މާޒިޔާ ޕްރެކްޓިހުގެ ތެރެއިން ނިޒާމްބެ އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: މިހާރު/ އަހުމަދު އަވްޝަން އިލްޔާސް
13 އޮކްޓޯބަރ 2020 - 10:44
ކުރިއަށް އޮތް ސީޒަނަށް އަމާޒުކޮށް މާޒިޔާ އިން މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ސޮއި ހޯދިއިއިރު، އެ ކްލަބްގެ މެނޭޖްމަންޓުން ފާހަގަކުރި އެއް ކަމަކީ މާޒިޔާގައި މިހާރު ތިބި ކުޅުންތެރިންގެ ފެންވަރުގައި ރަނގަޅު ކުޅުމެއް ދައްކަން ބަލާއިރު އެންމެ ރަނގަޅު ދިވެހި ކޯޗަކީ ނިޒާމްބެ ކަމެވެ. އެ ދުވަހު ވެސް ނިޒާމްބެ ދިން ޔަގީންކަމަކީ އޭނާ އަށް ކްލަބުން ދޭ އިތުބާރުގެ ބަދަލު ދަނޑުމަތީގައި ކުޅޭ މެޗުތަކުގެ ނަތީޖާ އިން ނެރެދެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމެވެ.
މާޒިޔާ އިން ނިޒާމްބެ ގެނައިއިރު އެއް ޓާގެޓަކަށް ކަނޑައެޅީ މި އަހަރުގެ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ. އެކަމަށް އަމާޒުކޮށް ފެންވަރުގެ ސްކޮޑެއް އެކުލަވާލައި ޕްރެކްޓިސް ވެސް ފެށި ފަހުން މިދިޔަ މަހު އެ މުބާރާތް ކެންސަލްވީ އެވެ. ހީނުކޮށް ހުއްޓައި އައި އޭއެފްސީގެ ނިންމުމެއްގެ ސަބަބުން މާޒިޔާ އިން އޭއެފްސީ ކަޕަށް ކުރި ބޮޑު އުއްމީދުތައް ދިޔައީ އެވެ. އެކަމަކު އެ ހިސާބުން ވެސް ހިވްވަރު އެލުވާނުލައި މަސައްކަތްކުރަން އަމާޒު ހިފައިގެން މެނޭޖްމަންޓުން ކުރި މަސައްކަތް ނިޒާމްބެ ފާހަގަކުރެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ފުޓްބޯޅަ ކްލަބްތަކަށް ޕްރީ ސީޒަން ޕްރެކްޓިސް ފެށޭނެ ގޮތެއް އޮތްތޯ އެންމެ މަސައްކަތްކުރި ކްލަބަކީ މާޒިޔާ އެވެ. އެޗްޕީއޭ އިން ކަނޑައެޅި ގައިޑްލައިންތަކުގެ ތެރެއިން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ޓީމަކީ ވެސް މާޒިޔާ އެވެ. ދެއިރު ކްލަބްގެ ޕްރެކްޓިސްތައް މިހާރު ބާއްވަމުންދާއިރު، މިއަދު ހެނދުނުގެ ޕްރެކްޓިހަށް ފަހު "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ނިޒާމްބެ ވަނީ މާޒިޔާ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ޕްރެކްޓިސް ފެށުމުގެ ކުރިން މާޒިޔާ ކުޅުންތެރިން އަތް ސެނިޓައިޒްކުރަނީ.-- ފޮޓޯ: މިހާރު/ އަހުމަދު އަވްޝަން އިލްޔާސް
ކުރިން ފުރަތަމަ ޑިވިޝަނުގައި އެކި ޓީމުތަކުގައި ކޯޗުކޮށްދިން ނިޒާމްބެ ބުނީ އަބަދުވެސް އޭނާ ހަވާލުވާ ޓީމެއްގެ ގާތުގައި ބުނާ ވާހަކަ އަކީ މެނޭޖްމަންޓުގެ ފަރާތުން ފުރިހަމަވާން ޖެހޭ ކަންތައްތައް ކޯޗުގެ ބޮލުގައި ނޭޅި ފުރިހަމަވެފައި ހުރުމަށް ކަމަށެވެ. އެކަމަކު އެކި ފުޓްބޯޅަ ކްލަބްތަކަކީ ތަފާތު ޗެލެންޖްތަކެއްގެ ތެރެެއިން ހިންގާ ޓީމުތަކެއް ކަމަށްވާތީ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނުހުންނާނެކަން ވެސް ނިޒާމްބެ އަށް އެނގެ އެވެ. އެހެން ނަަމަވެސް މާޒިޔާގެ މެނޭޖްމަންޓުން ޒިންމާ ފުރިހަމަ އަށް އަދާކޮށްފައިވުމަކީ ކޯޗަކަށް ހިތްހަމަޖެހިލައިގެން އަމިއްލަ މަސައްކަތް ކުރެވޭނެ މާހައުލެއް އޮތުމާއި އެ ފަސޭހައިގެ ތަފާތު ފެންނާނެ ކަމަށް ނިޒާމްބެ ބުންޏެވެ.
