ދަގަނޑޭ (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
06 އޯގަސްޓް 2019 - 12:29
ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް ހިފާނެ ކަމަށް ބުނެ، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދުމަށް ފަހު ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމުގެ އިޝާރާތެއް އަލީ އަޝްފާގް (ދަގަނޑޭ) ދީފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ގައުމީ ޓީމުގެ ޖާގަ ގެއްލުނީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރުގެ މާޗު މަހު ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކޯޗު ޕީޓާ ސެގާޓް އޭނާ ޓީމުން ވަކިކުރުމުންނެވެ.
މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުން ވެސް ދަގަނޑޭ އަށް ފުރުސަތު ނުލިބުނަސް އޭނާ ވަނީ ކްލަބް ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ނިއު ރޭޑިއަންޓާ އެކު އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށް އަދި ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ ދިރާގު ދިވެހި ލީގު ކާމިޔާބުކުރި އެވެ. ނަތީޖާއަކަށްވީ މިހާރު އެވޯޑްސްގައި ރޭ ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓު ލިބުނެވެ.
އެ ކާމިޔާބީ ސިފަކުރަމުން ދަގަނޑޭ ބުނީ އޭނާގެ 18 އަހަރުވީ ޕްރޮފެޝަނަލް ކެރިއަރުގައި 2018 ވަނަ އަހަރަކީ ވަރަށް ހާއްސަ އަހަރެއް ކަމަށާއި ތަފާތު ދެ ކްލަބާ އެކު އެންމެ މޮޅު ކުޅުންތެރިޔާ އާއި ރަންބޫޓު ހޯދުމަކީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ގައުމީ ޓީމުން ފުރުސަތު ގެއްލި ކުރިމަތިވި މާޔޫސްކަމާ އެކު ވެސް ލިބުނު ކާމިޔާބަށް އިޝާރާތްކޮށް ދަގަނޑޭ ބުނީ ދިމާވި ދަތިތަކާ އެކު ވެސް މި ކާމިޔާބީ މިންވަރުކޮށްދެއްވީތީ މާތްﷲ އަށް ހަމްދުކުރާ ކަމަށާއި އަދި ނިއު އާއި ޓީސީގެ މެނޭޖްމަންޓާއި ކުޅުންތެރިންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.
ދަގަނޑޭ އޭނާ އަށް ލިބުނު އެވޯޑްތަކާ އެކު. –މިހާރު ފޮޓޯ: އިމޭޖަސް އެމްވީ
މޮޅު ކުޅުންތެރިޔާގެ މަގާމް ދަގަނޑޭ ކާމިޔާބުކުރީ އެހެން ކުޅުންތެރިންނާ ވަރަށް ތަފާތު ބޮޑުކޮށް، 1818 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ހޯދި އަލީ ފާސިރު (ސެންޓޭ) އަށް 1020 ޕޮއިންޓް ލިބުނު އިރު ތިން ވަނަ އަށް ދިޔަ އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އަށް ލިބުނީ 1003 ޕޮއިންޓެވެ. ދަގަނޑޭ ރަންބޫޓު ހޯދީ 42 ޖަހައިގެންނެވެ.
"އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މިގޮތަށް ދެމި ހުރުން. އަދި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާ އެކު ހިފާނަން. ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން ލިބުނު އެވޯޑަށް ފަހު ދަގަނޑޭ މިއަދު އާއްމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އުމުރުން 16 އަހަރުގައި 2001 ގެ ފަހުކޮޅު ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ އެންމެ ފުރަތަމަ ގައުމީ ސްކޮޑުގައި ހިމެނުނީ، އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން 2003 ގެ ކުރީކޮޅެވެ. އެކަމަކު ފަހު ވަގުތު ދަގަނޑޭ ބާކީކޮށް ޓީމަށް ނެގީ އަހުމަދު ތޯރިގް (ޓޮމް) އެވެ. ދަގަނޑޭ ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް ކޯޗު ޔޯސެފް ޔަންކޭ ފަހުން އެއްބަސްވި އެވެ.
އެކަމަކު ދަގަނޑޭ ވަނީ ފައިނަލް ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރު، 2004 ގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީގައި މޮންގޯލިއާ އަތުން ރާއްޖެ 12-0 އިން މޮޅުވި މެޗުގައި ހަތަރު ލަނޑު ޖަހައި ގައުމީ ޓީމަށް އެއް މެޗުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދައިފަ އެވެ. އޭގެ ފަހުން އެ ރެކޯޑް 2013 ގެ ސާފް ޗެމްޕިއަންޝިޕުގެ އަމިއްލަ އަށް މުގުރާލި ދަގަނޑޭ ވަނީ، 2004 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ގައުމީ ޓީމަށް ގަވާއިދުން ކުޅެފަ އެވެ. އެގޮތުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖެ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި އެވެ.
