ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ގައުމީ ސްކޮޑަށް ބަދަލެއް ނުގެނޭ! އަންނަ މަހު 4 ގައި ޕްރެކްޓިސް ފަށަނީ

މިދިޔަ ފެބްރުއަރީ މަހު ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑް-19 ގެ ސަބަބުން މެދުކެނޑުމަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަލުން ފަށަން ސްކޮޑުން އެއްވެސް ކުޅުންތެރިޔަކު އުނިނުކުރާ ކަމަށާއި އަންނަ މަހު ހަތަރު ވަނަ ދުވަހު 32 ކުޅުންތެރިންނާ އެކު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މިދިޔަ ހަފުތާގައި މީޑިއާގައި އާއްމުވި ގައުމީ ޓީމުގެ 25 ކުޅުންތެރިންގެ ލިސްޓުގައި ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އާއި މާޒިޔާގެ ނާއިޒު ހަސަން (ދާދު) އަދި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ނެތުމުން ގިނަ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ ވައިބާ ގްރޫޕެއްގައި އާންމުވި ލިސްޓެކެވެ.

އެފްއޭއެމުން މިއަދު މެންދުރު ބޭއްވި ވީޑިއޯ ކޮންފަރެންސްގައި އެ އިދާރާގެ ޖެނެެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ގައުމީ ޓީމުގެ ހާއްސަ ރަސްމީ ވައިބާ ގްރޫޕެއް ނޯންނަ ކަމަށާއި އެހެންކަމުން އާއްމުވި ލިސްޓަކީ ރަސްމީ ލިސްޓެއް ނޫން ކަމަށެވެ.

"ހަގީގަތުގައި އެފްއޭއެމް އޮފިޝަލް ނެޝަނަލް ޓީމު ވައިބަ ގްރޫޕެއް ނޯންނާނެ. ވައިބަ ގްރޫޕު ނޫނީ ވަޓްސަޕް ގްރޫޕް ނޫނީ ކޮމިއުނިކޭޝަން އަށް ގެންގުޅޭ މި ކަހަލަ ހުރިހާ ކަމެއް. އެ މެނޭޖަރެއް ނޫނީ އެ ކޯޗެއް މި ބޭނުންކުރަނީ. ކުރާއިރު އަޅުގަނޑުމެންގެ ތެރެއިން ލިސްޓެއް މެނޭޖަރަށް މި އޮތީ ހިއްސާ ކުރެވިފައި،" ޖަވާ ވިދާޅުވި އެވެ.

Gaumee squad gai Dhaadhu aai Ibbe adhi Sattu eh neiy

Gaumee squad gai Dhaadhu aai Ibbe adhi Sattu eh neiy

The most trusted news source in the Maldives

Mihaaru

ގައުމީ ސްކޮޑު ކުޑަނުކުރާކަމަށް އެފްއޭއެމުން ވަނީ ބުނެފައި.

ޖަވާ ވިދާޅުވީ އެ ލިސްޓަކީ ކުޅުންތެރިންގެ ހާލު އޮޅުންފިލުވައި އެ އަށް ބަލައި ކުޅުންތެރިންނަށް އެލަވަންސް ދޭން ތައްޔާރުކުރި ލިސްޓެއް ކަމަށާއި އެއީ ޓީމު ފައިނަލް ކުރުމެއް ނޫން ކަމަށެވެ. ސްކޮޑެއްގައި އާންމުކޮށް 30 ނޫނީ 35 ވަރަކަށް ކުޅުންތެރިން ތިބޭއިރު ކުޅުންތެރިންގެ ހާލަތަށް ބަލައި އެލަވަންސް ލިބޭ ކުޅުންތެރިން ނަގަން ޖެހެނީ އެފްއޭއެމުން ކަމަށް ޖަވާ ފާހަގަކުރެއްވި އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ސަރުކާރުން ދޭ އެލަވަންސް ލިބެނީ 23 ކުޅުންތެރިންނަށް ކަމަށާއި އެ އަށް ވުރެން ގިނަ ކުޅުންތެރިން ތިބި ސްކޮޑެއް ކަމަށްވުމުން ރޮޓޭޓްކުރާ ވިސްނުމެއް ގެންގުޅޭ ކަމަށެވެ.