"އެންމެން ކައިރީގައި ވެސް އެދެމުން އަންނަ ކަމެއް ދުރާލާ ޕްރީ ސީޒަން ޓްރެއިނިން ވަގުތު އޮއްވައި ޕްރެކްޓިސް ފެށޭ ގޮތަށް ތައްޔާރުވާށޭ. ކޯޗު އެ މީހުންނަށް ދޭން ޖެހުނީ ޕްރެކްޓިސް ޝެޑިއުލްއާ ޕްލޭންއާ ބޭނުންވާ ސާމާނާ. ހުރިހާ އެއްޗެއް ބަރާބަރަށް ހަަމަކޮށްފައި ޕްރެކްޓިސް ފެށީ،" ނިޒާމްބެ ބުންޏެވެ.
"އަނެއްކޮޅުން ޕްރެކްޓިސް ނުފެށިގެން މާޒިޔާ މެނޭޖްމަންޓުން އެ ކުރި މަސައްކަތް އެއީ އެ މީހުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭން ބޭނުންވާ އިހުތިރާމާއި އަޅާލާ މިންވަރު ފެނިގެންދާ ކަމެއް. މިހާތަނަށް އައިއިރު މާޒިޔާގެ ކޮންޓްރެކްޓް ސޮއިކުރި ހިސާބުން މިހާތަނަށް ފެނިގެންދިޔައީ މެނޭޖްމަންޓުން ކުރަން ޖެހޭ ކަމެއް ކޯޗާ ނުބައްސައި ކޯޗާ ނުލައި ކުރާކަން. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބަށް އެންމެ ފަހުން ކޯޗުކޮށްދިން ނިޒާމްބެ ބުނީ ކޯޗު ކުރަން ޖެހޭ މަސައްކަތަށް ހަމައެކަނި ހުސްވެލައިގެން ހުރުމަކީ ޓާގެޓަކަށް ވާސިލްވާން ލިބޭ އެންމެ ބޮޑު ފަސޭހަ ކަމަށެވެ.
ނިޒާމްބެ މީގެ ކުރިން ކޯޗުކޮށްދިން ޓީމެއްގައި ވެސް އޭނާގެ ސްޓައިލް ނޫނީ ފިލޯސަފީ އަށް މުޅި ޓީމުގެ ކުޅުމުގެ ވައްޓަފާޅި ބައްޓަންކުރެ އެވެ. އެއީ ނަތީޖާ ނެރުމުގައި އޭނާ އަށް ފަސޭހަވެގެންދާ އެންމެ ބޮޑު ސަބަބެވެ. ފުރަތަމަ ޑިވިޝަނުގައި ޓީސީ ފައިތިލަ ސާބިތުކުުރުމުގައި ނިޒާމްބެ ގެންގުޅުނީ އެ މޮޑިއުލެވެ. އޭނާ ބޭނުންވާ ސްޓައިލަށް ކުޅުވައިގެން ރާއްޖޭން ބޭރުގައި ޓީސީ އަށް ޝެއިހް ކަމާލް ކަޕް ހޯދައިދިނުމުގެ އިތުރުން ޓީސީ އަށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދައިިދިނެވެ. ރިސްކު ނަގައިގެން ކުޅުންތެރިން ކުރިއަރުވައި އެޓޭކިން ފުޓްބޯޅަ އަށް ނިޒާމްބެ ޕްލޭނުން ދޭ އަހައްމިއްޔަތުކަން އިތުރުވުމަކީ ވެސް މާޒިޔާގައި އޭނާގެ ސްޓައިލް ކާމިޔާބުވާނެ ކަމުގެ ސަބަބެއް ކަމަށް ފެނެ އެވެ.
