ޚަބަރު / ކުރީގެ މިނިސްޓަރު ނާޒިމް

އަނިޔާގެ ހިތްދަތިކަމުން ނާޒިމަށް އައި ވިސްނުން!

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނގެތި ދާއިރާއަށް ވާދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކެމްޕޭން ހަރަކާތެއްގައި.--. ފޮޓޯތައް: ނިޝާން އަލީ/މިހާރު

ނުހައްގުން ހައްޔަރުކޮށް، ބޭއިންސާފު ޝަރީއަތަކާ ހެދި އޭނާ އަށް ކުރިމަތިވެވަޑައިގެންނެވި ފަދަ އަނިޔާ، އެހެން އެއްވެސް މީހަކު ތަހައްމަލު ކުރާކަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭނުމެއް ނުވެ އެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ތަޖުރިބާކުރި އަނިޔާތަކާއި އުނދަގޫތައް ވީ އޭނާގެ ސިޔާސީ މަސައްކަތް މުޅިން އާ ދިމާއަކަށް އަނބުރާލައްވަން މަޖުބޫރުވި ކުރުވި ކަމަކަށެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުގެ ވިސްނުން ނާޒިމަށް އައީ، އޭނާ ވިދާޅުވި ގޮތުގައި، އެ ހިތްދަތިކަމާ ހެދި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނާޒިމް ޖަލަށް ލީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގަ އެވެ. ތިން އަހަރު ޖަލުގައި އޮންނެވުމަށް ފަހު އޭނާ މިނިވަންވީ، އެ މައްސަލަ އަލުން ބެލުމަށް ފަހު ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

ނާޒިމް "މިހާރު" އަށް ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ހަގީގަތެއް ނެތް އިލްޒާމް އަޅުވައި ހައްޔަރުކުރުމުން ވަރަށް ހިތާމަކުރެއްވި ކަމަށެވެ. ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ ތެރެއިން އަޑު އުފުއްލެވުމުގެ ވިސްނުން އައީ ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު މިނިވަންވި ނާޒިމް ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ދަގެނތީ ދާއިރާ އަށް ވާދަކުރައްވައި ބޮޑު ތަފާތަކުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. ހަ ކެންޑިޑޭޓަކާ ވާދަ ކުރެއްވި ނާޒިމަށް 1،071 ވޯޓު ލިބިވަޑައިގަތެވެ.

"މި ކާމިޔާބީ އަކީ ރައީސް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ލިބުނު ކާމިޔާބީއެއް. ސަރުކާރަށް އެއްބާރުލުން ދީގެން ދާއިރާގެ ކުރިއެރުމާއި ތަރައްގީ އަށް އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑުގެ އަމާޒަކީ ދާއިރާގެ ރައްޔިތުންނަށް ހުށަހެޅި ކަންކަން ފުރިހަމަ ކުރުން،" ނާޒިމް

ނާޒިމް ވިދާޅުވި ގޮތުގައި ގައުމަށްޓަކައި އޭނާ ކޮށްދެއްވި ޚިދުމަތް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކަކީ ބޮޑު ތަފާތަކުން ދަގެނތީ ދާއިރާ އަށް އޭނާ އިންތިޚާބު ކުރެއްވުމެވެ.

ނާޒިމް ވިދާޅުވީ އޭނާއާ މެދު ޔާމީން ހިތްހަމަޖެހިވަޑައިނުގަތީ ސަރުކާރުން އޭރު ހިންގި ޚިޔާނާތާއި ވައްކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ. އެ އަމަލުތަކަށް ފާޅުގައި "ނޫނެކޭ" ވިދާޅުވާން ފެއްޓެވުމަކީ ޖަލަށް ލުމަށް މަގުފަހިވި ސަބަބު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން ޖަލަށް ދާން ޖެހުނީ. ރައްޔިތުން މި އިންތިޚާބުގައި ވެސް އޮތީ އެ ކަންކަމަށް ނޫނެކޭ ބުނެފައި،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އޭނާ ދެމިހުންނަވާނީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް އެއްބާރުލުން ދެއްވައި ސަރުކާރު ދަމަހައްޓަވަން މަސައްކަތް ކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

"މި ކާމިޔާބީ އަކީ ރައީސް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ލިބުނު ކާމިޔާބީއެއް. ސަރުކާރަށް އެއްބާރުލުން ދީގެން ދާއިރާގެ ކުރިއެރުމާއި ތަރައްގީ އަށް އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑުގެ އަމާޒަކީ ދާއިރާގެ ރައްޔިތުންނަށް ހުށަހެޅި ކަންކަން ފުރިހަމަ ކުރުން،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރު ނާޒިމް ވިދާޅުވި އެވެ.

ދަނގެތި ދާއިރާގައި ބޭއްވި ހަރަކާތެއްގައި ނާޒިމް މީހަކާ ސަލާމް ކުރައްވަނީ.

އޭނާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެހީތެރިކަން ވެސް ލިބިވަޑައިގެން ކަމަށެވެ. އެއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެއްބާރުލެއްވުމާ އެކު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިލިޓަރީގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަަދި އެ ދާއިރާ ގައި މަތީ ފެންވަރުގެ ކޯސްތަކާއި ތަޖުރިބާ ހޯއްދަވާފައިވާ ނާޒިމަކީ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އެ ސަރުކާރުގެ އެއް މުގުލެވެ. އަދި، އޭގެ ކުރިން ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް އެންމެ ސީނިއާ އެއް ބޭފުޅަކީ ނާޒިމެވެ.

41 ކޮމެންޓް, 188 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 3%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަކީނާގެ ސިކަންދަރު

15 April 2019

ސޯ ހާދަމޮޅޭ ބަގާވަތްކުރަން

The name is already taken The name is available. Register?

ޙުރު

13 April 2019

ނާޒިމް އަކީ ދިވެހިރާއއޖޭގައި ވެރިކަން ކުރާނެ މީހެއް

The name is already taken The name is available. Register?

އަލިބެއްޔާ

13 April 2019

ބަނޑޭރިކޮށި ކުރިމަތީ ހުރެ އަޑަށް ބާރުލާފާ ރައްޔަތުން ގާނޫނީގޮތުން ހޮވާފަހުރި ރައީސާ ދިމާލަށްބުނީ "އެއްވެސް ޝަރުތަކާނުލާ އިސްތިއުފާ ދޭށޭ". ނާޒިމު އަނިޔާގެ ވާހަކަ ދައްކަން ރީއްޗެއްނޫން. އަނިޔާއަކީ ހަމައެކަނި ނާޒިމަށް އިހުސާސްވީމާ އުފަންވާ އެއްޗެއްނޫން. މިރާއްޖޭގައި 7 ފެބްރުއަރީ ފަދަ އެތައް ޖަރީމާއަކުން އަދަބެއް ނުލިބި ދިޔަމީހުން ބައިވަރު. އެކަމު އޭގެ މާނައެއްނޫން އެއީ ކުށެއްނޫނޭ.

The name is already taken The name is available. Register?

ހުއްބުލްވަތަން އަސްލު

13 April 2019

ޖެހުނު ލައްގަނޑުގެ ސަބަބުން ގިނަ ރައްޔިތުން އަދިވެސް މާފެއްނުކުރޭ. ރަނގަޅުގޮތަކީ ކުށެއްކުރެވުނު ކަމަށް އިއުތިރާފުވެ އަނިޔާ އާއި ހިތްދަތިކަން ލިބުނު އެންމެހާ ބޭފުޅުންގެ އަރިހުން މައާފަށް އެދުން. އޭރުން ފަހަރުގައި ތަފާތުވެދާނެ މީހުން ތިބާއާ މެދު ދެކޭގޮތްވެސް އަދި ސިޔާސީ ގޮތުން އިތުރު ހަރުފަތްތައް ގިރާކުރުމަށް ބާރަކަވެސް އެކަން ވެގެން ދާނެ ކަމަށް ބެލެވޭ. ނަސޭހަތްދޭކަށް ވަކި އުމުރެއް ފަންތިއެއް ނެތެވެ. ނަމަވެސް އަޑުއަހާ ނަމައެވެ.

The name is already taken The name is available. Register?

ޔާމީނުގެ ވަތުއޮޑި

12 April 2019

ދެން ޔާމީނާއި ބައިއަތު ހިފަންވީނުން!

The name is already taken The name is available. Register?

ކުލަީސް

12 April 2019

މިހާރު މައުމޫނާ އަންނީގެ އަނިޔާވެރި ކަމެއްނެތް. ރައީސް ޔާމީންއާ އަަޅައި ގަނެގެން ނެއްޓެން ނޭގިފަ ތިބޭ

The name is already taken The name is available. Register?

ކިޔުންތެރި

12 April 2019

އެއްވެސްޝަރުތެއްނެތިބާ ހުރީ

The name is already taken The name is available. Register?

ސަންސީ

12 April 2019

ބަދަލު ހިފުމެއް ނެތް، އެކަމަކު ގަސްތުގަ ކުރި ގޯސްކަންތައް ހަނދާނުން ނުފޮހެވޭނެ.

The name is already taken The name is available. Register?

ަރަނިކަމަނާ

12 April 2019

ތިއީ ހުސްދޮގު އެހެން މީހުންގެ އިހުސާސްތަކަކަށް ނުބަލާނެ، އަބަދުވެސް އުޅޭނީ ތިމާގެ މަސްލަހަތަށް، އޭނަގެ ކޮއްކޮގެ ވިސްނުންހުރީވެސް އެގޮތަށް، އެތަށްބަޔަކަށް ވަޒީފާގެ އަނިޔާ ދީފި، ވަޒީފާއިން ވަކިކޮށްފި، ހަމައެކަނި ތިމާގެންގޮސް ޖަލަށްލީމަތަ އަނިޔާ އާއި އިންސާފު ފެންނަނީ.

The name is already taken The name is available. Register?

ރައިން

12 April 2019

ސަހަރޯ.......އެމަނިކުފާނު ދިވެހި ރައްޔަތުންނަށް ދީފައިވާ އަނިޔާ ރައްޔަތުންނަށް ނުވިސްނުނީމާ ހިތާމައަކީ........!!!!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454