މިއީ މިހާތަނަށް ނަތީޖާ. 6 ޓީމް ބައިވެރިވާ މުބާރާތެއްގައި ލޯމެޑެލުން 15 ހަމަކުރެވިދާނެދޯ. މީގަމިއުޅެނީ 1 ލައްކަ އާބާދީ ހަމަނުވާ 2 ޤައުމު ހިމަނައިގެން 6 ޤައުމެއް. ދެން މިދައްކަނީ 2023 ގަ އެތައް މިލިއަނެއް ޚަރަދުކޮށްގެން މިކަން ރާއްޖޭގައި ބާއްވާ ވާހަކަ.
އެހެންތޯ
21 July 2019
ބާއްވައިގެން ދޯ ދެންވެސް ކުރިއަށްދާނީ.. ބަލިވީމައި އަތް އުރާލައިގެން ތިއްބަކަސް މޮޅެއް ނުވާނެ.،