މާޒިޔާ ކުޅުންތެރިން އެ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ބޯޅަ ހިފައިގެން.-- ފޮޓޯ: މިހާރު/ އަހުމަދު އަވްޝަން އިލްޔާސް
މާޒިޔާ އިން މިދިޔަ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދީ މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގަ އެވެ. މާޒިޔާއާ ހަވާލުވެ ނިޒާމްބެ އެންމެ ފަހުގެ ޗެމްޕިއަނެއްގެ ގޮތުގައި ނުކުންނައިރު މިއީ އޭނާގެ ކެރިއަރުގައި ވެސް އެންމެ ފަހުގެ ޗެމްޕިއަނެއްގެ ގޮތުގައި ލޯކަލް ސީޒަނަކާ ކުރިމަތިލާ ފުރަތަމަ ފަހަރެވެ. ނިޒާމްބެ ބުނީ އެ ޗެލެންޖް ޝައުގުވެރިވަނީ އޮތް އިތުބާރެއްގެ ބޮޑުކަމުން ކަމަށެވެ.
"އަސްލުގައި އެ ހުރި ކޯޗު ހުއްޓަސް ޑިފެންޑިން ޗެމްޕިއަނެއްގެ ގޮތުގައި ނުކުންނަންޏާ ވަރަށް ބޮޑު ޗެލެންޖެއް. ހާއްސަކޮށް އަލަށް މީހަކު އައިސްފައި ކުރާއިރު. ހަމަ ކޮންމެ ކޯޗެއްގެ ވެސް އަމިއްލަ ފިލޯސަފީ އާއި އަމިއްލަ ގޭމްޕްލޭންތަކާއި އަމިއްލަ ޓެކްޓިސް އާއި ހުރިހާ އެއްޗެއް ހުންނާނެ. އެ ހުރިހާ އެއްޗެއް އިމްޕްލިމެންޓް ކުރަން އޮތް މަސައްކަތް އެއީ މީގެ އެންމެ ބޮޑު ޗެލެންޖަކީ،" ނިޒާމްބެ ބުންޏެވެ.
"ވަރަށް ބޮޑު އުއްމީދެއް ވަރަށް ބޮޑު ޔަގީންކަމެއް އިރާދަކުރެއްވިއްޔާ އެބައޮތް ކުރިއަށް އޮތް ސީޒަނުގައި މާޒިޔާ އެ ކުޅޭ ބޯޅަ އަކީ ދިވެހި ފުޓްބޯޅައިގެ އެންމެން ބަލާހިތްވާނެ ގޭމަކަށް ވާނެ ކަމުގެ. އެންމެން ހިތްހަމަޖެހިގެން ބަލާހިތްވާނެ ކުޅުމަކަށް ވާނެކަން ޔަގީން. ޓާގެޓަށް ދިއުމަށް ނަތީޖާ ނެރުމަށް ވަރަށް އިތުބާރު އެބައޮތް މި އޮތް ސްކޮޑާ އެކީގައި."
ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިން ކްލަބް ލެވަލްގައި ވާދަވެރި ފުޓްބޯޅަ މެޗުތަކެއް ނުކުޅެ ތިބި މުއްދަތު ވަރަށް ދިގެވެ. މިދިޔަ އަހަރު އަހަރު މެދުތެރެއިން ސީޒަން ފަށާ ގޮތަށް ކަލަންޑަރު ބަދަލުކޮށް ފުރަތަމަ ހަ މަސް ދުވަހު ތިބީ ނުކުޅެ އެވެ. އަލުން ސީޒަން ފަށައިގެން ވެސް ބޮޑެތި ބްރޭކްތަކެއް އައިސް ލޯކަލް ފުޓްބޯޅަ އަށް އަސަރުކުރި އެވެ. އަނެއްކާ މި އަހަރު ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ނުކުޅެ ދިގު މެދުކެނޑުމެއް މިިދިޔައީ އެވެ. މި ހުރިހާ ކަމަކާ ހުރެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކޮށް ބެހެއްޓުމަކީ ވެސް ޗެލެންޖެކެވެ.
ނިޒާމްބެ ބުނީ މިދިޔަ މަހު އޭއެފްސީ ކަޕަށް ތައްޔާރުވާން 11 ދުވަހު ޕްރެކްޓިސް ކުރިއިރު އޭރު ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ހުރީ "ކަންބޮޑުވާ" ހާލުގައި ކަމަށެވެ. އެކަމަކު އޭރު ކުޅުންތެރިންނަށް ރަނގަޅު ޓްރެއިނިން ޝެޑިއުލެއް ދިނުމުން އޭގެއާ އެއްގޮތަށް އަަމަލުކޮށް މި ފަހަރު ޓްރެއިނިން އަށް އައިސް ތަފާތު ދައްކާފައިވާ ކަމަށް ބުންޏެވެ.
