ޚަބަރު / ސިންގަޕޫރު

ރާއްޖެއިން ބޭނި މަހެއް ދުނިޔޭގެ ރެކޯޑް ފޮތަށް

ތެރަރޯޓްއާ އޭނާ ބޭނި ބްލެކް ސްނޫކާއެކު. މިއީ މިހާތަނަށް ދުނިޔޭގައި ބޭނި އެންމެ ބޮޑު ބްލެކް ސްނޫކްކަމަށް ވަނީ ކަނޑައަޅާފައި.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭނި "ސްނޫކް" މަހެއް, މިހާތަނަށް ދުނިޔޭގައި ބޭނި އެންމެ ބޮޑު ބްލެކް ސްނޫކްގެ ގޮތުގައި އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭޝަން (އައިޖީއެފްއޭ) އިން ކަނޑައަޅައި ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފި އެވެ.

މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އައްޑޫގެ ކަނޑުގެ ސަރަހައްދުން 300 މީޓަރު އަޑިން މި މަސް ބޭނީ ސިންގަޕޫރުގެ ދޮށި އުފައްދާ ކުންފުންޏެއްކަމަށްވާ ''ޓެމްޕަލް ރީފް'' ގެ ދޮށިތަކެއް ޓެސްޓުކުރަން އައި އެމެރިކާގެ މީހެކެވެ.

ތެރަރޯޓްއާ ބޭނި އެ މަހުގެ ބަރުދަނުގައި 14.06 ކިލޯ ގްރާމް ހުރިއިރު ދިގުމިނުގައި 68.5 އިންޗި (5.7 ފޫޓު) ހުއްޓެވެ.

ދުނިޔޭގެ ރެކޯޑް ފޮތުގައި ހިމެނިކަން ރަސްމީކޮށް އިއުލާނުކުރުމުން ތެރަރޯޓްއާ އޭނާގެ އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައިވަނީި މިކަން ކާމިޔާބުވުމުގައި ގިނަ ބަޔަކު ޝާމިލްވާކަން ފާހަގަކޮށް އެ މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. ތެރަރޯޓްްއާގެ ޕޯސްޓުގައި ވަނީ އޭނާ ގޮވައިގެން މަހަށްދިޔަ އައްޑޫ ސްޕޯޓްސް ފިޝިން ޗާޓަރުގެ ވެރިޔާ އަބްދުﷲ އާނިފްގެ ނަން ފާހަގަކޮށް އޭނާއަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

މީގެކުރިން އައިޖީއެފްއޭގައިި އެންމެ ބޮޑު ސްނޫކެއްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2017 ވަނަ އަހަރު ޖަޕާނުގެ މަސްވެރިއެއްކަމަށްވާ ޓޮކުނޮއޮޝިމާ ކިޔާ މީހަކު ބޭނި 12.50 ކިލޯގެ ސްނޫކެވެ.

17 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 28%
icon inlove icon inlove 39%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

10 May 2022

މި ސްނޫކު މަހަށް ކިޔާ ދިވެހި ނަމެއް ނޯވޭތަ؟

The name is already taken The name is available. Register?

ބޮޑުވަޒީރު

10 May 2022

ރާއްޖޭގައި ވަރަށް ބާރަށް ފުޅާވަމުން އަންނަ ރިކްރިޢޭޝަނަލް ފިޝަރީޒް ރާވާހިންގާ ނުބެލެހިއްޓެޖިނަމް އިސާހިތަކު ނެނގި ހިގާއިދާނެ، ފިޝަރީޒް މިނިސްޓްރީގެ ހިފޭ މަހުގެ މައުލޫމާތުގަ ކަނޑުމަހުގެ ތިންބާވަަތް ނޫން ބާވަތެއް ނުހުރޭ - މިއީ އަރަތެއް - 10 ވަރަކަށް އަހަރު ފަހަތުގައި މިނިސްޓްރީގެ ޑީއެންއޭގައި އެއްގޮތަކަށް ދުރާލާވިސްނައިގެން ކަންތަށް ކުރުމުގެ ފިކުރެެއް ނުހުރޭ. ރިކްރިއޭޝަނަލް ފިޝަރީޒް އަކީ އިޤްތިޞާދީ އާމްދަނީ ބޮޑުކޮށް ލިބޭ ފަތުރުވެރިކަމާ ގުލޭކަމެއް!

The name is already taken The name is available. Register?

ދެކުނު ސަރަހައްދު

09 May 2022

މިއަށްވުރެ މާ ބޮޑެތި މިވައްތަރު މަސް މަސްވެރިން ބާނާ. އާއްމުކޮށް ކައްޓެޅި ބާނަން އުޅޭއިރު ތަންކޮޅެއް ފުނުން ބޭނޭ މަހެއް. އައްޑޫ އަދި ފުވައްމުލަކުގައި ޖިގް ކުރަން އުޅޭ ކުދިންނަށް އިގޭނެ ވަރަށް ރަގަޅަށް.

