ކުޅިވަރު / އަހުމަދު މަހުލޫފް، ކުރީގެ މިނިސްޓަރު

ކްލަބްތަކަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދަންޖެހޭ: މަހުލޫފް

މި އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް (ކ) ދަނޑުގައި މެޗެއް ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަމަކު އަބަދު ސަރުކާރުން ނޫނީ އެފްއޭއެމުން ކްލަބްތަކަށް ފައިސާ ދީގެން އެހީވުމުގެ ބަދަލުގައި އެހެން ގޮތްތަކެއް ވެސް ހޯދަންޖެހޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުން އެސްއޯއީ ޕްރޮގްރާމްގެ ތެރެއިން ވަނީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ތިން މިލިއަން ރުފިޔާ އަހަރަކު ދީފަ އެވެ. އެކަމަކު މި ސަރުކާރު އައިސް އެ ފައިސާ ނުދޭން ނިންމި އެވެ. މިދިޔަ ސީޒަނުގައި އެ ފައިސާ ނުލިބި ކްލަބްތަކަށް އުނދަގޫތަކެއް ދިމާވުމުން އެ ފައިސާ ކްލަބްތަކަށް ހަމަޖައްސައިދޭން ނިންމީ އެފްއޭއެމުންނެވެ. އެކަމަކު ޔޫތު މިނިސްޓްރީން ވެސް ކޮންމެ ކްލަބަކަށް ގާތްގަނޑަކަށް ހަ ލައްކައެއްހާ ރުފިޔާ ހަރަދުކުރިކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ސަރުކާރާއި އެފްއޭއެމް ނޫން ގޮތަކަށް ކްލަބްތަކުން ފައިސާ ލިބޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި އެކަމަކު މި ދަނޑިވަޅަށް ބަލާއިރު ފެންނަ މަންޒަރުތަކުން އެނގެން އޮތީ ސްޕޮންސަރުންނާއި އެ ނޫން ގޮތަކަށް ވެސް ފައިސާ ހޯދަން ޓީމުތަކަށް އުނދަގޫވާނެ ކަން ކަމަށެވެ.

"އެކަމަށް ވަރަށް ބޮޑަށް ބައްސާމް (އެފްއޭއެމްގެ ރައީސް) މަސައްކަތްކުރައްވާ. އެ ބޭފުޅުން އިންފްރާސްޓްރަކްޗާތައް ޑިވެލޮޕް ކުރަމުންދާއިރުގައި ކްލަބްތަކަށް އެ ތަންތަނުން ޖާގަ ދީގެން ކަންތައްތައް ކުރައްވާނެ ކަމަށް އަޅުގަނޑާ ވަނީ ވާހަކަތައް ޝެއާކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

"ގޮތެއް ހޯދަން އެބަޖެހޭ ކޮންމެ އަހަރަކު އެއީ އެފްއޭއެމުން ކަމުގައި ވިޔަސް ސަރުކާރުން ކަމުގައި ވިޔަސް ކްލަބްތަކަށް ތިން މިލިއަން ނޫނީ ހަތަރު މިލިއަން ރުފިޔާ ދިނީމަ އެ އަހަރަށް ވާ ވަރަށް ހަރަދުކޮށްލީމަ އެ ނިމުނީއެއް ނޫން. އޭގެ ބަދަލުގައި ކޮންމެވެސް ގޮތެއް ކްލަބްތަކަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދަންޖެހޭ. އަބަދު ކްލަބްތަކަށް އެ ގޮތަށް ހަރަދުކުރަން ނުޖެހޭ ގޮތެއް އޭގެތެރެއިން ނެރެން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ވަގުތު ކޮވިޑް-19ގެ ސަބަބުން ކުޅިވަރުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ އެއް ބަޔަކީ ފުޓްބޯޅަ ކްލަބްތައް ކަމަށާއި މިހާރު މި އޮތް ހާލަތުން އަރައިގަނެވުމުން އެފްއޭއެމާ އެކު ފުޓްބޯޅަ ކްލަބްތައް ގޮވައިގެން ހުރި ދަތިތައް އޮޅުން ފިލުވަން ބައްދަލުވުމެއް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ބޮޑު ހަރަދެއް ކުރަނީ ފުޓްބޯޅަ އަށް، އެކަމާ ޝަކުވާ ވެސް ކުރޭ

މިނިސްޓަރު މަހުލޫފް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ފުޓްބޯޅަ އަށް 38 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ވެސް 10 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާ ޓާފް ދަނޑުތަކުގެ މަސައްކަތްތަކަކީ ވެސް 700 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށްވާއިރު، މިއީ ވެސް ފުޓްބޯޅައިގެ ކުރިމަގަށް ކުރެވޭ މަސައްކަތްތައްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ވަރަށް ގިނައިން ކިޔާ މިނިސްޓާ އޮފް ފުޓްބޯލްއޭ ވެސް. ފުޓްބޯޅަ އަށް (މި ވަރުގެ) ހަރަދުކުރާތީ ފާޑުވެސް ކިޔާ،" މަހުލޫފް ވިދާޅުވި އެވެ.

ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން މި ވަގުތު އެންމެ އުނދަގޫ ހާލަތެއްގައި ތިބީ އޭއެފްސީ ކަޕްގައި ވާދަކުރަމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ އެވެ. އޭއެފްސީ ކަޕްގެ ފުރަތަމަ މެޗަށް ފަހު މުބާރާތް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ. މިނިސްޓަރު މަހުލޫފް ވިދާޅުވީ އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމުތަކުން ތަމްސީލުކުރަނީ ދިވެހިރާއްޖެ ކަމަށާއި އެ ޓީމުތަކުން ހޯދާ ކާމިޔާބީތަކުގެ ރީތި ނަން ރާއްޖެ އަށް ލިބޭއިރު އެ މުބާރާތުގައި ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް ލިބޭނެ ކަމަށެވެ.

އެފްއޭއެމްގެ ޝޯގައި ވާހަކަ ދައްކަމުން ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަދި ޓީސީގެ އެއް މަސްއޫލުވެރިޔާ އަހުމަދު ނަޝީދު (ޑޭވް) ވަނީ ފުޓްބޯޅަ ކްލަބްތަކަށް އެހީތެރިވާ ފަރާތަކީ އެފްއޭއެމްގެ ރައީސް ބައްސާމް ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ބެހޭގޮތުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބެލިޔަސް ޓީސީ އަށް ވެސް މިނިސްޓްރީގެ ފަރާތުން ވަރަށް ގިނަ އެހީތެރިކަމެއް ލިބިފައިވާނެ ކަމަށެވެ.

"ވަރަށް ދެރަވި ޓީސީން ސަރުކާރުގެ ސަޕޯޓް ނުލިބެއޭ ބުނީމަ. ހަގީގަތުގައި އެ ވެދާނެ ކުރިން ލިބެމުން އައި ތިން މިލިއަން ސަރުކާރުން ނުދޭތީ ކަމަށް. އެކަމަކު މި އަހަރުގެ މިހާ ހިސާބަށް ވެސް ޓީސީ އަށް ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި. އެ އަދަދު އެހާ ގިނަވީ އޭއެފްސީ ކަޕްގެ މެޗަށް ފަހު ޓީސީ ލައްކާގައި ކަރަންޓީނު ކުރަން ޖެހުމާ ގުޅިގެން،" މަހުލޫފް ވިދާޅުވި އެވެ.

މިިދިޔަ އަހަރު އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން މިނިސްޓަރު މަހުލޫފް މަސައްކަތްކުރެއްވި ކަމަށް ތުހުމަތުތަކެއް ކުރެވި ގިނަ މައްސަލަތަކެއް ދިމާވި އެވެ. މިނިސްޓަރު މަހުލޫފް މިރޭ ވިދާޅުވީ އޭރު "ހޫނު" ވެގެންދިޔަ ކަންތައްތައް މިހާރު ހަމައަކަށް އެޅި ފުޓްބޯޅައިގެ ކުރިމަގަށް އެފްއޭއެމާ ގުޅިގެން މަސައްކަތްކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އެފްއޭއެމާ ގުޅިގެން ފުޓްބޯޅައިގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއް ކުރަން ރޭވިފައިވަނީ. އެކަމަށް ހުރަހެއް ނެތް. ކްލަބްތައް ސަވައިވް ވެގެން ފުޓްބޯޅަ އޮންނާނީ. ކްލަބްތައް ނެތި ފުޓްބޯޅައެއް ނޯންނާނެ،" މަހުލޫފް ވިދާޅުވި އެވެ.

ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި މިނިސްޓަރު މަހުލޫފް ވިދާޅުވީ އޭނާ އަކީ ސިޔާސީ މީހެއް ކަމަށާއި ނިސްބަތްވަނީ ސިޔާސީ ޕާޓީއަކަށް ކަމުގައިވީ ނަމަވެސް ދުވަހަކު ވެސް ކުޅިވަރުގެ ކަމެއްގެ ތެރެއިން ސިޔާސީ ކަމެއް ހާސިލްކުރަން އެއްވެސް މަސައްކަތެއްނުކުރާނެ ކަމުގެ ޔަގީންކަން ހުރިހާ ފަރާތަކަށް ދޭ ކަމަށެވެ.

