އަލީ މޫސާ ދީދީ (މ) ގައި އަދި އޭނާ އަނބިކަނބަލުންނާއި ބޭފުޅަކާ އެކު މަތިންދާބޯޓްގައި --ފޮޓޯ: އަހުމަދު ޖަލީލް
18 ޑިސެމްބަރ 2016 - 20:47
ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ ބައްޕާފުޅު އަދި ކުރީގެ ލިޔުންތެރިޔާ/ ޅެންވެރިޔާ އަލީ މޫސާ ދީދީ މިއަދު ސްރީ ލަންކާގައި މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 73 އަހަރުގައި އަލީ މޫސާ ދީދީ އަވަހާރަވީ މިއަދު އިރުއޮއްސި 6:30 ހާއިރު، ކޮލަމްބޯގައި ހުންނަ ލަންކާ ހޮސްޕިޓަލްގަ އެވެ. އޭނާ އަވަހާރަވީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން އަންނަނިކޮށެވެ. ލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްގަނޑެއް ވެއްޖެ އެވެ.
އަލީ މޫސާ ދީދީ އަކީ ކުރީގައި ރާއްޖޭގައި މަޝްހޫރު ލިއުންތެރިއެކެވެ. އޭގެ އިތުރުން ވަރަށް ފަހަކާ ޖެހެންދެން ޅެން ވެސް ހައްދަވަމުން ގެންދެވި އެވެ.
ސަމާސާ މިޒާޖުފުޅެއްގެ އަލީ މޫސާދީދީ ދިވެހި ތާރީޚަށް ވެސް ވަރަށް ލޯބިކުރެއްވި އެވެ. އަދި ތާރީޚީ ބައެއް ލިއުންތައް ލިއުއްވި ވެސް މެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނަށް ނިސްބަތްވާ ގޮތަށް ޑައިރީތަކެއްގައި ލިއުއްވާފައި ހުރި ލިއުންތަކަކާ ގުޅިގެން އޭނާ އާއި އެހެން ދެ ބޭފުޅަކު ޖަލަށް ލި އެވެ.
ސިޔާސީ ފިކުރު ހުރި، އަދި ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވުމުގެ ހިތްވަރު ވެސް ދެއްކެވި ލިއުންތެރިޔާ ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫންގެ ދައުރުގައި ގާތްގަނޑަކަށް 17 އަހަރު، އެކި ފަހަރު މަތިން، ޖަލުގައި ހޭދަކުރައްވާފައި ކަމަށް، ގާތް ބައެއް އެކުވެރިން ބުނެ އެވެ. އޭނާ ވަނީ "ޖަލުގެ ދުނިޔެ" ނަމުގައި ފޮތެއް ވެސް ލިއުއްވައިފަ އެވެ.
މައުމޫންގެ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރަން އެކުލަވައިލި ޚާއްސަ މަޖިލިހުގެ މެމްބަރެއްގެ ގޮތުން ވެސް އޭނާ މަސައްކަތްކުރެއްވި އެވެ.
ބައެއް އެކުވެރިން ބުނާ ގޮތުގައި "އަލީ މޫސާ ދީދީ އަކީ ކުޅަދާނަ ވަޑިއެކެ"ވެ. އަދި ރޭނުމުގެ މަސައްކަތް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަނެ އެވެ. އިމާރާތްކުރުމާއި ވަޑާމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހީވާގިކަމާ އެކު އުޅުއްވި އެވެ.
އަވަހާރަވުމުގެ ހައެއްކަ އަހަރު ކުރިން ބައިޕާސް އޮޕަރޭޝަނެއް ކުރެއްވި އެވެ. އަދި އެ އޮޕަރޭޝަން ކޮށްގެން އޮންނަވަނިކޮށް ސްޓްރޯކެއް ޖެހި، ހާލު ދެރަވި އެވެ. އޭގެ ފަހުން ޅެން ހެއްދެވުން ހުއްޓާލެއްވި ކަމަށް، ގާތް އެއް ބޭފުޅަކު ވިދާޅުވި އެވެ.
"ފަހުން ނެރުއްވީ ކުރިން އޭނާ ލިއުއްވާފައި ހުރި އެކި ފޮތްތައް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ކުރެއްވި ކައިވެނިތަކުގެ ތެރެއިން ތިން ކައިވެންޏަށް ބޭފުޅުން ލިބިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙާމިދު ޙަސަން
19 December 2016
إنّا لله وإنّا إليه راجِعون. ގެއްލިގެން ތިދިޔައީ ވަރަށް ގާތްއެކުވެރިޔެއް. ތިބާގެ ފުރާނަޔަށް ﷲ ރަޙުމަތް ލައްވާށި. ޢާއިލާއަށް ކެއްތެރިކަން އިތުރު ކުރައްވާށި. އާމީން.
ޙަމިދު
19 December 2016
إنّا لله وإنّا إليه راجِعون
ހުސެން
19 December 2016
ވަރަށް ހިތާމަވެރި ޚަބަރެއް. އިންނާލިއްލާއި ވައިންނާ އިލައިހި ރާޖިއޫން. އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. އާމީން!
ހާޖަރާ
19 December 2016
إنّا لله وإنّا إليه راجِعون
ރަންދެލި
19 December 2016
إنّا لله وإنّا إليه راجِعون އެކުވެރި ގާތް ބޭފުޅެއް ވަކިވެ މި ދިޔައީ.. އަލީ މޫސާ ދީދީ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާ ކުރަން...
މޫސުން
19 December 2016
إنّا لله وإنّا إليه راجِعون. اللهم اغفِر له وارحمه
ޝާމާތޫ
19 December 2016
إنّا لله وإنّا إليه راجِعون
އ މ
19 December 2016
إنّا لله وإنّا إليه راجِعون. اللهم اغفِر له وارحمه
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
18 December 2016
اللہ تعالی مرحوم کے درجات بلند فرمائے اور اپنے جوار رحمت میںتعینات فرمائے۔ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
އަނެން
18 December 2016
އައި މިސް ހިމް