ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތައް ހިމެނޭ ސަރަހައްދުގެ މަގެއް-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު
10 ޖެނުއަރީ 2022 - 09:16
ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހުއްޓި އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އެކަމަކު، މިކަމާ ގުޅޭ ގޮތުން "މިހާރު" އިން ލިޔުމުން ފޮނުވި ސުވާލުތަކަށް އެއް ދުވަސްވީއިރު ވެސް އެޗްޑީސީން ޖަވާބެއް ނުދެ އެވެ. އެހެންވެ، މަސައްކަތް ލަސްވި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން އެންމެ ފުރަތަމަ ބުނީ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ ކަމަށެވެ. ފަހުން އެ މަސައްކަތް ޑިސެމްބަރަށް ނިންމަން އަމާޒު ހިފި ނަމަވެސް މިހާރު މަސައްކަތް އޮތީ އެއްކޮށް ހުއްޓިފަ އެވެ.
އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށި ނަމަވެސް އަދި ފަސްގަނޑު އެއްވަރު ނުކުރާ މަގުތައް ވެސް އެބަ ހުއްޓެވެ. ވައިގަދަވުމުން ހިރަފުހާއި ވެލި، ވަޔާ އެކީ މުޅި ސަރަހައްދުގައި "އުދުހޭ"ތީ އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި އުޅޭ މީހުން ކުރަމުންދެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތައް ހިމެނޭ ސަރަހައްދުގެ މަގެއް-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރާ މަންޒަރު ނުފެނުނަސް އެޗްޑީސީން ބުނާ ގޮތުގައި އެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
ހިޔާ ފްލެޓަށް މިހާރު ގިނަ އަދަދެއްގެ އާއިލާތައް ބަދަލުވެފައިވާއިރު މީހުން ބަދަލުވާން ފެށިތާ ކައިރީ އެ ސަރަހައްދުގެ ވެލިގަނޑަށް ފެން ޖެހި ކަމަށް އެތަނުގައި އުޅޭ މީހުން ބުނެ އެވެ. އެކަމަކު މިހާރު އެއްގޮތަކަށް ވެސް ފެން ނުޖަހާތީ ހިރަފުހުގެ އުނދަގޫ ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
10 January 2022
މި ސަރުކާރުގެ ހާލަތު. ޓީވީތަކަށް އަރާ ވާހަކަދައްކަން މި ސަރުކާރުގެ ވެރިންތައް ލަދުގަންނަންޖެހޭ
މަގުދޮންބެ
11 January 2022
މި ސަރުކާރުން ކަންކަން ހިންގާ ގޮތަށް ބަލާއިރު ސްލޯ ކަމެއް އެބަހުރި. އެހެނަސް، ޔާމީނުގެ ވެރިކަމުގަ އެޗްޑީސީ އޮތީ ކޮރަޕްޓްވެ ބަނގުރޫޓުވާ ޙާލަތުގަ. ކޭޝްފްލޯރ އަދިވެސް ހަމަޔަކަށްނޭޅުވިގެން އުޅެނީ ދަރަނީގެ ސަބަބުން. ގޮތްގޮތަށް ވާހަކަ ދައްކާމީހުން އިއްޔެ ކަންހިނގިގޮތް ހަނދާނެއް ނެތްކަހަލަ.