ގައުމީ ޓީމަށް ދެން އޮތީ އަނެއްކާ ވެސް އެހާމެ މުހިއްމު މެޗުތަކެކެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖެވެ. ބައްދަލުކުރާނީ ޗައިނާ، ސީރިއާ، ފިލިޕީންސް އަދި ގުއާމްއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރިޔާ
08 August 2019
ވަރައްއުފާވެއްޖެ މަރުހަބާ
އަހަންމަ
08 August 2019
ޓތިވުސްނުން ދޫކޮށްލަބަލަ މިހާރު ދަގައަކައް ނުކުޅެވޭނެ އެހެންވިއްޔާ ރާއްޖޭގެ ރައިސްކަންވެސް އަޅުން މައުމޫނައް ދޭންވީނުން މީ ހާދަ ނުވިސްނޭބަޔެކޭ..މިޖަހާމަޅި އެންމެނައްވެސް އެބަ އިނގޭދޯ
ފަހެ އެއުރެން
07 August 2019
ދަގަނޑޭ ނުނަގައިފިއްުޔާ ހިނގާ ނުކުންނަމާ އެކަމާ އަޑު އުފުލަން
ަަާަ
07 August 2019
ދިވެހި ފުޓްބޯލަޔަ އަބަދުވެސް ކާމިޔާބަށް އެދެން އަލީ އަސް ފާގަކީ ރާއްޖޭގަ އުފެދުނު އެންމެ މޮލު ފުަޓްބޯލަ ކުލުން ތެރިޔާ.
މުހަައްމަދު
06 August 2019
ދަގަނޑޭ ވަރެއް ނޯއްނާނެ.
ލިންލިން
06 August 2019
ބަންސާމު އެފައޭއެމްގަ ހުރެގެން ތިކަން ވިޔަކަ ނުދޭނެ.. 100 ޕަސެންޓް އޭނާގެ ނުފޫޒުން ދަގޭ ބޭރުކުރީ ޓީމުން
އައްޔަނަ
07 August 2019
ތީ ތެދެއް މިފަހަރުވެސް ނުނަގާނެ ކެރޭނެތަ މިކަމާ ތެދުވަން ބަޔަކު އަޅެ މޮޅުކުޅުން ތެރިޔާ އަދި ރަންބޫޓު ވެސް ހޯދި ވަރައް ގިނަ ގުނަ ގޮންޖެހުން ތަކާއެކު ﷲ ބައްލަވާ ވޮޑިގެން ވާނެ ހުރިހާކަމެއް ދެރައެއް ނުުދެވޭނެކަން ސާބަހޭ ދަރިޔާ
ށަކޯ
06 August 2019
ބައްސާމް ގެ ވެރިކަމެއްގާ އޭނަ ބޭނުންނުވާ މީހަކު ގައުމީ ޓީމް އައް ނުނަގާނެ އޭނަ ބޭނުން ވަނީ މޮޅުވާކައްނޫން އޭންގެ އެކުވެރިން ބޭނުން ވާ ބަޔަކު ލައިގެން ކުޅޭ ގޭ ދޮށު ގުރޫޕް ގޮތައް ހިންގާ ކަމެއް
ނަގިއްޔާ
06 August 2019
ރަގަޅު ބައްސާމު ހަދާނީ ހަދާނެއެއްޗެއް. މިހާރުވެސް ދަނޑުގެ ދެފަރާތުގެ ސިޑިބަރިތައް ބަންދުކޮށްގެން އުޅެނީ މީހުން އެތަނަށް އެރުން ނުރައްކާކަމަށްބުނެ ނޯޓިސްޖަހައިގެން. އެކަމަކު އިހަށްދުވަހު ނިމުނު މިނިވަންދުވަހު ސުކޫލުކުދިންތަކުން އެތަން އޮތީފުރާފަ. ކޮބާ ކުދިންގެ ފުރާނަ. ކޮންމެވެސް އެއްޗެކިޔައިގެން ދަނޑު ބަންދުކުރަނީ މީހުން ނުވާންނާތީވެ ޒިންމާތަކުން ރެކެންވެގެން
އެކަމުދޯ2020
06 August 2019
މިހާރު ތިހުރި ވިސްނުން 18 އަހަރުގަ ހުރިނަމަ ދަގޭ ކުޅޭނީ ޔޫރަޕްގަ.
ނޯ ނީޑް
06 August 2019
އޭރު އެއީ މަންމައަކު އެކަނިމާއެކަނި ބަލަމުންއައި ޓީނޭޖާއެއް. މަގުދައްކަން އޮތީ އެފެއޭއެމްއާ އޭނަގެ ކުލަބު ވެލެންސިއާ. އޭމީހުން ގަޅި ހެދީ.
މާޑު
13 August 2019
އިހުނައްވެސް ޔޫރަޕްގަ ކުޅެން ލިބުނު ފުރުސަތު ގެއްލުވާލީ ތި ބައްސާމްގެ ވެލެންސިއާ އިން ، ދަގޭއަށް ރިލީޒް ނުދީގެން ، މިހާރު އެއޮތީ ވެލެންސިއާ ދޫކޮއްލުމުގެ ހަސަދަ ، ފުކެއް ބޮޑޮވަރު ތީ ބައްސާމޫ
ރަދީފް
06 August 2019
ސާބަހޭ ބްރަދާ.ޔޫ އާ ދަ މޭން.
ޢަހުރެނ
06 August 2019
ދަގޭ ނަގަފި ނަމަ ދިވެހި ފުޓުބޯޅަ ބަލަން ވަންނަ މީހުން ގިނަ ވާނެ.. މަ މީ އެކަކު
ދަގޭ
06 August 2019
މަވެސް ދާނަން! ވަންނަ އެންމެން މި އަށް ލައިކް އެއް ޖަހާލަބަލަ.