"މި ކަހަލަ އުނދަގޫ ހާލަތެއްގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފައިދާ ކުރާނެ ގޮތަކަށް މި ބަަލަނީ. ދެން ކޮންމެވެސް ވަރަކަށް ކުޅުންތެރިން ރޮޓޭޓްކުރުމުގެ ވިސްނުމެއް ކޯޗުގެ ވެސް އެބަހުރި. އެއީ އެންމެ ސީނިއާ ކުޅުންތެރިން ނޫނީ ޔަގީނުން ވެސް ޓީމުން ޖާގަ ހޯދާނެ ފެންވަރުގެ ކުޅުންތެރިން ބަދަލުވެގެން ނުދިޔަ ކަމުގައި ވިޔަސް. ބައެއް ކުޅުންތެރިން ބަދަލުކުރާނެ ކަހަލަ ވިސްނުމެއް މި ހުރީ،" ސުޒޭން ބުންޏެވެ. "މި ހާލަތުގައި ވަރަށް މާލީ ތަނަވަސްކަން ވެސް ދަތި ކުޅުންތެރިން އެބައުޅޭ. ރޮޓޭޓްކުރަމުންދަންޏާ މީގެ މަންފާ ވީހާ ވެސް ގިނަ ކުޅުންތެރިން ލިބޭނެ ގޮތަށް ބަލާފައި އެ ގޮތަށް ކުރިއަށް މިދަނީ."

ޕްރެކްޓިސް ޖުލައި ހަތަރެއްގައި ފަށާނީ ދެ ގްރޫޕަކަށް ބަހާލައިގެން

އަންނަ މަހު ހަތަރެއްގައި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް ފަށަން ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނީ ދެ ގްރޫޕަށް ބަހާލައިގެން ކުރިއަށްގެންދަނީ ސިއްހީ ފަރާތްތަކުން ކޮވިޑް-19 އިން ރައްކާތެރިވެ ތިބެ ކުރިއަށްދާން ދީފައިވާ ލަފަޔާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ސުޒޭން ބުނީ އަލުން ފަށާނީ ކުރިން ނިންމާލި ހިސާބުން އޭރު ވެސް ތިބި ކުޅުންތެރިން ވެސް ހިމެނިގެން ކަމަށާއި ޓީމު ފައިނަލް ކުރި ކަމަށް ދެކެވުނު ވާހަކަތަކާ ބެހޭގޮތުން ފެނިގެންދިޔަ އެ ކަންތައްތަކަށް ބަލާއިރު ލިބޭ ހިތްހަމަޖެހުން ބޮޑުކަމަށާއި ހަގީގަތުގައި އެއިން ފެނިގެންދިޔައީ އަދިވެސް ގިނަ ބަޔަކު ފުޓްބޯޅަ އަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ވެސް ނަގާނީ ޕޮޒިޓިވްކަމެއްގެ ގޮތުގައި ކަމަށް ސުޒޭން ބުންޏެވެ.

ކުރިން ސްކޮޑުގައި ނެތް ނަމަވެސް މި ފަހަރު ޓީމުގައި ހިމެނުނު ދެ ކުޅުންތެރިންނަކީ މުޅިން އަލަށް ގައުމީ ސްކޮޑަށް ނެގި ޓީސީގެ އަލީ ޝާމިސް (ތޮއްޕޭ) އާއި އީގަލްސްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ.

"އަޅުގަނޑު މި ހުރިހާ ކަމެއް ނަގާނީ ޕޮޒިޓިވްކޮށް. މި ފަށަނީ ފެބްރުއަރީ މަހު ހުއްޓާލި ގޮތަށް އެ ހުރި ހިސާބުން އަލުން. ހަގީގަތުގައި އުނދަގޫ ކަންތައްތަކެއް އެބަހުރި،" ސުޒޭން ބުންޏެވެ.

ޖަވާ ވިދާޅުވީ އަލުން ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު ކަމަށާއި ހުރިހާ ކުޅުންތެރިންނާއި ކޯޗުން ވެސް ތިބީ އެ ވިސްނުމުގައި ވީ އެންމެ ރަނގަޅަށް ކުރިއަށްދާން ކަމަށެވެ.

މިހާރު އޮތްގޮތުން ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، މުޖުތާޒް މުހައްމަދު (މުޖޭ)

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)، އިޝާން އިބްރާހިމް (ސައްޓު)

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)، ރިހާމް އަބްދުލް ގަނީ (ބޮބީ)

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ސާއިފް

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަހުނަފު ރަޝީދު

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 10%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައްޕަ ބޯ

15 June 2020

އުމޭރު މޮޅެއްނޫން. ވ.ސަލާމް

The name is already taken The name is available. Register?

ދީފް

15 June 2020

ބައްސާމު ތެދެއްހަފާނެތަ މިކަހަލަކަމެއްގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454