ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 މެއި 2020 - 22:16
ވަޒީފާ އަށް ނުގޮސް ގޭގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭން ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންނަށް އަންގާ ފަދައިން މި ދަނޑިވަޅުގައި ކުޅިވަރު ކުޅުންތެރިންނަށް ސަރުކާރުން އެލަވަންސް ދިނުން މުހިއްމު ކަމަށް ކުޅިވަރުގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
އޭނާ މިހެން ބުނީ ކޮވިޑް-19 ފެތުރި މިވަގުތު ހާލަތު އޮތްގޮތުން ޕްރެކްޓިސްތައް ކުރިއަށް ނުގެންދާތީވެ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން އެލަވަންސް ނުދޭ މައްސަލަ އަށް އިޝާރާތްކޮށެވެ. ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައިވާތީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތެވެ. އަދި ބައެއް ކުޅުންތެރިން ވަނީ ސަރުކާރުން މަހަކު ދެމުން އައި 5000 ރުފިޔާ ވެސް މި ވަގުތު ނުލިބޭތީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އިއްޔެ ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެއީ އެލަވަންސެއް ކަމަށާއި، އެ ފައިސާ މިވަގުތު ނުދެވެނީ ޕްރެކްޓިސްތައް ނޯންނާތީ ކަމަށެވެ. އަދި މިކަމުން އަރައިގަނެފައި، އެސޯސިއޭޝަންތަކާ މަޝްވަރާކޮށްފައި މިއަށް ހެދެން އޮތް ގޮތެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަންކަމަށް އިޝާރާތްކޮށް ނިޒާމްބެ އޭނާގެ ފޭސްބުކުގައި ލިޔުނު ގޮތުގައި ކުޅިވަރު ދެމެހެއްޓުމުގައި ކުޅުންތެރިންނަކީ އެންމެ މުހިއްމު އެއް ފަރާތް ކަމަށާއި ކުޅުންތެރިން ނެތި ކުޅިވަރުގެ އެއްވެސް މަގާމެއް ނޯންނާނެ ކަމަށެވެ. އަދި ކުޅިވަރު ފެށެނީ އަދި ނިމެނީ ވެސް ކުޅުންތެރިންނާ ހަމައިންކަން ފާހަގަކޮށް ހަ ޕޮއިންޓެއް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ގައުމުގައި ކުޅިވަރެއް އާލާވަނީ ކުޅުންތެރިންގެ ފަރާތުން ކަމާއި ކްލަބެއް އުފެދެނީ ވެސް ކުޅުންތެރިން ހިމަނައިގެން ކަމާއި ކުޅިވަރުގެ ގައުމީ ޖަމިއްޔާއެއް އުފެދެނީ އެ ކުޅުންތެރިން އެކުވެ ހެދޭ ކްލަބްތަކުން ކަމަށް އޭނާ ބުނެފައިވެ އެވެ. ކުޅިވަރު ޖަމިއްޔާތަކުން އުފެދެނީ ނެޝަނަލް އޮލިމްޕިކް ކޮމިޓީ ކަމަށާއި ސަރުކާރު މެދުވެރިކޮށް ކުޅިވަރުގެ ވުޒާރާއެއް ހުންނަނީ ކުޅުންތެރިންތަކެއް މެދުވެރިވެ ކްލަބްތަކާއި ޖަމިއްޔާއެއް ހަދައިގެން އޭގެއިން ގައުމަށް ފައިދާތަކެއްވާތީކަން ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން ނިޒާމްބެ ބުނީ ކުޅުންތެރިންގެ ހައްގުގައި އެ ކުޅުންތެރިންގެ ފަރާތުން އުފެދިގެން އަންނަ ކްލަބާއި ޖަމިއްޔާ އަދި ކުޅިވަރުގެ ވުޒާރާއިން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.
"ބުނަން މި އުޅެނީ ސަރުކާރުން ގައުމީ ޓީމުތަކުގެ އެލަވަންސް ނުދޭން ނިންމީމަ ކުޅުންތެރިންގެ ހައްގުގައި ކުޅިވަރު ވަޒީރު، އެސޯސިއޭޝަންތަކުގެ ވެރިން ކްލަބްތަކުގެ ވެރިން ވަކާލާތު ކޮށްދޭން ޖެހޭނެއޭ. މާދަމާ ކުޅިވަރު ކުޅޭނެ ކުޅުންތެރިން ނެތިއްޔާ ތިޔައިން އެއްވެސް މަގާމެއް ނޯންނާނެއޭ،" ނިޒާމްބެ ލިޔެފައިވެ އެވެ.
ނިޒާމްބެ ބުނީ މި ދަނޑިވަޅުގައި ކުޅުންތެރިންނަށް އެލަވަންސް ނުދެވޭ ސަބަބަކީ ޕްރެކްޓިސް ނުކުރެވުން ކަމުގައިވާނަމަ އޭގެ ސަބަބު ވެސް ބަލަން ޖެހޭ ކަމަށެވެ.
"ނުބުނަން ގައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސް ނުކުރާނަމަ އެލަވަންސް ދޭން ޖެހޭނެއެކޭ. ވިސްނަންވީ ކީއްވެތޯ ޕްރެކްޓިސް ނުކުރަނީ. ވަޒީފާ އަށް ނުގޮސް ގޭގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭން ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންނަށް އަންގާ ފަދައިން މި ދަނޑިވަޅުގައި ކުޅުންތެރިންނަށް އެލަވަންސް ދިނުން މުހިއްމު،" ނިޒާމްބެ ބުންޏެވެ.
