ލަންކާގެ އެއާޕޯޓެއްގައި ފްލައިޓްތަކެއް ޖައްސާފައި--
27 ނޮވެމްބަރ 2021 - 11:12
ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑްގެ އާ ވޭރިއަންޓް ފެތުރިދާނެ ކަމުގެ ބިރަށް، އެ ވެރިއެންޓް ފެނިފައިވާ ގައުމުތަކުން ސްރީ ލަންކާއަށް މީހުން އެތެރެވުން މަނާކޮށްފި އެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ނެރުނު އެންގުމެއްގައި ބުނީ މާދަމާ އިން ފެށިގެން ދެކުނު އެފްރިކާ، ބޮޓްސްވާނާ، ޒިންބާބުވޭ، ނަމީބިއާ، ލެސޯޓޯ އަދި އެސްވާޓިނީ އިން ލަންކާ އަށް މީހުން އައުން މަނާވާނެ ކަމަށެވެ.
މިއިން ގައުމަކުން މީހަކު މިއަދު ލަންކާއަށް އަންނަ ނަމަ، އެ މީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހަމަކުރަން ޖެހޭނެ އެވެ. އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި އެއްވެސް މީހަކު މިއިން ގައުމަކަށް ދަތުރުކޮށްފައިވާ ނަމަ އެ ބަޔަކަށް ލަންކާ އަށް އެތެރެވުން މަނާވާނެ އެވެ.
ދެކުނު އެފްރިކާ އިން އަލަށް ފެނިގެން އުޅޭ، "އެމިކްރޯން" ވޭރިއަންޓާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ދެކުނު އެފްރިކާގެ ގައުމުތަކުން އެހެން ގައުމުތަކަށް މީހުން އެތެރެވުން މަނާ ކުރަމުންނެވެ.
މިހާތަނަށް އަދި ރާއްޖެއިން ދެކުނު އެފްރިކާ އިން މީހުން އައުން މަނައެއް ނުކުރެ އެވެ. އެކަމަކު، ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ބައްޔަކާ ގުޅިގެން އާ ކަންތައްތަކެއް ފާހަގަކުރެވޭ ނަމަ ބަލަން ޖެހޭ ކަންކަން އަބަދުވެސް ބަލާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް އާ ވޭރިއަންޓަށް ޝައްކުކުރެވޭ މީހަކު ފެނުނުކަމެއް ނޭނގެ އެވެ.
ކޮވިޑާ ގުޅިގެން ކުރިން އެޅި ފިޔަވަޅުތަކަށް ގައުމުތަކުން ލުއިތައް ދެމުންދަނިކޮށް އަނެއްކާ ވެސް ކޮވިޑްގެ އާ ވޭރިއެންޓެއް ފެނުމުން ބައެއް ގައުމުތަކުން އަންނަނީ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަމައިކްރޯން
27 November 2021
އެއިން ގައުމަކުން ދަތުރު މީހަކާ މުޅިން އެހެން ދިމާއަކަށް ދާ މީހަކާ އެއަޕޯޓެއްގެ ތެރޭ ދިމާވިއަސް ކިހިނެތް އެނގޭނީ؟ އެފަދަ މީހަކާ އެއަޕޯޓްގަ ހުންނަ އެއް ރެސްޓޯރަންޓަކުން ކެވުނަސް ފިހާރައަކުން ދިމާވިއަސް ކިހިނެތް އެނގޭނީ؟ އެކި ދިމާލުން އަންނަ އެކި މީހުން ދިމާވެ މަސްހުނިވެ ފާޚާނާކޮށް ކައިބޮއި މަޑުކޮށްލާ ހަދާ ތަނެއް ބޮޑެތި އެއަޕޯޓްތަކަކީ. ސީދާ އެގައުމުން އެކަނިތަ ވައިރަސްއަށް އެހެން ގައުމަކަށް ދެވޭނީ؟
ބޮޑުމީހާ
27 November 2021
މިގައުމުން އަމަލުކުރާނީ ވާނެ އެއްޗެއްވެ ނިމުނީމަ
ރަޔާން
27 November 2021
ރާއްޖެއިން ފިޔަވަޅު ނާޅާތިބޭނީ ، ދެން ކުށްވެރި ކުރާނީ ރައްޔިތުން.
ހުސްމީ
27 November 2021
އެޗްއީއޯސީން އެބުނީ ބައްޔަކާގުޅިގެން އާކަންތައްތަކެއް ފެނިއްޖެނަމަ ފިޔަވަޅު އަޅާނަމޯ؟؟އެމީހުނަށް އެބުނާ ކަމެއް ފެންނަ އިރު އޮންނާނީ ވާނެހައެތި ވެފަ..
ޓްރާންސިއްޓޭ
27 November 2021
ރާއްޖެއަކީ އެގައުމުތަކުން ޓްރާންސިޓް ކުރާ ގައުމަކަށް ހެދުމަށް ސަރުކާރަށް ގޮވާލަން