"އޭރު އޭއެފްސީ ކަޕަށް އައިސް ޓެސްޓް ޖެހިއިރު ވަރަށް ދަށްކޮށް ޕްލޭޔަރުން ތިބީ. ކަންބޮޑުވާ ހިސާބަށް ދަށްކޮށް ތިބީ. އެ 11 ދުވަހު ޕްރެކްޓިސްކޮށްފައި ދެން ނިންމާލިއިރު ކުޅުންތެރިން ކަރިރީގައި ބުނިން ދެން ޓްރެއިނިން އަށް ނުކުންނައިރަށް ޓެސްޓް ޖަހާނަމޭ. އެ މީހުންނަށް ކޮންމެވެސް ވަރަކަށް ޕްރޮގްރާމެއް ދީފައި ފޮނުވީ. އެ މީހުން އެ ޕްރޮގްރާމްތަކަށް ފޮލޯ ކޮށްފައި އެނބުރި އައިއިރު ހީނުކުރާހާ ބޮޑުތަން ރަނގަޅު،" ނިޒާމްބެ ބުންޏެވެ.
މާޒިޔާގެ އޮފިޝަލުން ޓީމުގެ ކުޅުންތެރިންނާ ޕްރެކްޓިސް ފެށުމުގެ ކުރިން ވާހަކަ ދައްކަނީ.-- ފޮޓޯ: މިހާރު/ އަހުމަދު އަވްޝަން އިލްޔާސް
ޕްރީ ސީޒަން ޓްރެއިނިންގެ ތިން ދުވަސް މިހާރު ފާއިތުވެފައިވާއިރު، މިހާތަނަށް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ޖޯޝު ފެނިފައި ނިޒާމްބެ އަށް ވެސް ލިބެނީ ހިތްވަރެވެ. ކުޅުންތެރިން އެ ގޮތުގައި ތިބެފިނަމަ ކުރިއަށް އޮތް ސީޒަނުގައި ކޮންމެ މުބާރާތުގެ ތަށްޓަށް މާޒިޔާ އިން ކުރާ މަސައްކަތަށް އެތައް ފަސޭހައެއްވެގެންދާނެ ކަމަށް ނިޒާމްބެ ގަބޫލުކުރެ އެވެ.
"ޓްރެއިނިން ޕިޗަށް ނާރާ އެހާ ގިނަ ދުވަސްތަކުގައި ތިބެފައި ވަރަށް ކުޅޭހިތުން ވަރަށް ބޭނުންވެގެން ކުޅުންތެރިން އެ އަންނަނީ. ޓްރެއިނިން އެކްސަސައިޒްތަކުގައި ވެސް ވަކި ކުޅުންތެރިއެއް ނޫން ހަމަ 100 ޕަސެންޓް ދީގެން ވަރަށް ޖޯޝާ އެކީ އެންމެން މަސައްކަތްކުރަނީ. ޓާގެޓްތަަކަށް ވާސިލްވާން އެއީ ބޮޑު ހިތްހަމަޖެހުމަކީ،" ކުރިން ގައުމީ ޖޫނިއާ ޓީމަށް ވެސް ކޯޗުކޮށްދިން ނިޒާމްބެ ބުންޏެވެ.
އެފްއޭއެމުން މަސައްކަތްކުރަމުން ދަނީ އަންނަ ސީޒަން ހުޅުވާ މެޗު ޑިސެމްބަރު މަހު އަށް ވަަނަ ދުވަހު ކުޅޭށެވެ. މިހާރު އޮތްގޮތުން އެ މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން މާޒިޔާ އާއި ލީގުގެ ރަނަރަޕް އީގަލްސް އެވެ. އީގަލްސް އަށް މި ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގައި ކޮވިޑާ ހެދި މުބާރާތްތައް އަވަހަށް ނިންމާލަން ޖެހޭތީ އެފްއޭ ކަޕް ކެންސަލްކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
15 October 2020
ކޯޗުންގެ ސަޅިބައިސާ އާ ސިޔާސީ މީހުންގެ ސަޅިބައިސާ މިހާރު ދިވެހިންނަށްވެސް އަލެއްނުވާނެ. އެންމެފަހުންފޮނުވާލި ގައުމީ ފުޓުބޯޅަ ކޯޗުވެސް ބުނި 2022 ގެ ވޯލްޑްކަޕަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަޓީމް ކޮލިފައިކޮށްދޭނެ ކަމަށްވެސް. ދަނޑު ފުރާލައިގެން ދިވެހި ފުޓުބޯޅަ ބަލާނެ ބަޔަކު މިހާރަކުނެތް.
