ކުޅިވަރު / ގައުމީ ވޮލީބޯޅަ ޓީމް

ސާބިއާ ކޯޗުގެ އެހީގައި ގައުމީ ވޮލީ ޓްރަޔަލެއް ބާއްވަނީ

ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ތެރެއިން ލަންކާގެ ތިން ކުޅުންތެރިން ކައިރިން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ހުޒަންޓެ (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

07 ނޮވެމްބަރ 2019 - 12:22

ދާދި ފަހުން ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސާބިއާގެ ދުނިޔޭގެ ފެންވަރު ކޯޗު މިލޮރަޑް ކިޔާޗްގެ ބެލުމުގެ ދަށުން ގައުމީ ޓީމުތަކަށް ވޮލީ ކުޅުންތެރިން ހޯދުމުގެ ގޮތުން ޓަރަޔަލްތަކެއް ބާއްވަން ވޮލީބޯލް އެސޯސިއޭޝަން (ވިއޭއެމް) އިން ނިންމައިފި އެވެ.

ވީއޭއެމުން ބުނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ގެންދާ މި ޓަރަޔަލްސްގައި ކޯޗު މިލޮރަޑްގެ ބެލުމުގެ ދަށުން ޓަރަޔަލްސް ބާއްވާއިރު ގައުމީ ސީނިއާ ފިރިހެން ޓީމުގެ އިތުރުން އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުންތެރިން ވެސް ނަގާނެ އެވެ.

"މި ވިސްނުން ހުރީ މި ކޯޗުގެ ބެލުމުގެ ދަށުން ސީނިއާ ޓީމުގެ އިތުރުން ޖޫނިއާ ގައުމީ ޓީމެއް ވެސް ބާއްވަން ކުޅުންތެރިންތަކެއް ނަގަން. ހަގީގަތުގައި ގައުމީ 14 ކުޅުންތެރިންގެ ސްކޮޑަށް ކުޅުންތެރިން ނެގުމުގެ ބަދަލުގައި ފުރުސަތު ބޭނުންވާ ހުރިހާ ކުޅުންތެރިންނަށް އެ ފުރުސަތު މި ހުޅުވާލަދެނީ،" ވޮލީ ގައުމީ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

މިއަދު ހެދުނު ޓްރަޔަލްސް ފެށިއިރު، މިރޭ ވެސް ކުރިއަށްދާނެ އެވެ. މާދަމާރޭ ބޭއްވުމަށް ފަހު ހޮނިހިރާއި އާދިއްތަ ދުވަހު ދެ އިރު ޓްރަޔަލްސް ކުރިއަށްދާނެ އެވެ.

މި ޓްރަޔަލްސްގައި އެންމެ ފަހުން ސެންޓްރަލް ޒޯން މުބާރާތުގައި ކުޅުނު ގައުމީ ފިރިހެން ވޮލީ ޓީމުގައި ހިމެނުނު 14 ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ފިޔަވައި ހުރިހާ ކުޅުންތެރިން ބައިވެރިވާނެ އެވެ. ބައިވެރިނުވާނީ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ޓްރަޔަލްސް ކުރިއަށްދާއިރު، ބައިވެރިވާން ބޭނުންވާ ކުޅުންތެރިން ފުރިހަމަ ނަމާއި އުފަން ތާރީހާއި އިސްކޮޅު އަދި ބަރުދަން އަދި ގުޅޭނެ ފޯނު ނަމްބަރެއް ޖެހުމަށް ފަހު 7786787 އަށް މެސެޖް ކުރުމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ.

ގައުމީ އަންހެން ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު މިލޮރަޑް ކުޅުންތެރިންނަށް ބުނެދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިން އީރާނާއި ބަލްގޭރިއާ ގައުމީ ޓީމަށް އިރުޝާދު ދިން މިލޮރަޑްގެ އިތުރުން ޓްރެއިނަރު ސާބިއާގެ ވޮލީބޯޅައިގެ އެކި ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ކިޔަޗް ރަޑޯވަން ވަނީ ދާދި ފަހުން ގައުމީ އަންހެން ޓީމުގެ ޓްރެއިނިންތަކުގައި ވެސް އެހީތެރިވެދީފަ އެވެ. އޭނާ ގައުމީ އަންހެން ޓީމުގެ ޓްރެއިނިންތަކުގައި މަސައްކަތްކުރީ އަންނަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕަށް އަންހެން ޓީމު ތައްޔާރުކޮށްދޭށެވެ. އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ވަނީ ކޯޗު މިލޮރަޑްގެ ފަރާތުން ގިނަ ކަންތައްތައް ދަސްވި ކަމަށް ބުނެފަ އެވެ.

ޔޫގޯސްލާވިއާ ޓީމު ގޮވައިގެން 1996 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި މިލޮރަޑްގެ އިރުޝާދުގެ ދަށުން ގައުމީ ފިރިހެން ވޮލީ ޓީމު ތައްޔާރުވާނީ އަންނަ މަހު ކުރީކޮޅުގައި ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށެވެ. މި އަހަރު އޮގަސްޓް މަހު ނޭޕާލުގައި އޮތް ސެންޓްރަލް ޒޯން މުބާރާތުން ރާއްޖޭގެ ފިރިހެން ޓީމަށް ލިބުނީ ހަތަރު ވަނަ އެވެ. އެ މުބާރާތުގައި ރާއްޖެ އަށް ކޯޗުކޮށްދިނީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ކާއްޓޭގެ ބެލުމުގެ ދަށުން މި އަހަރުގެ ކުރީކޮޅުގައި ވެސް ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ނަގަން ސިލެކްޝަނެއް ބާއްވައިފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454