"މަވެސް ދަން" ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ފޮޓޯ ސެޝަނެއްގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު ބައިވެރިވަނީ.-- ފޮޓޯ: އެފްއޭއެމް
09 ނޮވެމްބަރ 2019 - 06:25
ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު މި މަހު ކުޅެން ހަމަޖެހިފައިވާ މުހިއްމު ދެ މެޗުގައި ޓީމަށް ހިތްވަރުދޭން ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން "މަވެސް ދަން" ގެ ނަމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކެމްޕެއިނެއް ފަށައިފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ގަލޮޅު ދަނޑުގައި ރާއްޖެ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. އެ އަށް ފަހު މި މަހު 19 ވަނަ ދުވަހު ބައްދަލުކުރާނީ ގުއާމްއާ އެވެ. ރާއްޖޭން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް އަމާޒުހިފާފައިވާއިރު، އެ އުއްމީދުގައި ކުރިއަށް ދިއުމަށް ކުރިއަށް އޮތް ދެ މެޗުން މޮޅުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
"މަވެސް ދަން" ކެމްޕޭން ފެށުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދާދި ފަހުން ރާއްޖޭގެ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ގައުމީ ޓީމަށް ހިތްވަރު ދިނުމުގައި ދަނޑަށް ގޮސް ކުރެވޭނެ ކަންތައްތަކާއި އެ ނޫން ވެސް ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. "މަވެސް ދަން" ކެމްޕޭން ފެށުމުގެ ގޮތުން ކުރީގެ މަޝްހޫރު ކުޅުންތެރިންނާ އެކު އިއްޔެ ހާއްސަ ފޮޓޯ ސެޝަނެއް ބޭއްވި އެވެ. މީގެ އިތުރުން މި ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ކަންތައްތަކެއް ވަނީ ރޭވިފަ އެވެ.
ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ގައުމީ ޓީމު މެލޭޝިއާ އަށް ޓްރެއިނިން ކޭމްޕް ފުރުމުގެ ކުރިން ބޭއްވި އިވެންޓްގައި ވާހަަކަ ދައްކަވަމުން ވިދާޅުވީ "ބާރަ ވަނަ މީހާ (ސަޕޯޓަރުން) އަޅުގަނޑުމެން ނަގާނީ،" މިހެންނެވެ. އެގޮތުން ސަޕޯޓަރުންގެ ފޯރިގަދަކުރަން ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ.
ގައުމީ ޓީމު މެލޭޝިއާ ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ބޭއްވި އިވެންޓުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެލޭޝިއާ ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު މިރޭ ގައުމީ ޓީމު އެނބުރި މާލެ އަންނަ ގޮތަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ދެ މެޗަށް ހާއްސަ ސަޕްލިމެންޓެއް ގައުމީ ޓީމު ކޮމިޓީގެ އިސްނެގުމާ އެކު ނެރޭނެ އެވެ. އަދި މާލޭގައި ގައުމީ ޓީމުގެ ފޯރިގަދަ ކުރުމުގެ ގޮތުން އިތުރު ހަރަކާތްތަކެއް ވެސް ރޭވިފައިވާ ކަމަށް އެ ކޮމިޓީން ވަނީ މައުލޫމާތު ދީފަ އެވެ.
ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ދެ މެޗުގައި ބޭނުންކުރެވޭނެ ގޮތެއްވޭތޯ ބަލަން ގައުމީ ޓީމުން މަސައްކަތް ފަށާފައިވާއިރު، އަދިވެސް އެކަން ދަނީ ކުރިއަށެވެ. އަދި ވަރަށް އަަވަހަށް އެކަމުގައި ގޮތެއް ފައިނަލްވާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.
ގައުމީ ޓީމުގެ މެޗުތަކުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.
ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށް ޓިކެޓުގެ ޑިމާންޑް އޮތުމާއި ޗައިނާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ހޯމް އެޑްވާންޓޭޖް ނެގުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ދަނޑުގެ އެ ސިޑިބަރިތައް ހުޅުވާލަން ބައެއް ފަރާތްތަކުން ގޮވާލި އެވެ. އެކަމަކު އޭރު އެކަން ކުރެވެން ނެތް ކަމަށް ސްޕޯޓްސް މިނިސްޓަރީން ވަނީ ބުނެފަ އެވެ. އެކަމަކު ފަހުން ގައުމީ ޓީމު ކޮމިޓީން މި ކަމުގައި ގޮތްތަކެއް ހޯދުމަށް މަސައްކަތް ފެށީ ސަޕޯޓަރުންގެ އެހީ ގައުމީ ޓީމަށް ލިބޭނެ ހުރިހާ ގޮތެއް އެދޭތީ ކަމަށް ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ ބައެއް ސަޕޯޓަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު ސީރިއާ އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ރަށުންބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވެފަ އެވެ. އޭގެ ފަހުން މާލޭގައި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވިއިރު، މިދިޔަ މަހު ސީރިއާ އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.
ފިލިޕީންސާއި ގުއާމާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށާއި އެކަން ކުރަން އެކި ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ގައުމީ ޓީމަށް އިތުރު ހިތްވަރެއް ލިބޭ ކަމަށް ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜުބިކަން
09 November 2019
ދަނޑަކައް ނުދެވޭނެ ގޭގަ އޭސީބުޑުގަ އޮވެގެން ބާލާލާނީ މެޗް
ގަޓް ބްރޯ
09 November 2019
އެކަމަކު މަށެއް ނުދަން. ނުވެސް ދާނަން ގައުމީ ޓީމު ތިޔަކުޅޭ ފީކަޅާ ކުޅުން ބަލާކަށް.
އަހޫ
09 November 2019
ވަރަށްހިތާމައާއިއެކު ބުނަންޖެހެނީ ދަނޑަށް އަޅުގަޑުމެން ދާހިތްވާކަހަލަކުޅުމެއް މިހާރަކު ދިވެހި ޤައުމީޓީމަކަށް ނުދެއްކެއެވެ.
ވާފިރު
09 November 2019
މަވެސްދަން އެކަމަކު ފިލިޕިންސްއައް ސަޕޯޓްކުރާނީ
ސަާރާ
09 November 2019
ކަލޭތީ މި ދީނުގެ މި އުއްމަތުގެ މީހެއް ނޫންތަ؟
އަހޫ
09 November 2019
އޭ ސާރާ. ފުޓުބޯޅަ މިއީ ދީނީކަމެއްތަ. އެހެންނޫނަސް މޮޅުކުޅުން ކުޅޭބަޔަކަށްދޯ ސަޕޯޓުކުރެވޭނީ. އަދި ފިލިޕީންސްއަކީވެސް މުސްލިމުންގިނަ ޤައުމެއް.
ޏަރުގިސް
09 November 2019
ހަމަ ޕީޕީއެމް އަކަށް ދުލެއް ނުކުރޭ، ގައުމީ ޓީމް ވެސް މިޖެހެނީ ސަލާންޖަހަން. މިގައުމުގަ ސަލާން ޖަހަން ނުޖެހޭ އެއްވެސް ކަމެއް ނެތީތަ؟
ބްރަދަރ
09 November 2019
ކޮބާ ސަލާން ޖެހުމަކީ؟ އައިދޯންޑް ފައިންޑް އެނީ ސަލާންޖެހުން އިން ދިސް އާޓިަކަލް. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މެޗްތައް ޕްރޮމޯޓް ކުރަން ކުރާކަމެއް ޕޯސްޓާއި ކެމްޕޭން ކުރުމަކީ