އެޗްޑީސީ ލޯޔަރު
10 January 2022
އެހެން އެވީ އެތަނުގައި ދިރިއުޅޭ މީހުންގެ ޑިމާންޑަށް ބަލައި ކުލި ފަސްކުރުމުން އެޗްޑީސީ އަށް ލިބޭނެ ކަމަށް ލަފާކުރެވުނު ލާރި ނުލިބި ކޭޝްފްލޯ ތާށި ވުމުން. އެޗްޑީސީ އަކީ ވިޔަފާރި ކުންފުންޏެއް ކަމުން އެމީހުން ކަންތައް ކުރާނީ ޕަބްލިކް އޮޕީނިއަން އަށް ވުރެ ވިޔަފާރީގެ މަސްލަހަތަށް
ނިރު
10 January 2022
މަގުތަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީއިން ބުނަމުން ދަނީ އެކަމަކު މަސައްކަތް ކުރާ ބަޔަކު ނުފެންނަކަމަށް ނޫހުގަ އެވަނީ... އެހެންވީމަ އެޗްޑީސީއިން މަގުހަދަން ޖިންނި ތަކެއް ނޫންބާ ގެންގުޅެނީ
ޖޯން
10 January 2022
މި ސަރުކާރުން ހިޔާ ފްލެޓްތަކާއި ގުޅިގެން މިހާތަނަށް އެޅި އެއްވެސް ފިޔަވަޅެއް ނެތް ގުޑް ފެއިތުގައޭ ބުނެވިދާނެ އެއްވެސް ގޮތަކަށް ކޮށްދީފައެއް. ބަލަ މިއީ ހަމަ ދިވެހި ރައްޔިތުން. އެޗްޑީސީން އިހުމާލު ވިޔަސް އެއީ ހަމަ ސަރުކާރުން ކުރާ ކަމެއް. އެމްޑީ އަދި ބޯޑު އެޕޮއިންޓްކުރަނީ ސަރުކާރުން އެހެންވީމާ ސަރުކާރުގެ އިސްނެގުމަކުން ހާލުގައި އުޅޭ ރައްޔިތުންނަށް ފަސޭހައެއް ހޯދައިދިނުން ކިހިނެއްތޯވާނީ. ރަނގަޅު ކޮށްދެވިދާނެ ބައިވަރު ކަންކަން އެބަހުރި.
ާއުނިމާ
10 January 2022
މީ ހަމަ ސުލޯ ސަރުކާރަކީ، ދައްކާނެ އިތުރު ވާހަކައެއްނެތް، މިނިސޓަރު ފައްޔާޒަށް ކޮންމެވެސް މީހަކު މިޚަބަރު ދައްކަވާދެއްވާ
ޖެކް
10 January 2022
މިއީ ވަރަށްބޮޑަށް ފޭލް ވެފައިވާ ސަރުކާރެއް ! ރައީސް މީހާވެސް މިހާރު ދައްކަނީ ބޮލިރޮދި ކެނޑިފަ ތިބޭ މީހުން ދައްކާ ކަހަލަ ވާހަކަ! ދަރުމަވަންތަ ހޮސްޕިޓަލުގަ ކިޔު ދިގުވަނީ އެތަން އަޅާފަ ހުރިކަމަށް ވަންޏާ ތިޔަ ޓަވަރުތައް ނޭޅިނަމަ ވެއްޔާ ހިރަފުގަ އުޅޭކަށް ނުޖެހޭބެއޭވެސް އެބޭފުޅާ ވިދާޅުވެދާނެ.
ވިސްނާލުމަށް އެދެމޭ
10 January 2022
ދެން ބްރިޖްއަޅާނީ...މަގުހެދުން ނިމުނީ ބްރިޖަށް ބަދަލުވީ..
120687
10 January 2022
ފެއިލްޑް ސަރުކާރެއް. ތަޅުދަނޑި ހަވާލުކުރަން ދިނީމާ 3 އަހަރުވީ އިރުވެސް ހަވާލު ނުކުރެވި ލަންފަންލާލާ ތިބި ސަރުކާރު މިއީ. ލިސްޓު އަލުން ބެލިޔަސް ހަމަ ކަރަފްޝަން ނޫންކަމެއް ނުހިނގާ. އެހެންނޫން ނަމަ، 3 ލައްކަ 4 ލައްކަ ފިނިޝިންގ ހަދާފައި، އެ ހޮލިޑޭ ހޯމްއަކަށް ހަދާ، ހޮލިޑޭ ނޫން ދުވަސްތަކުގައި އެޔާ ބީ.އެން.ބީ އުސޫލުން އެތަން ކުއްޔަށް ދޭނެ ބަޔަކު ސޯޝަލް ހައުސިންގ އަކަށް ޝަރުޠު ހަމަ ނުވާނެ. ޕާފޯމަން ހަމަ ސުމަކުން ސުމެއް. ކެއްސުމެއް.
ޕީސީއާރ ޓެސްޓް ހަދާ މަގު
10 January 2022
ތިކަންވެސް ދެން ކުރަން މިޖެހެނީ ޑރ އަލީ ލަތީފް ގެ ހިއްސާ އޮންނަ ކުންފުނިން. ހަވާލު ކޮއްލާ!
ހުސެންް
10 January 2022
އިންޑިޔާ ކުންފުންޏެއްނު، ތިކަމެއް ނުވާނެ. ތިކަންތައްދާނީ އިބުލީހުގެ ކައިވެނީގެ އުސޫލުން.