The name is already taken The name is available. Register?

ކޮރަލް

09 May 2022

މހަށް ބިޑި ޖެހުމުން މަސްވެރިކަން ހަލާކު ވެ އެވެ. މިއީ މިހާރު އާއްމު ކަމެކެވެ. ބަޑި އަތުލާ ފަރާތުންވެސް ބަޑުޖަހާ މަސް މަރަ އެވެ. މިއީ ސީރިއަސް ކޮށްބަލަން ޖެހޭ މައްސަލަ އެކެވެ. މަސް މަރަން ބަޑިޖަހާ ނަމަ ވަކި ސަރަހައްދެއް ހަދަން ވީ އެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

09 May 2022

ރިސޯޓްތައް ހެދުމަށް ކަނޑުފަޅު ހިއްކުމުގެ ސަބަބުންނާއި ކ.އަތޮޅު މާލެ ސަރަޙައްދުގެ ރިސޯޓްތަކުގެ ބަދިގެތަކުން އުކާލަންޖެހޭ ކުނިބުނި ކަނޑަށް އެޅުމުގެ ސަބަބުން ފަތުތަކާއި ކަނޑުއަޑީގެ ދިރުން ގެއްލިފައިވާ ސަރަޙައްދަކަށްވުރެން ފަސޭހަކަމާއިއެކު ސްޕޯޓްސް ފިޝިންގ ގެ ވިޔަފާރި ހިންގެންއޮތީ ދެކުނު ސަރަޙައްދުގައި. # އާނިފް އާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ޤާސިމް (ބޮންޑާ) މެންފަދަ ޒުވާން ކުދިންނަށް ހިތްވަރު ކައުންސިލުން މިކަން ކުރުވަންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

09 May 2022

ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ސަރަހައްދު ކ.އަތޮޅު މާލެ ސަރަހައްދާއި ޙިލާފަށް ތަފާތު ޓްއަރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަކި ޑެސްޓިނޭޝަނެއްގެ ގޮތުން "SUVADIVE Atolls" ގެ ނަމުގައި އިސްތިހާރުކޮށް ހިންގާންޖެހޭ މަންޒިލެއް. # މިގޮތުން ސްޕޯޓްސް ފިޝިންގ، ކުރޫޒަރ ލައިނާ، އެޑިއުކޭޝަނަލް އާއި މެޑިކަލް ޓްއަރިޒަމް، މެޜިޓައިމް ކޯސްޓަލް ނެވިގޭޝަނާއި ސިކިއުރިޓީ ސާވިސް ފަދަ މިސަރަޙައްދާއި ގުޅޭ އެތައް ކަހަލަ ވިޔަފާރި ކުރެވިދާނެ.

The name is already taken The name is available. Register?

ހުވަދޫ އަލިބެއްޔާ

10 May 2022

މިކޮމެންޓަށް ހާދަ ހަސަދަވެރިން ގިނައޭ.. ބުނެލަން ބޭނުންވަނީ ސުވަދީވް އަކީ ރާއްޖޭގެ ޓޫރިޒަމްގެ މައި ހަބަށް ވާނޭ.. ރުޅި އަންނަ ބަޔަކު އަންނަންވީ.. ދައުލަތުގެ އިޤްތިސާދީ ދުވެލި ހުރީ ދެކުނު ހުވަދޫ އައްޑު ފުވައްމުލަކުގަ..

The name is already taken The name is available. Register?

ކޫދަކާ

09 May 2022

މިވައްތަރު މަސްކަންނު؟ / ނުކަންނު؟

The name is already taken The name is available. Register?

އެމް އެސް ކަނޑު މަސް

09 May 2022

މި ވައްތަރު މަހަކީ ރާއްޖޭ ގައި އުޅޭ މަހެއް ނޫން؟ އަހަންނަށް މީގެ މަހަކާއި އެންމެ ފަހުން ދިމާވީ ޕެސިފި ކަނޑަށް ދިޔަ ތަތުރެއް ގައި

The name is already taken The name is available. Register?

ގފދ

09 May 2022

ކަލޯ މަބުނީ ކާފަ އެބަ އަހާ މިއަށް ކިޔާ ދިވެހިނަން. ކޮބާތަ ސްނޫކް ގެ ދިވެހި ނަމަކީ. ކޮންމެ ވެސް ކުއްޖަކު ބުނެދީބަ.

The name is already taken The name is available. Register?

ށޭޓް

09 May 2022

( ގިނި މާ ތޮޅި ). ކިޔަނީ.

The name is already taken The name is available. Register?

ޑހދގދ

10 May 2022

ދިއްކުރަންވާޅި

The name is already taken The name is available. Register?

ސައިރަން

09 May 2022

އެމެރިކާ މީހުން ހަމަ ގަދައީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454