Mode
14 October 2020
ދުވަސްކޮށްފަ ޓްރެއިން ފެށިއިރު އެކަށީގެންނުވާ އެއްޗިހިހެދުވިތަންފެނޭ
އަހްމަދު
13 October 2020
ނިއުރޭޑިއަންޓް ކިޔާ ނޫބައިގަނޑު އެއީ މާޒީވެ ނިމިފައިވާ ބައެއް.
ބްލޫޒް ފޯ ލައިފް
13 October 2020
ތިހެން ބުނެލައިގެން ހިތް ހަމަ ޖެހެންޏާ ހިތް ހަމަ ޖައްސާލާ. އެކަމަކު ދިވެހި ލީގު މިލުކު ކުރި، ގައުމީ މުބާރާތް މިލްކުރި، އެފްއޭ ކަޕް މިލްކު ކުރި، ކަޕް ވިނަރސް ކަޕް މިލްކު ކުރި، އޭއެފްސީ ކަޕުގެ ތިން ވަނަ އަދި އޭއެފްސީ ކަޕުގެ ކުއާޓަރ ފައިނަލް ( އެވެސް އަދި އަރަބި ޓީމުތަކާވެސް ކުޅެގެން) މިހެން ގޮސް މި ލިސްޓް ވަރަށް ދިގުވާނެ. މާޒިޔާއަށް ކުރިއަށް އޮތް ވިހި އަހަރު ހުރިހާ މުބާރާތެއް ކާމިޔާބުކޮށްގެންވެސް އެއްވަރުވެސް ނުވާނެ. ދެން ލަލަލާ
ޔޫސުފް ސައީދު
13 October 2020
މާޒިޔާ ވަރަށް ގަދަ. އެކަމަކު މާޒިޔާއަށް ގަދަ ވެވޭނީ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައި ބާއްވައިގެން. މީ ވަރަށް ވާހަކަ
މުހައްމަދު- ފޯރެވާ ބްލޫޒް
13 October 2020
ޚަބަރު ކިޔާލާފައި އަަޅުގަނޑަށް ހީވީ ނިޒާމްބެއަކީ އެކި ޓީމުތަކާއި އެކު ލީގު ނަގާފައިވާ ވަރަށް މޮޅު ކޯޗެއްހެން. ގާޑިއޯލާ ނޫނީ މޮރީނިއޯއޭވެސް ހީވި. ރިކޯޑަށްޓަކައި މި ބުނެލަނީ ތާރީޚު ޖަހާފައި، އަންނަ އޭއެފްސީ ކަޕު ނިމޭ އިރަށް ނިޒާމްބެ ބޭރު ކުރާނެ މާޒިޔާއިން. ނިޒާމްބެ ކަމު ނުގޮސްގެނެއް ނޫން، މާޒިޔާގެ މެނޭޖްމެންޓްގެ ޕްރެޝަރާ ހެދި. 13 އޮކްޓޫބަރު 2020 ވީ އަންގާރަ ދުވަހުގެ 11 ޖެހި އިރު މި ކޮމެންޓް މި ކުރީ. ސްކްރީން ޝޮޓެއް ނަގާފަ ބައިންދާތި. ސަލާމް
ކަލާސް
13 October 2020
ވަރަށް ބޮޑު ތެދެއް. މާޒިޔާގެ މެނޭޖްމެންޓް ޕްރެޝަރ ނުހިފެއްޓޭނެ
ބުރޯ މޭން
13 October 2020
މުހައްމަދާ ކީކޭ ---- ކަލޭ ހުންނަންވީ މީހުން އަތްބަލަން ނަމްބަރު ދޫކުރަން. ބަލަ ހަރަދުކުރާ މެނޭޖްމަންޓުން ޕްރެޝަރެއް ނެތިއްޔާ ލާރި ހަރަދު މި ކުރަނީ މަސް ދަތުރު ދާންތަ؟ ދޮގެއްވާނޫން ބްލޫޒް ކިޔައިފިއްޔާ ގަޅި ވާހަކަ ދެއްކުން އާންމުވޭ ދެއްތޯ
ވެސްޓަކުން
13 October 2020
ތިބުނާ ތާރީޚެއްގައި ތިބުނާ ކަންތައް ނުވެއްޖެއްޔާ ކުޑަކުދިންގެ ހިޔާއަށް ތި މާ މީހާ 25000 ރުފިޔާ ހަދިޔާކުރަން ވައުދުވާން ކެރޭނެތަ؟ އޭރުންދޯ ތިބުނާވާހަކަގެ އޮއްޓަރެއް ހުރިކަ މަށް ބެލެވޭނީ.