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޕްރިންސް ސައުދީ

31 May 2020

ސައުދީ ޕްރިންސަށް ވިއްކާލާ އޭރުން ތިކަން ވާނެ. ހާސް ކަނޑާލާ. ކިހާވަރެއް ބޭނުންވަނީ؟ މަނިކުފާނު މަށަށް "ފ" އަތޮޅު ދީ. އޭރުން ތީ ފެން މެޓަލެއް މަށަށް. ފައިސާ އެއީ އޮތް އެއްޗެއްކަން ދައްކާލާނަން. މަޖްލީސް ކުދިންނަށް ވެސް ލިބޭނެ. ރައީސަށް ދަންނަވަލާ. މަގޭ ދިވެހި ލީގުވެސް ގަނެލާނަން. އެފްއޭއެ މް ސައުދީގެ ރިޔާދަށް އޮފީސް ބަދަލުކޮށްދޭނަން. ކުޅިބަލަން ސަޕޯޓަރުން މުސާރަ ދީފަ ވައްދަދޭނަން. ވަޒީފާވެސް އުފެދުނީއޭ. ގަދަދޯ މަގޭ. އެކަ މު ނޯ ބަންގާޅު.

The name is already taken The name is available. Register?

‫އަކު

31 May 2020

އ‫ާމްދަނީ ހޯދަން މިދުވަސްވަރު މަހަށް ދިއުމަށް ފެނޭ.

The name is already taken The name is available. Register?

ޖަމަލު

31 May 2020

ވަޒީރު، ކަންމަތީ ޖަމިއްޔާތަކަށް އެއްވެސް އުސޫލެއްނެތި މާލެއިން ބިންދީ ފުޓްސެލް ދަނޑު އަޅާ އެތަނުން ވިޔަފާރި ކުރެވޭގޮތަށް ހަދާ، އަހަރަމެން ކުޅެލަން ދަންޏާ މިވެރިންނަށް ލާރި ދީގެން މިކަން ކުރެވޭނެ އިންތިޒާމު ވެސް ކުރީ ނޫންތޯ. އާމްދަނީ ހޯދަން މަނިކުފާނަށް އިނގޭނެ.

The name is already taken The name is available. Register?

ވައިނޮޓް ކޮކޮނަޓް

31 May 2020

ވަރަށް އުފާވެރި ޙަބަރެއް އެކަމަކު ސަރުކާރުން ތިޔަކަމުގައި މާލީ ގޮތުން އެހީވެގެންނުވާނެ. އެ ކުލަބެއްއަމިއްލައަށް ތިޔަކަންކުރަންވީ. ނިކަން ބަލާބަލަ މާޒިޔާ ކޮންކަމެއް ނުކުރަނީ ކެފޭ ، ހާރޑްވެއަރ، ކޮންސްޓަރަކްޝަން.... އެހެންކްލަބުތަކުން އެވަރުނުވިޔަސް ކިއްލި ތާޅާ ، ލޮލީ ޖޫސްޕެޓީ ، އަދި ހުސްވަގުތު ހޯދައިގެން ބަނޑިޔާ ޖެހުން ފަދަ ކަންކަމުން އާމްދަނީ ލިބޭނެ ވަރަށް.

The name is already taken The name is available. Register?

ޓާކޫރު

31 May 2020

ޢެފްއޭއެމްއިން ރެފްރީންނަށް އަޅާނުލާ ރެފްރީޒް ޑިޕާރްޓމެންޓގެ ހެޑް ޕޯނަށްޖަވާބުނުދޭ ގުޅިޔަސް ފޒޮނުނުލަގާ މުހައްމަދު އަމީޒު ހަވާލުވިފަހުން ރެފްރީންނާ އެއްވެސް ގުލުމެއްނޯވޭ ޑިޕާރްޓމެންޓަށް ދިއުންމަނާ ޓްރެިނިންގ ނުހިންގާ ވަރަށް ރެފްރީންނާޣުލުންކުޑަ ބޯޑާމީހެއް

The name is already taken The name is available. Register?

ޑައިރީ230

31 May 2020

ތިހާބޮޑު ހަރަދުތައް ކުރަން ހެޔޮނުވާނެ. ކުލަބްތަ އަބަދު ވެންޓުލޭޓަރުގަ، ރައްޔިތުންގެ ފައުސާ ޕައްޕުކޮއްކޮއް. ދަޑުތަ ހުސްކޮއް. ފުޓުބޯޅަ ގަދަކަމުން ދިރުމައް ވުރެއް. ޢޭގެ އަސްލު މަގާމައްދާންދީ. އިސްރާފް ކުރުން ހުއްޓާލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454