ކުޅިވަރު / ގައުމީ ބެޑްމިންޓަން މުބާރާތް

ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ރިވައިވަލް އަށް

ޗެމްޕިއަންކަން ހޯދުމަށް ފަހު ރިވައިވަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

26 އޮކްޓޯބަރ 2019 - 09:58

3 comments
happy icon 30%

ލިޓަސް 46 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޓީމް އިވެންޓް ބައިގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މިއަހަރު އުފެދުނު ކްލަބެއް ކަމަށްވާ ރިވައިވަލް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ރޭ ކުޅުނު ފުރަތަމަ ޑިވިޝަންގެ ފައިނަލުން ރިވައިވަލް މޮޅުވީ ސީއެސް ސްޕޯޓްސް ކްލަބާ ވާދަކޮށް 17-13 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ސިންގަލްސް އިން ރިވައިވަލްގެ އަހުމަދު ތޯއިފް ވަނީ ސީއެސްގެ ހަސަން އަފްޝީން އަތުން ދެ ސެޓު އެއް ސެޓުން ބަލިވެފަ އެވެ. މެޗުގެ ސެތުތައް ދިޔައީ 17-21، 21-12 އަދި 12-21 އިންނެވެ. ދެ ވަނަ ސިންގަލްސް މެޗުން ރިވައިވަލްގެ ރިޝްވާން ޝިޔާމަށް ލިބުނީ ސީއެސްގެ ފަތުހުﷲ ޝަކީބަށް އަނިޔާވެގެން މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުމުންނެވެ.

ފުރަތަމަ ޑަބަލްސްގައި ރިވައިވަލްގެ ތޯއިފް އާއި އަލީ ޝަރްމީލްގެ ޕެއާ އިން ވަނީ ސީއެސްގެ އަފްޝީން އާއި ހިޝާމް ލަތީފްގެ ޕެއާ ބަލިކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި ތިން ވަނަ ސިންގަލްސް މެޗުގައި ސީއެސްގެ ހިޝާމް ވަނީ ރިވައިވަލްގެ އައްފާން އަލީ ބަލިކޮށްފަ އެވެ. ރިވައިވަލް މެޗުން މޮޅުވީ ފަހު ޑަބަލްސް މެޗު އެ ޓީމުގެ ރިޝްވާން އާއި އަހުމަދު ވަސީމްގެ ޕެއާ އަށް ލިބުމުންނެވެ. އެއީ ސީއެސްގެ ފަތުހުﷲ އަށް އަނިޔާވެފައިވާތީ އޭނާ އާއި އަހުމަދު ރިޔާޒްގެ ޕެއާ މެޗު ދޫކޮށްލުމުންނެވެ.

އޭދަފުށީގެ ކުޅުންތެރިން މެޗުގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބެޑްމިންޓަނުގައި ފާހަަގަކޮށްލެވޭ އޭދަފުށިން ދެ ވަނަ ޑިވިޝަން ކާމިޔާބުކުރީ ފައިނަލުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މައްޗަށް 17-13 ޕޮއިންޓުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސިންގަލްސްގައި ޔޫވީގެ މުހައްމަދު މުނައްވަރު ވަނީ އޭދަފުށީގެ ޕުރިންދޫ ބަންޑަރަ އަތުން 21-06، 21-11 އިން މޮޅުވެފަ އެވެ. އެކަމަކު ދެ ވަނަ ސިންގަލްސްގައި އޭދަފުށީގެ އަބްދުލް މަތީން ވަނީ 21-15، 21-15 އިން ޔޫވީގެ މުހައްމަދު ޝާމީން ބަލިކޮށްފަ އެވެ.

ފުރަތަމަ ޑަބަލްސް މެޗުން ވެސް މޮޅުވީ ޔޫވީ އެވެ. އެ ޓީމުގެ މުނައްވަރާއި އިބްރާހިމް ސިރާޖުގެ ޕެއާ ވަނީ އޭދަފުށީގެ ޕުރިންދު އާއި މަތީންގެ ޕެއާ 21-10، 21-17 އިން ބަލިކޮށްފަ އެވެ. އޭދަފުށިން އަނެއްކާ ވެސް އެއްވަރުކުރީ ތިން ވަނަ ސިންގަލްސްގައި އެ ޓީމުގެ ހުސެއިން މުހައްމަދު ހޯދި މޮޅުންނެވެ. ހުސެއިން ވަނީ ޔޫވީގެ މަޒީން މުހައްމަދު އަތުން 21-18، 21-18 އިން މޮޅުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު ފަހު މެޗުގައި އޭދަފުށީގެ ހުސެއިން އާއި މުހައްމަދު އިކުރާމްގެ ޕެއާ ވަނީ ޔޫވީގެ ސިރާޖާއި ހަސަން ރިޔާޒްގެ ޕެއާ ދެ ސެޓު އެއް ސެޓުން ބަލިކޮށްފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ސެޓުތައް ދިޔައީ 21-18، 14-21 އަދި 20-22 އިންނެވެ.

އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ މުބާރާތުގެ އޯޕަންސް ކެޓަގަރީގެ މެޗުތައް މިއަދު ފަށާނެ އެވެ.

ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް އަކީ ޒުވާން އުމުރެއްގައި، މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު ޒަޔާން ޝަހީދު ޒަކީ އުފެއްދި ކްލަބެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2015 ވަނަ އަހަރު ގައުމީ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު ބޮޑު ހިއްސާއެއްވި އޭރުގެ ކެޕްޓަން މިދިޔަ ފެބްރުއަރީ ގައުމީ ޓީމާ ވަކިވީ، ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް އިޝާރާތްކޮށްފަ އެވެ. ރިވައިވަލް ސްޕޯޓްސްގެ ވިސްނުމަކީ ކުޅިވަރުން ރާއްޖެ އަށް ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބީ ހޯދައިދިނުމާއި ކުޅިވަރުގެ ތެރޭގައި އިހުތިރާމާއި ސުލްހަ އަދި ތަހައްމަލުކުރުން އަށަގަންނުވައި ދެމެހެއްޓެނެވި ކުރިއެރުން ހޯދުމެވެ. އަދި އެ ކްލަބުން ބުނި ގޮތުގައި އެހެން ކުޅިވަރުތަކުން ވެސް އެތުލީޓުން ތަމްރީންކްކުރާނެ ފުރުސަތުތަކަށް ބަލައި އެކަމަށް ޕްލެޓްފޯމެއް ހޯދައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 14%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުހުރީބެ

26 October 2019

އެހެން ވިޔަސް ވަރަށް ބޮޑަށް މަރްހަބާ

The name is already taken The name is available. Register?

ޒުހުރީބެ

26 October 2019

ސީ އެސް 2-1 އިން މޮޅުވެފަ އޮއްވާ ސަކީބް އަށް އަނިޔާވުމުން އޭނަ ނުކުޅޭ މެޗެއް. ދެން 2015 ގައި ޒަޔާން މޮޅުވީ އެއް މެޗުން މަޑަގަސްކަރަ އަތުން..

The name is already taken The name is available. Register?

ޒުހުރީބެ ބައްޕަ

26 October 2019

ދެން ކަލެޔަށް ހަޖަމު ނުވިއްޔޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454