ޕްރެކްޓިސް ނުކުރާތީ އެލަވަންސް ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ބައެއް ކުޅުންތެރިން ވަނީ މީގެ ކުރީގައި ވެސް ޕްރެކްޓިސް ނުކުރާ މަސްތަކުގައި ވެސް އެލަވަންސް ލިބިފައިވާކަމަށް ބުނެފަ އެވެ. އިތުރު ވަޒީފާ އަކަށް ނުގޮސް ހަަމައެކަނި ކުޅިވަރު ކުޅެން ހާއްސަވެގެން ތިބޭ ކުޅުންތެރިންނަށް މި ވަގުތު ސަރުކާރުން ދޭ އެލަވަންސް ނުލިބުމަކީ އިތުރަށް ކުރިމަތިވާ ގޮންޖެހުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ ބެ
06 May 2020
މިހާލަތުގަ މުހިއްމެއް ނޫން ކުޅިވަރުގެ އެއްވެސް ކަމަކައް ހަރަދުކުރުން އަދި ހާސްކޮއް ބާސްކެޓް
ްހިޔަމި
06 May 2020
ޤައުމީ ޓީމޭ މިކިޔަނީ ޤައުމަށް މިފަދހަ ބޮޑު ކަމެއް ޖެހުނީ މަ ކީވެ ވޮލަންތޓިޔަރުން ޤޮޮތުޤަ ނުނިކުމެ ހޮރުޤަތިބެނީ މިދަޑި ވަޅުގައިވެސް ސަރުކާރައް އެއްބާރުލުން ދޭން އިސްނަގައިގެން ނިކުތްނަމަ ތި އެލަވަންސް ނުކެޑި އިތުރު އެލަވަންސް ލިބުނީނސް
ކްއިކްގަން މުރުގަން
06 May 2020
ފައިދާއެއްނެތް ކަންކަމުގައި ބޭކާރު ހޭދަކުރާނެކަމެއްނެތް. އެއްޗެއްދޭން ވީމަ ސަރުކާރު އެކަމަކުސަރުކާރުން ކަމެއްރަނގަޅު ކުރަން ބުނީމަ އެގޯސްވެ އޭއެފްސީ އާއި ފީފާގެ ލަފާ. އެހެންވީމަ ތިކަމުގަވެސް އެދެފަރާތަށް ހުށަހަޅާއިގެން ބުނޭ އެލަވަންސްދޭށޭ.
ދެރަ
06 May 2020
ތިޔަކުޅުންތެރިންވެސް ގައުމުގެ ކުރީސަފަށްނުކުމެ މިކަމުގައި އެހީތެރިވެ މިހާލަތުން އަރަެިގަނެވޭތޯ ބަލަންވީނު. ސަކުވާނުކޮށް.
ފޫހި
06 May 2020
އެންމެންނަށްވެސް އެލަވަންސް ދޭންވީ. ތިޔަ ކުޅިވަރުތަކަކީ ބޮޑު ހަރަދެއް. ޢެކަމުން ގައުމަށް ލިބެނީ ކޮންފައިދާއެއް. ޢޭގެ ބަދަލުގައި އެ ހުރިހާ ޒުވާނުން އުފެއްދުންތެރި ގައުމު ބިނާކުރުމުގެ މަސައްކަތެއް ކުރާނަމަ ގައިމު ބިދޭސީން މަދުވާނެދޯ. ޢަހަރެމެންވެސް މިތިބީ ކުރާމަސައްކަތްހުޓާލައިގެން.
ޞެއިހް ކަނޑޫދޫ މިރުސް
06 May 2020
ތީ ބޮޑު މުސީބާތެއްނު. ކަލޭމ މެން ކުޅުނިއްޔާ ނުކުޅުނިއްޔާ ކީޢްތަ ! މިފަސްގަޑު ގައި ވާ ކޮން މެ ބޮލަކަށް ސަރުކާރުން އެލަވަންސް ދޭން ފެނޭ. ބޮއި ހަލާކު
ކްއިކްގަން މުރުގަން
06 May 2020
ނާޗަރަންގީ އާއި ޗަރުކޭސް ނުކުޅެވިގެންދޯ މިއުޅެނީ ؟ އެލަވަންސްއެއް ދޭށޯ ސަރުކާރުން ލަދުހަޔާތް ކޮބާތަ މިމީހުންގެ. އެހެންނުން ވާނީ ކުޅުންތެރިންގެ ތެރޭގައި ގިނައި ޔޫރަޕްލީގްތަކުގަ ކުޅޭކުޅުންތެރިން ވީއްޔާ !!އެމީހުން ރާއްޖެއަށް އެތެރެކުރޭ އަހަރަކު ބިލިޔަނުން ރުފިޔާ އެހެންވީމަ ކޮންމެހެނެެއްހަދާފަވެސް ދޭންވާނެ.
ކުޑަކަތީބް
06 May 2020
އަބަބަލަން، ގޭގަ ތިބެބަލަ!
ޙުސެއިން
06 May 2020
ޚޮންއިރަކުތޯ ޕުރެކްޓިސް ކުރާތީ ދިނީ .އަބަދުވެސް ދެނީ އެންމެފަހުން އެކުލަވާލާ ސުކޮޑަށް . ބަހަނާ ނުދައްކާ ނުވާވަރުގެ ވައުދު ވީމ މާ ތިއަށްވެސް ޑިޕެންޑްވާ ކުޅިވަރު ކުޅުން ތެރިން ތިބޭނެ . ސަރުކާރު ބޮލުގައި ދަރަންޏެއް އެޅިފައި ތިއޮތީ . ދެންވެސް އެހެންގޮތަކަށް ވާހަކަ ބަދަލުކޮށްލާ . ...
ޢިޙްސާސް
06 May 2020
ކުޅުންތެރިން ނަކަށް ވަކި އެލަވަންސް ދޭކަށް ނުޖެހޭނެ.