ކުޅިވަރު / ގައުމީ ބެޑްމިންޓަން މުބާރާތް

ބޮޑު ކާމިޔާބީ އަށް ފަހު ސާރިމް އެނބުރި ގައުމީ ޓީމަށް

ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިޔަށް ގެންދިޔަ ބެޑްމިންޓަން ގައުމީ މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލްގައި މުހައްމަދު ސާރިމް ވާދަކުރަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ލިބުމަކީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި މުސްތަގުބަލުގައި ގައުމީ ޓީމުން އަލުން ފެންނާނެ ކަމަށް މުހައްމަދު ސާރިމް ބުނެފި އެވެ.

ސާރިމް އަކީ ފާއިތުވި އަހަރުތަކުގައި ބެޑްމިންޓަން ގައުމީ ޓީމުގައި ގަވައިދުން ކުޅެމުން އައި ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ކަންތައްތަކުގެ ސަބަބުން ބެޑްމިންޓަންއާ ކުޑަކޮށް ދުރަށް ޖެހިލުމަށް ފަހު އޭނާ މި ފަހަރުގެ ގައުމީ މުބާރާތާ ކުރިމަތިލީ މަދު ފަރިތަކުރުންތަކަކަށް ފަހު އެވެ.

"ވަރަށް ބޮޑު މޮޅެެއް، ވަރަށް އުފާވެފައި މިހުރީ. މަދު ދުވަސްކޮޅެއްގެ ޓްރެއިނިންއާ އެކު މި މުބާރާތަށް އައީ. ވަރަށް ކުޑަކުޑަ ވަގުތު ކޮޅެއް ލިބުނީ 10 ޕްރެކްޓިސް މުބާރާތުގެ ކުރިން ކުރެވުނީ ހަގީގަތުގައި، ސީރިއަސްކޮށް އެކަން ކުރުމަކީ މި ކާމިޔާބީގެ ސިއްރު،" ފައިނަލަށް ފަހު ސާރިމް ބުންޏެވެ.

"ދެން އަޅުގަނޑު އަނެއްކާ ވެސް ގައުމީ ޓީމުން ފެންނާނެ. ޕްރެކްޓިސްތަކާ ވަރަށް އަވަހާ ގުޅޭނަން. ކުރިއަށްދިއުމަށް ހިތްވަރު ލިބިއްޖެ." އޭނާ ބުންޏެވެ.

ސިންގަލްސް ފައިނަލުގައި ސާރިމް ނުކުތީ ރާއްޖޭގެ ގިނަ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް އޭނާއާ އެކުގައި ޑަބަލްސް ކުޅުނު ގައުމީ ޓީމުގެ ކުޅުންތެރިޔާ ޒަޔާން ޒަކީއާ ދެކޮޅަށެވެ. ސާރިމް އާއި ޒަޔާން ވަނީ މި ފަހަރުގެ މުބާރާތުގެ ޓީމް އިވެންޓުގައި ވެސް ބައްދަލުކޮށްފަ އެވެ. އެ މެޗުން މޮޅުވީ ޒަޔާން އެވެ.

ފުރަތަމަ ޑިވިޝަން ސިންގަލްސް ޗެމްޕިއަންކަން ހޯދި ސާރިމް (ކ)އާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ރައްޒާގު އެވޯޑް ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާރިމް ބުނީ ޓީމް އިވެންޓް މެޗުން ބަލިވި ކަމުގައި ވިޔަސް ފައިނަލަށް ނުކުތްއިރު މޮޅުވެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"މެޗަށް އައިއިރު މޮޅުވެވޭނެ ކަމުގެ އުއްމީދު ބޮޑު. އެކަމަކު އެ ޔަގީން ކަމާ އެކު ވެސް އެންމެ ފަހު މިނިޓާ ހަަމައަށް ކުރި މަސައްކަތުގެ ނަތީޖާ މިއީ. ޑިސިޕްލިން ހިފަހައްޓައިގެން މޮޅަށް ކުޅެގެން މި ކާމިޔާބީ މި ލިބުނީ،" ސާރިމް ބުންޏެވެ.

"ޓީމު އިވެންޓު ފައިނަލުގައި ޒަޔާންއާ ދެކޮޅަށް ކުޅެން ޖެހުމުން އެ މެޗުގެ ތަޖުރިބާ ސިންގަލްސް ފައިނަލުގައި ބޭނުން ކުރެވުނު. ޓީމު އިވެންޓު މެޗުގައި ޒަޔާން އަތުން ބަލިވި ނަމަވެސް އެ މެޗުގައި ދެއްކުނު ކުޅުމަކީ ސިންގަލްސް ފައިނަލަށް އައިއިރު ލިބިފައި އޮތް ހިތްވަރެއް." އޭނާ ބުންޏެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުޅުމަށް އެނބުރި އައިސް ގައުމީ މުބާރާތެއް ކާމިޔާބު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ގިނަ ބަޔެއްގެ އެހީތެރިކަމާނުލައި ހޯދޭނެ ކާމިޔާބެއް ވެސް ނޫނެވެ. ސާރިމް ވެސް ބުނީ މި ކާމިޔާބީގެ ފަހަތުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން އެބައޮތް ކަމަށެވެ.

"ހަގީގަތުގައި މިއީ އަޅުގަނޑު އެކަނި ހޯދި ކާމިޔާބެއް ނޫން. ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަން މިކަމުގެ ފަހަތުގައި އެބައޮތް. އާއިލާ އާއި ރައްޓެހިން އަދި އެކުގައި ބެޑްމިންޓަން ކުޅޭ ކުޅުންތެރިން ދިން ސަޕޯޓްގެ ފާހަގަކޮށް އެ އެންމެނަށް ހާއްސަ ޝުކުރެއް އަދާކުރަން،" ސާރިމް ބުންޏެވެ.

ސާރިމް ވަނީ މީގެ ކުރިން ގަައުމީ ޓީމާ އެކު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ކުޅެފަ އެވެ. މާލޭގައި ބޭއްވި ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖާއި މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

04 December 2016

ކޮންމެ ކުޅުންތެރިއެއްވެސް ގަޑިއަށް ފަރުވާ ބަހައްޓައިގެން ، އެ ފަންނު ދެކެ ލޯބިވެވިގެން މިކަހަލަ ކާމިޔާބީ ލިބެނީ ، ސާބަހޭ ދިވެހި ދަރިޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454