ޓިކްޓޮކްގައި މަޝްހޫރުވި، ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) ޑްރަގާ އެކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރޫމީ އާ އެކު އޭނާގެ ފިރިމީހާ ވެސް ހައްޔަރުކުރި ކަމަށް ވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ރޭގެ ވަގުތެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު ތަހުގީގުކުރަމުންދާތީ އެ މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ރޫމީ ދިރިއުޅޭ ގެއިންނެވެ. އަދި އެތަނުން ޑްރަގް ވެސް ފެނިފައިވާ ކަމަށްވެ އެވެ. އެކަމަކު އެތަނުން ފެނުނީ ކިހާ ޑްރަގެއް ކަމެއް ސާފެއް ނުވެ އެވެ.